ކަސްޓަމްސުން އަތުލައިގަތް މަސްތުވާތަކެތި: އެ ތަކެތީގެ އަގު 13 މިލިއަން ރުފިޔާއަށް އަރާ --- ފޮޓޯ/ކަސްޓަމްސް
11 މާޗް 2022 - 18:51
ކޮރިއާ އަކުން ރާއްޖެ އެތެރެކުރި 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފި އެވެ.
ކަސްޓަމްސުން ބުނީ މިމަހު ރާއްޖެ ގެނައި ދެ ޕާރުސަލެއްގެ ތެރެއިން 3.3 ކިލޯގެ މަސްތުވާތަކެތި ފެނިފައިިވާ ކަމަށެވެ. އެއީ ބައި ކިލޯއަށް ވުރެ އެމްޑީއެމްއޭ އާއި ބައި ކިލޯގެ މެފެޑްރޯންގެ އިތުރުން ދެވަނަ ޕާރުސަލުން ފެނުނު 2.2 ކިލޯގެ ކޮކެއިންނެވެ.
ކަސްޓަމްސުން ބުނިގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު 12.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ކަސްޓަމްސުން ނުބުނެ އެވެ.
އެ މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާއިރު، މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ޚާއްސަ ސްޕެެޝަލް ޓެކްޓިކަލް ޓީމެއް އުފައްދައި، މާލެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ކަސްޓަމްސުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހެ
13 March 2022
ތީތި އެޑްރެސް ކޮށްފަ އޮންނާނެ ދޯ ކޮންމެސް މީހަކަށް
މުހައްމަދު،
12 March 2022
ރާއްޖެ އެތެރެކުރާ ފިލްމު އެތެރެކުރިޒަމާނުގަ ސެންސަރުކުރަން ސިފައިން އަތުލާ ފިލްމު ސެންސަރުކޮށްގެން ވެރިފަރާތަށް ނުލިބެނީސް އޭގެ ސެންސަރުނުކުރާ ކޮޕީ ފިލްމު ކުއްޔަށްދޭ ތަންތަނުން ކުއްޔަށްލިބޭ.
ޕޯސްޓް ފްރޮމް އިންޑިޔާ
12 March 2022
އިންޑިޔާއިން ފޮނުވާ ޕާރސަލް؟
ޖަމަލު
12 March 2022
ދެން ކޯޓާ ފުލުހުން ތިބެ ކުޅޭ ކުޅިވަރުގައި ތިތަކެތިއަކީ އަމިއްލަ ޒާތުގައި ހިނގާފައި އައި ތަކެއްޗަށް ވެދެއެވެ
ގަނޫލެއް ނުކުރެވޭ!
12 March 2022
ފަންސުރު ތުނޑު ފެނޭބާ؟
ނިންމި
11 March 2022
ވަގުތުން ނައްތާނުލެވެންޔާ ތި ތަކެތި ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ނުދާނެއެކޭ ނުބުނެވޭނެ.