ކޮވިޑް-19 އަށް ޓެސްޓްކުރަން ސާމްޕަލް ނަގަނީ: އެ ބައްޔަށް މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ދަށްވެފައި --- ފޮޓޯ/މިހާރު
13 ފެބުރުއަރީ 2022 - 23:23
ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 187 އަށް ދަށްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި 1،030 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 187 މީހުން ކަމަށެވެ. އަދި އަތޮޅު ތެރެއިން 700 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކޮވިޑް-19 ގައި ރާއްޖެ އިން މިހާތަނަށް 159،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވިޔަސް، މި ވަގުތު އެ ބަލި ޖެހިފައި ތިބީ 15،910 މީހަކަށެވެ. އޭގެ ތެރެއިން ވެސް ހޮސްޕިޓަލްގައި ފަރުވާ ދެނީ 31 މީހަކަށެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިދިޔަ މަހު ކުއްލިއަކަށް އިތުރުވުމަށް ފަހު އަނެއްކާވެސް ދަނީ އެ އަދަދު ދަށްވަމުންނެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 289 މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވިދިޔަ
14 February 2022
ރައްޔެތުން ހޭ އަރައިފި. މި ވާނުވާ އެނގިއްޖެ. މީކީ އުޅޭވެސް ބައްޔެއް ނޫން. މީ ހަމަ ވިޔަފާރި. ޕިޔޮލީ ބިސްނަސް. މެޑިކަލް މާފިޔާ އިން މުޅިދުނިޔެ މީޑިޔާ މެދުވެރިކޮށް ކުރާ ބޮޑު ވިޔަފާރިއެއް. ވެކްސިނާ ޕީސީއާރު ޓެސްޓު މަޖުބޫރުކޮށް ރައްޔެތުން ފެލަނީ. މީ ގުލޯބަލް ބޮޑު ވައްކަމެއް. ޖެހޭ މީހާ އަށް ޖެހުނުކަން ނޭނގޭ ބައްޔަކާ ހުރެ މިވަރު ވާކައް ނުޖެހޭ. މިޔައްވުރެ މާ ނުރައްކާ ބަލިތައް ވެސް ދުނިޔެ ދެކެފި. މި ގޮތަކައް އިންސާނުން ނޫޅެ. ޓެސްޓު ކުރުން ހުއްޓާލާ ބަލި ވެސް ނިމުނީ މިކަން ނިމުނީ. މި ވާހަކަ އަންނަން އޮތް ޖީލުތަކުން ދައްކާނީ ރަންނަމާރި ވާހަކަ ކަހަލަ ބޮޑު ޖޯކެއްގެ ގޮތުގަ ކަން ޔަގީން. އިންސާނުން މިދަރަޖަ އަށް ގަމާރު ވުމަކީ ވަރަށް ހިތާމަ ހުރިކަމެއް. އާދައިގެ އަރިދަފުސް ރޯގާ އަށްވުރެވެސް ބަލި ވައިރަސް އެއްދެކެ ބިރުން މުޅި ދުނިޔެ ބަންދުކޮއްގެން ދެ އަހަރުވަންދެން އުޅުނު ވާހަކަ ފަހުގެ ޖީލުތަކުން ދެކޭނީ ވަރަށް ލަދުވެތި ކަމެއްގެ ގޮތުގައި.
ޕޮޒިޓީވިޓީރޭޓް
14 February 2022
ކީއްވެތޯ އޮޅެނީ ނޫނީ އޮޅުވާލަނީ. ކޭސްތަކުގެ އަދަދު ގިނަވެ ނުވަތަ ދައްވުން ބިނާވަނީ، ފެތުރެލެއް ގިނަވުމާ ޓެސްޓު ކުރާ ޢަދަދު ގިނަވުމުގެ މައްޗަށް. ކޭސްތައް ގިނަވިއްޔާ އޭގެތެރެއިން ހަސްފަތާލުގަ އެޑްމިޓްކުރަންޖެހޭ އަދަދުވެސް ކޮންމެވެސް ވަރަކަށް އިތުރުވާނެ. ކޮންޓްރޯލް ވާކަން ނުވަތަ ބަލިފެތުރޭ ވަރު ދަށަށް ދާކަން ދެނެގަތުމަށް ބަލަނީ ޕޮޒިޓީވިޓީ ރޭޓް (ސާމްޕަލް ޓެސްޓްކުރި ނިޞްބަތުން ޕޮޒިޓިވްވި ވަރު) މާލޭގެ ޙާލަތު ގޯސްވި އިރު %30 މަތީގަ، މިހާރު %13 ގަ
ތިކަން
14 February 2022
އެންމެންނަށް ޖެހި ހަމަވާންވެއްޖެއެއްނު މިހާރު ދެން. ތިޔަ ހިސާބުތަކަށް ނާރާ އެތައް ބަޔަކަށް ޖެހި ނިމިފަ ހުންނާނީ. ތަކުރާރުކޮށް ޖެހޭ މީހުންގެ އަދަދެއްވެސް އެނގެނީކީ ނޫން.
