ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މަސައްކަތު މީހުންގެ އަގުތައް މިހާރު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައި. އޭގެ ދަތިކަން ވިޔަފާރިވެރިންނާއި އާންމުން ވެސް ދަނީ ކުރަަމުން.
ބަންގްލަދޭޝްގެ މަސައްކަތްތެރިއަކު މުދާތަކެއް އުފުލަނީ: ބަންގްލަދޭޝްގެ މަސައްކަތްތެރިން ނުލިބޭ ކަމުގެ ޝަކުވާ ބޮޑު -- ފައިލް ފޮޓޯ: މިހާރު
10 ފެބުރުއަރީ 2022 - 06:53
ޒިކުރާ މިސްކިތް ކައިރިއަށް ގޮސް، އަގު ބުނެބަލާށޭ އަހާލީމަ، މީގެ ދޮޅު އަހަރެއް ވަރު ކުރިން ނަމަ އެ ބަންގްލަދޭޝްގެ މީހާ ބުނާނީ ދުވާލަކަށް 200ރ. އޭ އެވެ. އެކަމަކު މިހާރު ގޮސް އަގު އަހާލައިފިއްޔާ އޭނާ ކިޔާނީ 400ރ. އެވެ. ގޭތެރެ ސާފުކުރަން މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ނަމަ ބަންގްލަދޭޝްގެ މީހަކު ކިޔާނީ 300ރ. އެވެ. މިހާރު ނަމަ 600ރ. އެވެ.
އާންމު މަސައްކަތްތައް ބަންގްލަދޭޝް މަސައްކަތްތެރިން ލައްވާ ކުރުވުމަކީ ދިވެހިންގެ ތެރޭގައި ސަގާފަތެއްހެން ފެތުރިފައި އޮތް ކަމެކެވެ. އެ ސަގާފަތް އޮތީ ފިހާރަތަކަށް ވެސް ވަދެފަ އެވެ. ހާއްސަކޮށް ކުދި ވިޔަފާރިތައް މުޅިހެން ހިންދެމިލައިގެން ތިބީ އެ މީހުންގެ އެހީތެރިކަމާ އެކު އެވެ. ފިހާރަތަކުގެ ޑެލިވަރީން ފެށިގެން ގޮސް، ހުރިހާ ކަމެއް ކުރަމުން ދަނީ އެ މީހާ އެވެ. އެކަމަކު، ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެނައުން ސަރުކާރުން މަނާ ކުރިތާ ދެ އަހަރެއްހާ ދުވަސްވީ އިރު، މަންޒަރު މިއޮތީ މުޅިން ބަދަލުވެފަ އެވެ.
"އެ މީހުންނަށް ވެސް މިހާރު އެނގޭ އެ މީހުންގެ ގައުމުން މީހުން މިހާރު ނުގެނެވޭކަން. މިކަންކަން ކޮށްދޭނެ ބަޔަކު ނެތްކަން. އެހެންވެ ހިތަށް އެރި އަގެއް މިހާރު ކިޔަނީ،" ވިޔަފާރިވެރިއަކު ބުންޏެވެ.
މާލޭގައި ދެ ފިހާރައަކާއި ސައި ހޮޓަލެއް ހިންގާ މީހަކު، އޭނާ ]މަގުމަތިން ނަގައިގެން[ ގެންގުޅޭ ބަންގްލަދޭޝްގެ 13 މުވައްޒަފަކަށް މީގެ އަހަރެއް ވަރު ކުރިން މަހެއްގެ މައްޗަށް ހޭދަކުރަމުން އައީ ޖުމްލަކޮށް މީހަކަށް ]ހުރިހާ ކަމަކަށް[ 5،600ރ. އެވެ. އެކަމަކު އޭނާ ބުނާ ގޮތުން މިހާރު އެއިން ކޮންމެ މީހަކަށް މަހަކު އެވްރެޖްކޮށް 8،500ރ. ހޭދަކުރަން ޖެހެ އެވެ. ބައެއް އެހެން ފިހާރަތަކުން ބުނި ގޮތުގައި ޑެލިވަރީ އަށް ދާނެ މީހުން ނުލިބި، ޑެލިވަރީ ވެސް މިހާރު އޮތީ ހުއްޓާލަން ޖެހިފަ އެވެ.
