ޕީޕީއެމް/ޕީއެންސީގެ މެންބަރުން އީސީގެ މެންބަރުންނާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ޕީޕީއެމް
13 ޖެނުއަރީ 2022 - 13:05
އަންނަ މަހު ބާއްވާ ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކުރިޔަށް ދާއިރު އިންތިހާބުގެ ކަންކަމަށް ފާރަވެރިވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ނެތުމުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އޭސީސީގެ މެންބަރުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށް، ތަޅުމަށް ފޮނުވަނިކޮށް މިދިޔަ މަހު 27 ގައި އެ ކޮމިޝަންގެ މެންބަރުން ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.
ކޮމަންޑޫ ބައ-އިލެކްޝަން އާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންނާ ހިއްސާ ކުރުމަށް ޕީޕީއެމް/ޕީއެންސީން ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އަންނަ މަހު ފަހެއްގައި އިންތިހާބު އޮންނަ އިރު އިންތިހާބު ތެރޭގައި ހިނގާ ކޮރަޕްޝަނާއި ނުފޫޒުގެ އަމަލުތައް ހުށަހަޅާނެ މުއައްސަސާއެއް ނެތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އޭސީސީގެ މެންބަރުން ވަކިކުރަން ނިންމާފައި ވަނިކޮށް އެ މެންބަރުން އިސްތިއުފާ ދިނުމާ ގުޅިގެން އެ ކޮމިޝަނުން ބަލަން ޖެހޭ ކަންކަން ނުބެލި ބޮޑު ހުސް ކަމެއްގެ ތެރޭގައި އޮތް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"ފުއާދު މިކަމަށް އެއްބަސްވެވަޑައިގެންނެވީ މިއީ ވެގެން ވާނެ ކަމެއް ނޫން ކަމަށް. އޭސީސީގެ މެންބަރުން ހަމަ ނުވެ އިންތިހާބަކަށް ދިޔުމަކި ކުރެވިގެން ވާނެ އަދި މިކަން ގަބޫލު ނުކުރެވޭ ކަމެއް ކަމަށް ކޮމިޝަންގެ މެންބަރުން ވިދާޅުވޭ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އިދިކޮޅު ކެންޑިޑޭޓުގެ ހައްގުތައް ގެއްލެމުންދާ ކަމަށާއި އޭސީސީން އަޅާނުލުމަކީ އެ ކޮމިޝަންގެ މެންބަރުން ވެސް މިކަމުގައި ބައިވެރިވުން ކަމަށް ޝުޖާއު ތުހުމަތުކުރެއްވި އެވެ.
"ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތަކީ އިލެކްޝަންސް ކޮމިޝަން ކަމުގައިވާ އިރު އިސްވެ މި ޝަކުވާތައް ރައްޔިތުންގެ މަޖިލީހާއި ސަރުކާރަށް ހިއްސާ ނުކުރެވީ ކީއްވެތޯ،" އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ އީސީއާ އެކު ބޭއްވި ބައްދަލުވުމުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކޮމަންޑޫ ދާއިރާ އަށް ވަޑައިގަތުމަށް މީގެ ދެ ދުވަސް ކުރިން އިއުލާން ކޮށްފައި ވަނިކޮށް، ކުއްލިއަކަށް މިއަދު ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓުތައް ފޮނުވަން ފެށި ކަމާއި އެއީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް އީސީ އަށް ދަންނަވާފައިވާ ކަމަށެވެ.
މީގެ އިތުރުން އިދިކޮޅު ކެންޑިޑޭޓަކީ ޑްރަގް ވިޔަފާރިކޮށް ވައްކަން ކުރާ މީހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތުހުމަތު ކުރެއްވި ކަމުގެ ޝަކުވާ ވެސް އިދިކޮޅު ފަރާތްތަކުން ކުރި އެވެ.
އެ ހުރިހާ މައްސަލައެއް ލިޔުމުން ރަސްމީކޮށް ހުށަހަޅުއްވާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސިލް
13 January 2022
މާލެ ސިޓީކައުންސިލުން ތިޔަހުރިހާކަމަކަށް ޖަވާބުދާރީވުމަށް ތައްޔާރުވަމުންދަނީ..
