މުސްކާންގެ އާއިލާއާ އެކު މުމްބާއީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ، ޒީޝާން ސިއްދީގު-
14 ފެބުރުއަރީ 2022 - 06:19
އިންޑިއާގެ ކަރްނަޓާކާގައި ބުރުގާ އަޅާ އަންހެން ކުދިންނާ ދެކޮޅަށް ހަރުކަށި ހިންދޫން ހިންގަމުންދާ ލާއިންސާނީ ކަންކަމާ ދެކޮޅަށް އެމީހުންނާ ކުރިމަތިލި އެންމެ ހިތްވަރުގަަދަ ޒުވާން އަންހެނާގެ ގޮތުގައި، މުސްކާން ހާންގެ ނަން ދުނިޔޭގެ އެކި ހިސާބުތަކުގައި އަންނަނީ ފާހަގަކުރަމުންނެވެ.
އުމުރުން 19 އަހަރުގެ މުސްކާން ކޮލެޖަށް ވަންނަން ދިޔައިރު އެތަނުގައި ފިރިހެނުންގެ ބޮޑު ގްރޫޕެއް އޭނާގެ ފަހަތުގައި ހަޅޭލަވަމުން ދިޔައިރު މުސްކާން ދެއްކީ ސާބިތުކަމެވެ. އެމީހުންނާ ކުރިމަތިލާއި، ﷲ އަކްބަރޭ ގޮވަމުން އޭނާ ދެއްކި ހިތްވަރު ފާހަގަކުރުމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ، ޒީޝާން ސިއްދީގު ވަނީ މުސްކާނަށް އައިފޯނެއް ހަދިޔާކުރައްވައިފަ އެވެ.
މުމްބާއީގެ ބާންޑްރާގައި ދިރިއުޅުއްވާ ޒީޝާން ވަނީ މުސްކާންއާ ބައްދަލުކުރެއްވުމަށް މިދިޔަ ހުކުރު ދުވަހު، ކަރްނަޓާގެ ސްޓޭޓެއް ކަމަށްވާ، މަންދުޔާގައި މުސްކާން އުޅޭ ގެއަށް ވަޑައިގެންފަ އެވެ. އަދި އޭނާ ދެއްކި ހިތްވަރަށް އައިފޯނަކާ އެކު ގަޑިއެއް ވެސް ހަދިޔާ ކުރެއްވި އެވެ.
Met the Sherni of Karnataka who stood firmly against those fascists who tried to stop her from her right to wear a hijab. After driving 100 km from Bangalore to Mandya i met the brave girl Muskan Khan & her family,gave her a token of appreciation & applauded her bravery!#Muskan pic.twitter.com/3SBJ5gaVwt
— Zeeshan Siddique (@zeeshan_iyc) February 10, 2022
މުސްކާން ދެއްކި ހިތްވަރުގެ ސަބަބުން މިކަންކަމާ ދެކޮޅަށް ތެދުވުމަށް އެހެން އަންހެނުންނަށް ވެސް ލިބުނީ ހިތްވަރެއް ކަމަށް ޒީޝާން ވިދާޅުވި އެވެ.
އިންޑިއާގެ މީޑިއާތަކަށް އޭނާ ބުނީ ހިޖާބަކީ އިންޑިއާގެ ގާނޫނު އަސާސީން ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި އެއީ އެމީހުންނަށް ލިބިގެންވާ ޗޮއިސްއަކަށް ވާއިރު، މައްސަލަ އަކީ ބުރުގާތޯ ނުވަތަ އަންހެނުން ކިޔެވުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
14 February 2022
ތިކުއްޖާގެ ހިތްވަރު ގަދަ. މިހާރު ކޮވިޑް ފެތުރިފައި ނެތްނަމަ މުސްލިމުންނާއި ސުލްހަވެރި ހިންދިން ނުކުމެ ތިކަމުގެ އަޑީގައިތިބި ޝައިޠާނުން މައިތިރިކުރާނެ. ހައްދުފަހަނައަޅާފައިވާ ޖަމާއަތުގެ މީހުން މުޒާހަރާއެއް އިންތިޒާމުކުރިއަސް ހިންދިންގެވެސް މަދުބަޔަކު ނޫނީ ނުނިކުންނާނެ. އިންޑިއާގެ އަސްލު ކުރީގެ ފިލްމެއްގެ ލަވައަކުންވެސް ހާމަވެއެވެ. ޗަލިޔާ މޭރާ ނާމް ޗަލްނާ މޭރާ ކާމް ހިންދޫ މުސްލިމް ސިކް އީސާއީ ސަބްކޯ މޭރާ ސަލާމް. ގިނަމީހުން މިކަން ގަބޫލުކުރޭ.