އަލީ ސައިފް ލަތީފް ބަލި އެނދުގައި
31 ޖެނުއަރީ 2022 - 09:29
ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ކެންސަރުގެ ބާވަތެއްގައި ވަރަށް ގިނަ ދުވަހު އުޅުމަށް ފަހު، ފަރުވާގެ ތެރޭގައި އަލީ ސައިފް ލަތީފް މިއަދު ފަތިހު ނިއާވެއްޖެ އެވެ.
އޭނާ ފާހަގަކުރެވިފައި ވަނީ، އެ ބަލީގެ ވޭނުގައި ވަރަށް ހިތްވަރުގަދަ ޒުވާނެއްގެ ގޮތުގަ އެވެ. އޭނާ ނިޔާވުމާ ގުޅިގެން، އެކަން އޭނާގެ ވަރަށް ގިނަ ރައްޓެހިން ވެސް ފާހަގަކޮށްފައި ވެ އެވެ.
އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އައި އުމުރުން 40 އަހަރުގެ ސައިފް ފަރުވާ ހޯދަމުން އައީ "ބޮޓްރަޔޮޑް ވޭރިއަންޓް އޮފް އެމްބްރިޔޯނަލް ރަބްޑޯމަޔޯސޯކާ" ނަމަކަށް ކިޔާ ކެންސަރުގެ ބާވަތަކަށެވެ.
My brother @psyphs has passed away at 05:42AM today, 31 January 2022. Words fail me. Words cannot describe what he meant to me. May god grant him jannat everlasting. He has so many friends and followers that it’s not humanly possible to let all know individually. So pls help us.
— Hamza Latheef (@hamza_latheef) January 31, 2022
އޭނާގެ ބައެއް ރަހުމަތްތެރިން ސިފަކުރި ގޮތުގައި ސައިފަކީ އަހުލާގު ރަނގަޅު، އަދި މި ބަލީގެ ވޭނުގައި އުޅެމުން ދިޔަ ދޮޅު އަހަރުގެ ތެރޭގައި ވެސް ހިތްވަރު ދެއްކި ނަމޫނާ މީހެކެވެ. އަދި، ބަލި ޖެހުމާ އެކު، އެހެން މީހުންނަށް ހިތްވަރު ދެއްކުމަށް އޭނާ ވަނީ ބާރު އަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމަނާ
02 February 2022
އާދޭސްކޮށްފައިބުނަން. މިސަރުކާރުގެ ކަމާގުޅޭ އިސްވެރިންނޭ. ދަރުމަވަންތަ ހޮސްޕިޓާ ހުޅުވާ ރާއްޖޭން ނުކުރެވޭ މިފަދަ ބަލިތަކަށް ބޭސްކުރެވޭނެގޮތް ދަހައިދީބަލަ. އެތަން ހުޅުވުމަކުން އެއްވެސް މީހެއްގެ އަގެއް ނުވެއްޓޭނެ. އަގުއަރާނީ. މިހާރުތިޔަދަނީ ވެއްޓެމުން. އެހެނީ ކުރީގެ ވެރިޔަކު ވަރަށް ރަގަޅަށް ކޮށްފައިވާކަމެއް ތިޔަދަނީ ހަލާކުކުރަމުން. އަބަދުވެސް ވެރިޔަކަށް ހުންނަ މީހަކު ރައިއްޔަތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދޭން ޖެހޭނެ. އެއީ ކުރިއެރުމަކީ.
އޭނަ
01 February 2022
ވަރަށް ރަނގަޅު ނަސޭހަތްތެރި ބަސްކޮޅެއް. ކޮމެންޓް ކުރެއްވި ފަރާތައް ޝުކުރު ދަންނަވަން.
ރީތި މޫސަ
31 January 2022
إنا لله وإنا إليه راجعون
ޗާކުލެޓު
31 January 2022
ދުވަސްވީ ރަހުމަތްތެރިއެއް. ދާދިފަހުން އެނގުނީ އެހާ ބަލިވެ އުޅޭކަންވެސް. މެސެޖްކޮށް ގޮވާލީމަ އެއްފަހަރު އަނގައިން ބުނެލެވޭވަރުވީ. ދެން ދުނިޔެ އަޅާއެދިޔައީ. ވަރަށް ދެރަވެއްޖެ. މައްޔިތާއަށް ހެޔޮދުވާކުރާނަން.
