ރިޗާ ޗައްދާ އާއި ސޯނަމް ކަޕޫރު--
14 ފެބުރުއަރީ 2022 - 06:12
އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ސަރުކާރު ކޮލެޖްތަކުގައި ކިޔަވާ މުސްލިމް އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ކޮލެޖަށް ވަނުން މަނާކުރުމާ ގުޅިގެން އެތައް ފާޑުކިޔުމެއް އަމާޒުވަމުން ދިޔަސް ބޮލީވުޑްގެ ބަތަލާ، ސޯނަމް ކަޕޫރް އާއި ރިޗާ ޗައްދާ ފަދަ ބައެއް ތަރިން މިވަނީ ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ތެދުވެފަ އެވެ.
ހިންދޫގެ ހަރުކަށި ގްރޫޕްތަކުން ބުރުގާ އަޅާ އަންހެނުންނާ ދެކޮޅަށް އެތައް ކަންތައްތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި ސޯނަމް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ޕޯސްޓުން އެނގެނީ އޭނާ ވެސް ހުރީ މުސްލިމް އަންހެނުންގެ ދިފާއުގައި ކަމެވެ. އެ ޕޯސްޓުގައި އޭނާ ހިއްސާކުރީ ބޮލުގައި ފަގުނޑިއެއް އަޅައިގެން ހުރި ސިކް ދީނުގެ މީހަކާއި ބުރުގާ އަޅައިގެން ހުރި އަންހެނެއްގެ ފޮޓޯ އެވެ. އަދި ފަގުނޑި އެޅުމަކީ ޗޮއިސަކަށް ވާއިރު، އަންހެނަކު ބުރުގާ އެޅުން ޗޮއިސްއަކަށް ނުވޭތޯ އޭނާ ސުވާލު އުފައްދަ އެވެ.
އެ ޕޯސްޓާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ސޯނަމް އަށް އަމާޒުވި އެވެ. ސިކުންގެ ގްރޫޕުތަކުން ސޯޝަލް މީޑިއާގައި ސޯނަމްއާ ދިމާކޮށްލިއިރު، ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެ ޕޯސްޓް ސޯނަމް ވަނީ ފަހުން ޑިލީޓްކޮށްލައިފަ އެވެެ.
ސޯނަމް ކަޕޫރުގެ އިންސްޓަގްރާމު ޕޯސްޓް--
ސޯނަމްގެ އިތުރުން އެކްޓަރު އަލީ ފަޒަލްގެ ލޯބިވެރިޔާ ރިޗާ ޗައްސާ ވެސް ވަނީ ބުރުގާ އަޅާ މުސްލިމު އަންހެނަކަށް ބަޔަކު ދިމާކޮށްލި ވީޑިއޯ އާންމުވުމުން ރުޅިގަދަވެ ޓްވީޓްކޮށްފަ އެވެ.
އޭނާ އިޝާރާތްކުރީ ވައިރަލްވެފައިވާ ވީޑިއޯއެއްގައި 19 އަހަރުގެ ދަރިވަރު ކޮލެޖަށް ވަންނަންދާއިރު ބަޔަކު މީހުން އޭނާގެ ފަހަތުގައި އަޅުވާލާ ހަޅޭލަވާ ވީޑިއޯ އަށެވެ. މުސްކާން ހާން ނަމަކަށް ކިޔާ އެ އަންހެން ކުއްޖާ ސާބިތުކަން ދެއްކުމަށް ފަހު އެ މީހުންގެ ކުރިމަތީގައި ހުއްޓި ހުރެ، ﷲ އަކްބަރު ކިޔާ އޭނާ ގޮވަމުން ދިޔަ ވީޑިއޯ އަށް އޭނާއަށް އެތައް ބަޔަކު ތައުރީފުކުރި އެވެ.
