ލަތާގެ ޖަނާޒާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަންނަވަނީ.
07 ފެބުރުއަރީ 2022 - 06:19
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި މިއުޒިކީ ދާއިރާގެ ލެޖެންޑް ލަތާ މަންގޭޝްކަރު އިއްޔެ މަރުވުމާ ގުޅިގެން އެ ގައުމުގެ ދިދަ ބައިދަނޑިއަށް ތިރިކޮށް، އެ ހިތާމާގައި ބައިވެރިވުމަށް މި ހަފުތާގެ ބައެއް ދުވަސްތައް އެކި ސްޓޭޓްތަކުގައި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.
އިންޑިއާގެ އެކި ސްޓޭޓްތަކުން ވަނީ ސަރުކާރު ބަންދުކުރަން ނިންމާފައިވާ ކަން އިއުލާންކޮށްފަ އެވެ.
އުމުރުން 92 އަހަރުގައި ލަތާ މަރުވީ ކޮވިޑާ އެކު، ނިއުމޯނިއާ ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮށެވެ. އޭނާ އައިސީޔޫގައި އެޑްމިޓްކުރީ މިދިޔަ މަހު ކުރީކޮޅެވެ.
އިންޑިއާގެ މަހަރާސްތުރާ ސްޓޭޓްގެ ސަރުކާރުން ވަނީ މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. ރަސްމީ އިއްޒަތުގައި އިއްޔެ ލަތާގެ ޖަނާޒާ ވެސް ބޭއްވީ އެ ސްޓޭޓުގެ ސިޓީއެއް ކަމަށްވާ މުމްބާއީގަ އެވެ. އެ ޖަނާޒާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
Paid my last respects to Lata Didi in Mumbai. pic.twitter.com/3oKNLaMySB
— Narendra Modi (@narendramodi) February 6, 2022
އިންޑިއާގެ މަޝްހޫރު އެކްޓަރުންނާއި ލަވަކިޔުންތެރިން ވެސް ލަތާގެ އާއިލާއާ އެކު މި ޖަނާޒާގައި ބައިވެރިވި އެވެ.
އިންޑިއާގެ އެހެން ބައެއް ސްޓޭޓްތައް ކަމަށްވާ ވެސްޓް ބެންގަލްގައި މިއަދު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ އިރު، މަދިޔަ ޕްރަދޭޝް، ކަރްނާޓާކާ، ސިކިމް އަދި ޗައްޓީގަރުގައި މިއަދާއި މާދަމާ އަކީ ވެސް ބަންދު ދުވަހެއް ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. އަދި ގޯއާގައި ކުރިއަށް އޮތް ތިން ދުވަހު ވެސް ސަރުކާރު ބަންދުވާނެ އެވެ.
ބޮލީވުޑްގެ އެތައް ޖީލަކަށް ލަވަތައް ކިޔައިދީފައިވާ ލަތާ އަކީ، މުޅި ދުނިޔެ ވެސް ދަންނަ މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އޭނާ އަކީ، އިންޑިއާގައި އެންމެ އިހުތިރާމް ލިބިފައިވާ ލަވަކިޔުންތެރިޔާ ވެސް މެ އެވެ.
އިންޑިއާގެ "ރަންއަޑުގެ ވެރިޔާ" ގެ ނަމުން މަޝްހޫރު، އަދި އެ ފަންނާކަކަށްޓަކައި މުޅި އިންޑިއާ ފަހުރުވެރިވާ ލަތާ އަކީ އެތައް ހާސް ލަވައެއް ކިޔާފައިވާ އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ލަވަކިޔުންތެރިޔާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތައްއަރާ..
08 February 2022
މި ދުނިޔެމަތީގަ ލިބޭނެ ހުރިހާ ގަދަރަކާއި އިއްޒަތެއް ލިބިއްޖެއެވެ. ނަމަވެސް… ދެން ކުރެވޭނެ ތިން ސުވާލައި މެދު އަދި އޭގެފަހުން ގިޔާމަތައް ދަންދެން އަދި އާޚިރަތުގައި ހުރި ކަންތަކާއިމެދު ވިސްނާ ފިކުރުކިރާބަޔަކަށް އިބުރަތެއްވާކަން ކަށަވަރު ނިމުމެކެވެ.. ލަތާއަށް ، ލަތާކުރި ހެޔޮކަމެއްގެ ހެޔޮޖަޒާއެވެ.. . އެކަމު ދެރައީ ﷲ މަގުގައި ނިމި ނުދިޔުމެވެ.
