ޚަބަރު / މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ތިން ހަރަމަށް ކުރާ އުމްރާ ދަތުރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ރާއްޖެ އައި ފުރަތަމަ ގްރޫޕްގެ މީހުން އެއާޕޯޓުން ނިކުމެގެން ދަނީ. ހައްޖު ކޯޕަރޭޝަނުގެ ތިން ހަރަމް އުމްރާ ދަތުރުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ތިން ހަރަމަށް ކުރާ ހާއްސަ އުމްރާ ދަތުރުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން މިއަދު ހުޅުވާލައިފި އެވެ.

މި ދަތުރުގައި ހިމެނެނީ މުސްލިމުންގެ ތިން ހަރަމްކަމަށް ވާ މަސްޖިދުލް ހަރަމް (މައްކާ) އާއި މަސްޖިދުއް ނަބަވީ (މަދީނާ) އަދި ފަލަސްތީނުގައި ހުންނަ މަސްޖިދުލް އަގްސާ އަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި ތިން ހަރަމްގެ އިތުރުން މި ދަތުރުގައި ސައުދީއަރަބިއްޔާ އާއި މިސްރާއި ޖޯޑަން އަދި ފަލަސްތީނުގައި ހުރި އިސްލާމީ ތާރީހާއި ގުޅުން ހުރި މުހިއްމު ތަންތަން ބަލައިލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. ދަތުރުގެ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 49،965ރ. އެވެ.

އަދި ހަތަރު މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުންގެ ގުރޫޕެއް ރަޖިސްޓަރީ ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

މި ދަތުރުގައި ސައުދީއަރަބިއްޔާގެ މައްކާގައި ނުވަ ދުވަސް، މަދީނާގައި ދެ ދުވަސް އަދި މިސްރުގައި ފަސް ދުވަސް ހޭދަކުރާނެ އެވެ. އަދި ޖޯޑަންގައި ދެ ދުވަހާއި ފަލަސްތީނުގައި ތިން ދުވަސް ހޭދަކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ދަތުރަށް މީހުން ފުރާނީ އަންނަ މާޗް މަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި މާލެ އަންނާނީ މާޗް 25ގަ އެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ އުމްރާ އަށް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފޯމް ފުރުމަށް ފަހު، އެ ކޯޕަރޭޝަނަށާާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްތަކަށް ގޮސް ރަޖިސްޓަރީ ކުރެވޭނެ ކަމަށެވެ. އަދި ރަޖިސްޓަރީ ކުރާއިރު ފޯމާ އެކު މަދުވެގެން 20،000ރ. ދައްކަން ޖެހެ އެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ ދަތުރުގައި ބައިވެރިވާ މީހުން ރަޖިސްޓަރީ ކުރުމާއި ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ކަމަށެވެ. އަދި އެ މުއްދަތުގެ ކުރިން ފައިސާ ދައްކަން ބޭނުންވާ މީހުންނަށް މަހުން މަހަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އިންތިޒާމް ވެސް ހަމަޖައްސައިދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

4 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 33%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޭހޯސް

22 December 2016

ތާރީޚީ ތަންތަން ބަލަން ޝޭހުން ނުރުހޭ އެހެންވެ އެބައި ދަތުރުން އުނިކޮށްލާ އަގު ކުޑަކޮށްލާ

The name is already taken The name is available. Register?

މެންޓަލިސްޓް

18 December 2016

ކޮން 3 ހަރަމްއެއްތޯ ؟ ކީރިތިގުރުއާންގައި ވަނީ 2 ހަރަމްއެއްގެ ވާހަކަ ، އެއީފުރަތަމަ ޖެރޫސަލަމްގެ ޓެމްޕަލްއޮފްދަ މައުންޓްއާޢި މައްކާގެ ކައުބާގެ ވާހަކަ ،، ދެން ނަބަވީ މިސްކިތް ހަރަމްއަކަށް ވާކަމަށް އެއްވެސް ބާއްވައިލެއްވުނު ފޮތެއްގައި އޮވޭތޯ ؟؟ ހަމަނޭންގޭތީވެ އަހާލެވުނީ ،، ވަރަށްވެދުން

The name is already taken The name is available. Register?

ޕިރަމިޑު

17 December 2016

ޤުދުސް އަކީ އިޒްރޭލުން ހިފާފައިވާ ބިމެއް، އެތަނަށް ވަދެވެނީ އިޒްރޭލުގެ ވިސާ ޖަހައިގެން. އިސްލާމީ ގިނަ ޢިލްމުވެރިން ވަނީ ފަލަސްތީނު ނޫން ބަޔަކު އެތަނަށް އިޒްރޭލުގެ ވިސާޖަހައިގެން ނުވަންނަން ފަތުވާ ދީފައި. ތިތަނަށް ދިއުމުން އިޒްރޭލަށް ދާ ފަތުރުވެރިން ގިނަވެ، ފައިދާ ވަނީ އިޒްރޭލަށް. ވީމާ ހައްޖު ކޯޕަރޭޝަނުން އަދި ރާއްޖޭގެ އުމްރާ ޖަމާއަތްތަކުން ތިކަންތައް ހުއްޓާލަން ގޮވާލަން. އަދި އިޒްރޭލުގެ ވިސާ ތައްގަނޑު ޖަހާފައިވާ ޕާސްޕޯޓެއްގައި ސައުދީ އަށް އެތެރެ ނުވެވޭނެކަންވެސް މީހުންނަށް ހަނދާންކޮށްދެން.

The name is already taken The name is available. Register?

އސ

17 December 2016

ފަހަރެއްގަ ޕިރަމިޑް ތިޔަހެން ހުންނަތާ ޤަރުނުތަކެއްވީމަ ނޭނގި އޮތީ ކަމަށް ވެދާނެ. ދިވެހިންގެ އެތައް ބަޔަކު އެއައީ އިއްޔެއާ މިއަދުވެސް ޤުދުސްއިން ނުކުމެގެން ގޮސް ސަޢުދީ އަރަބިއްޔާގައި ދުވަސްތައް ހޭދަކުރުމަށްފަހު. ކަންކަން އޮޅުންފިލުވަންވީނު އިހަށް ހަމަ އެއްޗެއް ލިޔުނަކަސް ކަމަކުނުދާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454