ކެބިނެޓްގެ މިއަދު ބައްދަލުވުން: ހަނގުރާމައިގެ ސަބަބުން ރާއްޖެެއަށް ކުރާނެ އަސަރުތަކާ ބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައި --- ފޮޓޯ/ރައީސް އޮފީސް
08 މާޗް 2022 - 20:30
ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ފުރަތަމަ ފަހަރަށް މަޝްވަރާކޮށްފި އެވެ.
ރަޝިއާ ސިފައިން ޔޫކްރެއިންއަށް އެރުމުން ދެ ގައުމުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ރެކޯޑް އަދަދަކަށް ތެލުގެ އަގު އުފުލި އަދި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ރަޝިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ވަނީ ހުއްޓާލައިފަ އެވެ. ރާއްޖޭގައި ވެސް ތެލުގެ އަގު މިހާރު ވަނީ ބޮޑުވެފަ އެވެ.
ރައީސް އޮފީހުން ބުނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ގޮތުން ރާއްޖެއަށް ކުރާނެ އަސަރުތަކާ ބެހޭގޮތުން މަޝްވަރާކުރި ކަމަށެވެ. އަދި ޔޫކްރެއިންގެ މައްސަލާގައި ބައިނަލްއަގްވާމީ ގޮތުން ރާއްޖެއިން ގެންގުޅޭ ސިޔާސަތާ ބެހޭގޮތުން ވެސް މަޝްވަރާކުރި އެވެ.
ޔޫކްރެއިން ހަނގުރާމަ ހުއްޓާލަން ގޮވާލައި، އދ. ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރުގައި ރާއްޖެއިން ވޯޓު ދިނީ ރަޝިއާއާ ދެކޮޅަށެވެ. އެ ހަނގުރާމަ ހުއްޓާލަން ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ކުރި މަޝްވަރާތަކުގައި ވެސް މިހާތަނަށް ކުރިއެރުމެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލީނާ
08 March 2022
ލޮލް! ގާސިމް އަންހެނުން، ނަޝީދުގެ ބޯއިސް އަދި ގާރލްސް އަދި މައުމޫނުގެ ކުދީންކޮޅު، އަދި އިބޫގެ ބޯއިސް ކޮންކަމަކާތޯ ތިޔަ އުޅެނީ؟ ދުނިޔެ އެނބުރެ މުންމިދަަ ގޮތް ސާފުތޯ؟
ތަލަބޯ ސާހި
08 March 2022
ޢެމެރި ކާ ބުނާހާގޮތެއް ހަދަންޏާވާނީ ތިހެން އެތްވެސް ކޮޅަ ކަށް ނުޖެހި ތިބިނަމަ ރާއްޖެޔަށް ރަސިޔާފަތުރުވެރިންވެސް އަންނާނެ ނުބެހޭ ކަން ކަމުގެ ތެރެޔަށް ވަދެގަތުމުގެ ނަތީޖާ ތިފެންނަނީ
ބަކުންބޭ
08 March 2022
ސައިޒް އޮޅިގެން އުޅެންޏާ ހުރިހާ ވެސް ދެރައެއް ރާއްޖެއަށް، ދިވެހިންގެ ނަމުގައި ޑިސިޝަން ނަގަން ވެރިކަމާ ހަވާލުވުމުން ޒިންމާދާރު ގޮތެއްގައި ޑިސިޝަން ނެގުމަކީ ދިވެހިން ބޭނުންވާގޮތް.
ހަކުރޭ
08 March 2022
ދެންތިބޭ ހުޅަންގަށް ބަރޯސާވެ އެމީހުން ބޭނުންވާގޮތަށް ހަދައިގެން އަނގަޔާ އަތާ ދިމާނުވެފައި، ރަސިޔާ ފަތުރުވެރިން ނައީމާ ނުކައި ހެ ހެ ރާއްޖެއަށް އެންމެ މަސްލަހަތު ހުރި ގޮތަކީ އެއްވެސް އެއްޗެކޭނުކިޔާ މަޑުން ތިބުމެވެ. ހައްގަށް ބަސްބުނާނަމަ ބުނަން ޖެހޭނީ މުސްލިމު ގައުމުތަކަށްހެދި ގޮތުގެ ވާހަކައެވެ.
