ބ. އަތޮޅުގެ ރަށްތަކެއް.-- ފޮޓޯ: ބަޔޮސްފިއާ ރިޒާވް
14 ޖެނުއަރީ 2022 - 16:52
ބ. އަތޮޅުގައި އިތުރު ރިސޯޓެއް ނުހެދުމަށާއި އެ އަތޮޅުގައި ހުރި ފަޅު ރަށްތަކާއި ފިނޮޅުތައް އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރަން ސަރުކާރަށް ގޮވާލައި، އަތޮޅު ކައުންސިލުން ވަރުގަދަ ގަރާރެއް އިއްޔެ ފާސްކޮށްފި އެވެ.
އެ ގަރާރުގައި ބުނީ ބޭނުންކުރަން ނުފަށާ ހުރި ފަޅުތަކާއި ފިނޮޅުތައް އަދި ފަޅު ރަށްތަކުގެ ހާލަތު ބެލިއިރު ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އޭގެ ތެރޭގައި ވަރުވާއަށް ދޫކޮށްފައި ހުރި ބައެއް ރަށްރަށް ކުނި އަޅައި ފުރާލުމާއި ހުއްދަ ނުނަގައި ބައެއް ރިސޯޓުތަކުން ފިނޮޅުތައް ބޭނުންކޮށް މާލީ މަންފާ ހޯދަމުން ދިއުން އަދި ރިސޯޓު ހަދަން ހަވާލުކޮށްފައިވާ ބައެއް ރަށްރަށުގައި އެއްވެސް މަސައްކަތެއް ނުކުރުމާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް އެންމެ އެކަށީގެންވާ ގޮތަށް ބޭނުން ނުކުރުން ހިމެނެ އެވެ.
އެކަންކަމާ ގުޅިގެން ފާސްކުރި ގަރާރުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގިނަ ކަންތައްތަކެއް ގޮވާލާފައިވެ އެވެ. އެއީ؛
- ބ. އަތޮޅުގައި އެއްވެސް ރިސޯޓެއް ނުހެދުމަށާއި އިތުރު ރިސޯޓެއް ހަދާނަމަ އެކަން އަތޮޅު ކައުންސިލްގެ ހުއްދަ ހޯދުން
- ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތައް އަތޮޅު ކައުންސިލްގެ މައްޗަށް ބަދަލުކޮށްދިނުމަށް
- ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް މޮނީޓާކުރެވޭނެ ދައުރެއް އަތޮޅު ކައުންސިލަށް ހަވާލުކުރުން
- ރަށްރަށުގެ އިހުތިސާސްގެ ތެރެއަށް ނުވަދެ ހުރި ހުރިހާ ފަޅުތަކާއި ފިނޮޅުތަކާއި ފަޅުތައް ބަލަހައްޓަން ހަވާލުކުރުން
- ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާ ރަށްތަކާ މެދު ފިޔަވަޅު އެޅުން
- ބ. އަތޮޅު ބަޔޮސްފިއާ ރިޒާވަކީ އަތޮޅު ކައުންސިލްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ހަމަޖައްސައިދިނުން
ރާއްޖޭގައި އެންމެ ގިނަ ރިސޯޓުތައް ހިންގާ އެއް އަތޮޅު، ބ. އަތޮޅުގައި މިހާރު ވެސް 18 ރިސޯޓު އެބަ ހިންގަ އެވެ. އަދި އިތުރު ތިން ރިސޯޓެއް ހަދަން ބަޔަކާ ހަވާލުކޮށްފައިވެ އެވެ.
އެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ "މިހާރު" އަށް ވިދާޅުވީ 20،000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ބ. އަތޮޅުގެ ރައްޔިތުން ދަތުރު ދާނެ ރަށެއް ނެތް ކަމަށެވެ. އަތޮޅުގައި 50 އަށްވުރެ ގިނަ ފަޅު ރަށް އޮތްއިރު، އެއްވެސް މަސައްކަތެއް ނުކޮށް މި ވަގުތު އޮތީ އެންމެ ހަތަރު ވަރަކަށް ރަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ދަނޑުވެރިކަމަށް ދޫކުރާ ތަންތަނުގައި ކުރަނީ ދަނޑުވެރިކަން ކަމެއް ޔަގީނެއް ނޫން. ދަނޑުވެރިކަމުގެ ނަމުގައި ރަށް ނަގައި އެ ރަށުގައި ޕޫލް ހަދައި، ޕިކްނިކް އައިލެންޑްގެ ގޮތުގައި މީހުން އެބަ ގެންދޭ.