"ޑެލިވަރީ އަށް ގެންގުޅުނު ބަންގްލަދޭޝްގެ މީހަކު މިހާރު ކިޔާލާ އަގަކީ ދުވާލަކަށް 250ރ. މިއީ ކުޑަ އަގެއް ނޫން. މިވަރު ދީގެން ދެކޮޅެއް ނުޖެހޭނެ. އަނެއްކާ ޑެލިވަރީ ނުކޮށްދީ ވާކަށް ވެސް ނެތް،"
"ޑެލިވަރީ އަށް ގެންގުޅުނު ބަންގްލަދޭޝްގެ މީހަކު މިހާރު ކިޔާލާ އަގަކީ ދުވާލަކަށް 250ރ. މިއީ ކުޑަ އަގެއް ނޫން. މިވަރު ދީގެން ދެކޮޅެއް ނުޖެހޭނެ. އަނެއްކާ ޑެލިވަރީ ނުކޮށްދީ ވާކަށް ވެސް ނެތް،" ވިޔަފާރިވެރިޔަކު ބުންޏެވެ.
"ދެން މި ބުނަނީ އިންޑިއާ އިން މީހުން ގެނެސް އެ މީހުން ލައްވާ ކުރުވާށޭ. އެ މީހުންނެއް ނުކުރެއޭ ބަންގްލަދޭޝް މީހުން ކުރާހާ މަސައްކަތެއް. އަނެއްކާ އެހާ މުސާރަ ވެސް ބޮޑު. އެވަރު ފިހާރައަކަށް ނުލިބޭ."
ކުދި ފިހާރަތަކާއި ސައި ހޮޓާތަކަށް މި މައްސަލަ އޮތީ ވަރަށް ބޮޑުވެފަ އެވެ. އެ މީހުން ތިބީ ދެން ހަދާނެ ގޮތެއް ނޭނގިފަ އެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިން ގިނަވެ، އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، އަދި އެ މީހުން ރާއްޖެ ގެނައުމުގެ ތެރޭގައި ހިއުމަން ޓްރެފިކިން އާއި ރިޝްވަތާއި ކޮރަޕްޝަންގެ އަމަލުތައް އިންތިހާ އަށް ގޮސްފައިވާ ކަމަށް، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ބުންޏެވެ. އޭރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި، ބަންގްލަދޭޝްގެ މަސައްކަތު މީހުން ގެނައުމުގެ ކޮރަޕްޝަނަކީ ރާއްޖޭގައި މިހާތަނަށް ނުހިނގާ ވަރުގެ ބޮޑު ވައްކަމެކެވެ.
އެހެންވެ، ސަރުކާރުން ނިންމީ ބަންގްލަދޭޝްގެ މަސައްކަތްތެރިން އިމުގެ ތެރެއަށް ވައްދައި، ގައުމީ ސަލާމަތަށް ނުރައްކާ ނުވާނެ މިންވަރެއް ކަނޑައެޅުމަށެވެ. ރާއްޖޭގެ އާބާދީގެ ނިސްބަތުން، ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ނުވާނެ ވަރެއް ކަނޑައަޅައި، ގައުމަކުން ގެނެވޭނީ ގިނަވެގެން 150،000 މީހުން ކަމަށް ގާނޫނަކުން 2020ގައި ހަމަޖެއްސި އެވެ. އަދި، ބަންގްލަދޭޝްގެ އެތައް ބަޔަކު ގައުމުން ފުރައިގެން ދިއުމުގެ ފުރުސަތު ހުޅުވާލި އެވެ. އެ ޕްރޮގްރާމްގެ ދަށުން ވިއްސަކަށް ހާސް ބަންގްލަދޭޝްގެ މީހުން ފުރައިގެން ދިޔަ އެވެ. އަދި އޭގެ ފަހުން ކޮވިޑްގެ ބަލިމަޑުކަމުގައި ވެސް އެތައް ހާސް ބަންގްލަދޭޝްގެ މަސައްކަތްތެރިން ފުރައިގެން ދިޔަ އެވެ. އޭގެ ތެރޭގައި ރިސޯޓްތަކަށް ގެނައި ގިނަ ބަޔަކު ހިމެނޭއިރު، ކޮވިޑަށް ފަހު ރިސޯޓްތައް އަލުން ހުޅުވި އިރު ބައެއް ރިސޯޓްތަކަށް ވެސް މާލޭ މަގުމަތިން މީހުން "ކަހާލައިގެން" ގެންދިޔަ ކަމަށް ވެ އެވެ.