Raise your sons better! A bunch of ugly, cowards attacking a lone woman in a pack and feeling proud of it ? WHAT LOSERS! Shameful. They'll be jobless, more frustrated and penniless in a few years. What poor upbringing! No sympathy, no redemption for them. I spit on your kind. https://t.co/tvsdBwREZO
— RichaChadha (@RichaChadha) February 8, 2022
އެ ވީޑިއޯއާ ގުޅިގެން ރިޗާ ކުރި ޓްވީޓުގައި ވަނީ ފިރިހެން ދަރިންނަށް ރަނގަޅު ތަރިބިއްޔަތެއް ދިނުމަށް ގޮވާލައިފަ އެވެ. ހުތުރު އަދި އެއްވެސް ހިއްވަރެއް ނެތް ގްރޫޕަކުން އެކަނިމާ އެކަނި ހުރި އަންހެނަކަށް ދިމާކޮށްލުމަށް ފަހު އެކަމާ ފަހުރުވެރިވަނީތޯ އާއި އެއީ "ލޫޒާސް" ތަކެއް ކަމަށް އޭނާގެ ޓްވީޓުގައިވެ އެވެ.
އެއީ ލަދުވެތި އަމަލެއްގެ ގޮތުގައި ސިފަކޮށް ރިޗާ ވަނީ އެމީހުން ބަލާ ބޮޑުކުރި ގޮތާ މެދު ކަންބޮޑުވެފަ އެވެ.
As always,it takes a pack of men to attempt to intimidate a woman. Such frightened,pathetic excuses for human beings. Brandishing their shawls as weapons,cloaking their weakness in cruelty. A sizeable section of a rudderless generation lost to hate. https://t.co/PtQJ9zxOIM
— Pooja Bhatt (@PoojaB1972) February 8, 2022
އެކަމުގައި ޕޫޖާ ބަޓް ވެސް ވަނީ އަންހެނުންގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އޭނާ ވެސް ވަނީ މުސްކާނާ މެދު ފިރިހެނުން އަމަލުކުރި ގޮތާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
14 February 2022
އިންޑިޔާގެ ހިންދީން އެއީވެސް.. އެމީހުން އެ ވަކާލާތު ކުރަނީ އިންޑިޔާގެ މުސްލިމުން އެމީހުންގެ ދީނަށް އުޅުމުގެ މިނިވަންކަމަށް.. މި ރިވެތި އަހުލާގު ދިވެހި މުސްލިމުން ކިބައިން ފެނިދާނެބާ؟
އާއިލާ
14 February 2022
އާދޭހެވެ، ރާއްޖޭގައިވެސް ރިވެތި އަހުލާގުވެރިން ތިބެއެވެ.
މުލޭ
14 February 2022
ތިބުނަނީ ދިވެހިންގެ ބަޔަކު މި ދިވެހިރާއްޖޭގައި ތިބެ އެހެން ދީނަކަށް އުޅެން ފުރުސަތު ދޭނެތޯތަ؟
ށަވިޔަނި
14 February 2022
ތިފަދަ ތަރިން ނުކުންނަނީ އެމީހުންގެ މިނިވަންކަމަށްވެސް ހައްދުފަހަނައަޅާފައިވާ ހިންދީ ޖަމާއަތް ނުރައްލަކަށްވާތީއެވެ. ދުނިޔެ ލެއްވިހާ ދީންތަކާ އާދަތަކާ އެކު އިންޑިއާ ދެމި އޮންނާނެހެން އިންޑިއާގެ ގާނޫނުއަސާސީ އެކުލަވާލީ އިންޑިއާއަށް ހެޔޮއެދޭ މީހުންނެވެ. ސެކިއުލާ ނިޒާމެއް ނެތުމުގެ މާނައަކީ ޤައްޛާފީ ބުނިހެން އިންޑިއާ އިން އިތުރު ދައުލަތްތަކެއް އުފެދުމެވެ. މިވާހަކަ އިހަށްދުވަހު ޕާލިމަންޓް ޖަލްސާއެއްގައި ހިންދީ މެންބަރަކު ބޮޑުވަޒީރާ މުޚާޠަބުވެ ބުންޏެވެ.