ހުޅުމާލޭ ފޭސް އެކެއްގައި އަޅައި ފްލެޓްތަަކެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 ފެބުރުއަރީ 2022 - 12:15
ހުޅުމާލޭގެ ސެންޓްރަލް ޕާކް ކައިރީގައި ތަރައްގީ ކުރަމުން އަންނަ "ރީތިގަސް" ހައުސިން ޕްރޮޖެކްޓުގެ މަސައްކަތް މިހާރު ކުރަނީ ފަހަރަކު ޓަވަރެއްގެ މަސައްކަތް ނިންމާ ގޮތަށް ކަމަށާއި އެކަން ކުރަން ފައިސާ ހޯދާނީ ތަންތަން ވިއްކައިގެން ލިބޭ ފައިސާ އިން ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންދާ، ރީތިގަސް ހައުސިން ޕްރޮޖެކްޓްގައި ހިމެނެނީ އެއް ކޮޓަރި، ދެ ކޮޓަރި، ތިން ކޮޓަރި އަދި ހަތަރު ކޮޓަރީގެ 459 އެޕާޓްމަންޓެވެ. އެ ޕްރޮޖެކްޓްގެ ދަށުން 14 ބުރީގެ ތިން ޓަވަރު އަޅާނެ އެވެ. އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަޝްރޫއު ފެށިޔަސް ފައިސާގެ ދަތިކަމާ ހުރެ އެ ކުންފުނިން މަަޝްރޫއު މެދުކަނޑައިލީ އެވެ.
އެކަމަކު މަސައްކަތް ހުއްޓިފައި އޮންނަތާ ހަތަރު އަހަރު ފަހުން ކުންފުނިން މަސައްކަތް ފަށާފައި ވަނީ އެޗްޑީސީއާއެކު ހެދި ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުންނެވެ. ފަހަރަކު ޓަވަރެއްގެ މަސައްކަތް ނިންމައި އެ ޓަވަރު ވިއްކައިގެން ލިބޭ ފައިސާ އިން ބާކީ ހުރި ޓަވަރުތަކުގެ މަސައްކަތްކުރާ ގޮތަށް އެއްބަސްވެގެން މިހާރު މަސައްކަތް ކުރަމުން އަންނައިރު މިގޮތަށް ނިންމީ ފައިސާގެ ދަތިކަމެއް ނެތި އަލުން މަޝްރޫއު ނުހުއްޓި ކުރިއަށް ގެންދިއުމަށެވެ.
އެ ހުރިހާ ޓަވަރެއް ތިން އަހަރުން ނިންމާލެވޭނެ ކަމަށް މިދިޔަ އަހަރުގެ ޖޫން ހިސާބުގައި އެޗްޑީސީން ބުނެފައިވެ އެވެ.
އެޗްޑީސީން އޭރު ލަފާކުރި ގޮތުގައި ފުރަތަމަ ޓަވަރުގެ މަސައްކަތް އަންނަ އޮގަސްޓް މަހު ނިމޭނެ އެވެ. ދެވަނަ ޓަވަރު އަންނަ އަހަރުގެ ޖެނުއަރީ މަހު، ތިން ވަނަ ޓަވަރުގެ މަސަައްކަތް ޖެނުއަރީ 2024 ގައި ނިމޭނެ ކަމަށް އެ ކުންފުނިން ކުރިން ލަފާކޮށްފައި ވެ އެވެ.
ކުރިން މި މަޝްރޫއު ހިންގަން އަމީން ކޮންސްޓްރަކްޝަނަށް އެޗްޑީސީން ވަނީ 233 މިލިއަން ރުފިޔާ އެޑްވާންސް ފައިސާގެ ގޮތުގައި ދީފަ އެވެ. އެކަމަކު މި މަޝްރޫއު މެދުކަނޑާލީ އެކުންފުންޏަށް ލިބެން ޖެޖހޭ ފައިސާ ވެރިކަން ބަދަލުވުމަށް ފަހު ލިބިފައިނުވާތީ އެވެ. އެކަމަކު މަސައްކަތް މެދުކަނޑާލިއިރު ވެސް އޮތީ ފައިސާ ދެއްކި މިންވަރަށް ވުރެ އިތުރަށް މަޝްރޫއު ކުރިއަށް ގެންގޮސްފަ އެވެެ.
