"އިންޑިއާ އައުޓް" ނަމުގައި ހިންގާ ހަރަކާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރެއްވުން-- ފޮޓޯ: މަޖިލިސް
14 ފެބުރުއަރީ 2022 - 15:54
އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ދިވެހިންނަށް ލިބޭ އެހީތައް ހުއްޓިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެކަމަކު އެ ގައުމާއެކު އޮންނަ ގާތް ގުޅުމުން ލިބޭ އިތުރު އެހީތައް ނުލިބިދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެކަން ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގައުމީ ސަލާމަތާ ބެހޭ (241) ކޮމިޓީ އަށް ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގަ އެވެ.
ފައްޔާޒު ވިދާޅުވީ، "އިންޑިއާ އައުޓް" ކެމްޕެއިނަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ހިންގާ ސިޔާސީ ހަރަކާތެއް ކަމަށެވެ. އަދި މިއީ ރާއްޖެ-އިންޑިއާގެ ގުޅުން ހީނަރުކުރުމަށް ބަޔަކު ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވިގޮތުގައި، ކޮންމެ ސަރުކާރެއް އޮތަސް އިންޑިއާގެ ގުޅުން އިތުރަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ އަވަށްޓެރިންނާއެކު، މި އޮންނަ ގުޅުން ގޯސްވެއްޖެއްޔާ އިސްތިގްލާލަށް އަސަރު ކުރުމަކީ ގާތް ކަމެއް. އިންޑިއާ ކަނޑަކީ ދުނިޔޭގައި މުހިއްމު ތަނެއްގައި އޮތް ތަނެއް. އަބަދުވެސް ދުރުގައި އޮންނަ ގައުމުތަކުން ފާރަލާ ތަނެއް. މި ކަންތަކަށް އެ މީހުން ވަދެ މީގެން އިންޑިއާ ކަނޑުގެ މަސްލަހަތަށް ބުރުއެރުމަކީ ވަރަށް ގާތް ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިގްތިސޯދީ ގޮތުން ރާއްޖެ އާއި އިންޑިއާއާއެކު ވަރަށް ބޮޑު ގުޅުމެއް އެބައޮތް ކަމަށެވެ. އެ ގައުމުން އެކްސްޕޯޓް ނުކުރެވޭ އެތައް ސާމާނަކަށް ރާއްޖެ އަށް ހާއްސަ ކޯޓާ ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގެ ފުޑް ސެކިއުރިޓީގެ ބޮޑު ބައެއް ބަރޯސާވާ ސާމާނު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމުގައި އަދި ނެތް އެ ތަކެތި އުފެއްދުމުގެ ގާބިލުކަމެއް. އެބަ މަސައްކަތް ކުރަން އެކި ކަހަލަ ކަންކަން މަގުފަހި ކުރަން. އެކަމަކު ބޭނުންވާ ވަރަށް އެކަން ކުރަން ކިހާ ދުވަހެއް ވާނެއޭ ބުނަން ނޭނގޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ފަހަރަކު ވެސް ރާއްޖެ އަށް ތިން އަހަރަށް ބޭނުންވާ ސާމާނު ހުންނަނީ ގެެރެންޓީވެފައި ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ހިލައާއި ހިލަވެލި ފަދަ ސާމާނު ގެނައުމަށް އިންޑިއާ އިން ހާއްސަ ކޯޓާއެއް ވެސް ދީފައިވާކަން ފާހަގަކުރެއްވި އެވެ.
ފައްޔާޒު ވިދާޅުވިގޮތުގައި، އިންޑިއާ ނޫން އެހެން ގައުމުތަކުން ވެސް އެ ސާމާނު ގެނެވިދާނެ އެވެ. އެކަމަކު އެއީ ބޮޑެތި ހަރަދުތައް ހިނގާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
"މީގެން ކަމަކަށް ބުރު އަރާނެ ކަމެއް ކުރުމުގެ ކުރިން ވިސްނާލަން ޖެހޭ. ސިޔާސީ ބޭނުމެއްގައި ވަގުތީކޮށް ކަމެއް ކުރުމުގެ ބަދަލުގައި ވަރަށް ނުރައްކާ ކަމެއް. ސިޔާސީ ކަމެއް ވިޔަސް ވަކި ހިސާބަކުން މި ކަން އަތުން ދޫވެގެން މި ދަނީ،" ކަންބޮޑުވުން ހިއްސާ ކުރައްވަމުން ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރު ވެސް އެކަމުގެ ނުރަނގަޅު އަސަރު އެބަ ކުރެ އެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެއްވަ އެވެ.