:ދެ ބިދޭސީއަކު ދޯންޏެއްގެ ބުރަފަތި ހިފައިގެން ދަނީ: މާލޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މަސައްކަތު މީހުންގެ އަދަދު ވަނީ މަދުވެފައި -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
ފައްޔާޒް ރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި، ރާއްޖޭގައި އަދިވެސް ދޮޅު ލައްކަ އަށް ވުރެ ގިނަ ބަންގްލަދޭޝްގެ މީހުން ތިބި ކަމަށް ގަބޫލު ކުރެއްވެ އެވެ.
"އެކި ރަށްރަށުގައި ވެސް އެބައުޅޭ ލިޔެކިޔުން ނެތް ބިދޭސީން ބައިވަރު. ފުރަތަމަ މި ޖެހެނީ އެކަން ސާފުވާން. ކިހާ ވަރެއްތޯ. އެ މީހުން ގާނޫނެއްގެ ތެރެއަށް ފައްތަން އެބަ ޖެހޭ. އެކަން އަޅުގަނޑުމެން ކުރަން ފަށައި އެކި ސަބަބުތަކާ ހެދި މަޑުޖެހިފައި އޮތީ. މިވީ ހުރިހާ ދުވަހަކު މިކަން ހައްލު ކުރަން ސިސްޓަމެއް ހެދިފައެއް ނެތް. އެކަން އަޅުގަނޑުމެން މި ކުރީ. މިހާރު ސިސްޓަމެއް އޮންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ބަންގްލަދޭޝްގެ އަން ސްކިލްޑް މަސައްކަތްތެރިން ގެނައުން މަނާވެފައި އޮތަސް، އެހެން ގައުމުތަކުން މަސައްކަތްތެރިން ގެންނާކަށް އެއްވެސް ހުރަހެއް ނެތެވެ. ކޯޓާ ވެސް ދޫކުރެ އެވެ. އެކަމަކު، ފައްޔާޒް ވެސް ގަބޫލުކުރައްވާ ގޮތުގައި އެގޮތަށް އެކަން އޮތުމަކީ ވިޔަފާރިވެރިންނަށް ދިމާވާނެ ވަރަށް ބޮޑު ދައްޗެކެވެ. އަދި ވިޔަފާރިތަކުގެ ހަރަދު ވެސް ބޮޑުވާނެ ސަބަބެކެވެ.
"މިއަދު ވެސް ތިކަމުގެ ޝަކުވާގައި މަސީން )ކޮންސްޓްރަންޝަން އިންޑަސްޓްރީގެ ޖަމިއްޔާ( އިން އައި. އަޅުގަނޑު މި ދެނީ ހަމަ މި ޖަވާބު،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ދެއްވާ ޖަވާބަކީ މި އެވެ؛ ދެ ކަމެއް ހާސިލެއް ނުވާނެއޭ އެވެ. އޭގެ ތަފުސީލަށް އޭނާ ވަޑައިގަތެވެ.
ބިދޭސީން ކުރާނެ މަސައްކަތްތައް ކުރާނެ ދިވެހިންނެއް ނެތް. އަނެއްކޮޅުން ހަމަ އަޅުގަނޑުމެން އެބަ ބޭނުންވޭ މީހުން ވެސް މަދުކުރަން. ތި ބޭފުޅުންނަށް ބޮޑަށް އެނގިވަޑައިގަންނަވާނީ އާންމުންްގެ ޝަކުވާ ހުރި ވަރު ބިދޭސީން ގިނަވެގެން ވެސް -- ފައްޔާޒް
"ކޮންމެ ކަމެއްގައި ވެސް އެބައޮވޭ ދެކޮޅު. އަޅުގަނޑު އަބަދު ވެސް ދަންނަވަމުން މި އަންނަނީ ރާއްޖޭގެ އިގްތިސާދަށް އެބަ ބޭނުންވެއޭ މަދުވެގެން ދެލައްކަ މަސައްކަތްތެރިން. އެވަރަކަށް ދިވެހިންނެއް ނެތް. ބިދޭސީން ކުރާނެ މަސައްކަތްތައް ކުރާނެ ދިވެހިންނެއް ނެތް. އަނެއްކޮޅުން ހަމަ އަޅުގަނޑުމެން އެބަ ބޭނުންވޭ މީހުން ވެސް މަދުކުރަން. ތި ބޭފުޅުންނަށް ބޮޑަށް އެނގިވަޑައިގަންނަވާނީ އާންމުންްގެ ޝަކުވާ ހުރި ވަރު ބިދޭސީން ގިނަވެގެން ވެސް."
