ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާއެއްޗެހިތަކެއް: ފަސް ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާލިބުނު މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
17 ޖެނުއަރީ 2022 - 23:05
ރާއްޖެ އަށް ފަސް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދައުވާ ލިބުނު ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ބަންގްލަދޭޝްގެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ ޖޫން، 2017 ގައި އޭނާ ރާއްޖެ އައިއިރު އޭނާ ގެނައި ފޮށިގަނޑެއްގެ ތެރެއިން ފަސް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ. އެ މައްސަލައިގައި އެ މީހާގެ މައްޗަށް ދައުލަތުން ކުރީ މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މީހެއްގެ ބެލުމުގެ ދަށުން މަސްތުވާތަކެތި ފެނުނަސް، އެ އެއްޗެއްގައި މަސްތުވާތަކެތި ހުރިކަން އެ މީހަކަށް އެނގޭ ކަމުގެ ހެކި ދައުލަތުން ދައްކަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި، އެ ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން އެ މީހާ އަށް އެނގޭ ކަމުގެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައި ވަނީ އެއީ އެހެން މީހަކާ ހަވާލުކުރަން މީހަކު ދިން ފޮށިގަނޑެއް ކަމަށް އެ މީހާ ބުނާއިރު، ފޮށިގަނޑާ ހަވާލުވާ މީހާ ހޯދަން ހިންގި އޮޕަރޭޝަންގެ ތެރެއިން އެހެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ އަށް ހައްޔަރުކުރި މީހާ އެކަމާ ބެހޭގޮތުން ބުނެފައިވާ ބުނުމެއް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށާއި ހަގީގަތާ ހަމައަށް ވާސިލުވާން ދައުލަތުން ކުރި އިތުރު މަސައްކަތެއް ފެންނަން ނެތް ކަމަށް ވެސް ހުކުމުގައި ވެ އެވެ.
އެހެންވެ، މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް ހުކުމުގައި ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިޔޯ
18 January 2022
ހާސް ކަނޑާލާ ބުރަކޮށް ވަޒީފާ އަދާ ކުރުމުގެ ބޭނުމެއް ނެތް ތިއިން ފޮށިގަނޑެއް އެތެރެކޮށްލާފައި ބަސްޓުވެއްޖެއްޔާ ނޭނގޭ ތީގަ ހުރިއެއްޗެއް ބުނެލީމަ އެ ނިމުނީ.. 2 ކިލޯ ވަރުން މުޅި އުމުރު ދުވަހު މަސައްކަތެއް ނުކޮށް އުޅެވޭ ވަރުވާނެ.
މުޙައްމަދު އއ
21 February 2022
ޙަރާމް ފައިސާއިން ކުރެވޭ އެއްވެސް ކަމެއްގައި ބަރަކާތް ނުލައްވާނެ.
ނޭނގުނޭ
18 January 2022
ދުނިޔޭގެ އެހެން ހުރިހާގައުމެއްގައި އެރަށަކަށް އެތެރެވާ މީހާގެ ފޮށީގައި މަނާއެއްޗެއް ހުރިއްޔާ އެމީހަކު އެއާއި ޒިންމާވާން ޖެހެއެވެ. އެމީހަކަށް އެއީ ކޮންއެއްޗެއްކަން އެނގޭތޯ ނޭނގޭތޯ ބަލާކަށް ނުޖެހެއެވެ. އެހިސާބުން އެމީހާ ކުށްވެރިވީއެވެ. ދެން ކޯޓްއަށް ގެންދިޔައީމައި ބަލާނީ އޭނާގެ ފޮށީގައި ހުރިއެއްޗެއްތޯ ނުވަތަ ނޫންތޯއެވެ. ފޮށީގައި ހުރިކަމުގެ ހެކި ހުށަހެލުމުން ދެންއޮންނާނީ ހުކުމް ކުރުމެވެ. އެނގޭތޯ ނޭނގޭތޯ ބަލާކަށް ނުޖެހެއެވެ. މިހާ ފަސޭހަ ކަމެކެވެެ.
ނެގުނު ކަތީބު
18 January 2022
އެމް އެމް ޕީއާރސީ ކާލި މީހާވެސް އެއުޅެނީ ނު ސަލާމަތް ވެގެން.
