27 ޖެނުއަރީ 2022 - 21:40
ޖިންސީ ފުރައްސާރައިގެ ދައުވާ އިން ފިއްލެވުމަށް ރާއްޖެ އިން ބޭރުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކުރުމުގެ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ހޯދައި އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މިނިސްޓަރަކަށް ހުންނެވި އިރު އެތަނުގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ގިނަ ދައުވާތަކެއް އަލީގެ މައްޗަށް ވަނީ އުފުލައިފަ އެވެ. މި ދައުވާތަކުގެ ޝަރީއަތް ފެށުމާ އެކު ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ބޭސްފަރުވާއަށް ކަމަށް ބުނެ މުއްދަތެއް ނެތް ގޮތަށެވެ.
އޭގެ ފަހުން އޭނާ ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ. އޭނާގެ މައްޗަށް ކޯޓުގައި ހިނގަމުންދާ ޝަރީއަތަށް ކޯޓަށް ހާޒިރު ނުވެ، ކޯޓުގެ ހުރުމަތް ކަނޑާލާފައި ވާތީ ސުޕްރީމް ކޯޓުން ޖަލު ހުކުމެއް ވެސް ވަނީ އިއްވައިފަ އެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެނެވޭނެ މަގެއް ފުލުހުންނަށް މިހާތަނަށް އޮތީ ނުހޯދި އެވެ. އެންމެ ފަހުން ބުނެފައި ވަނީ އަލީ ވަހީދު ނުގެނެވިފައި ވަނީ އިނގިރޭސި ބަހުން އަމުރު ނުދީގެން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ "މިހާރު" އަށް ވިދާޅުވީ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ނެރެފައިވާ އަމުރުގެ އިނގިރޭސި ތަރުޖަމާ ލިބުމާ އެކު، އޭނާ ރާއްޖެ އަށް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
އަލީ ވަހީދު ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ މިދިޔަ އަހަރު ނޮވެމްބަރު 29 ގަ އެވެ.
ބޭސްފަރުވާ އަށް ފޮނުވާލުމުން އިނގިރޭސިވިލާތުގައި ފިއްލަވައިގެން އުޅުއްވާ އަލީ ވަހީދުގެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު، އޭނާ ހައްޔަރުކޮށްގެން ގެންނަން ފުލުހުންގެ މައްޗަށް އަމުރު ނެރުނީ، ޝަރީއަތަށް ހާޒިނުވާ މައްސަލައިގަ އެވެ.
އަލީ ވަހީދު ކޯޓަށް ހާޒިރުނުވެއްޖެ ނަމަ، ބޭސްފަރުވާ އަށް ފުރުވާލުމުގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އަށް ފިޔަވަޅު އަޅަން ވެސް ކްރިމިނަލް ކޯޓުން ނިންމި އެވެ. އެކަމަކު، އެ ކަމަށް ދިން މުއްދަތު ހަމަވެގެންދިޔައިރު ވެސް އަދިވެސް، އަސްހަދުއާ މެދު ފިޔަވަޅު އެޅުމުގެ އަޑު އެހުމެއް ނުބާއްވަ އެވެ.
އަލީ ވަހީދުގެ މައްޗަށް ރޭޕްކުރުމުގެ ކުށުގެ ދައުވާ ހިމެނޭ ގޮތުން ޖުމްލަ ހަތް ދައުވާއެއް އުފުލާފައިވެ އެވެ. އޭނާ ވަނީ މި ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
29 January 2022
ޗަރުކޭސް ކުޅުމުގެ ދެވަނަ ބާބު މިހާރު ފެށިގެން ކުރިއަށް މިދަނީ! މުޅިންވެސް ޗަރުކޭސް ނުގެނެވޭނެ!
ބޮކިއަލި
28 January 2022
އިގިރޭސި ވިލާތުގައި ހުރިމީހަކާއި ބެހޭގޮތުން އެގައުމުގެ މުއައްސަސާތަކާއި އެކު މުއާމަލާތްކުރަންޖެހޭނެ ކަން ނެގޭ ވަރުގެ މިހުން މިކަހަލަ ކަންކަމުގެތޭގައި އުޅެނީކީއްވެތަ. ދެން އެވާހަކަ މިއޮތްހާދުވަސްވިއިރު ބުނެލާނެ މީހަކުވެސްނެތީ. ދެންއޮތްގޮތަކީ ރޫފަރަގަޅު ބަޖެޓެއްހަދާ ކޮންމެވެސް މީހަކާއި ހަވާލުކޮށްގެން އިނިރޭސި ކާތިބަކު ހޯދަންވީ.
