ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނަޝީދު: ރާއްޖޭގައި ހަރުކަށި ފިކުރުގެ ނުރައްކާ އެބައޮތް ކަމަށް ރައީސް މިއަދު ވެސް ވިދާޅުވި. -- ފޮޓޯ/ ރައީސް އޮފީސް
19 ފެބުރުއަރީ 2022 - 19:27
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ދިން ޓެރަރިސްޓް ހަމަލާ އަކީ "ހޭވެރިކަން ގެނުވި" ހާދިސާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނީ، އދ. އާއި ކޮމަންވެލްތުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ލޯޑް (ތޯރިގް) އަހްމަދު އޮފް ވިމްބްލްޑަން މިއަދު ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ.
އެ ބައްދަލުކުރެއްވުން އޮތީ، ޅ. އަތޮޅަށް ރައީސް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ފެލިވަރަށް ކުރެއްވި ޒިޔާރަތުގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. އާއި ކޮމަންވެލްތުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ލޯޑް (ތޯރިގް) އަހްމަދު އޮފް ވިމްބްލްޑަންއާ ސަލާމްކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމުގެ ބިރު އޮތްކަމަށް ވިދާޅުވި އެވެ. ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އަކީ އެ ބިރުގެ ތެރެއިން "ހޭވެރިކަން ގެނުވި" ހާދިސާއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ނަޝީދު އަވަހާރަކޮށްލަން މަޖީދީމަގުގައި ބޮމެއް ގޮއްވާލަން ރާވައި އެކަން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ނުރައްކާތެރި އެ ޓެރަރިސްޓް ހަމަލާގައި ތުހުމަތުވާ މީހުންނަށް ދައުވާ އުފުލިތާ މަސްތަކެއްވެފައިވާ އިރު، އެންމެ މީހަކު ފިޔަވައި އެހެން އެންމެންގެ މައްސަލަތައް އޮތީ އިބްތިދާއީ މަރުހަލާގަ އެވެ.
ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ދިން ހަމަލާއާ ގުޅިގެން ނުވަ މީހެއްގެ މައްޗަށް ދައުވާ އުފުލީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭގެ ތެރެއިން ހުކުމެއް އައީ ރިމޯޓް ކޮންޓްރޯލަކުން ބޮން ގޮއްވާލި އަދުހަމް އަހްމަދުގެ މައްޗަށް އެކަންޏެވެ.
ނަޝީދަށް ހަމަލާ ދޭން ގޮއްވާލި ސައިކަލް.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
ނަޝީދަށް ދިން ހަމަލައާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ 2019 ވަނަ އަހަރުން ފެށިގެން އެމަނިކުފާނަށް ފާރަލުމަށް ފަހު ރާވައި އެކި ފަހަރު މަތިން ބޮން ގޮއްވާލަން އުޅެ ނާކާމިޔާބު ވި ކަމަށެވެ. އެމަނިކުފާނަކީ ލޭ ހުއްދަވެފައިވާ މީހެއް ކަމަށް ކަނޑައަޅައި ހަރުކަށި ފިކުރުގެ ބަޔަކު ވަކި ސެލްއެއް އޮޕަރޭޓްކުރަމުން ދިޔަ ކަމަށާއި ހައްޔަރުކުރި އެންމެން ވެސް ނިސްބަތްވަނީ އެ ސެލް އަށް ކަމަށެވެ.
އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ނަޝީދު ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދެވި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އިގުތިސާދީ ހަރަކާތްތައް ފުޅާކުރުމާއި ރާއްޖެ އިން ބޭރުކުރާ ކަނޑުމަހަށް ނަގާ ޑިއުޓީ ކުޑަކުރުމާ ބެހޭގޮތުން ވެސް އެމަނިކުފާނު ލޯޑް ތޯރިގްއާ ވާހަކަފުޅު ދެއްކެވި އެވެ. ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވި އެވެ.
