މި ޕްރޮސީޖާ ހެދީ ހިތުން ފުއްޕާމެޔަށް ލޭ ފޮނުވައިދޭ ވޭލް ހިމަކަމުން ލޭ ދައުރުވުމުގައި މައްސަލަތަކެއް ހުރި ކުއްޖެއްގެ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޑަކުއްޖެއްގެ ހިތުގެ ޕްރޮސީޖާ ހެދުމުގައި ބައިވެރިވި ޓީމް-- ފޮޓޯ: އައިޖީއެމްއެޗް
14 ޖެނުއަރީ 2022 - 14:18
ހިތުން ފުއްޕާމެއަށް ލޭ ފޮނުވައިދޭ ވޭލް ހިމަކަމުން ލޭ ދައުރުވުމުގައި ދަތިކަމެއް ހުރި ކުޑަކުއްޖެއްގެ ހަށިގަނޑަށް އައިޖީއެމްއެޗްގައި ކެތީޓާއެއް ލައްވައި ކުޑަކުއްޖެއްގެ ހިތުގެ މިފަދަ ޕްރޮސީޖާ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދައިފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން ކުރި ޓްވީޓެއްގައި ބުނީ މިދިޔަ އަންގާރަ ދުވަހުމި ޕްރޮސީޖާ ހެދީ ފުއްޕާމެއާ ހިތާ ގުޅޭ ވޭލް ވަރަށް ބޮޑަށް ހިމަކޮށް ހުރުމުގެ ސަބަބުން ލޭ ދައުރުވުމުގެ މައްސަލަތައް ދިމާވި ކުޑަ ކުއްޖެއްގެ ކަމަށެވެ.
"ޕްރޮސީޖާއަށް ފަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގައި ބާއްވަން ނުޖެހި ކުއްޖާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި" ކަމަށް އައިޖީއެމްއެޗްގެ ޓްވީޓްގައި ބުނެފައިވެ އެވެ.
މި ޕްރޮސީޖާއަކީ "ބެލޫން ޕަލްމޮނަރީ ވެލްވުލޮޕްލާސްޓީ" އެވެ. މިއީ ފަޅައިގެން، އޯޕަން ހާޓް ސާޖަރީ ހެދުމުގެ ބަދަލުގައި ހަދާ އިންޓަވެންޝަނެކެވެ.
4/4 The child has been discharged with uneventful post procedural stay. This marks the inception of Pediatric Catheter based/structural interventions in the country. We are determined to develop and introduce newer services to a much needed population.
— IGMH (@igmhmv) January 13, 2022
އެކަން ކުރަނީ ކެތީޓާއެއް ލައްވައިގެންނެވެ. ކެތީޓާގައި ފުއްޕާހަމެއް ކަހަލަ އެއްޗެއް އިންނާނެ އެވެ. ލޭ ހޮޅީގެ ތެރެއަށް ކެތީޓާ ލެއްވުމަށް ފަހު ހަން ފުއްޕާލުމުން ފުޅާވެ ލޭ ދައުރުވާން ފަސޭހަވާނެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޑަކުއްޖެއްގެ ހިތުގެ ޕްރޮސީޖާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޑޮކްޓަރުން.-- ފޮޓޯ: އައިޖީއެމްއެޗް
ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ބާވަތުގެ ޕްރޮސީޖާގެ ހެދި ޓީމުގައި އިސްކޮށް ހުންނެވީ ހިތުގެ ބަލިތަކުގެ ޑރ. މުހައްމަދު ޝަނީޒް ނަޖްމީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އަދި ހޭނައްތާ ޑރ. އަސަދު މުހައްމަދު ޝަހީދު ވެސް ޓީމުގައި ހިމެނެ އެވެ.
އައިޖީއެމްއެޗުން ބުނީ އެ ޕްރޮސީޖާއިން، އޮޕަރޭޝަން ކުރުމުގެ ބަދަލުގައި ކެތީޓާ ނުވަތަ ސްޓްރަކްޗަރަލް އިންޓަވެންޝަން ފެށޭނެ ކަމަށެވެ.
ފަރުވާތައް ބޭނުންވާ މީހުންނަށް ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށް އެ ހޮސްޕިޓަލުން މިހާރު ދެމުން އަންނަ ފަރުވާތައް ރަނގަޅުކޮށް އަދި އިތުރު ކަންކަން ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
ކުޑަކުދިންގެ ހިތުގެ ފުރަތަމަ ޑރ. އައިޝަތު އެލީނާ މި ވަގުތު އަންނަނީ ރާއްޖެ އިން ބޭރުން އިންޓަވެންޝަން ކާޑިއޮލޮޖީގެ ތަމްރީނުތައް ހައްދަވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުންބޭ
15 January 2022
ޔާމީން ސަރުކާރުން ހެދި ކެތިލެބުގެ ފައިދާއެއް އޮތް ކަމަކަށް ނުދެކެން، ސަބަބަކީ އެތަނުން ޚިދުމަތް ހޯދާ ފަރާތްތަކަށް އާސަނދައަށް ޗާރޖް ކުރާ ވަރަށްވުރެ އިންޑިއާ އަށް ފޮނުވުމުން ޙަޤީޤަތުގައި ޚަރަދު ކުޑަ. އަމިއްލަ މީހުންގެ ޖީބުން ލާރިތަކެއް ނުދިޔަނަމަވެސް އެއީ ރަގަޅުގޮތެއް ނޫން، އާސަނދައަށް ވަރަށް ބޮޑު ބިލެއް އެތަނުން ފޮނުވާ. ރަގަޅުކުރެވޭނީ ދިވެހިންގެ ކާރޑިއެކް ސެންޓަރެއް ޤާއިމްކޮށްގެން
ށަވިޔަނި
15 January 2022
ދިވެހިންނަކީވެސް އިންސާނުން. ކިޔެވީމަ މޮޅުވާނެ. ކަންކަންކުރަން އެނގޭނެ. ބޭނުންވަނީ ވަސީލަތްތައް ގާއިމުކޮށްދިނުން.
ބޯގޯސް ހަމަ
14 January 2022
ކުރިކަމުގެ ވާހަކަ ލިޔެބަލަ. ކުރިކަމަކީ ކެތީތާއެއްލެއްވުމެއްނުން. ޕުރޮސީޖާހެދިޑޮކްޓަރާ އިންޓަވިއުކޮށް ރަގަޅު އާޓިކަލް އެއްލިޔެބަލަ.
އަނގަ ގަދަ މިތުރު
14 January 2022
އައިޖީއެމްއެޗް އޭ ކިޔައިގެން ޓްވީޓްކުރީ، ޔާމީނު ވެރިކަމުގައި ހެދި "ދަރުމަވަންތަ ހޮހަޅަ" އިގައިހަދާފާފައި ހުރި ސްޓޭޓް އޮފްދި އާޓް ލެބް/ތިއޭޓަރ އޭ ޖަހަން ނުކެރިގެން ހެން ހާދަ ހީވެއެވެ.
ސޮރީ
14 January 2022
އެކަމް ތި ނޫން ފޮޓޯއެއް ޖެހިނަމަ
ފޮޓޯ އަލީ
14 January 2022
އެފޮޓޯ ކީއްވީ؟