އުނގޫފާރުގައި ހުންނަ ރ. ރީޖަނަލް ހޮސްޕިޓަލް. އެ ހޮސްޕިޓަލަށް ސްޕެޝަލިސްޓުން ތަމްރީނުކުރަން ވަނީ ހުޅުވާލާފައި.
12 މާޗް 2022 - 12:42
ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރަން ސަރުކާރުގެ ފުލީ ފަންޑެޑް ސްކޮލަޝިޕެއް ތައާރަފްކޮށް، އެ ސްކީމަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރުގެ އިދާރާތަކުގެ ތިން އަހަރުގެ ޓްރެއިނިން ނީޑްސް އަށް ބެލުމަށް ފަހު ހުޅުވާލި ސްކޮލަޝިޕްގެ 15 ފުރުސަތަށް އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.
ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރަން ނިންމާފައިވަނީ ހުޅުމާލެ ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި ތިނަދޫ ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި މ. މުލީ ރީޖަނަލް ރީޖަނަލް ހޮސްޕިޓަލެވެ.
މިނިސްޓްރީން ބުނީ އެ ހޮސްޕިޓަލްތަކުން ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 14 ދާއިރާއަކުން ތަމްރީނުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އޭގެ ތެރޭޭގައި އެނަސްތީސިއޮލޮޖީ، އިންޓާނަލް މެޑިސިން، އޮތޯޕީޑިކްސް އެންޑް ޓްރޮމާ ސާޖަރީ، މެޑިކަލް އޮންކޮލޮޖީ، ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ، ޕީޑިއަޓްރިކް ނިއުރޮލޮޖީ، އޮފްތަމޮލޮޖީ، ޑާމަޓޮލޮޖީ، ނިއޯނޭޓޮލޮޖީ، ޕަލްމިނޮލޮޖީ، ނެފްރޮލޮޖީ، އެންޑްރޮކްރިނޮލޮޖީ އެންޑް ޑައިބެޓިކްސް އަދި ގައިނޮކޮލޮޖީ އެވެ.
އެ ސްކީމުން 15 ޑޮކްޓަރުން ތަމްރީނުކޮށް އެ ހޮސްޕިޓަލްތަކަށް ބޮންޑުކުރާނެ އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަން ދެނީ މީހުން ބިނާކުރުމަށް ކަމަށާއި ލާމަރުކަޒީ އުސޫލު ކާމިޔާބުކުރެވޭނީ ރަށްތަށުގައި ހިދުމަތް ދޭނެ ފަންނީ ތައުލީމީ ދިވެހިން އުފައްދައިގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްޑޫކޮއްޔާ
12 March 2022
އެމާރޖެންސީ މެޑިސިންއެއް ނެތް
އެމްސް
12 March 2022
15 ޑޮކްޓަރުން ވީމަ އެވާނީ ވޯރލްޑް ރިކޯރަޑަކަށް ބާ؟ މީހުން އުޅޭ 200 ރަށަށް ބަހާލީމަ ކޮންމެ 14 ރަށަކަށް ހަމަ ގައިމުވެސް ޑޮކްޓަރެއް ވަރު ޖެހޭނެ! ދެން އެކި ހިސާބު އެކި ދާއިރާއަށް ސްޕެޝަލައިޒްވާނީ!
ކަކުނިބޯ
13 March 2022
ޢެވަރުސަކަރާތްތަ އެ14 ރަށުގެއާބާދީވެސް 28000 އިން މަތިނުވާނެ އެވަރެޖް
އޮނަރަބްލް އަފީފު ދީދީ
12 March 2022
ކ.އަތޮޅުމާލޭ އަވަށެއްކަމަށްބަލާ ހުޅުމާލެ ހޮސްޕިޓަލާއިއެކު ރާއްޖޭގެ 7 ހޮސްޕިޓަލަކަށް 15 ޖާގަ ދީފައިވާއިރު ޔަގީން ތިތަނުން 9 ޖާގަ މާލޭގެ ހޮސްޕިޓަލަށް ކަޑައަޅާފަ ބާކީ ކޮންމެ ހޮސްޕިޓަލަކަށްލިބޭނީ 1 ޖާގަކަން. # މީގެތެރެއަށް ހުޅުމާލެ ހޮސްޕިޓަލް ލާފައިވަނީވެސް މިދެންނެވިބޭނުމަށް. އެހެންނޫންނަމަ އާސަންދި ލިބޭ އެންމެ ޒަމާނީ ސްޓޭޓް އޮފް އާރޓްސް މޮޑާރން އިކްއިޕްޑް ޕްރައިވެޓް ހޮސްޕިޓަލް ތަކާއި ސަރުކާރު 4 ހޮސްޕިޓަލް ހުރި މާލެ ތީގެތެރޭގައި ހިމަނާކަށް ނުޖެހޭނެ.