13 ފެބުރުއަރީ 2022 - 11:37
އިންޑިއާގެ ކޮލެޖްތަކާއި މަތީ ސާނަވީ ސްކޫލްތަކުގައި ކިޔަވާ މުސްލިމް އަންހެން ދަރިވަރުންގެ ތެރެއިން ބުރުގާ އަޅައިގެން ތިބޭ ދަރިވަރުން އެ ތަންތަނަށް ވަނުން މަނާކުރުމާ ގުޅިގެން އެމެރިކާ އިން އެ ކަމަށް ފާޑު ކިޔުމުން އިންޑިއާ އިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އިންޓިއާގެ ކަރްނާޓަކާ ސްޓޭޓްގެ ސަރަހައްދީ ސަރުކާރުން ނިންމާފައި ވަނީ، ކޮލެޖްތަކާއި ސްކޫލްތަކުގެ މުސްލިމް އަންހެން ދަރިވަރުން، ޔުނިފޯމްގައި ނުހިމެނޭ ބުރުގާ އަޅައިގެން ހާޒިރުވާ ނަމަ ކްލާސްތަކަށް ނުވެއްދުމަށެވެ. މިއީ ދީނީ މިނިވަންކަމުގެ ހައްގެއް ނިގުޅައިގަތުން ކަމަށް ބުނެ، އެމެރިކާގެ އެމްބެސެޑަ އެޓް ލާޖް ފޯ އިންޓަނޭޝަނަލް ރިލިޖަސް ފްރީޑަމްގެ މަގާމުގައި ހުންނެވި ރަޝާދު ހުސައިން ވަނީ ފާޑުވިދާޅުވެފަ އެވެ.
އޭނާގެ ވާހަކަތަކަށް ރައްދު ދެމުން އިންޑިއާ އިން އިއްޔެ ބުނީ، އިންޑިއާގެ ދާހިލީ މައްސަލަތައް އިތުރަށް ކެކިގެންދާ ފަދަ ބަހުރުވައިން ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެމެރިކާގެ އެމްބެސެޑަރު ވިދާޅުވި ގޮތުގައި އެމީހަކު ގަބޫލުކުރާ ދީނެއްގެ ހަމަތަކާ އެއްގޮތަށް ހެދުން އެޅުމަކީ ވެސް ދީނީ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެކަމަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާގެ ވާހަކަތައް ކުށްވެރިކުރައްވައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ އޮފިޝަލް ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވީ ކިޔަވައިދޭ ތަންތަނުގެ ދަރިވަރުން ހެދުން އެޅުމާ ގުޅޭ ގޮތުން އުފެދިފައިވާ މައްސަލަ މިހާރު އޮތީ ކަރްނާޓަކާ ސްޓޭޓްގެ ހައި ކޯޓުން ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށެވެ. އިންޑިއާގެ ދުސްތޫރީ އޮނިގަނޑާއި ޝަރުއީ މަރުހަލާގެ ކަންކަން އިންތިޒާމު ކުރެވިފައި ހުރީ، ގައުމުގައި އުފެދޭ މިފަދަ މައްސަލަތައް ހައްލުކުރެވޭ ފަދަ ގާބިލުކަމާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބުރުގާ އަޅައިގެން ސްކޫލްތަކަށް ހާޒިރުވުން މަނާކުރުމަކީ، ދީނީ މިނިވަންކަމާ ޚިލާފު އަމަލެއް. އަދި އެއީ އަންހެނުން މުޖްތަމައުން ހަވާސާކޮށް ފުރައްސާރަ ކުރުމުގެ އަމަލެއް. އެ މީހަކު ގަބޫލުކުރާ ދީނެއްގެ ހަމަތަކަށް ފެތޭ ހެދުމެއް އެޅުމަކީ، ދީނީ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް. ދީނީ ގޮތުން އަޅަންޖެހޭ ހެދުމެއް އެޅުމުގެ މިނިވަންކަން، އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުން ހަނިކޮށް ހިފަހައްޓައިގެން ނުވާނެ،" އެމެރިކާގެ އެމްބެސެޑަ އެޓް ލާޖް ފޯ އިންޓަނޭޝަނަލް ރިލިޖަސް ފްރީޑަމް ރަޝާދު ހުސައިން ވިދާޅުވި އެވެ.
