ޚަބަރު / ހައި ކޯޓް

119 ކިލޯގެ ޑްރަގްގެ މައްސަލަ: ފޯނު ހުޅުވުމުގެ އަމުރު ނުދިނީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމައިފި

މަސްތުވާއެއްޗެހިތަކެއް ނައްތާލަނީ: 119 ކިލޯ ޑްރަގް މައްސަލާގައި ތުހުމަތުވާ މީހުންގެ ފޯނު ހުޅުވުމުގެ އަމުރު ނުދިނީ ގޯސްކޮށް ކަމަށް ހައި ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުވާ ތިން މީހެއްގެ ފޯން ހުޅުވުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެނުދިނީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަން ފާސްކޮށް، އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައި ގައި ތުހުމަތު ކުރެވޭ ގދ. ހޯނޑެއްދޫ އަލޯރާ، އަހުމަދު މުޖާހިދާއި އެރަށު ގުލޭނޫރަންމާގޭ، އަލީ ޒުބައިރާއި އެ ރަށު އިރުމަތީގޭ، އަހުމަދު ސުނައިނުގެ ފޯނާއި ލޮކް ކޯޑާއި ޕާސްވޯޑް ހޯދުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުނަސް، އެ އަމުރު ދޭން އެ ކޯޓުން ދެކޮޅު ހެދީ އެފަދަ އަމުރުތައް ނެރުމާ ބެހޭގޮތުން އެ ކޯޓުން ކުރިން ނިންމާފައި ހުރި ނިންމުންތަކަށް ރިއާޔަތްކޮށް ކަމަށް ބުނެ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން، ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމުގައި، އެ ކޯޓުގެ ކުރީގެ ނިންމުންތަކުގައި ބުނާ ކަންކަން އެ މައްސަލައިގައި ފުރިހަމަނުވާ ކަމަށް ބުނެފައި ވިޔަސް، ފުރިހަމަ ނުވަނީ ކޮން ކަމެއް ކަން އެ ނިންމުމުން އެނގެން ނެތް ކަމަށެވެ. އަދި އަމުރެއް ނުދޭން ނިންމާ ނަމަ، އެ ކަމުގެ ސަބަބު ބުނެދޭން ޖެހޭއިރު، ކްރިމިނަލް ކޯޓުން އެގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އެ އަމުރުތަކާ މެދު ގޮތެއް ނިންމުމުގެ ކުރިން އަޑުއެހުމެއް ބާއްވައިދޭން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނަސް، އެކަން ކޮށްދީފައެއް ނުވެ އެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި ފާހަގަކުރި އެވެ.

އެކަމާ ގުޅޭގޮތުން ހުކުމުގައި ވަނީ އަޑުއެހުމެއް ބޭއްވުމެއް ނެތި އެފަދަ އަމުރުތައް ކޯޓުތަކުން ނެރެމުން އައިސްފައިވާއިރު، އެފަދަ ކަންކަމުގައި އަޑުއެހުންތައް ބާއްވަން ލާޒިމްކުރާ ގާނޫނީ އުސޫލެއް މި ވަގުތު ނެތުމުން އެކަމުގައި ގާނޫނީ ގޯހެއް ނެތް ކަމަށެވެ. ނަމަވެސް ދައުލަތުން އެދެފި ނަމަ، އަދި އެއީ ގަބޫލުކުރާ ސަބަބެއް ނަމަ އެފަދަ ކަންކަމުގައި އަޑުއެހުމެއް ބޭއްވުމަކީ އެންމެ އެދެވޭ ގޮތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހައި ކޯޓު ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިއްތިފާގުން ނިންމެވީ ކްރިމިނަލް ކޯޓުން އަމުރު ނެރެނުދޭން ނިންމި ނިންމުން ބާތިލް ކުރުމަށެވެ. އެކަމަކު ފޯން ހުޅުވުމުގެ އަމުރެއް ހައި ކޯޓުން ވެސް ނެރެ ނުދިނެވެ. ސަބަބެއްގެ ގޮތުގައި ހައި ކޯޓުން ދެއްކީ ކްރިމިނަލް ކޯޓުން ހެކި ވަޒަންކޮށް، އެކަމާ މެދު ގޮތެއް ނިންމާފައި ނެތީސް، މި މަރުހަލާގައި އެކަމާ މެދު ގޮތެއް ނިންމެން ނެތުމުންނެވެ.

އެކަމަކު ފަނޑިޔާރު މަޒީދުގެ ރައުޔުގައި، ފޯން ހުޅުވުމުގެ އަމުރުތައް ނެރުމުގައި ބަލަންޖެހޭ ކަންކަމާއި ފުރިހަމަވާން ޖެހޭ ކަންކަން ފާހަގަކޮށް، ބޭރު ގައުމުތަކުގެ ކޯޓުތަކުން ނިންމާފައި ހުރި ނިންމުންތަކުން މިސާލު ގެނެސްފައިވެ އެވެ. އޭނާގެ ރައުޔުގައިވަނީ ފޯނެއް ހުޅުވަން އެންގުމުގައި ހެކި ވަޒަން ކުރަން ޖެހޭނީ މަދަނީ މިންގަނޑުންނެވެ.

