އުމުރުން 107 އަހަރުގައި ނިއާވި ހައްވާ އަލީ.
27 ފެބުރުއަރީ 2022 - 19:13
ރާއްޖޭގައި ތިބި އުމުރުން އެންމެ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ އެކަކު 107 އަހަރުގައި މިއަދު ނިޔާވެއްޖެ އެވެ.
ގއ. ދެއްވަދޫ، ހައްވާ އަލީ ނިޔާވީ އޭނާގެ އާއިލާ އެކު މާލޭގައި ދިރިއުޅޭ ގޭގައި ކަމަށް ވެ އެވެ. މާލެ ބަދަލުވީ ބަލި ހާލަތު ހުރި ގޮތުން ފަރުވާއަށް މީގެ ހަތަރު އަހަރު ކުރިން ކަމަށް ވެސް މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.
ފެންނަން ހުރި މައުލޫމާތަށް ބަލާއިރު ބެލެވޭ ގޮތުގައި ހައްވާ އަލީ އަކީ ރާއްޖޭގައި ދެ ވަނަ އަށް އެންމެ ދުވަސްވީ މީހާ އެވެ. އެންމެ ދުވަސްވީ މީހަކަށް ހުރީ 108 އަހަރުގެ މީހެކެވެ.
ހައްވާ އަލީ އުފަންވީ ޑިސެމްބަރު 6، 1914 ގަ އެވެ.
އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހުގައި މާލެ އާސަހަރާ މިސްކިތުގަ އެވެ.
ރާއްޖޭގައި ތިބި އުމުރުން އެންމެ ދުވަސްވީ މީހުންގެ ތެރެއިން އެކަކު މިދިޔަ މަހު ވެސް ނިޔާވި އެވެ. އެއީ ފުވައްމުލަކަށް ނިސްބަތްވާ އަލީ ސުލައިމާނެވެ. އޭނާ ނިޔާވި އިރު އުމުރަކީ 106 އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
28 February 2022
ކޮބާ މި ސިސްޓާ ނިޔާވީމަ ދުއާއެއް ކޮށްފަ ކޮމެންޓެއް ކުރާނެ މީހަކުވެސް ނެތް ދޯ؟؟!! އިއްޔެވެސް ބުޅަލެއް މަރުވެގެން ހީވީ މޮޔަވެގެން އުޅުނު ގރ ތަކެއްހެން.
އަބްޑޫޅް
28 February 2022
އެންމެ ފުރަތަމް ކޮމެންޓު ކުރި މީހާ، ތިޔަ ކިފާޔަތުގެ ފަރުލު އެ އޮތީ އަދާކޮށްފަ.
ރަދީފްއޮފިޝިއަލް
28 February 2022
މައްޔިތާއަށް ހެޔޮ ރަހްމަތް ލައްވާށި.އާމީން
އަބްޑޫޅް
28 February 2022
ރާއްޖޭގައި އެންމެންގެ އުފަން ރަޖިސްޓަރީ ކުރަން ފެށުނީ 1960 ގަ. އޭގެ ކުރިން ވަކިވަކި ކަންކަމަށް ބޭނުންވީމަ، އުފަންދުވަހުގެ ތާރީހު ލަފާކޮށްލާފަ ޖަހަނީ. ބައެއް ގޭގޭގަ، ގޭ މީހުންގެ އުފަންދުވަހުގެ ތާރީހު އަމިއްލަގޮތުން ވަރަށް ރަގަޅަށް، ބެލެހެއްޓި. 1960 އަހަރު ތަކުގެ ކުރީކޮޅު، 20 އަހަރުގެ މީހުން ގުރޭޑު 3 ގަ އުޅުނު، 9 އަހަރުގެ ކުދިން ކަމުގަ. ވީމާ 1914 ވަނަ އަހަރު ރާއްޖެތެރެއަށް އުފަންވި މީހެއްގެ އުފަން ތާރީހަކީ ނޭގުމުގެ ތެރޭ ހިމެނޭ އެއްޗެއް.
ށަވިޔަނި
27 February 2022
اللهم اغفرلها وارحمها واسكنها في الجنة آمين