ސީޒަން ޖެކުހަން
08 March 2022
ހަނގުރާމައިގާ ވާނުވާ އެނގޭމީހަކު ކެބިނެޓުގާ އުޅޭތަ؟
ޖުހާބެ
08 March 2022
ހަައްހައްހައްހައްހާ
ހުސައިންބޭ
08 March 2022
މަޝްވަރާކޮށްފަ ފުރަތަމަވެސް ވޯޓު ދެއްވިނަމަ ރަނގަޅެވެ. ރާއްޖެއަށް އެންމެރަނގަޅު ގޮތަކީ ވަކިއަތަކަށް ނުޖެހުމެވެ. ވަކިއަތަކަށްޖެހިގެން ރާއްޖެއިން ކުރެވޭނެ އެއްވެސް ކަމެއްނެތްއިރު، ފުރަތަމަވެސް ރަޝިޔާއާ ދެކޮޅަށް ވޯޓުދިނުމަކީ ބޮޑުގޯހެކެވެ.
ނަށީދު
08 March 2022
ރާއްޖެ ކެބިނެޓްގަ ތިކަމާ މަޝްވަރާ ކުރުމުން ރަޝިޔާ ބިރުން ޔުކްރައިން އިން ފައިބައިފި.
ޢިދްރީސް
08 March 2022
ހައްހައްހާ
120687
08 March 2022
ވޯޓު ދީފައި ވަކި ކޮޅަކަށް ފާޅުގައި ތާއިދުކޮށްފައި، ދެން ކީކޭ ކިޔާކަށް؟ ބައިނަލްއަގްވާމީ މައިދާނުގައި މި ފަދަ ކަމަކަށް ގައުމުތަކުން ބަސް ބުނަނީ ލާމެހިފައިވާ ދުނިޔަވީ ހަގީގަތްތަކަށް ނަޒަރުދީ ބަލައި ވިސްނައި ހޯދުމަށް، ގައުމުގެ އަމިއްލަ މަސްލަހަތު އިސްކޮށްގެން. ގޭ ދޮށު މީހާ ބުނި ޔޯލަ ބަހަކަށް ނޫން މި މައިދާނުގައި، ބުއްދިވެރިން ވޯޓު ދީ އުޅެނިއްޔަކީ. ރަޝިޔާ އަދި ޔޫކްރެއިން އަކީ ވެސް އިގްތިސާދީ މުހިންމު ބައިވެރިޔަކަށް ވާއިރުގައި އަމުދުން.
120687
09 March 2022
އަރަބިން ވިޔަސް ނުވާ ވަރަކުން ނުވާނެ ނުންތޯ. ދުނިޔެ އަށް ބޭނުންވާ 40 އިންސައްތަ ތެޔޮ އުފައްދަނީ ރަޝިޔާއިން.
ޑަގުޑާ
08 March 2022
ތެލުގެ އަގު ބޮޑު ވިޔަސް އަރަބި ގައުމުތަކުން ރާއްޖެއަށް ބޮޑެއް ނުކުރާނެހެން ހީވަނީ. މިފުރުސަތުގަވެސް ރައްޔިތުން ފެލަން. ކޮވިޑު ނިމުމުން އަނެއްކާ އަނެއް ކޮރަޕްޝަން
ޙަމް67
08 March 2022
ނިކަން ފަޅުރަށެއް އެއޮއްކޮއް ތެޔޮ ރައްކާ ކުރެވޭ ގޮތެއް ހަދައި ތެޔޮ ގަނެފަ ރައްކާ ކޮއްފަ ބަހައްޓަބަލަ ރިޒާވްގަ. ރަށިޔާއިންވެސް ވިއްކާނެ. ކަމެއް ބޯމަތި ނުވަނީސް އަހައް ކާޑުގެ ބާވަތްތައްވެސް ރައްކާ ކުރޭ. ޔޫކްރޭން އަކީ ދުނިޔޭގަ ގޮދަން ފުށާ ސަންފްލާވަރ ތެޔޮ ސަޕްލައިކުރާ އެންމެ މުހިންމު ގައުމު.