ކޮމަންވެލްތު އިތުރަށް ހަރުދަނާކުރުމުގެ އިތުރުން އެ ޖަމާއަތުގެ މެންބަރު ހުރިހާ ގައުމަކަށް ވެސް އޭގެ ލާބަ އާއި މަންފާ ލިބެނިވި ޖަމާއަތަކަށް ހެދުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ވެސް ދެބޭފުޅުން ވާހަކަދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމީ
20 February 2022
8 ދެބްރުއަރީގައު އެމްޑީޕީ މީހުން މުޅި ޤައުމުގައި ހުޅުޖެހި އިރު ހޭވެރިކަން ނެތީތަ
ހަސަނު
20 February 2022
މުޅިއަކުން އަދިވެސް ހޭވެރިކަން އައިއްސި ހެނެއް ހިއެއް ނުވޭ.. ޒުވާނުން ދީނީ ގޮތުން ހައްދުފަހަނަ އެޅުމުގެ މަހު ހިޔާރު ކުރަމުން ދާއިރު އެ ކަން ވާން ދިމާވާ ސަބަބުތައް ނައްތައެއް ނުލެވޭ.. ސަރުކާރު ސްކޫލުތަކުގެ ސިލަބަސް ވެސް ހުރީ ހައްދު ފަހަނަ އެޅުމާ ދިމާލަށް...
2222
20 February 2022
ހިތްވަރު ހުރިއްޔާ ނިކަން ތިބޭނުންވާ ގޮތެއް ސާފުކޮށް ބުނެލަދީބަލަ!!
ރަދީފްއޮފިޝިއަލް
20 February 2022
ކަލޭ އޮތީ ނިދާފަ ދޯ އޭގެކުރިން؟؟!!
މާލޭމީހެއް
20 February 2022
ހޭވެރިކަންވީއިރު ވެރިކަން ނިމެން ގާތްވަނީ, މާލޭ މީހުންނަށް, އެހެން ބަޔަކު ހިއްކާފައި އޮތް ބިމަކު ގޯދި ނުދީ މުއްސަނދިންނަށް ބިންތައް ވިއްކުމާ, އެހެން ބަޔަކު ފަށާފައިވާ މަޝްރޫއުތަކުގެ ނަންބަދަލުކޮށްގެން މިސަރުކާރުން ފެށިކަމެއްކަމުގައި ރައްޔިތުންނަށް ދެއްކުމާއި, އެހެން ބަޔަކު ފަށާފައިވާ އެއަރޕޯޓްތަކުގެ ރިބަން ކެނޑުން ފިޔަވައި މިވެރިކަމުގައި އަމިއްލައަށް ކުރެވުނު ބޮޑުކަމެއް އޮތްހެނެއް ނުވޭ. މާލޭމީހުންނަށް ހުޅުމާލޭގެ 2 1 ފޭސް އިން 4000 ގޯތިދެވެން އޮއްވައި 1000 ގޯތިގެ ވާހަކައެއް ބަލައެއްނުގަނެވޭ. ސަބަބަކީ ރިޔާސީ އިންތިޚާބުގެ ވަޢުދެއް މާލޭމީހުންނަށް ހުޅުމާލެއިން ގޯތިދިނުން. އެހެންވެ މާލޭމީހުން ވޯޓުދިނީ މިސަރުކާރަށް. އަދި އެއްވެސް ފަޅެއް ހިއްކައިގެން ގޯތިދޭވާހަކައެއް ނުބުނޭ ވައުދުވީއިރު. އެހެންވީމާ މާލޭމީހުންވެސް މިތިބީ 2023 އަށް ރަނގަޅަށް ހޭއަރައިގެން. އިންޝާ ﷲ
ޑޮކްޓާރ. ބަނާނާ
20 February 2022
މަނިކުފާނާއި މިގައުމުގެދެންތިބި ވެރިން ހޭނާރާ ތިބި އެތައް މައްސަލަ ތަކެއް ގައުމުގައި އެބަހުރި.1. ޑްރަގްގެ ވަބާ 2. ގޭންގްމާރާމާރީ 3.ގަވާއިދާއި ހިލާފް ބަންގާޅީން ގެ މައްސަލަ އަދި ސަރުކާރު ތެރޭ ހިމެނޭ ކަރަޕްސަން މައްސަލަތައް. މިކަންކަމަށް ހައްލު ހޯދަން ޙޭވެރިކަން އަންނަން މިހާރުވެސް މާލަސްވެއްޖެ ނޫންތޯ؟.
