ޓާޓާއިން ހުޅުމާލޭގައި ހަދާ ލަގްޒަރީ 10 ބުރީގެ އިމާރާތް--ފޮޓޯ:ސެންޑަލް މޮރިޝަސް
17 ޖެނުއަރީ 2022 - 08:56
އިންޑިއާގެ ޓާޓާ ކުންފުންޏާއެކު 2010 ގައި ސަރުކާރުން ހެދި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ފްލެޓް އަޅަން ދޫކުރި ދެ ބިމުގެ ތެރެއިން އެއް އިމާރާތުގައި، އެއްބަސްވުމުގައި ހުއްދަ ދިން އަދަދަށް ވުރެ އިތުރަށް ފްލެޓް އަޅާކަން ހާމަވެއްޖެ އެވެ.
މިކަން އެނގުނީ، މަސައްކަތް ނުކޮށްގެން އުވައިލި އެއްބަސްވުމުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ނިންމުމާއެކު، އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނުގައި ހުރި އަދަދުތަކާއި ހުޅުމާލޭގައި ޓާޓާއިން ދެ ބިމުގައި ފްލެޓް އަޅާ އަދަދު ދިމާ ނުވާތީ އެވެ.
އަރަބިއްޔާ އާއި ގާކޮށީގައި ފްލެޓް އެޅުމުގެ ބަދަލެއްގެ ގޮތުން މާލޭގެ ނާދީ އާއި އޯޑިއޯން ބިން އަދި ޅ. ޅޮއްސަލަފުށީގެ އިތުރުން ހުޅުމާލެ އިން ވެސް ދެ ބިން، އެ ކުންފުންޏަށް ފައިދާވާ ގޮތަށް ފްލެޓް ވިއްކަން ދޫކޮށްފައިވާ ކަމަށް ބުނެ ދެއްކި ވާހަކަތައް ސާފުކޮށްދެމުން ޕްލޭނިން މިނިސްޓްރީން ބުނީ ހުޅުމާލެ އިން ދެ ބިން ދިނީ އެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހިން 2015 ގައި ކަމަށެވެ.
އެ ދެ ބިމުގައި އެއްބަސްވީ 150 ހައުސިން ޔުނިޓާއި 15 ލަގްޒަރީ ވިލާ އަޅަން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ. އެކަމަކު ޓާޓާގެ ސަބްސިޑަރީ ކުންފުނި، ސެންޑަލް މޮރިޝަސްއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން "ވަން ސެންޓްރަލް ޕާކް" އާއިި ސޮލިޓެއާ" ނަމުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުގައި އެއްބަސްވުމަށް އިތުރަށް ފްލެޓް އަޅާކަން އެ ކުންފުނީގެ މައުލޫމާތުތަކުން އެނގެ އެވެ.
ވަން ސެންޓްރަލް ޕާކް ޕްރޮޖެކްޓްގެ ދަށުން އަޅަނީ މެދުފަންތީގެ 120 ފްލެޓެވެ.
ސޮލިޓެއާ ޕްރޮޖެކްޓަކީ މަތީފަންތީީގެ ފްލެޓުގެ 10 ބުރީގެ އިމާރާތެކެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ އުތުރުގައި އަޅާ މި އިމާރާތުގައި ހަދަނީ 1+3 ގެ ކޮޓަރީގެ އެޕާޓްމަންޓްތަކެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ. އެ އިމާރާތުގައި 64 އެޕާޓްމެންޓް ހުރެ އެވެ. އެންމެ މަތީ ބުރީގައި އިންފިނިޓީ ޕޫލްއަކާއި ޖިމެއް ހުރެ އެވެ.
ސޮލިޓެއާގައި އަޅާ ޖިމްގެ ކުރެހުމެއް. އެ އިމާރާތަކީ ލަގްޒަރީ އެޕާޓްމެންޓްތަކެއް--ފޮޓޯ:ސެންޑަލް މޮރިޝަސް
މި ދެ އިމާރާތުގައި ޖުމުލަ 186 އެޕާޓްމެންޓް ހަދާ އިރު މިއީ އެއްބަސްވުމުގައި ކަނޑައެެޅި ވަރަށް ވުރެ 36 އެޕާޓްމެންޓް އިތުރު އަދަދެކެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިއްޔެ ވިދާޅުވީ، އެ ތަނުން އެއް އިމާރާތް މާ އުސްކޮށް ނެގުމުން އިތުރުވި އެޕާޓްމެންޓްތައް ލަގްޒަރީ ވިލާގެ ގޮތުގައި ބަލައި، ޅޮއްސަލަފުށިން ދޭ ބައެއް ތަންތަން އެތަނަށް ބަދަލުކޮށްލާނީ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓާޓާ އިން އިތުރަށް ފްލެޓް އަޅާފައި ވިޔަސް އެއްބަސްވުމަށް އިތުރު ބަދަލެއް ނުގެނެ އެވެ.