ފައްޔާޒު ކުރިން ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ މައްސަލަ ހައްލުވާން އޮތީ މުޅި ސިސްޓަމް ސާފުކޮށްގެން ކަމަށް -- ފައިލް ފޮޓޯ: މިހާރު
އެހެންވެ، މިނިސްޓަރު ވިދާޅުވީ ފުރަތަމަ ކަމަކީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އިމުގެ ތެރެއަށް ވައްދައި ނިޒާމު ސާފު ކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ.
"އެހެން ނޫނީ އަނެއްކާ ވެސް ދޫކޮށްލައިފިއްޔާ މުޅި އެތި ގޯސްވާނީ،" އޭނާ ވިދާޅުވި އެވެ.
"ހިއުމަން ޓްރެފިކިން އާ އެކު ބޮޑެތި ކަންތައްގަނޑެއް ހިންގާފައި އޮތީމަ މިހެން މިވީ. އެ އޮތް ސިޓުއޭޝަން އަދިވެސް ކްލިއާއެއް ނުކުރެވޭ. އަނެއްކާ ވެސް އެކަން ހުޅުވާލައިފިއްޔާ އެ ކްލިއާއެއް ނުކުރެވޭނެ. ހިއުމަން ޓްރެފިކިން އަށް ތައްޔާރުވެގެން ވެސް އެބަތިބި އެތައް ބަޔަކު. މި ހުރިހާ ގެޕްތައް ކްލީންކޮށްގެން ނޫނީ އާ ފެށުމަކުން މިކަމެއް ނުފެށޭނެ."
ކުދި ވިޔަފާރިތަކަކީ ގައުމުގެ އިގްތިސާދެއްގެ ދިރުން ދައްކައިދޭ އެންމެ ފުރަތަމަ ފިޔަވަޅެވެ. އެއަށް ވުރެ ބޮޑެތި އިންޑަސްޓްރީތައް ކައްކުވައިދޭން ފަށާ ހިސާބަކީ ކުދި ވިޔަފާރިތަކެވެ. ބަންގްލަދޭޝްގެ އާދައިގެ މަސައްކަތްތެރިންގެ އަގު އެހާ ބޮޑުވެއްޖެ ނަމަ، އެ ވިޔަފާރިތައް މެނޭޖް ކުރެވޭނެ ގޮތެއް ވިޔަފާރިވެރިންނަކަށް ނުވިސްނެ އެވެ. އެ ވިޔަފާރިތަކަށް ބަންގްލަދޭޝްގެ މީހުން ނުލިބި، ދެން ނަގާ ރާޅު ބިންދާލާނީ އެއަށްވުރެ ބޮޑެތި އިންޑަސްޓްރީތަކަށެވެ.
"ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ވެސް މިހާރު އޮތީ ތި މައްސަލަ ދިމާވެފައި. މީހުންނެއް ނުލިބޭ. އަން ސްކިލްޑް މީހުން ނުލިބިގެން އެތައް މަޝްރޫއެއް ހުރީ ހުއްޓާލައިފައި،" އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިވެރިޔަކު ބުންޏެވެ.
ސައްހަލިޔެކިއުން ހޯދަން ރަޖިސްޓްރީވާން ހުޅުވައިލުމުން ގަލޮޅު ދަނޑަށް މީގެ އެއްވެ ތިބި ބިދޭސީންތަކެއް -- ފައިލް ފޮޓޯ: މިހާރު
ފައްޔާޒްގެ ވާހަކައަކީ މި އެވެ؛ އަގު ބޮޑުކޮށް ވިޔަސް އެހެން ގައުމުތަކުގެ މީހުން މި ވަގުތަށް ބޭނުން ކުރުމެވެ. އެއާ އެކު އޭނާ ވިދާޅުވި އެހެން ވާހަކައެއް ވެސް އެބައޮތެވެ؛
"ދެން އޮތް ގޮތަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވީ ]ގާނޫނު[ އެއްލައްކަ ދެ ލައްކަ އަށް ބަދަލުކޮށްފިއްޔާ. އޭރުން އަޅުގަނޑު ކުރާނަން."
