ޅ. ހިންނަވަރު--
20 ފެބުރުއަރީ 2022 - 17:37
ޑިޒައިން އެންޑް ބިލްޑް އުސޫލުން، ހަތް ރަށެއްގައި 720 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
މިމަހުގެ އެކި ދުވަސް މަތިން ފިނޭންސް މިނިސްޓްރީން އިއުލާންކުރީ، ހދ. ކުޅުދުއްފުށި، ޅ. ހިންނަވަރު، ށ. މިލަންދޫ، ނ. މަނަދޫ، ނ. ހޮޅުދޫ، ލ. ގަމު އަދި ގއ. ވިލިނގިލިގައި ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދާށެވެ.
އެ ރަށްތަކުގައި ހައުސިން ޔުނިޓް އެޅުމަށް ޝަައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް އެކަންޏެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ 500ރ. ގެ ނޮން ރިފަންޑަބަލް ފީއެއް ދައްކައިގެންނެވެ.
ހދ. ކުޅުދުއްފުށި - 400 (2.1 މިލިއަން ރުފިޔާ ބިޑް ސެކިއުރިޓީއަށް ހުށަހަޅަން ޖެހޭ)
ށ .މިލަންދޫ - 50 (254,000ރ. ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭ)
ނ. ހޮޅުދޫ - 30 (153,000ރ. ބިޑް ސެކިއުރިޓީ)
ނ. މަނަދޫ - 40 (204،000ރ. ބިޑް ސެކިއުރިޓީ)
ޅ. ހިންނަވަރު - 100 ( 500،000ރ ބިޑް ސެކިއުރިޓީއަށް ހުށަހަޅަން ޖެހޭ)
ލ. ގަމު - 100 (510,000ރ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭ)
ގއ. ވިލިނގިލި - 50 (254,000ރ. ބިޑް ސެކިއުރިޓީ)
މީގެ ތެރެއިން މިލަންދޫ އާއި ގަމާއި ހޮޅުދޫ އަދި ކުޅުދުފުއްޓާއި ވިލިނގިލީގައި މަޝްރޫއު ހިންގަން ބޭނުންވާ ފަރާތްތަކަށް އަންނަ މާޗު މަހުގެ 3 ވަނަ ދުވަހު ބީލަން ހުށަހެޅޭނެ އެވެ. އެ ދުވަހު ބީލަން ހުޅުވުން އޮންނާނީ ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގަ އެވެ.
ތޮއްޖެހުން ބޮޑު ޅ. ނައިފަރުގައި އިމާރާތްކުރި 100 ފްލެޓުގެ މަސައްކަތް ނިންމައި ސަރުކާރުން ވަނީ އެތަންތަން ކައުންސިލާ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢިބޫ
20 February 2022
މިހާރުވެސް ވެއްޖެ ބައެއް ރައްރަށުގަ ނަރުދަމާ އަޅަންވެސް ބައެއް މެންބަރުންގެ ގާތް ކުންފުނިތަކާ ހަވާލު ކޮއްފަ އެކުންފުނިތަށް ވީތަނެއްވެސް ނޭނގޭ މަސައްކަތެއް ނުހިގާ، އަންނައަހަރު އަނެއްކާ ތެޅިފޮޅެންފަށާނެ.
ޭއެމްޕީ ނަޑެއްލާ
20 February 2022
ދެން ކޮންމެވެސް އެމްޕީ އެއްގެ ކޮންމެވެސް ގާތް މީހަކައް ޕުރޮޖެކްޓުދީ!!! އޭރައް އެންމެ ތާހިރުވާނީ…
ޢަރުތަ
20 February 2022
މާލޭ މީހުނަށްވެސް ތި ފްލެޓް ތަކަށް ކުރިމަތި ލެވޭނެތަ.