"އިންޑިއާ އައުޓް" ނަމުގައި ހިންގާ ހަރަކާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/qM1ywv2Gbj
— People's Majlis (@mvpeoplesmajlis) February 14, 2022
"އިންޑިއާ އައުޓް" ކެމްޕެއިނަކީ ސަރުކާރު އިސްނަގައިގެން ކުރާ ކަމަކަށް ނުވާއިރު، އެ ގައުމުންދޭ އެހީތެރިކަން ހުއްޓިދާނެ ކަމަށް ގަބޫލުކުރައްވަންތޯ، ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން، މިއަދުގެ ބައްދަލުވުމުގައި ސުވާލު ކުރެއްވުމުން ފައްޔާޒު ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީތެރިކަން ނުހުއްޓުނު ނަމަވެސް ގާތް އެކުވެރި ގައުމަކަށް ވާތީ ލިބޭ އެހީތެރިކަން ނުލިބިދާނެ ކަމަށެވެ.
=ން ފައްޔާޒު ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީތެރިކަން ނުހުއްޓުނު ނަމަވެސް ގާތް އެކުވެރި ގައުމަކަށްވާތީ ލިބޭ އެހީތެރިކަން ނުލިބިދާނެ ކަމަށެވެ.
"ގުޅުމަށް އަސަރު ކުރާތީ އިތުރަށް ލިބޭ އެހީ ނުލިބިދާނެ. އެއީ ގުޅުމަށް އަސަރުކުރާ ކަމެއް ވަންޏާ އެ ގުޅުމުގެ ސަބަބުން ލިބޭ އެއްޗެހި ނުލިބިދާނެއޭ،" އިތުރަށް ތަފްސީލުކޮށްދެއްވާ ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕެއިނުން ހުޅުވައިލަނީ ބޭނުން ނެތް ނުރައްކަލަކަށް ކަމަށެވެ.
މިނިސްޓަރު ފައްޔާޒު، ކޮމިޓީއަށް ހާޒިރުކުރުމުގެ ކުރިން ފޮރިން މިނިސްޓްރީގެ އިސްވެރިން ވެސް އެ ކޮމިޓީގައި ބައިވެރިވެވަޑައިގަތެވެ. އެ ބޭފުޅުން ވެސް ވަނީ މި ކެމްޕެއިނާ މެދު އޮތް ކަންބޮޑުވުންތަކުގެ ވާހަކަ ދައްކަވައިފަ އެވެ.
އިންޑިއާއާ ދެކޮޅަށް އިދިކޮޅުން ހިންގާ ހަރަކާތް ފުޅާކުރީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖަލުން މިނިވަންވެ، އެގޮތަށް އެންގުމުންނެވެ. އޭގެ ފަހުން ރަށްރަށުގައި ވެސް "އިންޑިއާ އައުޓް" ހަރަކާތް ފުޅާކުރި އެވެ. އޭގެ ނަތީޖާއަކީ ބައެއް ރަށްރަށުގައި އިންޑިއާގެ ޓީޗަރުންނާ ފޮށޭ މައްސަލަތައް ބޮޑުވެ، އެ މީހުން ބިރުވެރިކަމެއްގައި ތިބެން ޖެހުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައުޓް
15 February 2022
އިންޑިއާ އައުޓް
ހިބަރު
15 February 2022
އެއީކީ އެހީ އެއް ނޫން...ރިޝްވަތު...އަމިއްލަ ގައުމުގަ ކިތައް ފަގީރުން...ބަނޑަށް ޖެހިފަ ކިތައް މީހުން...އެމީހުނަށް އެހީ ވިއްޔާ މާ ތާހިރުވާނެ ތޯއްޗެ؟
ނަނަނަ
15 February 2022
އިންޑއާ އައުޓުގެ ސަބަބަުން އެހީ ވާނީ ގިނަ...
ނަނަނަ
15 February 2022
ދިވެހިންނަކީ ނިކަމެތި ބައެއްގެ ގޮތުގަ ސިފަކޮށް މީހުންގެ ހިތަށް ބިރުވެރިކަން ވައްދަން ހާދަހާވާ ހީލަތްތެރި ވާހަކައޭ މިދައްކަނީ. މިރާއްޖެ ރައްޔިތުން އިންޑިއާ ނުލާ މިއޮތްހާ ދުވަހުވެސް އުޅުނީ.. އިންޑިއާއައުޓް ހަމަ. ކަލޭމެން ވެރިކަމުގަ ބައިތިއްބާކަށް އިންޑިއާއަށް މިގައުމު ދިނުމަކީ ކުރަން ޖެހޭ ކަމެއް ނޫން.