"އެ އިމާރާތް މައްޗަށް ނެގީމާ އެޕާޓްމެންޓްތައް އިތުރުވާތީ ހުސްކޮށް އެބައި ނުބަހައްޓަން ވެގެން ލަގްޒަރީވިލާ ބައިން އެބައި ކެނޑީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ސޮލިޓެއާ އިމާރާތުގެ އެޕާޓްމެންޓްތަކުގެ ބަދަލުގައި ލަގްޒަރީ ވިލާއިން އުނިކުރީ ކިހާ ވަރެއް ކަމެއް އަކްރަމް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ، އެހެން ހެދުމުން ވެސް ރައްޔިތުންނަށް ވާނީ ފައިދާ ކަމަށެވެ.
ޓާޓާއާ ހަވާލުކުރި ހުރިހާ ފްލެޓެއް ނިމުމުން، ލަގްޒަރީ ވިލާ އަޅަން ޅ. ޅޮއްސަލަފުށި ދޫކުރަން ނިންމާ ގޮތަށް ވަނީ އެއްބަސްވެފަ އެވެ. އެކަމަކު އަދި މިހާތަނަށް އެ މަސައްކަތް ފަށައިފައެއް ނުވެ އެވެ.
ސޮލިޓެއާގައި ހަދާ އިންފިނިޓީ ޕޫލް އޭރިއާ: އެ އިމާރާތުގެ މަސައްކަތް އަންނަނީ ކުރަމުން
ޓާޓާއާ އެކު މީގެ 12 އަހަރު ކުރިން ހެދި އެގްރީމެންޓްގައި އެ ކުންފުންޏަށް އާދަޔާ ހިލާފު ބޮޑު ފައިދާއެއް ލިބޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އަދި ޓާޓާ އެކު އެންމެ ފުރަތަމަ އެކުލަވައިލި އެއްބަސްވުމުގައި ބޮޑެތި މައްސަލަތައް ހުރި ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ހެދި ހާއްސަ އޮޑިޓުން ވެސް އެނގެ އެވެ. މި ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޓާޓާއާ އެކު އެންމެ ފުރަތަމަ އެއްބަސްވުން އޮތް ގޮތަށް ބަދަލު ގެނައުމުން އަލުން ސޮއިކޮށްފަ އެވެ. މިގޮތަށް އެއްބަސްވީ ސަރުކާރަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ލިބިދާނެ ކަމަށް ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިކުނޑި
19 January 2022
އިތުރަށް ސާފުކޮށްލަން ބޭނުންވޭ އަރަބިއްޔާ އަދި ގާކޮށީގައި ފްލެޓް އަޅައިގެން ތިވަރުގެ ބަދަކެއް ދޭއިރު އެއީ އެމީހުން ހިލޭ އަޅާފަދިން ތަންތަންތޯ؟ އެހެންނަމަ، އެޗްޑީސީން އެތަން ލިބުނު މީހުނަށް ބޮޑު އަގުގައި ވިއްކީ ކޮން އުސޫލަކުންތޯ؟ އަދި އެޗްޑީސީން އެއްފަހަރާ ފައިސާދިނީ އިންޑިއާގެ ކޮން ކުންފުންޏަކަށްތޯ؟ މުއިޒް ޓްވީޓެއް ކުރައްވާނަންތޯ؟؟
ސިކުނޑި
19 January 2022
ޕީޕީއެމް އާއި އެމްޑީޕީގެ ފިކުރުން ބޭރުން ވިސްނިޔަސް އިންޑިޔާއަށްވުރެ ޗައިނާ ރަނގަޅުކަމަށް ދެކެން!
ޟަރެ
19 January 2022
އެކަން މިހާރު ލަންކާއިން އެބަފެނޭ، ގައުމު ދަރުވާލާފަ އިނދަޖައްސާފަ ފިލީ، ލޯނު ދައްކަން 900 މިލިއަން ޑޮލަރު އެންފަހުން ދިނީ އިންޑިއާއިން
ކިނބޫ
18 January 2022
ލަގްޒަރީ ވިލާއިން އުނިކުރާކަށް ނުޖެހޭ. އެމީހުން އެއްބަސްވުމާ ޚިލާފުވީމަވެސް ކަލޭމެން ތިތިބެނީ ކުޑަކަކުލަށް ތިރިވެ ރޫރޫ އަޅައަޅާ. މުސީބާތެއްނު.
ނަތާޝާ
18 January 2022
އެމްޑީޕީ ވެރިކަމަށް އައީ އިންޑީޔާ އަތުން ފައިސާ ނަގައިގެން. އެފައިސާ އިންޓްރެސްޓާއި އެކު އިންޑިޔާ އަށް ދަށްކަން އެބަޖެހޭ. އެކިނަންނަމުގަ އެކި ޕުރޮޖެކްޓްތައް ހިންގާ ނަމުގަ އިންޑިޔާއަށް ފައިސާ ލިބޭނެގޮތް ހަމަޖައްސަން ދިވެހިންނަށް އޮޅުވައިލައިގެން ވެރިކަށް އައި އެމްޑީޕީއަށް މަޖުބޫރުވޭ. އިންޑިޔާގެ ޓާޓާ ކުންފުންޏަކީ އެކުންފުނީގެ ފައިދާގެ ބޮޑުބައެއް އެގައުމުގެ ޗެރިޓީއަށް ޚަރަދު ކުރާކުންފުންޏެއް.