ކަޅު ހުއްތު
13 January 2022
ކަންބޮޑުވާނެ ކަމެއްނެތް، ރިޔާސީ އިންތިހާބު ނިންމާލީ އީސީ ކޮންޕްލޭންސް ބިއުރޯއެއްނެތި، ކަރުދާސްތައް އަނދާލީ ކޯޓުގެ މައްސަލަ ފަރޭ، ރައްޔިތުންގެ ރުހުމޭ، ނާޒުވެއްޓޭ، އެންވައިރަމަން އެސެސްމަންޓޭ ގޮވި މީހާ، މަހާޖައްރާފު ގެންގޮސް ކޮންނަން އެފަށަނާ ގޮވި ހުރިހާއެއްޗެއް ބޮވަތައް ޖަހާފަ. ދެން ނުފޫޒޫ ފަޅޮލޭ ކިޔާނެކަމެއްނެތް. ގަންހިންގަންވީ
ކަތްދައްތަ
13 January 2022
އޭސީސީއަކާ އެލެކުޝަނަކާ ކޮން ބެހުމެއްތޯ؟ އެލެކުޝަން ކޮމިޝަނުން އެބުނަނީ ތިމަންމެނަށް ކުރެވޭނެ ކަމެއްނެތޭ. ބަސްއަހައިގެން ކޮންމެ ބަޔަކުވެސް އެބަޔަކަށް ކުރެވުނު ވަރެއް ކުރަހަށޭ. މަށަށް އެގޭ އެއްޗަކީ ފައިސާ ދީގެން މިކަހަލަ ވިއްސަކަށް އިންތިޚާބު ގަނެލާނެ ފައިސާ ޔާމީނުވަނީ ދައުލަތުން ޕަކަޅާކޮށްލާފަކަން. ނަމަވެސް ހިތާމައަކީ އަމިއްލަ އަތުޖެހުމުން ލޯ ލާރިއެއްވެސް ޔާމިނުގެ އަތުން ޚަރަދު ނުކުރާނެތީ. އެކަން ކުރަންޖެހޭނީ ހެޔޮއެދޭ މީހުން.
ހާމިދު ޝާހިދު
13 January 2022
ހުރިހާ މުއައްސަސާއެއް ދުއްވާލާފައި އިދިކޮޅު ލީޑަރުން ކޯޓަށް ދަމަމުން އިންތިހާބު ވަގަށް ނެގުންނޫން ކޯޗެއްތޯ މިއަށް ކިޔާނީ؟ ކޮބައިތޯ "ޑިމޮކްރަސީ" ބޯޑު ޖަހައިގެން އުޅުނު މީހުން. ނަމުން ޑީމޮކްރެޓިކް، ކަމުން ހުދުމުހުތާރު ސަރުކާރެއްގެ ހުރިހާ ސިފައިން ފެންނަމުންދޭ. ރައީސް މައުމޫނުގެ ސަރުކާރަށްވުރެއް 2 ގުނަ މިހާރުގެ ހާލަތު ގޯސް.
ވަރުގަދަބައެއް
13 January 2022
ބަލިވާނެތީ ކުރިޔާލައި ކޯޓުން ގޮނޑިހޯދަން ރާވަނީ. ވަގުން ވިސްނާނީ އަބަދުވެސް ވައްކަންކުރާނެ ގޮތެއް ހޯދަން
ވަހުތާން
13 January 2022
އޭ ސީ ސީ އަދި އެލެކްޝަންވެސް އުވާލަންވީ؟ ޒިއްމާ އަދާނުކުރެވޭ ތަންތަން ބެހެއްޓުމުގެ ބޭނުމެއް އެބައޮތްތަ؟
ސީޒަން ޖެކުހަން
13 January 2022
ޝަރިއްޕެ ހުއްޓަސް އެހެންމީހެއް ހުއްޓަސް ޖެހެނީ ހަމައެއްތަނެއްގާ.