ކަރްނާޓަކާ ސްޓޭޓްގެ ސްކޫލްތަކާއި ކޮލެޖްތަކުގައި ކިޔަވާ އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ކިޔަވަން ހާޒިރުވުން މަނާކުރި މައްސަލަ، އޭގެ ތެރެއިން ބައެއް އަންހެން ކުދިންގެ ފަރާތުން އެ ސްޓޭޓްގެ ހައި ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެންމެ ފަނޑިޔާރަކު އެ މައްސަލަ ބައްލަވަން ފެއްޓެވުމަށް ފަހު، މިހާރު އެ މައްސަލަ ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރަށް ބަދަލުކޮށް، ހަތަރު ފަނޑިޔާރުންގެ ބެންޗަކުން ބެލުމަށް ނިންމައި އަޑުއެހުންތައް ވެސް ފަށައިފަ އެވެ.
ކަރްނާޓަކާ ސްޓޭޓްގެ ސަރަހައްދީ ސަރުކާރުގެ މި ނިންމުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ފާޑުކިޔުންތައް އިތުރުވަމުންނެވެ. އެ ގޮތުން އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރައްވާ ޕާކިސްތާނުގެ ޒުވާން ހަރަކާތްތެރިޔާ އަދި ނޯބެލް ސުލްހައިގެ އިނާމު ހާސިލުކުރައްވާފައިވާ މަލާލާ ޔޫސުފް ޒާއީ ވިދާޅުވީ، ބުރުގާ އަޅައިގެން ކިޔަވަން ދިއުން މަނާކުރުމަކީ ބިރުވެރި ކަމެއް ކަމަށެވެ.
އެމެރިކާގެ މަޝްހޫރު ބަހަވީ އިލްމުވެރިޔާ އަދި މަދަނީ ހައްގުތަކުގެ ހަރަކާތްތެރިޔާ ޕްރޮފެސަރު ނައޮމީ ޗޮމްސްކީ ވިދާޅުވި ގޮތުގައި، އިސްލާމް ދީނާއި މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމުގެ އެންމެ ނުރައްކާތެރި ބާވަތުގެ އަމަލުތައް ހިންގަނީ އިންޑިއާގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔުބެ
14 February 2022
މިހެންވެޔޭ އިންޑިއާ އައުޓު ގޮވަން ޖެހެނީ
ހަސަންފުޅުބެ
13 February 2022
ރީތިސިފަތަކާއި ހައްގުތަކަށް ތެދުވެރިވުމަކީ ތެދުމަގު ލިބިގެންތިބޭމީހުންގެ ތެރޭގައި އޮންނަކަމެއް. ކިތަންމެ މޮޅަކަސް ބާރުގަދަވިއަސް މުއްސަންޖަކަސް ތެދުމަގުގެ އަލިކަމެއްނުލިބޭބައެއްގެ ހާލަތަކީ އެއްވެސް ބައެއްގެ ހައްގަކަށް ކަރާމާތަކަށް ނުބެލުން. ދައްކާވާހަކަތަކާއި އަމަލެއް ދިމަލެއްނުވުން. އެމެރިކާއިން ހައްގުގެ ވާހަކަ ދައްކާއިރު އިޒުރޭލުން ފަލަސްތީނު ސުނާފަތިކޮށް މީހުން މަރަމުން ދާއިރު އެވާހައެއް ނުދެއްކޭ.
ރައްދު
14 February 2022
އެމެރިކާއިން ވެސް ރަގަޅު ވާހަކައެއް ބުނެފިއްޔާ ރަގަޅު
އުދުހޭ
13 February 2022
ދަރިވަރުންނަށް ހައްދުފަހަނައެޅި ހިންދޫން ކުރަމުންދާ ދުއްތުރާ އަށް އިންޑިޔާގެ މައި ސަރުކާރުން ބަހެއް ނުބުނެ އޮވެފައި އެމެރިކާއިން އެކަން ކުށްވެރިކުރީމާ އިންޑިޔާ ފުންމައިގެން ތެދުވެއްޖެ. ފުރައްސާރަ، ގަޔަށްބޮަލަން އެރުން، ބުލީކުރުން... މިހުންނަނީ ކޯޓަށް ދާންޖެހޭ ކަންކަމެއް ނޫން.