ދެތިކި ޕީ
18 January 2022
އެނިމުނީނު އެކަން. ސިންޕަލް ކަމެއްނު ތީ.
ސުލައިމާން
18 January 2022
ތީ އަކީ އާކަމެއްނުންދޯ.އަތުން ފެނުނަސް ސާބިތެއްނުވޭ..ދެން ކިހިނެއް ފޮށި ގަނޑަކުން ފެނިގެން ސާބިތުވާނީ..މީ ގުޅިގެން ހިންގާ ބޮޑެތި ޖަރީމާ..
އަކްމެޑް
18 January 2022
ބޮކްސަރ ތެރެއިން ފެނުނީމަވެސް ސަލާމަތްވީ. ކޮނޑަށް ލައިގެން ގެނައިމަވެސް ސަލާމަތްވީ.
ޗޮސްބެ
18 January 2022
ބޮކްސާތެރެޔަށްލީ އޭނަ އަމިއްލަޔަށްކަމަށް ދައުލަތުން ސާބިތުކޮއްނުދެވުނީ. ދައުލަތަށްޖެހޭނީ އޭނަގެ ބޮކްސާ ތެރެޔަށް އެހެން މީހަކު އަތްނުކޮއްޕާކަން ސާބިތުކޮއްދޭން. އެވެސް އޭނަޔަށްނޭގި
ގެނބުރު
18 January 2022
ސާބިތު ނުވަންޏާ ތި ތަކެތި ގެނައި މީހާއާ ހަވާލު ކުރޭ.
އޮނަރަބްލް އަފީފު ދީދީ.
18 January 2022
ސްޕްރީމްކޯޓްގެ އިސް ފަނޑިޔާރު މަނިކުފާނާއި ބެންޗަކީ ކިތަންމެޤާބިލް ތައުލީމީ ބޭފުޅުންކޮޅަކަށްވީ ކަމުގައިވިޔަސް ދަށުކޯޓް ތަކުގެ މިފަދަ ނިންމުން ތަކުގެ ސަބަބުން ރާއްޖޭގެ އަދުލުގެ ނިޒާމް މުޑުދާރުވަމުން އެބަދޭ. # މިއީ މިގޮތަށް ދޫކޮސްގެން ތިބޭ ވަރަށްވުރެން މާބޮޑަށްވެސް ނުރައްކާތެރި އަދި އޭގެ ސަބަބުން ޤައުމާއި ރައްޔިތުންނަށް އިއާދަނުކުރެވޭނެ އެތައް ގެއްލުމެއްލިބި ދައުލަތް ސުންނާފަތިވެދާނެފަދަ ކަމެއް. މިފަދަ ހުކުމްތަކާއިމެދު މަތީކޯޓުން ގޮތެއް ހޯދަންޖެހޭ.
ޙިނި
18 January 2022
ތިހެންވިއްޔާ ތިގޮތައް މީހަކާ ހަވާލުކުރަން ޑުރަގު އުފުލާ ހުރިހާ އެންމެން ދޫކޮއްލަންޖެހޭ. އާންމުމީހަކައް ދަނެގަނެވޭހެ ގޮތެއް ނޯވޭ މި އުފުލެނީ 5ކިލޯ ޑުރަގު ތޯ ނޫނީ 5ކިލޯ ގޮދަން ފުއްތޯ.
ހަސަންކާރި
18 January 2022
މިހާރު ނޫހުން މިހާރު ފަލަ ސުރުޚީއަށް އަރުުވަންވީ ތީގެން މައްސަލައެއް ސާބިތުވެއްޖިއްޔާ. އެބަ އިނގޭ ކަނޑައެޅިގެން ރާވައިގެން ފައިސާ ދީގެން މިކަހަލަ ހުރުކާ ކޭސްތަކަކުން ފުލުހުން ނޫނީ ޕީޖީން ނޫނީ ލޯޓުން ކޮންމެވެސް ގޯހެއް ހަދައިގެން ސަލާމަތްވެވޭކަން. ބުނެވޭނެތާ ކޯޓުން ސާބިތެއް ނުވިޔޭ.