ޖަހަންގީރު
07 February 2022
އިންޑިއާގެ ހުޅަނގު ދެކުނު ސްޓޭޓެއް ކަމަށްވާ މޯލްޑިވްސްގެ އިބޫ ސަރުކާރު ބަންދު ނުކުރޭތޯ؟
ގައިސް
07 February 2022
އިބޫ ސަރުކާރު ބަންދު ނުކޮއް ވޭތަ
ނަގިއްޔާ
07 February 2022
ވަރަށް ދެރަ. އަހަރުމެން ގައުމަކުނެތް ލަވަކިއުންތެރިއެއް އަވަހާރަވެގެން ސަރުކާރު ބަންދުކުރާނެ އެއްވެސް ބޭފުޅެއް. ކިރިޔާވެސް ގާތްކުރާނެ ބޭފުޅަކަށް ހުރީ ހޮޅުދޫ އަބުދުއްﷲ. ވަރަށްރީތީ އަޑެއްގެވެރިއާ ކިޔާފައިވާ ލަވަތަކާ، މަދަހަތަކީ، އަދި އެބޭފުޅާގެ ބޮޑީ އޮފް ވޯކްއަށް ވަރަށް އަގުހުރި ބުރަދަން އެކުލެވޭ މަސައްކަތްކޮށްފައި ހުރި ބޭފުޅެއް. އެކަމަކު އެމަނިކުފާނު ދުވަސްކޮޅެއްކުރިން އަވަހާރަވީއިރު، އެކަށޭނަވަރާ ގަތްކުރާވަރަކަށްވެސް އެޕްރިޝިއޭޓެއް ނުކުރޭ!
ސަޓާ
07 February 2022
މޮލީވްޑް އަކަށް ބަންދެއް ނާދޭތަ؟
އަލީލީ
07 February 2022
ލަތާ މަރުވި އިރު ރާއްޖޭގަ ހުރި އަނެއް ލަތާ އުފެދިފަ. އެއީ މަޝްހޫރު ރެމިކް (ރަމީޒް).
އެފް
07 February 2022
ލަތާ މިދުނިޔެއާ ވަކިވުމުގެ ހިތާމަ އެތައްބަޔަކު ފާޅުކުރާނެއެވެ. އެއީ މުޅިދުނިޔޭގެ އަދި އިންޑިޔާގެ މިޔުޒިކީ ސިނާއަތުގެވެސް އެންމެ ބޮޑުހިއްސާދާރެވެ. އެންމެކުރީގެ ހަނދާންތައް ގުޅެނީ 80އިގެ ބްލޮކްބަސްޓަރ ލަވްސްޓޯރީ ގައި އަމިތް ކުމާރާ ލަތާގެ ޑްއެޓެވެ. އެއީ އަޖައިބެއްފަދަ އަޑެކެވެ.
ހަތާ
07 February 2022
ލަތާގެ ލަވަތަށް ވަރަށް ރީތި އަދި މޮޅުވެސްމެ ނަމަވެސް ލަތާ މަރުވުމަކީ އަޅުގަނޑު އެހާ ދެރަވާ ކަމެއްނޫން ސަބަބަކީ ދިރޭ ކޮންމެ އެއްޗަކީ މަރުގެ ރަހަ ދެކޭނޭ އެއްޗަކަށް ވުމާއި މުސްލިމެއްކަން އެނގެންނެތުމާއި ލަވަޔަކީ އަޅުގަނޑުމެން ޤަބޫލުކޮށްގެން މިތިބި މާތްވެގެންވާ އިސްލާމް ދީނުގައި ކުރުން ރަނގަޅުކަމަކަށް ނުވުން. މިލިޔުން ޝާއިޢު ނުކުރިޔަސް އަދި މިލިޔުން ކޮޅަށް ކިތަންމެ ބަޔަކު ކޮންމެ ގޮތަކަށް ރައްދު ދިނަސް މި އަޅުގަނޑުގެ ޚިޔާލު
2022
07 February 2022
އަޅެ މޯލްޑިވްވެސް ބަންދުކޮށްދީ.... ބޮއިހަލާކު
ށަވިޔަނި
07 February 2022
އޭނަގެ ހަނދާން ދެމިގެންދާނެ. އެކަމަކު އެއިން އޭނައަށްވާނެ ފާއިދާއެއްނެތް.
ގައިދުރު
08 February 2022
ކިހިނެއް ކަލެޔަށް އެނގުނީ