އެ ތަނުން އެއް ރަށް ބަޔޮސްފިއާ ރިޒާވްގެ ދަށުގައި، އަނެއް ރަށް ޓޫރިޒަމްގެ ބޭނުމަށް ބާއްވާފައި އަދި އޭދަފުށީ ކައުންސިލުން ބަލަހައްޓަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރަށެއް ވެސް ހަވާލުކުރި އެވެ.
އޭނާ ވިދާޅުވި ވަރުވާއަށް ދޫކޮށްފައި ހުރި ރަށްތަކުގެ މޫދަށާއި ރަށުގެ އެކި ހިސާބަށް ދަގަނޑު ކުންފުންޏާއި ލަކުޑި އާއި އެކި ޒާތުގެ ކުނި އަޅައި ގުދުރަތީ ވެށި ހަލާކުކޮށްލާފައިވާ ކަމަށެވެ. ދަނޑުވެރިކަމަށް ނަގާފައި ހުރި ބައެއް ތަންތަންގައި އެ ކަމާ ގުޅޭ އެއްވެސް ކަމެއް ނުކޮށް ހަދާފައި ހުރީ ބޮޑެތި ގުދަންތައް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"ދަނޑުވެރިކަމަށް ދޫކުރާ ތަންތަނުގައި ކުރަނީ ދަނޑުވެރިކަން ކަމެއް ޔަގީނެއް ނޫން. ދަނޑުވެރިކަމުގެ ނަމުގައި ރަށް ނަގައި އެ ރަށުގައި ޕޫލް ހަދައި، ޕިކްނިކް އައިލެންޑްގެ ގޮތުގައި މީހުން އެބަ ގެންދޭ،" މާޅޮހު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާ ޝުޖާއު ވިދާޅުވި އެވެ.
މުޅި ބ. އަތޮޅުން އެކި ޓެކްސްތަކަށް އަހަރެއްގެ މައްޗަށް 557 މިލިއަން ރުފިޔާ ދައްކަ އެވެ. ނަމަވެސް އަތޮޅުގެ ގިނަ ރައްޔިތުން ތިބީ އަސާސީ ބޭނުންތަކުން މަހްރޫމްވެފައިކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިހާރު ހުރި ފަޅު ރަށްތަކާއި ތަންތަނުން ސީދާ އަތޮޅަށް ފައިދާކުރާނެ ގޮތެއް ނޫނީ ނުކުރެވޭނެކަން އަންގައިދޭން ބޭނުންވީ. އެކަމުގައި ސީދާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް އެބަ މަސައްކަތްކުރަން،" ޝުޖާއު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަޖޫ
15 January 2022
ޜިސޯޓް ހެދުމައް ވުރެ މާޜަގަޅު ރުއް އިންދިއަސް
ޙަ ބީބ ބު.
15 January 2022
ވައައްރަނގަޅު ނިންމުމެއް ބައެއްރިސޯޓުތަކުން ރަށުގެ ފަޅުތެރެއިން ގިނައަދަދަކައް ވެލިއަޅާ ރަށުގެ ފަޅުތެރެ ހަލާކު ކޮއްފަވެސް އެ ބަހުރި ގިރާރިސޯޓުތަކައް ދާއިމީ ހައްލުހޯދުމައް އީޕީއޭގެ އެހީހޯދަންޖެހޭގޮތައް ގަވައިދު ބަދަލުކޮއް ބޭރުގަ ތޮށި ބުރި ބުރި ޖަހާ ފުންކަނޑުން ވެލިގެނެސް ފަޅުތެރެއިން ކޮނެފަވާ ވަޅުތަކައް އިހުހުރިގޮތައް ފަސްއަޅުވަންޖެހޭ އަދި ގޮނޑުދޮށައްވެސް އެގޮތައް ފަސްއަޅާ ތޮށިލުމުން ދާއިމީ ހައްލަކައްވާނީ މިކަންވެސް ބަލަންޖެހޭ
ދަނޑުވެރިޔެއް
15 January 2022
"ދަނޑުވެރިކަމަށް ދޫކުރާ ތަންތަނުގައި ކުރަނީ ދަނޑުވެރިކަން ކަމެއް ޔަގީނެއް ނޫން. ދަނޑުވެރިކަމުގެ ނަމުގައި ރަށް ނަގައި އެ ރަށުގައި ޕޫލް ހަދައި، ޕިކްނިކް އައިލެންޑްގެ ގޮތުގައި މީހުން އެބަ ގެންދޭ." މިކަން ސަރުކާރަށާ މަޖިލިހުގެ ސަމާލު ކަމަށް ގެނެސް ދަނޑުވެރިކަން ނޫން ކަމެއްގައި ބޭނުން ކުރާނަމަ ޖުރިމާނަކޮށް ރަށް އަތުލުމަށް ވަރަށް އެދެން.
