ސްރީ ލަންކާގެ ހާރިޖީ ވަޒީރު ޖީއެލް ޕެއިރިސް: އިންޑިޔާ އަށް ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއް އެއްވެސް ބަޔަކު ކުރަން ފުރުސަތެއް ނުދޭނަން
08 ފެބުރުއަރީ 2022 - 11:50
އަވައްޓެރި އިންޑިޔާ އަށް ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއް އެއްވެސް ބަޔަކު ކުރަން ފުރުސަތު ނުދެއްވާނެ ކަމަށް، މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ ސްރީ ލަންކާގެ ހާރިޖީ ވަޒީރު ޖީއެލް ޕެއިރިސް ވިދާޅުވެއްޖެ އެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ލަންކާގެ ހާރިޖީ ވަޒީރު ވިދާޅުވީ އިންޑިއާގެ މަސްލަހަތަށް ގެއްލުންވާ އެއްވެސް ކަމެއް ކުރުމުގައި ލަންކާގެ ބިން ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އިންޑިއާއަށް ގެއްލުމެއް ދިނުމަށް ލަންކާ ބިމުގެ ކިތަންމެ ކުޑަ ތަންކޮޅެއް ވިޔަސް ބޭނުންކުރުމަށް، އިސްލާމީ ހަރުކަށި ފިކުރުގެ މީހުންނަށް ޖާގަ ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަންކާގެ ހާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި އިސްލާމީ ހަރުކަށި ފިކުރު ފެތުރުމަށް ލަންކާ ސަރުކާރުން އެއްވެސް ބަޔަކަށް ފުރުސަތެއް ނުދޭނެ އެވެ. އަދި އެފަދަ ފިކުރުތަކުގެ އަވައިގައި މީހުން ޖައްސައިގެން ލަންކާގެ އެތެރޭގައި ވިޔަސް، އަދި އަވައްޓެރި ގައުމަކަށް ވިޔަސް، ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ލަންކާގެ ބިމުން ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ދުނިޔޭގެ އެއްވެސް ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުމެއް ފޯރާ ޒާތުގެ ކަމެއް ކުރުމަށް ވެސް ލަންކާގެ ބިމުން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ލަންކާގެ ހާރިޖީ ސިޔާސަތުގައި ވަކި ގައުމަކަށް ހާއްސަ އިސްކަމެއް ދީފައިނުވާނެ ކަމަށެވެ. އަދި ޗައިނާ އިން ލަންކާ އަށް ނަގާފައިވާ ލޯނުތަކުގެ މައްސަލައިގައި، ޗައިނާ ސަރުކާރުގެ ފަރާތުން އެއްވެސް އިންޒާރެއް އަދި ބިރުދެއްކުމެއް ވެސް ކުރިމަތިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާ އިން ލަންކާ އަށް ނަގާފައިވާ ދަރަނިތައް ދެއްކޭނެ ގޮތެއް ނެތި، ޗައިނާގެ ދަރަނީގެ ދަންތުރައެއްގައި ލަންކާ ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް، ލަންކާގެ ހާރިޖީ ވަޒީރު އިންކާރު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ބޭރު ގައުމުތަކުން ލަންކާ އަށް ނަގާފައިވާ ދަރަނިތައް އަނބުރާ ދެއްކުމުގެ ގާބިލުކަން ލަންކާގައި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޗައިނާ އަށް ދައްކަންޖެހޭ ދަރަނިތައް އަދާ ނުކުރިވިގެން، ޗައިނާގެ ލޯނުން ލަންކާގައި ގާއިމުކޮށްފައިވާ އިންވެސްޓްމެންޓްތަކުގެ މިލްކުވެރިކަން ޗައިނާ އަށް ދޭންޖެހޭ ދުވަހެއް ނާންނާނެ ކަމަށެވެ. ޗައިނާ އިން ނެގި ލޯނުން ލަންކާގެ ހަމްބަންޓޯޓާގައި ހަދާފައިވާ ވިޔަފާރި ބަނދަރުގެ މިލްކުވެރިކަމާއި ބަނދަރުގެ ފުރިހަމަ ކޮންޓްރޯލް މިއަދު ވެސް އޮތީ ލަންކާ ސަރުކާރުގައި ކަމަށާއި އެ ބަނދަރުގެ މިލްކުވެރިކަން ޗައިނާ އަށް ދޫކޮށްލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަންކާގެ ހާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކުން ލަންކާ އަށް ނަގާފައިވާ ދަރަނިތައް އަނބުރާ ދެއްކުމުގައި ލަންކާ ސަރުކާރުން އަމަލުކުރަމުން އަންނަނީ ގައުމީ މަސްލަހަތަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޙްސާސް
09 February 2022
އިސްލާމީ ހަރުކައްޓޭ ކިޔާތީ ހަމަ އަޖައިބު. ހަރުކަށީ ބުޑިސްޓުން ހިންދޫއިން. ބާތިލު ހަދަހަދައިގެން އުޅޭ ދީންތަކުގެ މީހުން. އިސްލާމް ދީނަކީ ހަރުކަށި ކަމަށް ގޮވާލާ ދީނެއްނޫން.
