ހުޅުމާލެ 2: ލަގްޒަރީ ހައުސިން ޕްރޮޖެކްޓެއް ހިންގުމަށް ވަނީ ހުޅުވާލާފައި.-- ފޮޓޯ: އެޗްޑީސީ
19 ޑިސެމްބަރ 2025 - 14:15
ހުޅުމާލޭ 2 ގައި މިކްސްޑް ލަގްޒަރީ ރެޒިޑެންޝަލް ޕްރޮޖެކްޓެއް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުކޮށްފި އެވެ.
އެޗްޑީސީން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) މިމަހުގެ 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ފޭސް ދޭއްގެ 125،387 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސައިފަ އެވެ. އެތަނުގައި 47 މީޓަރު އުހަށް އިމާރާތް ކުރެވޭނެ އެވެ.
މިކްސްޑް ލަގްޒަރީ ރެޒިޑެންޝަލް ބިލްޑިން އަޅާނެ ސަރަހައްދު.
އެ މަޝްރޫއު ހަވާލުކުރުމުގައި އިސްކަންދޭނީ ޑިވެލޮޕްމަންޓް އެންޑް ސޭލް ރައިޓްސް މޮޑެލް އަށެެވެ. އެކަމަކު އެޗްޑީސީން ބުނި ގޮތުގައި އެ ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅޭނެ ކަމަށާއި އޭގައި ދެ ފަރާތަށް ވާނެ ފައިދާތައް ހިމަނަންވާނެ އެވެ.
އެކަމަށް އެކަކަށް ވުރެ ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، މަޝްރޫއު ހަވާލުކުރާނީ އެ ކުންފުނީގެ ވިޝަން އާއި މާސްޓަޕްލޭން، އެންމެ ފުރިހަމައަށް ހިމެނޭ އީއޯއައި އަކަށް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އީއޯއައިތައް އިވެލުއޭޓްކުރުމުގައި ބިޒްނަސް މޮޑެލް އާއި ތަޖުރިބާ އާއި ކޮންޓްރެކްޓަރުގެ ޓާމްތަކާއި އެބައެއްގެ މާލީ ގާބިލުކަމުގެ އިތުރުން ސީއެސްއާރު ފަދަ ކަންކަމަށް ބަލާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެބަޖެހޭ
19 December 2025
ހުޅުމާލޭގައި އެބަޖެހޭ ހުންނަން ދުނިޔޭގެ އެންމެ ބޮޑެތި ޑޭޓާ ސެންޓަރު ތައް އޯންކުރާ ކުންފުނި ތަކުގެ ޑޭޓާ ސެންޓަރު ތައް ވެސް އެގޮތުން އޮރަކުލް އަދި އައިބީއެމް އަދި އެމޭޒެން އަދި މައިކްރޮސޮފްޓް އަދި އެޕްލް އަދި މެޓަ ފަދަ ކުންފުނި ތަކަށް އަމާޒުކޮށްގެން އެބަޖެހޭ ހުޅުމާލޭން އެއިން ކޮންމެ ކުންފުންނަކަށް 2 ހެކްޓަރުގެ ބިން ޑޭޓާ ސެންޓަރު ހަދަން އެމެންނަށް 100 އަހަރަށް ބިން ވިއްކާލަން ބިމެއް 200 މިލިއަން ޑޮލަރަށް ރައީސް މީހާގެ ވިސްނުން އެބަޖެހޭ ފުޅާކުރަން
އިކުލީލް
19 December 2025
ތި ޕްލޮޓް މެޕްގައި ތިއޮތީ އެތަނުގައި އޮތް މަގާ އެކޮށް ފްލެޓް އަޅަންދޭ ކަމަށް ރަތްކުލައިން ކުލަޖައްސާފަ. މިއީ އޮޅުމެއްތޯ ނޫނީ މަގާ އެއްކޮށް ފްލެޓް އަޅަނީ ތޯ؟