އިލާ
18 January 2022
އިންޑިޔާ އައުޓް ގޮވީމާ އިންޑިޔާ ޓީޗަރުން ނަފްސާނީވެ ހަލާކުވާތީ ދިވެހި ސަރުކާރުން ބަޔާންނެރެ އެމީހުން ދިފާޢު ކޮށްދިންއިރު، ދިވެހި ރައްޔިތުންގެ ބިމާއި ހަރުމުދާ އިންޑިޔާއިން ފޭރޭއިރު ދިވެހިންނާއި ދިވެހި ޤައުމުގެ ދިފާޢުގައި ބަހެއް ބުނެލާނެ ދައުލަތުގެ އަނގައެއް، ސޯޝަލް މީޑިއާ "ބޮޓެއް" ނެތުމަކީ ވެރިކަމުގައި ތިބި އިސްމީހުން އިންޑިޔާގެ އަޅުވެތި ކަމުގައި ތިބި މިންވަރު އަންގައިދޭ އަލިގަދަ ހެއްކެއް!
ފޫހި
17 January 2022
މަށަށް ކިރިޔާ ބާރެއް ލިބުނަސް ފުއްޕާފަ މިގައުމުގައިއުޅޭ އިންޑިޔާ ބައިގަނޑު ބޭރުކިރާނަން. ޓީޗަރުން ޑޯކްޓަރުން ގެންނާނީ އެހެން ގައުމުތަކުން. ލޮޓަސް މާޖެހި ފޭކް ސެޓްފިކެޓަށް ޓާޓާ ކިޔާނަން.
ހާމިދު ޝާހިދު
17 January 2022
ތިއޮތީ ވެސް ބޮޑު ވައްކަމެއް ކޮށް ނިންމާލާފައި. ދެންވެސް ބުނަންވީ ކަލޭމެން ތިއުޅެނީ، ފިތުނަ އުފައްދަންށޭ. އިންޑީއާ ސަރުކާރާ ޖައްސާލައިގެންނޭ ތި އުޅެނީ. އިންޑީއާ އައުޓު ކޭޟްޕޭންއަށް ރައްޔިތުން އެހާ ބޮޑުތަނުން ތާއީދު ކުރަނީ އެކަމުގެ ސަބަބުން.
ޝީނު
17 January 2022
އެޕާތްމަންޓްތައް ގަތްމީހުންނަށް އޮޅެގޮތަށް ތަނުގެ ސައިޒް ޖަހާފަހުރީވެސް..1000ފޫޓް ކަމަށް ބުނީ އެކަމު ހުއްނަނީ 750 އާއި 800 ފޫޓް އާއި ދެމެދުގެ އޭރިޔާ.
ޓަޓުވާ
17 January 2022
ޓާޓާ މީހުން މިތަނުގައި މިހާ ފުއްޕާފައި މިއުޅެނީ ހަމަ މި ސަރުކާރުގެ ސިޔާސީ މީހުނަށް ލައްޑޫ ކާންދީފައި ހުރިލެއް ގިނަ ކަމުން. ޓާޓާ ޔަށް ޓާޓާ ކިޔަން ދިވެހިންނަށް އަދި ކެރޭނެ. ވަރަށް ފޫހިވޭ ކޮންމެ ގައުމަކަށް އައިސް މި ކަރާ މީހުން އުޅޭ ފާޑަކުން.
ކަންބުރު ދަބަރު
17 January 2022
މިމީހުނާ އެކު ކަމެއްކޮށްފިނަމަ މުނާފިގު ނުވާގޮތަކައް ދުވަހަކުވެސް ކަމެއް ނުނިމޭނެ އަބަދުވެސް ޖިހޭނީ އަރައިރުންވެ ދެކޮޅުވެރިވެ ތަޅާފޮޅަން ކުޑައެއް ބޮޑެއް މިކަމުގަ ނެތް މަކަރާހިލަތް އޮޅުވާލުން މިނޫންކަމެއް ނޭންގޭނެ ކޮށްމެތަަނަކައް އަދި ގައުމަކައް ދިޔަސް ބޭނުންވާނީ ބަޔަކު ކޮށްނިމި އާމްދަނީ ލިބޭއެތަނެއް މަސައްކަތް ކޮށް ތަނެއް ހަދައިގެން އެތަނަކުން އެއްޗެއްހޯދުމުގެ ވިސްނުން އެއްގޮތަކައްވެސް ނެތްބައެއް އަބަދުވެސް ގަދަބާރުން ފެލާލާފަ ވެސް އަތުލުން