މިއަދުގެ އިންތިހާބުގައި އަނދުން ހުސައިން ވޯޓު ދެއްވަނީ: އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ދެވަނަ ޑެޕިއުޓީ އަކަށް އޭނާ އިންތިހާބުކުރީ 38 ވޯޓުން.---ފޮޓޯ: އެމްޑީޕީ
07 މާޗް 2022 - 17:14
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ދެވަނަ ޑެޕިއުޓީ ލީޑަރު ހޮވުމަށް މިއަދު ބޭއްވި އިންތިހާބު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކާމިޔާބު ކުރައްވައިފި އެވެ.
މި އިންތިހާބުގައި ޕާލަމެންޓްރީ ގުރޫޕުގެ 65 މެމްބަރުންގެ ތެރެއިން 63 މެމްބަރަކު ވޯޓު ދެއްވިއިރު އަނދުން ހުސައިން ކާމިޔާބު ކުރެއްވީ 38 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ހޯއްދެވުނީ 25 ވޯޓެވެ.
އަނދުން ހުސައިނަކީ އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ފެކްޝަންގެ ކޯޅުމުގައި އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގައި ހުންނެވި މެމްބަރެކެވެ.
އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ދެވަނަ ޑެޕިއުޓީ ލީޑަރަކު ހޮވުމުގެ އިންތިހާބު މިއަދު ބޭއްވީ މިދިޔަ މަހުގެ 18 ގައި އޮތް އިންތިހާބުގައި އަނދުން ހުސައިނާއި އިލްޔާސަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމުންނެވެ. އެ ފަހަރުގެ އިންތިހާބުގައި އެ އިން ކޮންމެ ބޭފުޅަކަށް 34 ވޯޓު ލިބުނެވެ.
ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގައި ދެ ބޭފުޅަކު ތިއްބަވާއިރު، މިދިޔަ މަހުގެ 18 ގައި އޮތް އިންތިހާބުގައި އެ މަގާމަށް ދެން ހޮވީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އޭނާއަކީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ އިސް މެމްބަރެކެވެ.
Parliament Group ge Deputy Leader hovumah nagaa vote lun kuriah dhanee pic.twitter.com/6K1JuwSANK
— MDP Secretariat (@MDPSecretariat) March 7, 2022
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މި ފަހަރުގެ އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. އެ ގުރޫޕްގެ ލީޑަރުގެ މަގާމު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް 40 ވޯޓުން ހޯއްދެވީ މިހާތަނަށް އެ މަގާމުގައި ހުންނެވި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބަލިކުރައްވައިފަ އެވެ. އާޒިމަށް ހޯއްދެވުނީ 25 ވޯޓެވެ.
އަސްލަަމަކީ ކުރިން ނަޝީދަަށް ވަރަށް ވަފާތެރި އަދި ގާތް ބޭފުޅަަކަސް ތަފާތު ސަބަބުތަކާ ހެދި އޭނާ ވަނީ ނަޝީދާ ފެއަށް ޖެހި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅި ނަންގަވައިފަ އެވެ.
މިދިޔަ މަހު 18 ގައި ބޭއްވި އެ އިންތިހާބުގައި ޕީޖީ ގްރޫޕްގެ އަމީން އާންމުގެ މަގާމަށް ހޮވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ އެވެ. އަމީން އާންމުގެ ނައިބަކަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އިންތިހާބުކުރުިއިރު، ޗީފް ވިޕަކަށް ނެގީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އެވެ.
ޕީޖީ ގުރޫޕްގައި ހަ ވިޕުން ތިއްބަވަން ޖެހޭއިރު، އެ މަގާމަށް ކުރިމަތިލެއްވީ ފަސް ބޭފުޅުން ވެސް ވަނީ އެ މަގާމަށް އިންތިހާބު ކޮށްފަ އެވެ.
އެއީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި މުހައްމަދު ރާޝިދު އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
08 March 2022
އިރާދަ ކުރެއްވިއްޔާ އެމް ޑީ ޕީ ނަސީދުގެ ކިބައިން ސަލާމަތުގެ އައްސޭރިއަކަށް ވާސިލް ވާނެ، އަދި ޗެއާރ އަކަށް ފައްޔާޒް ހޮވޭނެ، އެއަށްފަހު ޕާޓީގެ ބޯވާތަކުން ޕާޓީ ސަލާމަތްކޮތް އެހެން ބަޔަކަށް ތިޔަޕާޓީގެ ކަންކަން ގެންދަން ފުރުސަތު ލިބޭނެ،
ޙގޖގ
08 March 2022
8 މެންބަރުން ހިލާލަނިކޮށް މުގޫ ލިބިދާނެ. މި ވަގުތު މުހިއްމު ކަމެއް ނޫން. ފައިސާ ފަހަތުގައި އެނބުރޭ ބައެއް. ދެން އަންނަ ވޯޓަކުން ޕާޓީ ތެރެއިން ބާކީ ވާނެ އެ މެންބަރުން
ޙަބީބު
08 March 2022
އަނދުންއަޅުވާނެ ތިބޭބަލަން
ޖާބެ
08 March 2022
ލާރި..ލާރި..ލާރި.. ޔެސް ސޯ ، މިސްލޯގަންއޮތީ މިހާރު މިމީހުންއަތުގަ.. ރޫހާނީ ލީޑަރު ހިތްތަކުގެ ރައީސް އޯޤާތެރިރައީސް އިންނާނެ ހިނިފުޑުވަން މިހާރު މިކުރެވުން ކޮށްކަންތާކާމެދު
ކޮރަލް
07 March 2022
އެމްޑީޕީގެ އެތެރޭގެ ހުރިހާ ވޯޓް އަކުން ވެސް ސާބިތު ވެގެން މިދަނީ އަންނި އަށް ތާއީދު ނެތްކަމެވެ. އެމްޑީޕީ އުފެދުނީެއްސުރެ ޕާޓީގެ ރައީސް ކަމުގަ އެހެން މީހަކަށް ފުރުސަތު ނުދީ އެހުރީ އަންނި އެވެ. ޕާޓީ ކުރިއަރުވަން ބޭނުންނަމަ އެމްޑީޕީގެ ރައީސް ކަމުން އަންނި އިސްތިއުފާދީފަ އެހެން މީހަކަށް ފުރުސަތު ދޭން ވީ އެވެ.
އެޑްމުންޑޯ
07 March 2022
އަންނި ގެ ތަރި އޮއްސެނީހެން ހީވަނީ
ްނިރާޝާ
07 March 2022
މީނާގެ ކަންތަކުން އެމްޑީޕީ އެބަ ޖެހޭ ސަލާމަތް ކުރަން
120687
07 March 2022
ސޯލިހު ކުޅިފަސް ހޯދައިފި
ބޮޑުމީހާ
07 March 2022
އެމްޑީޕީއަކީ ދައްކާ ވާހަކައާއި އަމަލާ ދިމާ ނުވާ ޕާޓީއެއް
ހަސީނާ
07 March 2022
އިލްޔާސް ލަބީބޫ ކޮބާ ހީވޭ ކަމެއްހެން އަދިވެސް މަޖިލީހުގައި ގޫއަގަތަޅާ،،، ހަރުކަށިވެފަ އޮންނާނީ މިހާރު