ށަވިޔަނި
31 January 2022
اللهم اغفر له وارحمه واسكنه في الجنة آمين
ހަސަންދީ
31 January 2022
އެއީ މަޑުމައިތިރި ހިތްހެޔޮ އަޚުލާޤު ރަގަޅު އެހެން މީހުންނަށް އިޙުތިރާމް ކުރުމުގެ ރިވެތި ނަމޫނާއެއް، ގެއްލިގެން ދިޔައީ އެފަދަ ދެވަނައެއްނުވާ އެކުވެރިއެއް މާތްﷲ އެމަރުހޫމްގެ ފާފަފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި ލޮބުވެތި އާއިލާއަށް ކެއްތެރިކަން ދެއްވާށި އާމީން!
ޑޮކްޓާރ. ބަނާނާ
31 January 2022
21 ޖުލައި 2016 ވަނަދުވަހު ހުޅުމާލާ ހޮސްޕިޓަލް ގައި ހުންނަ މަނިޕާލް ގެ ކެންސަރ ކުލިނިކް ހުޅުވިރު އެހޮސްޕިޓަލް ގެ ސީ .އީ .އޯ ޑރ. އަޖޭ ވިދާޅުވީ "މި މަޝްރޫއުގެ ދަށުން، ސާޖަރީ އާއި ރޭޑިއޭޝަންގެ ހިދުމަށް ދެވޭނެ ކަމަށާއި ހުރިހާ ހިދުމަތެއް ނިމުމުން، ކެންސަރަށް ފަރުވާ ހޯދަން ކޮންމެހެން އިންޑިއާއަށް ދާން ނުޖެހޭނެ ކަމަށް" ވިދާޅުވި އެވެ. (މިހާރު ނިއުސް . 21 ޖުލަިއ 2016) މައްޔިތާގެ ފުރާނަޔަށް ސުވަރުގޭގެ ނިއުމަށް ލައްވާށި. އާމީން.
ގެރިކުޑޭ
31 January 2022
ޓްރީޓްޕް ހުޅުވުމުގެ މަގުސަދަކީ ސީދާ މެޑިކަލް ޓްއަރިޒަމަށް، އާސަންދަޔާއި ނުބެހޭ ގޮތައް އަދި އާއްމު ދިވެއްސަކަށް އަތްނުފޯރާފަށުގަ އަގުތައްހުރީ. ކަންވީ އެއާ މުޅިން އިދިކޮޅަށް! ދަރުމަވަންތަ ހުޅުވުމުގެ ބޭނުމަކީ، އިންޑިޔާއަށް އޮންނަ ބަރޯސާ ކުޑަކުރުން ދިވެހިންނަށް އަތްފޯރާފަށުގަ ބޮޑަތި ބަލިތަކަށް އާސަންދައިން ފަރުވާކުރުން! ދަރުމަވަންތަ ހިސްޕިޓަލް ފެއިލް ކޮށްލީ މިސަރުކާރުން އިންޑިޔާބުނާގޮތައް!
އެޑްމުންޑޯ
31 January 2022
ރާއްޖޭގައި ކެންސަރ ބަލި އަދި ގައިން ގައިން ނާރާ ބަލިތައް ގިނަވަމުން އަންނަ އިރު ރައްޔިތުން މިކަމަށް އަދިވެސް ސަމާލުކަން ދޭމިންވަރު ވަރަށް ކުޑަ ، މިއީ ދިރިއުޅުމާއި ލާމެހި ގުޅިފައިވާ ބަލިތައް ، އަމިއްލައަށް ބޮޑެތި ބަދަލުތަކެއް ގެނެސް ގެންނޫނީ ރައްކާތެރި ނުވެވޭނެ، ކެއުމާއި ނިދުމާއި އަރާމްކުރުމާއި ހެލިފެލިވެ އުޅުން ފަދަ ގިނަކަންތަކެއް އިސްލާހް ކޮއްލަންޖެހޭނެ ، ދުންފަތުގެ އިސްތިއުމާލް ކުރުމާއި ރާބުއިމާއި ބަންދުކޮއްފައި ހުންނަ ކާނާ އާއި ދުރުވަންޖެހޭނެ
ރަދީފްއޮފިޝިއަލް
31 January 2022
މައްޔިތާއަށް ހެޔޮރަހްމަތް ލައްވާށި.އާމީން.
އަހައްމަދޫ
31 January 2022
އާމީން