ރަދީފްއޮފިޝިއަލް
20 February 2022
އިންޑިޔާ މައްސަލައިގެ 24 ގަޑިއިރު އެލާޓްގަ. އޯއި ޑރ ޔޫ ކޮބާ؟؟ އާއްސެލެ ލެމަންއަށް.
ތީ އެއްކަލަ
21 February 2022
ނުރއްކާތެރި ވަބާއެއްގެ ވާހަކަ އެބުނީ. އެވާހަކަ ދައްކާއިރަށް، ހަމަ އެހާ ބިރުވެރި އެހެން ވަބާތަކުގެ ވާހަކަ ތިދައްކަނީ، އެވަބާ އަކީ ތިބޭފުޅާ މައްސަލައެއްކަމުގައި ގަބޫލު ނުކުރާ ވަބާއަކަށް ވީމާކަން ވަރަށް ސާފު.
ލަތީނީ
20 February 2022
ގ.ކެނެރީގޭ ނަޝީދުގެ (ހަސަން ކުރުސީ ނޫނީ އެލެކްސް އަހުމަދު)ބަސްމަގު، އުޅުން، އަދި އޭނާގެ އެކުވެރިން ލައްވާ ކުރުވާ ކަންކަން ގާނޫނުން ފިޔަވަޅު ނާޅާ ކަމަށް ވަނީ ނަމަ ގައުމުގައި ހަމަ ނުޖެހުން އުފެދި އޭގެ ދިލަކަން ނަޝީދު އަށް އަދި އެންމެ ނަށް ކުރާނެ! ނަޝީދު ވެސް އުޅެން ޖެހޭނީ ގާނޫނާއި ގަވައިދުގެ ތެރޭގެ! އަދި އިސްލާމްދީނުގެ އަސާސްތަކަށް ގޮންޖަހާ ވާހަކަ ނުދެއްކޭނެ!
ހިބިރިންބެއްޔާގެ ކުޑަސޮރު
19 February 2022
ނަޝީދަށް ނަސޭހަތްލައިދީބަލަ ހަށިފާރަވެރިންގެ ބަހާއިދޮޅަށް ސުޕާރީ/ކިއްލި ގަންނަން ވަލުދޮރާށިން ނުބަޗަށޭ.
އޮނަރަބްލް އަފީފު ދީދީ
19 February 2022
ދުނިޔޭގެ ޤައުމުތަކުގައި ހަމަނުޖެހުން އުފެދި ތިދެންނެވުފަދަ "ގޯސް މަގުތަކަށް" ރައްޔިތުން ނިކުމެފައިވަނީ އިޖްތިމާއީ އަދާލަތާއި އިންސާފުގެއްލި އަމިއްލަ ޤައުމުގައި އެޤައުމުގެ ރައްޔިތުން ބާކީވެ ބިކަވުމުންކަން އިގޭ އެތައް އެތައް ޙާދިސާތައް އެބަހުރި. # މިރާއްޖޭގެ ރައްޔިތުންގެމައްޗަށް ވެރިކަންކުރަމުންދާގޮތަށާއި ދައުލަތުގެ މުއްސަނދިކަމާއި ވަސީލަތް ނުވަތަ ވެލްތް ޑިސްޓްރިބިއުޓް ކުރާގޮތުން ރާއްޖޭގައި ހީނުކުރާފަދައެތައްކަމެއް އާލާވުމަކީ ދުރުކަމެއްނޫން އިގޭތޯ.
ޢޮފާ
20 February 2022
100/100