19 ޖެނުއަރީ 2022 - 06:27
ބައިވެރިޔާ އަދި ދަރިފުޅުގެ މަންމަ މަޝްހޫރު މޮޑެލް ޖިޖީ ހަޑީޑްގެ މަންމައާ ދެމެދު ހިނގި ކޯޅުންގަނޑަަށް ފަހު ލަވަކިޔުންތެރިޔާ ޒޭން މާލިކް ދުވަސްތަކެއް ވަންދެން ސޯޝަލް މީޑިއާއާ ދުރުގައި ހުރުމަށް ފަހު މުޅިން އެހެން ސިފައެއްގައި އެނބުރި އަތުވެއްޖެ އެވެ.
އިނގިރޭސީވިލާތުގެ ކުރީގެ މަޝްހޫރު ބޭންޑް، "ވަން ޑިރެކްޝަން" ގެ މެމްބަރުންގެ ތެރޭގައި ހިމެނުނު ޒޭން، މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އަލުން ހުކުރު ދުވަހު ސޯޝަލް މީޑިއާ އަށް އައީ ބޮޑު ތުނބުޅިއަކާ އެކީގަ އެވެ. އޭނާގެ އެ ސެލްފީ ޕޯސްޓްކުރުމުން ފުރަތަމަ އެއީ ހަމަ ޒޭންތޯ ވެސް ބައެއް މީހުން ސުވާލު އުފެއްދި އެވެ. އަދި ޒޭންގެ އާ ލުކާ ބެހޭ ގޮތުން ފޭނުން އެކި ކަހަލަ ކޮމެންޓްތައް ވެސް ކޮށްފައިވެ އެވެ.
މި މަހުގެ 12 ވަނަ ދުވަހު 29 އަހަރު ފުރުނު ޒޭން އަކީ އަބަދު ވެސް ލުކަށް އެކި ކަހަލަ ބަދަލު ގެންނަން ވެސް ފަންނާނެކެވެ. އެގޮތުން ބޮލުގެ އިސްތަށިގަނޑުގައި އެކި ކުލަތައް ޖެއްސުމާއި ބޯ ވަރަށް ތުނިކޮށް ކޮށާލުމާއި ތުނބުޅި އާއި މަތިމަސް އެއްކޮށް ބާލަން އޮމާންކުރުމާއި އަދި ކުރުކޮށް ތުނބުޅި ބެހެއްޓުމަކީ ވެސް ހުނަރުވެރި ލަވަކިޔުންތެރިޔާގެ އާންމު ސްޓައިލްތަކެވެ.
"ވަން ޑިރެކްޝަން" ރޫޅުނު ފަހުން ސޯލޯ އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޒޭން އާއި ޖިޖީގެ މަންމަ ޔޮލަންޑާއާ ގޭތެރޭގައި ޖެހުނު މައްސަލައެއްގައި ހަމަލާދީ އައުގުރާނަ ވެސް ގޮވި ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ވެސް ގެންދިޔަ އެވެ. އަދި ކޯޓުން ޒޭން އަށް 360 ދުވަހުގެ ޕްރޮބޭޝަނަކާ އެކު ރުޅި ކޮންޓްރޯލްކުރުމާއި ގެވެށިއަނިޔާ އަށް ހޭލުންތެރިކަން ހޯދުން ފަދަ ޕްރޮގްރާމްތަކެއްގައި ވައިވެރިވާން އެންގި އެވެ.
ޔޮލަންޑާ ކުރި ތުހުމަތުތައް ޒޭން ދޮގުކޮށްފައިވެ އެވެ. ޒޭން އާއި ޖިޖީ އަށް ލިބުނު ދަރިފުޅަކީ މިހާރު އެއް އަހަރުގެ ކާއީ ހަޑީޑް މާލިކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދއްސދއެ
19 January 2022
ޓެޓޫ ޖަހާލީމަ ހުންނަނީ ރަނޑު ގޮތެއް ދޯ
ގަންޖާބެ
19 January 2022
ބޮކްސިންތަޅާ މައިކު ޓައިސަންވެސް ހުންނަނީ މޫނުމައްޗަށް ޓެޓޫއެއް އަރުވާލާފާ.
2022
19 January 2022
މިހާރު ހާދަ ފަހަތުގައޭ ތިއުޅެނީ އެސޮރު އެއުޅޭ ހަޑީޑީ ދޫކޮށްފަ ފިރިހެނެއްގެ ފަހަތުންއުޅެނީ..ބޮއިހަލާކު
ގުލްޒާރު
19 January 2022
ހެރީޕޮޓަރާ ވައްތަރުގޮތެއް އެބަހުރި.