މި މަޝްރޫއު ހުއްޓިފައި ގިނަ އަހަރުތަކެއް ވަންދެން އޮތުމުގެ ސަބަބުން އެޗްޑީސީ އާއި އަމީން އަށް ވެސް މާލީ ގެއްލުންތަކެއް ލިބުނެވެ. ގެއްލުމުގެ ބަދަލު ކުންފުންޏަށް ދައްކާ ގޮތަށް ހަމަޖެހިފައި އޮތީ ވެސް އެ އެޕާޓްމަންޓްތައް ވިއްކައިގެން ލިބޭ ފައިސާ އިންނެވެ. އެކަމަކު ބަދަލުގެ ގޮތުގައި ދޭ ފައިސާގެ އަދަދު ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
23 February 2022
"ކުރިން މި މަޝްރޫއު ހިންގަން އަމީން ކޮންސްޓްރަކްޝަނަށް އެޗްޑީސީން ވަނީ 233 މިލިއަން ރުފިޔާ އެޑްވާންސް ފައިސާގެ ގޮތުގައި ދީފަ އެވެ". ކޮންސްޓްރަކްޝަން ކޮމްޕެނީތަކުން މީދޯކުރާކަމަކީ، ސަރުކާރު ކުންފުނިތަކުން ހިންގާ މަޝްރޫޢުތައް ނަގައިގެން ކޮންސްޓްރަކްޝަން ކޮމްޕެނީގެ ޚަރަދުގަ މަސައްކަތް ކުރުމުގެ ބަދަލުގަ ޕްރޮޖެކްޓް ހަވާލުކުރާ ކުންފުނިން މިލިއަނުން ފައިސާ ނަގައިގެން މަސައްކަތް ކުރަނީދޯ، ސަޅި.
ކިނބޫ
23 February 2022
އެއްބައި ކިޔާފަ ފޮޖު އަރިވައިގަތީނު! "މި މަޝްރޫއު މެދުކަނޑާލީ އެކުންފުންޏަށް ލިބެން ޖެހޭ ފައިސާ ވެރިކަން ބަދަލުވުމަށް ފަހު ލިބިފައިނުވާތީ އެވެ. އެކަމަކު މަސައްކަތް މެދުކަނޑާލިއިރު ވެސް އޮތީ ފައިސާ ދެއްކި މިންވަރަށް ވުރެ އިތުރަށް މަޝްރޫއު ކުރިއަށް ގެންގޮސްފަ އެވެެ." މިބައިވެސް ކިޔާލަބަލަ.
މޮޖި
23 February 2022
ތިޔާގޮތަށް ސިފައިންގެ ފުލެޓުން 8 އަހަރު ކުރިން އެޑްވާންސް އަށް ކޮންމެ މީހަކު އަތުން ލައްކައެއްހާރުފިޔާ ނެގި. ކޮބާ ފުލެޓް
ބޮޑުމީހާ
23 February 2022
ލާރި ދިނަސް ނޭޅޭނެ.
ދޮން ހަސަނު
23 February 2022
ގަންނަން ހަދަން ޖެހެނީ ކިހިނެތް. އަތް ޖެހޭވަރުވޭބާ؟
ޢަރުތަ
23 February 2022
އަތްޖެހޭނީ ފައިސާވެރިންގެ، ހުޅުމާލެ ބިންހިންކަންފެށި މަޤްސަދަކީ އެއީތާ، މިބުނީ ފައިސާވެރިންނަށް ފްލެޓާ ބޯހިޔާވެހިކަން އިތުރުކުރަންށޭ، މާލޭގެ ގެދޮރުނެތް ފަރާތްކަށް ބޯހިޔާވެހިކަން ފޯރުކޮށް ދިނުމުގެ މަޤްސަދަކު ނޫނޭ.
ަަައަހުމަދު
23 February 2022
ކަލޯގަޔާ 700 ފުލެޓް ގުރައުންޑު ލިބުނުހާ މީހުންނައް ލިބުނީ ދަނޑުގޮވާންކުރާނެ ބިމާއި ކާރުޕާކިންއާއި އަދި ވައިގޮޅިވެސް ބަންދުކޮއް އެޕާޓްމެންޓަކައް ހަދައި ތިރީ ސިޑިބުޑުގަވެސް އެމީހުންގެ މުދާ. މަތީތިބޭމީހުންނައް ލައްކަ އުދަގޫވިޔަސް މިކަން ބަލާނެ ބަޔަކު ނެއް. ފުލެޓްތައް ވަޝާ ޖަންކުޔާޑަކައް ވެއޖެ. ވަރެއްގެ އެޗްޑީސީއެއް މީ...
ދޮންބެއަލީ
23 February 2022
ވަރަށްމޮޅު ގޮތެއް ދެން ދުވަސް ކޮޅަކުން ސީލައިފް ވީހެއްވީމަ ބަދަލު ދިނުމާއި ސެޓެލްމަންޓް އެގްރިމެންޓްގައި 10 ވަރަކަށް އަހަރު ދިޔައީމަ ރައްޔިތުމީހާ ބިކަވާގޮތަށް . މިސަރުކާރުން މިފެންނަނީ އަބަދު އިންޑިޔާ ، ބަގްލަދޭސްގެ ބޭންކުތަކުން ލޯނު ލިބޭތޯ އާދޭސް ކުރާތީ ..ދުނިޔޭގެ ފައިސާވެރިން އަރަބި ކަރަޔާއި ޗައިނާ ، އެމެރިކާ ، ޔޫރަޕް ބައްރުގައި އުޅޭއިރު އެންޓިކުލޮކްވައިސް ކޮށް އަޅުގަނޑުމެން ވެރިން މަސައްކަތް މިކުރަނީ..