ވަހުތާން
15 February 2022
އަޅުވެތިކަމަށް ދާކަށް އެއްވެސް އެހީއެއް ބޭނުމެއް ނޫން! އެމީހުން ދިން ކޮންމެ އެހީއެއްގެ ނުބައްދަލު ފައިދާ ނަގާބައެއް! ނަގާފައިވާ ބައެއް! ނަގަމުންދާ ބައެއް؟
މަލަ
15 February 2022
ރައީސް އިބުރާހީމަކީ ނެގި މަޑުވެފަ ހުންނަ މީހެއް އެފަދަ މީހަކަށް ދެވަނަ ދައުރެއް ދީފި ނަމަ ގައުމު އިނދަޖެހުން ވަރަށް ބޮޑުވާނެ
ހަކަ
15 February 2022
ބަހަނާއެއްގައި މިގައުމުގައި ތިބި ސިފައިން ފައިބަން ބުނީމަ ނުފައިބާ ތިބޭނީ އެމީހުންގެ ވަރަށް ބޮޑު ބޭނުމެއް މިގައުމުގައި ތިބެން އޮވެގެން. ޔާމީން ސަރުކާރުގައި އެމީހުންނަށް ވިސާ އާކޮށްނުދީ ރީތިކޮށް ފައިބަން ބުނީމަ ނުފޭބި ބައެއްގެ ވާހަކަ ތިޔަ ދައްކަނީ. އެމީހުން ތިބީ މަޑުކޮށްގެން ދެން އަންނަ ދައުރަކަށް ޔާމީން ނުހޮވޭނެކަމުގެ ޔަގީންކަން އޮތީމަ. އެހާ ޔަގީންކަމެއް އޮތީ ކީއްވެބާ؟ މިހާރު ނުލިބޭނެކަމަށް ތިޔަ ބުނާ އެހީއަކީ ބައެއްގެ ޖީބަށް ނުވަންނަ އެހީބާ؟
އެންމެން ދަންނަކަންކަން
15 February 2022
ރާއްޖޭގެ އެއަރޕޯރޓްތައް ފުރަމެންދަމަށް އިންޑިާއަށް ހުޅުވާލާ ނާމާންކމުގެ މަގަށް ރާއްްޖެ ދަމާހަލާފަ މި ގެންދަނީ މިބަގަ އައިފަހުންނެވެ. އެހެންވީމަ އެކަން އެގޮތަށް ކުރުމާއި ދެކޮޅަށް ބަޔަކު އަޑުއުފުލާނަމަ ފައިކޭޓު ދުޅަވުން ހުއްޓިދާނެތީ ގަންނާ ކުރައްވާ ބިރު ދުނިޔެދެކެ ގަންނަ ލަދަށްވުރެ ބޮޑެެވެ. އެހެންނޫނަސް ފައްޔަކީ ހިހޫތަނުން ކައިލައިިގެން ފަސޭހަ ކަންމަތީ އުޅެމުންދާ މީހެކެވެ. މާބޮޑު ބުރަކަމެއް ނެތި މާބޮޑު ޚިދުމަތެއް ކުރުމެއް ނެތި ފައިކެޓު ދުޅަވަނީއެވެ
ދިވެހިއަ
15 February 2022
އެހީ އަކީ ފަހުން ދައްކަން ނުޖެހޭ އެއްޗެހި ކަމަށް ގަބޫލު ކުރެވެނީ.ލަންކާ އަށް ވީ ގޮތަށް ގައުމަށްވުރެ ބޮޑުކޮށް ދަރަނި ވުމަކީ ބުއްދިވެރި ކަމެއްނޫން.އިންޑިއާ އަށް ހުޅުމާލެއިން އައްޑޫއިން ލާމުން ބޮޑެތި ބިންތައް ދީފަ އުތުރު ތިލަފަޅު އެއްކޮށްދީގެން މިހާރުގެ ސަރުކާރު ނުގެނބި އޮވެވުމަށްވުރެ ދިވެހިންނަށް މުހިއްމުވާނީ ގައުމުގެ މިނިވަންކަން.ފަލަސްތީނަށް ޔަހޫދީން ހެދިހެން ހަަދަން ދީގެން ތިބެންވީތަ ހަމަ؟އިންޑިއާ އެއް ނޫން މައްސަލަ އަކީ.ގައްދާރުން މައްސަލައަކީ
ވަހީދު
15 February 2022
އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބެން ހަދާފައިވާ އެއްބަސްވުން ފޮރުވައިގެން އުޅެނީ އޭގައި ރަށްޔިތުން ގަބޫލު ނުކުރާނެ، ރާއްޖެއަށް ގެއްލުންވާނެ ޝަރުތު ތަކެއް ހުރީމަ. އެނޫން ދެން ކޮންކަމެއް