ދޮންތުއް ކަލާގެ ހަސަން
08 February 2022
އެހެންވެތާ ރާއްޖޭގެ ބަޔަކު ލަންކާގައި ތިބެ އޭރު ރާއްޖޭގައި އޮތް ސަރުކާރާއި ދެކޮޅަށް ޤާނޫނާއި،ޤަވާޢިދުތަކާއި ޚިލާފަށް މަސައްކަތްކޮށް، އެކަންކަން ކުރި މީހުން ނަށް ހިމާޔަތްދީ އެކަންކަމަށް ކަލޭމެން ކުދިން އަޅާނުލައި ތިބެ މުޅި ރާއްޖެ މިއަދު ބޮޑު އަނދަވަޅަކަށް ވައްޓާލައިގެން ހެވިފަ ތިޔަ ތިބެނީ.އަހުންމެން ހަމަ "އައިހެވަން" ހަދާނަން.އެދުވަހަކުން ކަލޭމެން ކުދިން އަހުންގެ ރަށަށް އަންނާތި.
ކިނބޫ
09 February 2022
އިންޝާﷲ!
ޑިމޮކްރަސީ
08 February 2022
މުސްލިމުންނާ ޖައްސާލައިގެން އުޅޭ ބުއްދާ ގްރޫޕްތީ
ބަގު
08 February 2022
އެކަމަކު ދިވެހިރާއްޖާގައި އެމް.ޑީ.ޕީން ފުލެޓެއް އަޅަން ހަވާލުކުރިޔަސް ބަދަލުގާ ފަޅުރަށްތަކާ މާލޭން ބިންތައް ބަދަލުގެގޮތުގައި ދޭންޖެހޭ. މީތޯ ގައުމަށް ހެޔޮއެދޭ މީހުން
ށަވިޔަނި
08 February 2022
އިސްލާމީ ހަރުކަށި ފިކުރު މިބަސް ބޭނުން ކުރުން ހުއްޓާލަންވެއްޖެ. އިސްލާމީ ފިކުރެއްގައި ޓެރަރިސްޓް ހަމަލާ ދިނުމަކީ އޮތްކަމެއްނޫން. ދީންތަކުގެ ނަމުގައި ޓެރަރިސްޓް ހަމަލާ ދޭ ޓެރަރިސްޓުންނޭ ކިޔާބަލަ. ޖިހާދޭ އަދި އެހެން އެއްޗެކޭ ކިޔައިގެންވެސް ތަންތަން ގޮއްވާ މީހުނަކީ އިސްލާމް ދީނުގެ އަދުއްވުން.
48343
08 February 2022
ލައްކާގެ ލޯއޮޕުރޭޝަންކޮށް އަނދިރިވުމުން ސަލާމަތްކޮށްދިނީ އިންޑިޔާވިއްޔަ. ދެން އެމީހުންނަށް ޖިޒީދައްކާލަދައްކާލާ ތިބެންޖެހޭނީ.
ފަރަހަނާޒް
08 February 2022
“ޗައިނާ އިން ނެގި ލޯނުން ލަންކާގެ ހަމްބަންޓޯޓާގައި ހަދާފައިވާ ވިޔަފާރި ބަނދަރުގެ މިލްކުވެރިކަމާއި ބަނދަރުގެ ފުރިހަމަ ކޮންޓްރޯލް މިއަދު ވެސް އޮތީ ލަންކާ ސަރުކާރުގައި ކަމަށާއި އެ ބަނދަރުގެ މިލްކުވެރިކަން ޗައިނާ އަށް ދޫކޮށްލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.” މިވެސް މިއޮށްހުރިހާ ދުވަހު އެމްޑީޕީ މީހުން ދެއްކި ދޮގުވާހަކައެއްދޯ
ށައިން
08 February 2022
ލަންކާ އިން އެޢެޅުނީ ބޮޑު މުސީބާތަކަށްވެގެން ރާޖަޕަކުސާމެން ނެގި ލޯނުތަކާހެދި ޗައިނާ އިން ދޫދޭނަމަ ލަންކާ އެހާލަތަކަށް ނުވެއްޓޭން ލަންކާ އޮތީ ރަގަޅަށް ވެސް ޗައިނާގެ ލޯނުމަޅީގައިޖެހިފަ
ފެމުނު
08 February 2022
ކޮންމެ ހަބަރަކަށް ވިޔަސް އެމްޑީޕީ ބާނާތި…ނިދާފައޮއްވާ ކޮއްޓާލިޔަސް އެމްޑީޕީ…ތީ އަސްލު ބައްޔެކޭ..ބޮޑުވަރު ނުވަނީސް ބޭސްކުރޭ…
ފެމުނުސް
08 February 2022
ފެމުނު އަށް ބުނެލަން އޮތީ : އެމްޑިޕީ
ކިނބޫ
09 February 2022
އެބުނާހެން. މިހާރު ނޫހަށް އޮޅިގެން ލިޔެވިފަ އިން ތަންކޮޅެއް ތީ.
ދޮންނޭ
09 February 2022
ފެމުނު އުފާ ކޮށްބަލަ. މި ގައުމުގަ އެންޑީޕީ ނުބާނާ އެއްކަމެއްވެސް ނުކުރެވޭނެ. އެއީއޭ ބަޔަކީ. ތަ ރުޅިއަންނަނީ ކީއްވެ.