ޝަތްރޫ
15 January 2022
މިފެންނަނީ އެމްޑީޕީ ޖަޒީރާ ފިލޯސަފީގެ އަސްލު ސިފަ. ނަމުން ލާމަރުކަޒީ ކަމުން މާލޭ ވެރިކަން. ދޫކޮށްލާށޭ. ކަންކަން ކުރަން، ނިންމަން ކައުންސިލް ތަކަށް ދޫކޮށްލާށޭ. އެވެރިން ސައްލާކޮށް އަތޮޅަށް ރަށަށް އެންމެ ރަގަޅު ގޮތަކަށް ނިންމާނެ. ބައެސްފިއަ ރިޒާވް އަކީ އެތަނުން ލިބޭ ފައިސާއަކުން އެތާ މުވައްޒަފުން މުސާރަ ނަގާ ތަނެއް. ބާކީވާ ބައި މާލެއަށް. ލާމަރުކަޒީއަކީ ވޯކް ކުރާނެ އެއްޗެއްނޫން. މާލެ ސަރަހައްދު ނޫންތަނެއް ތަރައްގީ އެއް ވެސް ނުކުރާނެ. ވިސްނާ. ހޭލާ.
ރަންއަހަރު
15 January 2022
އަތޮޅު ތެރެ ތަރައްގީވާން އުޅޭތީ މާލެ ކިޔާ ކުދިންނަށް ލައްކަ އަސަރު ކުރާތަން މިފެނިގެން ދަނީ
މިވެސް ވާހަކަ
16 January 2022
ތަނަކުން ރުކެއް ވެއްޓުނަސް މާލެމީހާ މާލެމީހާ ގޮވަގޮވަ ހުންނައްޗޭ. ތިހުރިހާ ހަޑިއެއް ހާވަން މަޖިލީހުގަ އަދި ސަރުކާރުގަ ތިބީ ގިނައިން އަތޮޅުތެރޭ މީހުން.
އަބްޑޫޅް
15 January 2022
އެކުވެރި ބާ އަތޮޅުދީބު ޖުމްހޫރިއްޔާ ގެ ގައުމީ ދިދަ އާއި ދައުލަތުގެ ނިޝާނާއި ގައުމީ ސަލާން ފާސްކުރާ ގަރާރު ނެރެނީ ކޮން އިރަކުން؟
އަހުމަދު01
15 January 2022
ސަރުކާރުން އަނގަފުޅާކޮއްފަ ކިޔާ ލާމަރުކަޒީމާ އެއްގޮތައް ކަންތައްވާން އެބަޖެހޭ.
ކުޑަކަތީބު
15 January 2022
ރެޑުވޭވް ގެންދަންވީ ނޫންތޯ ތިތަނުން ރަށަކަށް! މާލޭގައި ދިދަފަތި ދަމައިގެން އޮންނާނެ ކަމެއް ނެތެއް ނޫންތޯ!
އަލީރާޖާ
15 January 2022
އަތޮޅު ކައުންސިލްގެ ހުއްދަ ހޯދުން - އެއީ ސަރުކާރަށް ކުރަންޖެހޭ ކަމެއް ނޫން.
ލާމަރުކަ
15 January 2022
ސަރުކާރުން އަނގަފުޅާކޮއްފަ ކިޔާ ލާމަރުކަޒީ އަކީ އެއީ
އަބްޑޫޅް
15 January 2022
މިވެރިން މިއުޅެނީ "އެކުވެރި މާޅޮސްމަޑުލުދީބު ޖުމްހޫރިއްޔާ" އިއުލާނުކުރުމަށް ކަމުގައި ވެދާނެ.
މަޒް
15 January 2022
ތީގައި ހަމަޖެހޭ ސަބަބެއް ނެތް.. ކުނި އަޅާތީ، ފަޅު ރަށްތައް ބޭނުން ކުރާތީ، ކައުންސިލް މެމްބަރުންނަށް ބައި ނުލިބޭތީ.. މީގައި އަޅެ ހަމަޖެހޭ ސަބަބެއް އެބަ އޮތްތަ؟