ސްޓެލްކޯގެ ކުރީގެ އެމްޑީ މުޣުނީ: އޭނާ އައްޔަންކުރެއްވީ އެންވަޔަރަމެންޓުގެ ސްޓޭޓް މިނިސްޓަރަކަށް. -- ފޮޓޯ/މިހާރު
02 މާޗް 2022 - 14:00
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ވަކިކުރި ހަސަން މުޣުނީ، އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކޮށްފި އެވެ.
އޭނާ ސްޓެލްކޯގެ މަސައްކަތްތަކުން އިއްޔެ ދުރަށް ވަޑައިގަތުމަށް ފަހު، އެ ކުންފުންޏަށް ބަދަލުތަކެއް ގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރެއްވި އެވެ.
އޭނާގެ ބަދަލުގައި ސްޓެލްކޯ ހިންގަން ހަވާލުކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހްމަދު ޝަރީފުއާ އެވެ.
Thank you HEP @ibusolih & Hon Gasim for giving me the opportunity to serve STELCO. It was a privilege for me to lead this company become the best in the country. Many thanks to everyone who helped me to eradicate corruption & develop future leaders. I wish all the best to STELCO.
— Hassan Mughnee (@HMughnee) March 1, 2022
މުޣުނީ މި ބަދަލުކުރެއްވީ ކުރިން ހުންނެވި މަގާމަށް ވުރެ ދަށް މަގާމަކަށެވެ. ބޮޑެތި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރެއްގެ މުސާރަ ލައްކައަކާ ގާތްކުރެ އެވެ.
އެކަމަކު ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އަދި ސްޓޭޓް މިނިސްޓަރަކަށް މަހަކު 15،000ރ. ގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެ އެވެ.
މުޣުނީއާއެކު، އެންވަޔަރްމެންޓް މިނިސްޓްރީގައި މިހާރު ހަ ސްޓޭޓް މިނިސްޓަރުން ތިއްބަވާނެ އެވެ.
ސްޓެލްކޯގެ އިތުރުން ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ޕީސީބީ އަށް ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ވެމްކޯގެ ހިންގުން ވެސް އެހެން ބޭފުޅަކާ ހަވާލުކުރައްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
03 March 2022
ރަގަޅު މުގުނީ ބަދަލުކުރިކަން، ސްޓެލްކޯގައި ކަރަންޓް ރަގަޅަށް ފޯރުކޮށްދޭންވީމަ ވެހިކަލް ޑިޒައިންކުރަންފެށީ، ނަސީބެއް އެޕަލް ކަހަލަ ކުންފުންޏެއްގެ ސީއީއޯއަށް ނެތްކަން، އެހެންނޫނަމަ ތެލި، އުދުޅި ބަދިގެ ސާމާނު އެތަނުންވިއްކަން ފަށައިފިއްޔާ!!
އަނީލް
03 March 2022
މުގުނީ ކޮށްދިނީ ކޮންކަމެއް؟ ކޮށްދިންހާވެސް ކަމަކީ ކަރަންޓްބިލަށް އަރާ ވަރު 3 ގުނަ ބޮޑުކޮށްދިނުން.
އައިފާ އެވޯޑު
03 March 2022
މިނިސްޓަރ ޝައުނާ އަށް ވަރަށް ގިނަ އެވޯޑު ހޯދައި ދެއްވާނެ ދެއްތޯ
މުންޖިޗޭ
03 March 2022
ޙައިރާނެއްނުވޭ، ނަތީޖާ ނެރާ ޤާބިލު މީހަކަށް މާގިނަދުވަހަކު އެފަދަ މަޤާމެއްގައި ދެމިއެއް ނުހުރެވޭނެ، ކުރީގެ އެޓޯލްސް މިނިސްޓްރީގައި އޮންކަހަލަ ޚާއްޞަ އެހީތެރިޔާގެ މަޤާމުގެ ގޮތުގައި މިހާރު އޮންނަ ސްޓޭޓް މިނިސްޓަރުކަމާއި، އެނޫންވެސް އެފަދަ މަޤާމަކަށް މީހާ ބަދަލުކޮށް، އެމީހަކަށް ޢާންމުންގެ ސަމާލުކަން ގެއްލުވައިލާ، ހުރިހާ ކްރެޑިޓެއް ވެރިމީހާއަށް ނުލިބޭހެން ހީވާއިރަށް މިހެންހަދާ، މިއީ ޒަމާންވީ ސަގާފަތެއް، ބަދަލުނުވެ ދިގުދެމިގެންދާ ކަމެއް!
އަލުވި
02 March 2022
ހުރިހާ ސަރުކާރެއްގަވެސް އެއްބަޔަކު އޮޅައޮޅާފަ ކިޔަވާނެ ކަމެއް ނެތް. މަގަށް ނުކުމެ ގޮވާ އޭރުން މި ގައުމުގަ ކާމިޔާބު ވާނެ
އެކްސިް
02 March 2022
ހާދަ ބޮޑު ޕޭ ކަޓެކޭ ދޯ. ސިޔާސީ މަގާމު ތަކަށް ދިޔައިމަ ވާނީ ތިހެން.
މުބޫޓޯ
02 March 2022
މުގުނީ ކަރަންޓުން ފެންހަދަން އުޅެނިކޮށް ކިހިނެއްތިހެދީ. ދެން އެބޭފުޅާ އީޖާދުކުރަމުންދިއަ އާވެހިކަލްތަކާ ހެވީ ޑިއުޓީ މެޝިނަރީތަކާ އެއްޗެއްސަށްވާނީ ކިހިނެއްތޯ؟ ދެންމެ މީހަކުދިއަ ފެންސީ، ފިއުޗަރިސްޓިކް ލުކިން ކާރެއްގަ އެކަމަކު ފުރާޅެއްނެތް؟ އެއީ އަނެއްކާ އޭގެ އެއްޗެއްބާ!!
ކާގޯ
02 March 2022
މުޣުނީ އަކީ ޤާބިލް ތަޢުލީމީ ޒުވާނެއް. އޭނާގެ ހަރުދަނާ ލީޑަރޝިޕް ގާތުން އަޅުގަނޑު ދުށިން. ހުރިހާ ވެސް ކާމިޔާބީއަކަށް އެދެން
ބޮޑުމީހާ
02 March 2022
ޝަރީފަކީ އެމްޑީޕީ މީހެއް ނޫން، ޖޭޕީ މީހެއް ނޫން، އަދާލަތު އެމްއެމްއާރު މީހެއް ނޫން. މިވީހާތަނަށް ޕީޕީއެއމްގަ ހުރެފަ، އިލެކްޝަނަށް ވަދެ ޕީޕީއެމްއިން ބުނާގޮތުން އެ ޕާޓީއަށް ދޯކާދިން މީހެއް، މިވަރުގެ މީހަކަށް މިސަރުކާރުން ވަޒީފާއެއް ދޭންޖެހެނީ ހާދަ ބަލަދެއް އެރީމާތާތޯ!!!
ސަސ
02 March 2022
އަޅެ މުޣުނީ ރޭވި ޖަނެރޭޓަރތައް ވިއްކޭނެ ގޮތެއް ހަދަންވާނެ އެއްނު.