މިނިސްޓަރު ވިދާޅުވި ގޮތުގައި އިގްތިސާދު ފަހާ ދުވާއިރު ދެ ކަން އެއްފަހަރާ ހާސިލް ކުރުމަކީ ވެސް ފަސޭހަ ކަމެއްތޯ ވިސްނާލަން އެބަ ޖެހެ އެވެ.
"މިސާލެއް ނަގަމާ ހިނގާ ދުބާއީން. އެ މީހުންގެ އާބާދީ އަކީ އެއް މިލިއަން. އެކަމަކު އެ މީހުންގެ އެބަތިބި 10 މިލިއަން ބިދޭސީ މަސައްކަތްތެރިން. އެއީ އެ މީހުން ބޭނުންވާ ގޮތް. އޭގެ ފައިދާ ވެސް އެބަ ކުރޭ. އެކަމަކު އަޅުގަނޑުމެން ބޭނުންވޭ ތަރައްގީ ވެސް، މީހުން މަދުކުރަން ވެސް."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
12 February 2022
ތިޔާ ވިޔަފާރި ވެރިން މުޅިގައުމަށް ތިޔަ މުސީބާތް ޖެއްސީ... ބާންގާޅަ ނޫން އެހެން ގަްއުމުތަކުން މީހުން ގެނެސް މަސައްކަތް ކުރެވޭނެ. ޢެކަމަކު ތިޔާ ވިޔަފާރިވެރިން ބޭނުން ވަނީ ކުޑަ ހަރަދެއް ކޮއްފައި ދުނިޔޭގެ އެއްވެސް ގައުމަކަށް އެތެރެނުކުރާ އެއްވެސް ސްކިލް އެއް ސިކުޑީ ގައި ތެއްކަމެއްނެތް ތަނެއް ދޮރެއްނޭގޭބަޔަކު އަޅުންގެ ގޮތުގައި ރާއްޖެ އެތެރެކޮށް މިގައުމުު ފުނޑު ފުނޑު ކޮއްލާ މުސީބާތެެއް ޖެއްސުން.... އަދި ފެންނާނެ ބަންގާޅިންގެ ބޮޑުުމަންޒަރު....
މައުލޫމާތު
11 February 2022
ފައްޔާޒް ގެ ކުންފުނިތަކުގަ ބޭނުންވާ ވަރައް ޗީޕް ލޭބާސްއެބަތިބި. ޢޭނައައް އެހެންވީމަ އޯކޭ. ރެގިއުލޭޓް ކުރަން ބަންގްލަދޭޝް މީހެއްލައިގެން ދޮޅު އަހަރުންވެސް ރެގިއުލޭޓް ނުވޭ. ދައުރު ނިމޭއިރުވެސް ރެގިއުލަރައިޒް ކޮއް ފައްޔާޒުގެ މިނިސްޓަރު ކަމުގަ ނިމޭނެހެންނެއް ހިއެއްނުވޭ. މަޖްލިސް އަށް ގާނޫނެއް ވަކި އަދަދެއް ލައިގެން އެގާނޫނު ފާސްކުރުވީވެސް ފައްޔާޒު. ތިތާހުރެގެން ވިޔަފާރިތައް އިންދަޖެއްސުން ނޫންކަމެއްނެއް. މޮޔައެއް އަތައް ކަޑިއެއް ދީފަ ހެން ވެސް ހީވޭ.
ޔޝްފާ
11 February 2022
ބަންގާޅިން ބޭރުކުރަންވީ. ޢެއްވެސް ބަންގާޅީއެއް މި ޤައުމަކަށް ބޭނުމެއް ނުވާނެ. މުޅި ޤައުމު ހަލާކު ކޮށްފި.
