ކޮލަމްބިއާގައި އެކޮޅުކޮޅުން ހެދި ގެ.
29 ޖެނުއަރީ 2022 - 06:44
އިމާރާތްކުރުމުގެ ދާއިރާ އަށް މިހާރު އައިސްފައި އޮތް ކުރިއެރުމާ އެކު ކޮންމެ ފަދަ ގޮތަކަށް ވެސް އިމާރާތެއް ހަދައިފާނެ އެވެ. ކޮލަމްބިއާ އިން މިހާރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ވެސް އުޅެނީ މުޅިން ތަފާތު ގޮތަކަށް ހަދާފައި ހުރި ގެއަކަށެވެ. މި ގެ ހުންނަނީ އެކޮޅުކޮޅުންނެވެ. އެހެންވެ ކޮލަމްބިއާގެ ގުއަޓަވީޓާގައި ހަދާފައިވާ މި ގޭގެ ފުރާޅޮ އޮންނަނީ ބިންމަތީގަ އެވެ. ތަޅުންގަނޑު ވައިގެ ތެރޭގަ އެވެ.
މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން ނިންމައި މިހާރު އާންމުންނަށް ދައްކައިލަން ވެސް ހުޅުވާލާފައިވާ މި ގޭގެ ވެރިޔަކީ ކޮލަމްބިއާގައި ދިރިއުޅޭ އޮސްޓްރިއާގެ ރައްޔިތެއް ކަމަށްވާ ފްރިޒް ޝަލް އެވެ. އޭނާ ބުނި ގޮތުގައި އާންމު އުސޫލާ މުޅިން ހިލާފަށް ގެއަށް ހެދުމުގެ ހިޔާލު އައީ މީގެ ހަތް އަހަރު ކުރިން ކާފަދަރިންނާ އެކު އުފަން ގައުމަށް ކުރި ދަތުރެއްގެ ތެރޭގައި ފެނުނު ގެއަކާ ހެދި އެވެ.
An upside down house in Colombia is capturing the imagination of visitors looking for fun following pandemic restrictions https://t.co/wAqMJBrTEM 📷 @LuisaFGphoto pic.twitter.com/RfPmm0wAQY
— Reuters Pictures (@reuterspictures) January 24, 2022
"އެ ގެ ވެސް ހުރީ ހަމަ މި ކަހަލަ ގޮތަކަށް. އެ ގެ ފެނިފައި ހިތަށް އެރީ ކޮންމެވެސް ދުވަހަކުން އަހަރެން ވެސް އެ ޒާތަށް ގެއަށް ހަދާނަމޭ،" ފްރިޒް ބުންޏެވެ.
އޭނާ ބުނީ އެކޮޅުކޮޅުން ގެ ހަދަން ނިންމި ވާހަކަ އާއިލާ އާއި ގާތް މީހުން ގާތު ބުނުމުން އެކަމާ އެ މީހުން އަންތަރީސްވެގެން އުޅުނު ކަމަށެވެ.
An upside-down house built in Colombia's Guatavita, a short distance from capital Bogota, is capturing the imagination of visitors looking for fun following restrictions https://t.co/kJRQwXuTBH pic.twitter.com/tIXYrQ10vi
— Reuters (@Reuters) January 26, 2022
"ފުރަތަމަ އައި ރިއެކްޝަނަކީ ތިއީ ހަމަ ވެދާނެ ކަމެއްތޯ؟ ދެން އެންމެން ވެސް ބުނެފި ތިކަންވޭތޯ ބަލާށޭ،" ފްރިޒް ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި ގެ ހަދަން ފުރަތަމަ އުޅުނީ 2020 ހިސާބުގަ އެވެެ. އެކަމަކު ކޮވިޑްގެ ބަލިމަޑުކަމާ ހެދި މަސައްކަތް ނުުރެވި ދިގުލައިގެން ދިޔައީ އެވެ.
"މިހާރު ގެ ނިންމައި އެ ހުރީ އާންމުންނަށް ދައްކަލައިކަން ހުޅުވާލާފައި. ވަރަށް ގިނަ މީހުން ޒިޔާރަތްކުރޭ ގެ ބަލާލަން. އެކޮޅުކޮޅުން ހުރި ގެއެެއްވީމަ ގޭތެރެއިން ވެސް މުޅިން ތަފާތު ތަޖުރިބާބާއެއް ކުރެވޭނެ،" ފްރިޒް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
31 January 2022
ގެ ހެދީ އެކޮޅުކޮޅަކުން ނޫން، އަދި ނުފުރަދިފަރާތް ބަނޑުވަތަކަށްވެސް ނޫން. ފުރަދިފަރާތް އުޑުތިލަކޮށް ހަދާފަ ހުރި ނަމަވެސް، ފެންޑާގެ ފުރާޅުގަ ލާފަ ހުރި ކުލަ އާއި، ދިޔަދޮވި ހުރިގޮތަކުން އެކޮޅުކޮޅުންހެން ހީވަނީ.
ސީދިބެ
31 January 2022
ދެން ތިކަން އެނގެޔޭ އެންމެނަށް ވެސް. ކިހާ ދެރަކަމެއް.
އެމް ބީ އޭ
30 January 2022
ރާއްޖޭގަ ސުޕުން ބަހައްޓާން ތިކަހަލަ ގެ އެއް ހަދަން ފެނޭ
އިދިގެ
30 January 2022
މެލޭޝިއާގައިވެސް ހުރޭ ތީގެ ގެއެއް
ޖީމް
29 January 2022
އާކަމެއް ނޫނެވެ. ތުރުކީ ވިލާތުގެ އަންކާރައިން މީގެ އެތައް އަހަރެއް ކުރިން ތިކަހަލަ ގެއެެއް ހަދައިފިއެވެ. އިސްތަންބުލްގައިވެސް މެއެވެ. ކޮލަމްބިއާ އުމްރާނީ ގޮތުން ހާދަ ފަހަތުގައެވެ. ކޮލަމްބިއާ ކުރިއަރާފައި އޮތީ ނަހަމަ ޖިންސީގުޅުމާއި މަސްތުވާ ތަކެތީގައެވެ.
ޢަރުތަ
29 January 2022
އޭނާ ބުނި ގޮތުގައި "އާންމު އުސޫލާ މުޅިން ހިލާފަށް ގެއަށް ހެދުމުގެ ހިޔާލު އައީ މީގެ ހަތް އަހަރު ކުރިން ކާފަދަރިންނާ އެކު އުފަން ގައުމަށް ކުރި ދަތުރެއްގެ ތެރޭގައި ފެނުނު ގެއަކާ ހެދި އެވެ. އެގެވެސް ހުރީ ހަމަ މިކަހަލަ ގޮތަކަށެވެ".
ށަވިޔަނި
29 January 2022
ބޭރު އެހާ ރީއްޗެއްނޫން. އެކަމަކު ގޭގެ ވެރިޔާގެ މަގްސަދު ތިއޮތީ ހާސިލުވެފަ.
ޖާބެ
29 January 2022
ޖަޒީރާރާއްޖެ އޮތް ގޮތަށް ތިގެވެސް ތިހުރީ