ސަރީފު
14 February 2022
ޕޮޒިޓިވްވި މީހުންގެ އަދަދު މިދިޔަ މަހު ކުއްލިއަކަށް މަތިވީ ޓެސްޓް ކުރިވަރު ގިނަވީމަ، މިހާރު ޓެސްޓް ކުރާވަރު މަދުވީމަ ޕޮޒިޓިވްވި ދައްވީ.
ށަވިޔަނި
14 February 2022
الحمد لله
އޮނަރަބްލް އަފީފު ދީދީ
14 February 2022
ކ.އަތޮޅު މާލެއިން 187 މީހުން އަދި މާލެ އަތޮޅުގެތެރެއިން (އަތޮޅުގައި ހިމެނޭ އެހެން ރަށްރަށުން) 700 މީހުން ޕޮޒިޓިވް ކަމަށް ބުނާއިރު ރާއްޖޭގެ އެހެން އެއްވެސް އަތޮޅެއްގެ އެއްވެސް ރަށަކުން މިއަދު މީހަކު ޕޮޒިޓިވް ނުވަނީތޯ. # ދިވެހި ބަހުގެ ރަދީފް އަދި އާންމުކޮށް ވާހަކަ ދައްކާ ލިޔެކިޔައި އުޅޭގޮތުން "އަތޮޅުތެރެ" ކިޔާ އުޅެނީ އެވާހަކަ ދައްކާ މީހަކު އެވަގުތަކު ހުންނަ އަތޮޅަށް ކަމުގައިވާތީ ލިއުމުގައި އަތޮޅު ތެރެކަމަށް ބުނެފައިވަނީ ކ.އަތޮޅު މާލެ ކަމަށް ދެކެން.
ރައްދު
14 February 2022
ކޮވިޑް ޖެހުނީމަ އެކަހެރިކުރުން، ބައެއް ވަޒީފާތަކުގަ އުޅޭ ފަރާތްތަށް އެންޓިޖެން ހެދުން ހުއްޓާކަށް ނުވޭބާ؟ ކޮވިޑް ގަ ވެސް ދިމާވަނީ ރޯގާ ޖެހިގެން ދިމާވާ ކަންތައްތައް. މިހާރު ޔޫއެސްގަ ކަރަންޓީން ކުރަނީ 5 ދުވަހު، 7 ދުވަސް މާގިނަ....
ކޮވިދު
14 February 2022
އަދިވެސް މިވާ އެތި ނޭނގެނީތަ ނޫސްވެރިންނަށް. ނޫނީ ހަމަ އެނގޭއިރުވެސް އެވާހަކަ ދައްކާލާނެ ހިތްވަރެއް ނެތީތަ. ގިނައިން ޓެސްޓު ކުރީމަ ގިނައިން ޕޮސިޓިވް ވާނެ. ޓެސްޓު ނުކުރާނަމަ ހަމައެކަކުވެސް ޕޮސިޓިވެއް ނުވާނެ. މީ ލާރި ހޯދަން ކުރާކަމެއް. މިހާރު މިކަން ހުއްޓަން ވެއްޖެ.
ލުލް
14 February 2022
މާލޭން ދަށްވީމަ ނިމުނީދޯ...ރޯގާޖެހުނަސް ކޮވިޑު ޓެސްޓު ނުކުރަންޔާ ދައްވާނެދޯ......ރައްރަށަށް ހެޔޮދޯ ކޮންމެގޮތެއްވިޔަސް..ބޯ ހަލާކު..
ބިލް ކުލިންޓަން
13 February 2022
މާލޭރައްޔިތުންނަކީ ބަސްއަހާބައެއްކަން މިކަމުން ދައްކައިދެނީ. އަދިވެސް ބޫސްޓަރުނުޖަހަންޏާ އަދަބުދޭނެތަ؟