14 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝަހުސް

24 February 2022

ބޯޓު ދުވަނީ ޑީލަރުންގެ ފަހަތުންނެއް ނޫން. ދުވަނީ ޑީލަރުންނަށް ދޯކާދޭ މީހުންގެ ފަހަތުން. އިހަށްދުވަހުވެސް އަލިފުލައިލާ ވާހަކަހެން، ޑީލަރުންނަށް މީހަކު ފޭކެއް ޖެއްސީމަ އޭތި މައްސަލައަކަށް މިވީ. ހަގީގަތުގަ އޭނައަށް ދޭންޖެހޭ 3 ލައްކަ ރުފިޔާ ނުދީ އޭނައަށް އެތައް ފޭކެއް ޖައްސާތަ 6 މަސް ވެއްޖެކަމަށް ވަނީ. ޑިސެމްބަރު ނިމުމުގެ ކުރިން ދޭނަމޭ ކިޔާފަ، 1 ލައްކަ ދީފަ އަނެއްކާ ގޭމެއް ޖައްސާފަ އަނބުރާ އޭތި ހޯދަން އުޅުނީމަ އޭނަ އެންމެފަހުން ޑީލަރަށް ލަނޑު ދިނީ.

The name is already taken The name is available. Register?

ބަރު

24 February 2022

މިފަދަ ހުކުން ކަނޑައަޅާ މީހުންނަށް އެމީހުންނަށްދޭ މުސާރަޔާއި އިނާޔަތްތަކާ އެއްވަރުގެއަދަބެއް ދޭންޖެހޭނެ.

The name is already taken The name is available. Register?

ބިގް ޖޯކް

23 February 2022

މަދު އަދަދެއް ނޫން 119 ކިލޯ. ހެކި ހޯދުމަށް ހުރަސް އެޅުނީ ކޯޓުން އަމަލު ކުރިގޮތުން. 119 ކިލޯގެ ފައިދާ ހޯދާ ސޭޓުންގެ ފޯނުގެ ކަރާމާތަށް ވުރެ މުޖުތަމައުގެ ދެން ތިބި މީހުންގެ ހައްގައް ވެސް ވިސްނާ ނުލަނީތޯ؟ އެއްފަޅި އަށް ވިސްނާގެން ކޯޓުން އަމަލު ކޮށްފައި ތިއޮތީ؟ ދެން އޮތީ މަޖިލީސް ސްޕަމެޖޯރިޓީ ދިނީމާވެސް ހަދާ ގާނޫން ތަކުގައި އުންސުރާއި ފަންސުރާ ލޯވަޅު ހުރެގެން މުޖުރިމުން ދޫ ވަނީ.

The name is already taken The name is available. Register?

ދެންމަހީހީޙީ

23 February 2022

ދެންފެންނާނީ ސުޕްރީމްކޯޓުން ހުކުމެއް އިއްވާތަންބާ؟ ބުއްދިބުނަނީ ތިފޯނު ހުޅުވޭނެގޮތެއް ނުވާނެއޭ! ފޯނު ހުޅުވަން އަމުރުދީފިނަމަ، ތިފޯނަށް ކޮފީއެޅިދާނެޔޭ!

The name is already taken The name is available. Register?

ޢެޑްމުންޑޯ

23 February 2022

ޑްރަގު މައްސސލައެއްނު ހުރިހާ އެއްޗެއް ގޯސްވާނެ

The name is already taken The name is available. Register?

ކޮރަލް

23 February 2022

ގާނޫނާ ހިލާފައް ކްރިމިނަލް ކޯޓުން ކަމެއް ކޮށްފިނަމަ އެބަޔަކުގެ މައްސަލަ ބަލަން ޖެހެ އެވެ. ނޫސްވެރިން މައްސަލަ ބަލައިފި ތޯ ބަލާލަ ބަލާށެވެ.

The name is already taken The name is available. Register?

ގޮސް

23 February 2022

ފަނޑިޔާރުގެ ފޮޓޯ ޖެހިނަމަ

The name is already taken The name is available. Register?

1828

23 February 2022

މިއީ ފުލުހުން އަދި މާ މޮޅަށް ކުރާކަމެއް. ހެކި ހޯދަނީ މިގޮތަށްތަ؟ މިއީ 21ވަނަ ގަރުނުގައި ކަންކަން ކުރަންވާނެ ގޮތެއް ނޫން. ހެކި ހޯދަންވާނީ ފުލުހުން އަމިއްލައަށް. ކުށުގެ ތުހުމަތު ކުރެވޭ މީހާ ލައްވައެއް ނޫން ހެކި ހޯދަންވާނީ. މިއީ ނާތަހުޒީބީ އަމަލެއ

The name is already taken The name is available. Register?

ބަބޫ

23 February 2022

ދެން އެގާޒީން އެޔާ ގުޅުހުރިތޯ ބަލާ. ޔަގީން ގުޅުމެއްވާނެކަން

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

23 February 2022

.މިހާރު ޑްރަގް ވަބާ މިގައުމުގައި މިހާއަވަހަށް ފެތުރެމުން ދާ އެއްސަބަބު މިއޮތީ ފެންނަން. މިހާރު އިގޭ ހަމައެކަނި ފުލުހުންގެ މައްސަލައެއް ނޫންކަން މިކަންކަން ނުބެލެނީ.. ހިތާމައިގެ ކޮޅެއްނެތް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454