ސެބެދިންކު
28 January 2022
ސަރުކާރަށް ތިކަންވާނެބާ އަދި ކިތަށް އަހަރު ތިކަމަށް ނަގާނެބާ
އުޅެން ނޭނގުނީމަ ވާގޮތް
28 January 2022
ﷲ ދެއްވާ ނިޢުމަތްތަކަށް ބޮޑާވެ ފޮނިބޮޑުވީމައި ހީނުކުރާ ކަންކަމާއި ކުރިމަތިލާން ޖެހޭނެ އެވެ. ޢަލީ ވަޙީދަށް ޓުއަރިޒަމް މިނިސްޓަރުކަން ލިބުނީމައި ތެޅިގަތް ވައްތަރު ހިތަށް އެރިޔަސް ހީބިހި ނަގައެވެ. މިހާރުވެސް ޕީއެޗްޑީ ހޯލްޑަރެއް އެބަ ޓުއަރިޒަމް މިނިސްޓަރުކަން ކުރައްވައެވެ. ރީތިގޮތުގައެވެ. އޭރުފެނުނު މަންޒަރު ތަކާއި އަޑުތަކެއް ނީވެއެވެ.
އަބްޑޫޅް
28 January 2022
އިނގިރޭސި ސަރުކާރުގެ ރަސްމީ، ދިވެހި ބަހުގެ ތަރުޖަމާނުން އެބަތިބި. ދިވެހިބަހުން އިގިރޭސިބަހަށް ތަރުޖަމާކުރުމުގެ ލައިސަނު އޮންނަ މީހުން ރާއްޖޭން ބޭރުގައެބަތިބި. އިގިރޭސިވިލާތުގެ ކޯޓުތަކުން، ދިވެހި ބަހުން ލިޔެފައިވާ ކޯޓު އަމުރު ގަބޫލު ކުރާނެ. އެ އަމުރު ތަރުޖަމާކުރަން ޖެހޭ ނަމަ. ތަރުޖަމާނަކު ހޯދާނީ، އިގިރޭސި ކޯޓުން. ތަރުޖަމާ ހޯދުމަކީ ދިވެހި ފުލުހުނަގެ މަސްއޫލިއްޔަތެއް ނޫން. ދިވެހި ފުލުހުން ތިޔަ އުޅެނީ ރާއްޖޭގެ އާއްމު ރައްޔިތުން މޮޔަ ހައްދަން.
ބަރުބާދު
28 January 2022
ދެބޯގެރި ސަރުކާރު، ޒީރޯޓޮލެރެންސްގެ ދަށުން މަހުލޫފު ވީއައިޕީ އަކައް.
ޢިންސާފް ކާނާ
28 January 2022
ދިވެހި ބަސް އިނގިރޭސިބަހައް ތަރުޖަމާކުރުމުގެ ބައިނަލް އަޤްވާލީ ލައިސަންސް އޮތް ފަރާތަކުންނޫނެއްނުން ތަރުޖަމާކުރީ. ވީމާ ތިޔަ ތަރުޖަމާ "ނޮޓް ވެލިޑް".
އިޙްސާސް
28 January 2022
އިނގިރޭސި ސަރުކާރަކަށް ނޯވޭދޯ އެއްވެސް ބާރެއް އެގައުމުގެ ރަށްވެހިން އެގައުމުން ބޭރުކުރުމުގެ.
ކަދީދައްތަގެ މުނީރާ
28 January 2022
ކޮންކަމެއް ފޮރުވާންބާ އަނެއްކާ އަލީ ވަހީދުގެ މައްސަލަ ހިއްލާލައިގެން މިއުޅެނީ.
ބަރުލަމާނީ ކޯޓު
28 January 2022
ކޯވިޑް ވީމަ ހަޔެއްކަ އަހަރައް މަޑުކޮއްލަން ފެނޭ!