މާލެ ސަރަހައްދުން ކޮވިޑް-19 ގެ ސަބަބުން މަރުވި މީހެއްގެ ޖަނާޒާ ކުރިއަށް ދަނީ--. ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
23 ޖެނުއަރީ 2022 - 10:31
ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އުމުރުން 42 އަހަރުގެ ދިވެއްސަކު ރޭ ނިޔާވެއްޖެ އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ، އެ އަންހެންމީހާ ނިޔާވީ ހުޅުމާލޭގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް ވަރަށް މައްޗަށް ގޮސްފައިވާއިރު، މި ބަލީގައި ނިޔާވާ މީހުންގެ އަދަދު ވެސް މި މަހު ވަނީ އިތުރުވެފަ އެވެ. މި މަހުގެ މިހާތަނަށް އެ ބަލީގައި އަށް މީހަކު ނިޔާވެފައިވާއިރު، މިއަދުގެ މަރާ އެކު، މުޅިން ރާއްޖެ އިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު 270 އަށް އެރީ އެވެ.
ރާއްޖެ އަށް ކުރިމަތިވި އެންމެ ބޮޑެތި ބަލިމަޑުކަމުގެ ތެރޭގައި ހިމެނޭ ޝިގެއްލާ އާއި ކޮލެރާގައި ނިޔާވި މީހުންނަށް ވުރެ ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ އިތުރުވެފަ އެވެ.
ކޮވިޑް ބައްޔަށް މި ވަގުތު ވެސް ރާއްޖޭގައި 13،000 އަށް ވުރެ ގިނަ މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ. އެޗްޕީއޭ އިން ރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ކޮވިޑް ޖެހިގެން 48 މީހަކު އެޑްމިޓް ކޮށްގެން މިހާރު ގެންދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 37 މީހަކަށް ހުޅުމާލޭގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނައިރު، ހަތް މީހަކު ބާއްވާފައި ވަނީ އައިސީޔޫގަ އެވެ. އަދި ވެންޓިލޭޓަރުގައި ހަތަރު މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް-16) ގައި ފަރުވާދެނީ ނުވަ މީހަކަށެވެ. އައްޑޫ ކޮވިޑް ފެސިލިޓީގައި އެކަކު އަދި ބ. އަތޮޅު ހޮސްޕިޓަލްގައި ވެސް އެކަކު އެޑްމިޓް ކޮށްގެން ފަރުވާދޭ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ކޮވިޑުން ދިފާއުވުމަށް މިހާރު ރާއްޖޭގައި ބޫސްޓަ ޑޯޒް ޖަހަން ވަނީ ފަށައިފަ އެވެ. ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެ ވަނަ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރު 400،000 އާ ގާތްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވިޑް ހާލަތު
23 January 2022
މަރުވާ މީހުން ވެކްސިންޖަހައިފައިވޭތޯ ލިޔުން މުހިންމުކަމަށް ދެކެން
ރަދީފްއޮފިޝިއަލް
23 January 2022
މަރުވީމަ ދެން ލިޔުމަކުން ކުރެވޭނެ ކަމެއް ނެތް.ދެން އޮތީ އަމަލުތަކުން އެމީހާއަށް އޮތް ކަމެއް.
ރަދީފްއޮފިޝިއަލް
23 January 2022
ރޭގަނޑު މަގުމައްޗަށް ނިކުތުން މަނާކުރަން ފެނޭ.ހަވީރު 6 އިން ފަތިހު 4 އަށް.މާލޭގެ މަޖީދީ މަގުވެސް ހީވަނީ ރިއޯގެ ކޮޕަކޮބާނާ ބީޗްހެން. ސޮރީ.
ކަލޯގަޔާ1
23 January 2022
ކޮން ބީޗެކޭ؟ ދުވަހަކުވެސް އަޑުނާހަން??
ރަދީފްއޮފިޝިއަލް
23 January 2022
@ކަލޯގަޔާ1 އަށް.ޓައިޕިން އެރާއެއް އެބައުޅޭ.ރަނގަޅު ގޮތަކީ ބްރެޒިލްގެ ރިއޯގެ 22°58′1″S 43°10′50″W އޮންނަ ކޮޕަކަބާނާ ބީޗް. ވ.ވެދުން