ކޮވިޑް-19 އަށް ޓެސްޓްކުރަން ސާމްޕަލް ނަގަނީ: އެ ބައްޔަށް ރާއްޖެއިން މިއަދު ވަނީ 954 މީހަކު ޕޮޒިޓިވްވެފައި --- ފޮޓޯ/މިހާރު
15 ޖެނުއަރީ 2022 - 23:48
ކޮވިޑް-19 އަށް ރާއްޖެ އިން މިއަދު 954 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި 954 މީހުންގެ ތެރެއިން 514 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށާއި އަތޮޅު ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވީ 326 މީހަކު ކަމަށެވެ. އަދިި ރިސޯޓްތަކުން 36 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ކޮވިޑް-19 އަށް މިއަދު 954 މީހަކު ޕޮޒިޓިވްވިއިރު، ރާއްޖެ އިން އެ ބައްޔަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 102،000 އަށް ވުރެ މައްޗަށް މިހާރު ވަނީ އަރައިފަ އެވެ. އޭގެ ތެރެއިން 97،000 އަށް ވުރެ ގިނަ މީހުން އެ ބަލިން ރަނގަޅު ވެފައިވާތީ މި ވަގުތު އެ ބައްޔަށް ޕޮޒިޓިވްވެފައި ތިބީ 4،877 މީހެކެވެ.
އޭގެ ތެރެއިން 23 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 265 މީހަކު މަރުވެފައިވާއިރު، ކޮވިޑް-19 ގެ އާ ވޭރިއެންޓެއް ކަމަށްވާ އޮމިކްރޯން ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެން ފެށުމާ އެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާވެސް ދަނީ ވަރުގަދަ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބަލީީ
16 January 2022
ބޮޑުބޭބެ ނަސީމުބެގެ ހިންގުންތެރިކަމުގެ ވާހަކަ ދައްކާ ހުސް ނުވާނެ ކުރިއަށް އޮތް 100 އަހަރު ނިމޭއިރުވެސް
ށަވިޔަނި
16 January 2022
މިދިޔަ އަހަރުގެ ޖުލައިގެ ފަހުން ކޮވިޑްގެވާހަކަ ނޫހަކުން ނުފެނޭ. މިހާރު މިއޮތީ އިދިކޮޅު. ބަލައިނުލާ އެއްވުންތައް ބާއްވާ ހެދުމުގެ ހިތި ނަތީޖާ. މުޅިދުނިޔެއިން މިބަލި ކޮންޓްރޯލުވަންދެން މަޑުން ތިބުން އެންމެރަނގަޅީ. ރާއްޖެއަކީ ވެސް މިހާރު މުޅިދުނިޔެއާ ގުޅިފައިއޮތް ގައުމެއް. ހުރިހާ ބައްރުތަކުން ކޮންމެ ދުވަހަކުހެން މީހުންއާދޭ. މިކަމާ އެންމެން ވިސްނަންޖެހޭ. އެކަމަކު ވިސްނާ މީހުން މަދު.