ޢަރުތަ
23 February 2022
ކޮން މިސަރުކާރެއް އެސަރުކާރެއް އަނެއް ސަރުކާރެއް ކިޔާކަށް، ހުރިހާ ސަރުކާރަކުންވެސް ކަންކުރަނީ ނިކަމެތި ރައްޔިތުމީހާގެ ދިޔަފެލޭގޮތަށް އަތްމަތި ތަނަވަސް ފައިސާވެރިންނަށް ހުރިހާ ފުރުސަތެއް ފަހިވާ ގޮތަށް.
ޙަބީބު.
23 February 2022
ޔާމީނު ހޮވަންވީ ނޫނީ އަސްލު ފުލެޓު ދޮންބެޔަކީ ޔާމިނު
ޢަރުތަ
23 February 2022
ޔާމީނު ހޮވީމަ ލަގްޒަރީ ފެންވަރުގެ ފްލެޓް އަޅާނެ، އެކަމަކު ތިޖޫރި..................
ތިޖޫރި
24 February 2022
ކޮންމެ ވެރިއެއް އަޔަސް ތި ޖޫރިޔަށް އަތް ބާނާނެ.
އައްސުލްޠާން ޗޭނު ސިންގް
23 February 2022
ޝުކުރިއްޔާ ރައީސް ޔާމީން. ތި ނޫނީ ނެތް އެކަން ވާނެ މީހަކު. ކެޔަސް، ނުކެޔަސް ކަންކަން ވަމުންދިޔަ. ފެނޭ. މިހާރު ނުކަމޯ އެކަމަކު ކަމެއް ނުވޭ. ކޭބަޔަކު ކައިފިއޭ، ކޭ ބަޔަކު ނޭގުނޭ
ޢަރުތަ
23 February 2022
ފްލެޓް ނޭޅެންޏާ ޤައުމުގަ އެއްވެސް ކަމެއް ނުވަނީ، އެހެންނުވާނީ ޤައުމުގަ ކުރަންވެފަ ނުކުރެވި އޮތް ހަމައެކަނި ކަމަކީ ފްލެޓް އެޅުންވިއްޔަ، ފްލެޓް އެޅެނިކޮށް ނިމުނީ ބޭސްފަރުވާގެ ރަނގަޅު ޚިދުމަތެއް ނުދެވުނަސް، ބޮޑު ބައްޔަކަށް ބޭސްފަރުވާ ނުކުރެވުނަސް ވަރިހަމަ.
ލެއްގޭ
23 February 2022
މިއޮތީ ކަންތަކާޖެހިފަ. ހުޅުމާލެފުރުނީމަ ދެންތިކަންތައްގަނޑު އަމާޒުވާނީ ރާއްޖޭގެ ބޮޑެތި ރަށްތަކާ! ހައްތަހާވެސް ފައިދާލިބެންޖެހެނީ ލައްގާ ހުރާހުރައަށް.
ޖިމް
23 February 2022
އަމީން ކޮންސްޓްރަކްޝަނުން ހެދި އަމީން އެވެނިއުގަ ބައިވަރު މައްސަލަ ހުރި. އެކަންކަމަށް އެޓެންޑް ނުވެ އަނެއްކާ އަނެއް އަނެއް ޓަވަރުތަކެއް. ނުސްވެރިން ގޮސް ބަލާބަލަ އަމީންގެ އެވެނިއުގަ ޓަވަރުތަކުގަ ކުޑަކުދިންނަށް ހަދާފަހުރި ޕާކުތަކުގެ ފެންވަރު.
ރަދީފްއޮފިޝިއަލް
23 February 2022
އަމީންގެ އަބްދުﷲ އެއީ އެވަގުތަކު އޮންނަ ސަރުކާރަކަށް ހުންނަ މީހެއް.@ޖިމް މިނޫހުން ކިޔާފަ އޮންނާނެ ތިލަފުށީގެ މަގުތައް ހަދަން 50 މިލިއަން ރުފިޔާ އަށް ހަވާލުކުރީމަ މަގުވެސް ނަހަދާ އޮތްކަމަށް.ފައިސާ ވެސް އެމީހުންނަށް.ކިހާ ސަޅި ދޯ.ހެހެހެހެހެ.ހިނގާ އަތް ޖަހާލަން.ވ.ވ.ެދުން
ޢަރުތަ
23 February 2022
އަދި އެވެސް މަސައްކަތް ކުރަން 233 މިލިއަން ރުފިޔާ އެޑްވާންސް ކޮށް ދީގެން، އެޗްޑީސީގެ ފައިސާ އަމީން ކޮންސްޓްރަކްޝަން މިމަސައްކަތް ކުރަނީ، ކިހާ ރީތި.