ސަރުސޫމް
11 February 2022
ތިކަންވެސް ބޮޑުވިޔަފާރިއަކަށް ބަދަލު ކުރާ އަޑު އިވުނު އެޖެންސީ ތަކަށް ބޮޑު ލާރި ފުނިއެއް ދީގެން ނޯ ކުރިޔައް އޮތްތަނުގަ މީހަކު ގެނެވެނީވެސް. ވަކި ބަޔަކު މުއްސަނދި ކުރަން އުޅޭ ސަރުކާރެއް މީ.ނިކަމެތި މީހާ ހަމަ ނިކަމެތި ވަނީ. 2023 ގަ 30ޕަސެންޓް ކީއްކުރަން 10ޕަސެންޓް ވެސް ނުލިބޭނެ. ރައްޔަތުންނަށް ނުހޮރޮއްޕާން ކުރުން ނޫން އިތުރު ކަމެއް ނުކުރޭ
ރަންވީރު
11 February 2022
ރާއްޖޭގަ ކުރީގަ މަސަށްކަތް ކޮށްފަ ގަވާއިދާއި އެއްގޮތަށް ރަށަށް ގޮސްފަ ތިބޭ ސްކިލްޑް މީހުންނަށް އާދެވޭގޮތް ހަދާބަލަ
ދިރާސ
11 February 2022
ނުޖެހޭ ބަންގްލަދޭޝް މީހުންނަށް ވަޒީފާ ދޭކަށް. ދިވެހި ޒުވާނުންނަށް -/ 8500 ދީގެން ދާނެ ، ވިޔަފާރިވެރިން މި ގައުމު ހަލާކު ކުރަނީ ،، ބަންގާޅިންގެ އަޅުންނަށް ވެފައި ތިބޭ..
ޙެހެނާ
12 February 2022
ނޭގޭ ވާހަކަ ނުދައްކަބަލަ
އަލީ ބާ
11 February 2022
ހިތު ހުރިވަރަކަށް ލޭބަރުންން ނުގެނެވޭ ގޮތް އޮތުން ރަނގަޅު. އެކަމަކު ސްކިލްޑް މަސަތްކަތް ކުރާ މީހުން ކޮންމެވެސް ވަރަކަށް ގެނެވޭގޮތް ހަދާބަލަ. މިސާލަކަތް ކިތަންމެ ބޮޑު މުސާރައެއް ދިނަސް ދިވެއްސަކު ނުލިބޭ ފަހާ ތަންތަނަށް.
އނޓ
11 February 2022
އަހަރުން ރަށުން މިއުޅެނީ ދިވެހިން ނުލިބިގެން ސޭޓް ކަން ކުރަންވެސް. 5000 ރުފިޔާ ދީނީމަވެސް ދިވެހިން ނުލިބޭ. މައްސަލައަކީ ސަރުކާރުގެ ސިޔާސަތު. ސަރުކާރު ވަޒީފާއެއް ކޮންމެ މީހަކުވެސް ބޭނުން ވަނީ. އޭރުން ދޯ ސޮއި ކޮއްލާފަ ބޭނުންތާކު އުޅެލާފަ އޯޓީ ހެދީމަ ނިމުނީ. އޮފީހަށް ނުނިކުތަސް މުސާރަ ލިބޭ.
5 ހާސް
11 February 2022
5000 ދީފަ ކިތައް ގަޑިއިރުތަ މަސައްކަތް ކުރަން ޖެހެނީ؟
ދޮންޑު
11 February 2022
ޢަވަހައް މަދުނުވާވަރައް 200،000 ބަންގާޅީން އެތެރެ ކޮއްލަންވީ.
މުއްސަދި މީހާ
11 February 2022
މީގެންވެސް އިގެނީ ދީނުގެ ފުރިހަމަ ކަން. މާކުރީގަ އެއޮތީ ދައްކަވާފަ އުޅެންވީ ގޮތް. ކޮންމެ މުއްސަދި މީހަކު ބޭނުމިއްޔާމުން 4 ނޫނީ 5 އަޅުން ގެންގުޅެވޭ. އަދި ވިއްކާ ފަ ގަނެވޭ! މިކަންކުރެވޭގޮތައް ހެދީމަ ނިމުނީ!
ޙަނީފް
13 February 2022
ތިދައްކަނީ ކޮންދީނެއްގެ ވާހަކައެއް. އިސްލާމް ދީނުގައި ނޯވޭ އިންސާނުން އަޅުވެތިކޮށް ގަނެ ވިއްކާކަށް. އިސްލާމް ދީން އައުމުގެ ކުރިން އަޅުންގެ ގޮތުގައި ތިބި އިންސާނުންނަށް މިނިވަންވެވޭނެ ގޮތްތައް އިސްލާމީ ޝަރީޢަތުގައި ވަނީ ބަޔާންކޮށްފައި. މުއްސަދި މީހާ ތިބަލަނީ އިންސާނުން އަޅުވެތިކޮށް ވިއްކައިގެންވެސް އިތުރަށް މުއްސަދިވާން ދޯ.