04 ފެބުރުއަރީ 2022 - 15:50
ކޮލަމްބޯ (ފެބްރުއަރީ 4) - ސްރީ ލަންކާގައި ކާބޯތަކެތީގެ އަގު ރެކޯޑް މިންވަރެއް ކަމަށްވާ 25 ޕަސެންޓަށް މިދިޔަ މަހު ބޮޑުވެފައިވާ ކަމަށް ތަފާސްހިސާބާ ބެހޭ އޮފީހުން ހާމަކޮށްފި އެވެ.
ކޮވިޑުގެ ބަލިމަޑުކަން ކުރިމަތިވުމާ އެކު ލަންކާގެ އިގްތިސާދަށް ވަނީ އެކަމުގެ ނޭދެވޭ އަސަރުތައް ކުރަން ފަށައިފަ އެވެ. ޓޫރިސްޓުން އައުން ހުއްޓުމާ އެކު ބޭރު ފައިސާ ލިބޭނެ ދޮރުތައް ބަންދުވި އެވެ. ނަތީޖާއެއްގެ ގޮތުން ތެލާއި ކާބޯތަކެއްޗާއި ބޭސް ފަދަ އަސާސީ ތަކެތި އިމްޕޯޓް ކުރާނެ ބޭރު ފައިސާއެއް ގައުމަކު ނެތެވެ. އެހެންވެ މިހާރު ވެސް ގިނަ ވަގުތުތަކުގައި ދަނީ ކަރަންޓް ކަނޑަމުންނެވެ. ހަނޑޫ، ހަކުރު ފަދަ އަސާސީ ކާބޯތަކެތި ސުޕަމާކެޓްތަކުން ވިއްކަނީ ކޮންޓްރޯލް ކޮށްގެންނެވެ.
ބޭރު ފައިސާގެ ރިޒާވް މަތިކުރުމުގެ ބޭނުމުގައި ލަންކާ ސަރުކާރުން މިދިޔަ އަހަރު ވަނީ ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލް އެތެރެކުރުން މަނާކޮށްފަ އެވެ. އެކަމުގެ ސަބަބުން ލަންކާގެ ދަނޑުވެރިކަން ހީނަރުވެ ދަނޑުވެރިންގެ ޝަކުވާތައް ބޮޑުވި އެވެ. އެހެންވެ ސަރުކާރުން ވަނީ އެގްރޯކެމިކަލް އިމްޕޯޓް ކުރުމުގެ ހުއްދަ އޮކްޓޯބަރު މަހު އަލުން ދީފަ އެވެ. އެކަމަކު އިމްޕޯޓަށް ފައިސާ ދައްކާނެ ޑޮލަރެއް ބޭންކުތަކުގައި ނެތެވެ.
ޖެނުއަރީ މަހު ކާބޯތަކެތީގެ އަގު ބޮޑުވި އިރު ވޭތުވެދިޔަ ހަތަރު މަސް ދުވަހު ތެރޭ ކޮންމެ މަހަކު ވެސް ދަނީ ތަކެތީގެ އަގު ރެކޯޑް މިންވަރަކަށް މަތިވަމުންނެވެ. އޮކްޓޯބަރު މަހު ތަކެތީގެ އަގު ބޮޑުވެފައި ވަނީ 12.8 ޕަސެންޓަށެވެ.
ކޮލަމްބޯ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީސީޕީއައި) ވެސް ބަލާ އިންފްލޭޝަން ވެސް ޖެނުއަރީ މަހު ވަނީ އޯވަރޯލްކޮށް 14.2 ޕަސެންޓް ބޮޑުވެފަ އެވެ.
ލަންކާގައި ފޮރިން އެކްސްޗޭންޖް ރިޒާވް ދައްވުމުން އެ ގައުމުގެ 35 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ދެއްކިދާނެކަމާ މެދު ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ. ބަނާނާ އެންޑް ބަށި
04 February 2022
ޗައިނާލޯނުން ހަފުސްވެފާއޮތް ގައުމެއް ލަންކާއަކީ.
ގަރުބަޗޯފު
05 February 2022
ލަންކާއިން އެންމެ ގިނައިން ދަރަނި ނަގާފައިވަނީ ޖަޕާނުން، ހުޅަނގުގެ ޕުރޮޕެގެންޑާމެން ދުވާލު ދެދަޅައަށް ޗައިނާގެ ވާހަކަ ދައްކަނީ އެއީ ކަލޭމެންކަހަލަ ގަމާރުންގެ ސިކުނޑިއާ ކުޅެންވެގެން. ރާއްޖޭގައިވެސް ޗައިނާއިން ނެގި ލޯނެއް ނުދެއްކިގެން އަތުލި އެއްޗެއްނެތް، އެކަމަކު ތިޔައުޅޭ އިންޑިއާ ބޭންކުން ރާއްޖޭގެ ކިތަށް ރިސޯޓު އަތުލާފަ ވިއްކައިފިތޯ ބަލާބަލަ.
ޓިންކޫ
05 February 2022
ބަލަ ޖަޕާނާ ނުބެހޭތި. އެއީ 100 ގެ ގައުމެއް.
ލަންކާ 370
04 February 2022
ހޫނ ލަންކާ ދޯ! މުސްލިމް ނޫން މީހުން ސަލާމަތް ކުރައްވާތޯ އެއްވެސް އިރެއްގަ ޙުތްބާ އެއްގަވެސް ދުއާ އެއް ނުކުރޭ. ދެން މިހާރު އެކަމާ ވިސްނުމުގެ މާނަ އެއް އެބައޮތްތަ؟ ވިސްނާލަބަލަ!
48343
04 February 2022
މުސްލިމުން ދުޢާކުރަނީ މުސްލިމުންނަށް. އެމީހުންގެ ފާފަފުއްސަވާތޯ ކޮންމެހެން މުސްލިމުންނުޖެހޭނެ ދުޢާކުރާކަށް. ހިދާޔަތުދައްކަވާތޯ ދުޢާކުރެވިދާނެ.
ެއަލީ
04 February 2022
ލަންކާގަ ނޫޅެނީތަ މުސްލިމުން.. ދިވެހި ރާއްޖޭގަ މުސްލިމުން އުޅޭވަރަށް ވުރެއް ގިނަ ލަންކާގަ.. ނޭނގޭ ވާހަކަ ނުދައްކާ..