ޔާންޓޭބުރޯ
13 February 2022
ކޮބާ ރާއްޖޭގެ ދީނީ ޝެއިހުންތައް ކީއްވެ ބަޔާންގަނޑެއް ނެރެނުލީ
ކިނބޫ
13 February 2022
ކަލޭމެންވެސް ނުރުހޭނެ ގެރިންނަށް ކުޑައިމީސް ބަހެއް ބުނެފިއްޔާ!
ވަހީދު
13 February 2022
އިންޑިއާއި ދެކޮޅަށް ވާހަކަ ދެއްކުމަކީ އެމީހުންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުން ކަމުގައި އެމީހުން ދެކޭ އިރު، އަހަރުމެންގެ މިލޮބުވެތި ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބުން ކޮންފަދަ ނުބައި ކަމެއްކަމެއް އެމީހުންނަށް ނުވިސްނެނީބާ؟
ފޫގި
13 February 2022
އޭނާގެ ވާހަކަތަކަށް ރައްދު ދެމުން އިންޑިއާ އިން އިއްޔެ ބުނީ، އިންޑިއާގެ ދާހިލީ މައްސަލަތައް އިތުރަށް ކެކިގެންދާ ފަދަ ބަހުރުވައިން ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ބަލަ ތިޔަ އިންޑިޔާ ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ހަތަރެސްފައި ބާނައިގެން ތިޔައުޅެނީ މި ގައުމު ނިކަމެތިކަމުންތަ؟
ކިނބޫ
13 February 2022
އެއީ މިގައުމުގެ ޣައްދާރު ޚާއިނުންތަކެއް އެ ފުރުސަތު ދިނީމަ.
ރައްދު
14 February 2022
ހެވޭ ފުރުސަތު ދިނަސް ނުޖެހޭ ވަންނާކަށް
ސުފުރިޔާން
13 February 2022
މުސްލިމުންނާއި ޖައްސާލުން ނޫން ކަމެއްނެތް..އިންޑިއާގެ ބައެއް ހާމުދުރުން ރޯއޮރިޔާމުން އެތިބެނީ އާއްމުންގެ ތެރޭ..ދީނީ ކަމެކޭ ބުނެ..ނިވާކޮށްގެން ތިބުން ގޯސްމިވަނީ..މޯދީ ސަރުކާރުން މުސްލިމުން ނިކަމެތިކޮށްލުމުގެ އެޖެންޑާގެ ބައެއްމީ..
އަޝްރަފް
13 February 2022
100 ޕަސަންޓު މުސްލިމް ގައުމެކޭ މިކިޔާ ރާއްޖެއަކުން ނުކެރޭނެ މިކަމާ ދެކޮޅަށް ބަޔާންގަނޑެއްވެސް ނެރިލާކަށް.
ރަދީފްއޮފިޝިއަލް
13 February 2022
ކޮބާ އަދާލަތު؟؟
އާސްމާން
13 February 2022
ކޮބައިތޯ ހުރިހާ ކަމަކަށް ބަސް ބުނަމުން ގެންދާ މަންޑޭލާ؟؟މިމައްސަލައާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނާ އަޑެއް ނީވެ..
ރަދީފްއޮފިޝިއަލް
13 February 2022
އިންޑިޔާ އެދަނީ ވަރުގަދަ ޖެނޮސައިޑެއް ފައްކާކުރަމުން.މިއީ ބިރުވެރިކަމެއް.އިންޑިޔާގެ ބީޖޭޕީ އެއީ މުސްލިމުންގެ އަދުއްވެއްކަން ގަބޫލުނުކުރަނީ އެންމެ ގައުމެއް.އެއީ ވަރަށް ކުޑަ ގައުމެއް.އިންޑިޔާގެ ގުޖްރާތު ސްޓޭޓްގަ މުސްލިމުންނާ ދެކޮޅަށް 2002 ވަނަ އަހަރު ހިންގި ހުރިހާ ޖަރީމާތަކެއްގެ މޭސްތިރިޔާ މިއަދު ހުރީ ކޮންތާކުތޯ ކިޔުންތެރިން ޗެކްކޮށްލުން އެދެން.އިންޑިޔާގެ +200 މިލިއަން މުސްލިމުންނަށް ރައްކާތެރިކަން މިންވަރުކުރައްވާށި.އާމީން. #ހީލްދަވޯލްޑް