ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގައުމާ މުޚާތަބް ކުރައްވަނީ. --ފޮޓޯ:ރައީސް އޮފީސް

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިތާ ދެ އަހަރު ފަހުން ކޮވިޑްގެ ހާލަތު ރަނގަޅުވަމުންދާތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިރޭ އުވާލައިފި އެވެ.

އެކަން އިއުލާން ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވައި މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުގަ އެވެ.

ރާއްޖެ އަށް ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި ސިއްހީ ނުރައްކަލުގެ ހާލަތު އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއުލާން ކުރެއްވީ މާޗް 12، 2020 ގަ އެވެ.

ސިއްހީ ނުރައްކަލުގެ ހާލަތު އުވާލިކަން އިއުލާން ކުރައްވަމުން ރައީސް މިރޭ ވިދާޅުވީ، ކޮވިޑްގެ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުން ނުކުރާ އެންމެ އާއިލާއެއް ވެސް ރާއްޖޭގައި ނެތް ކަމަށެވެ. އެ ބަލީގެ ސީދާ އުނދަގޫ ތަހައްމަލުކުރާ އެތައް ބަޔަކު މިހާރު ވެސް ދިވެހިންގެ ތެރޭގައި އެބަތިބި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ބަލީގައި ރާއްޖެ އިން މިހާތަނަށް 297 މީހުން މި ދުނިޔެ ދޫކޮށްފި،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ރާއްޖޭގައި ވަރަށް ކުރީކޮޅު އެޅި ކަމަށާއި އޭގެ ނަތީޖާއަކީ އެ ބަލި ކޮންޓްރޯލް ކުރެވޭ ގައުމުތަކުގެ އެންމެ އިސް ސަފުގައި ރާއްޖެ ހިމެނި، އިޖުތިމާއީ އަދި އިގްތިސާދީ ހަރަކާތްތައް އަވަހަށް ފެށުމަށް މަގުފަހިވުން ކަަމަށެވެ.

"ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ކޮވިޑްގެ ވަބާގެ ހާލަތަށް އިޖާބަ ދިނުމަށް ރާއްޖެ އިން ވެސް މިހާރު އަމާޒު ހިފާފައި ވަނީ ބަލީގެ ނުރައްކާ ބޮޑު މީހުން ރައްކާތެރިކުރުމަށާއި އެނދުމަތި ކުރަންޖެހޭ މީހުންނާއި މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް. އަދި ކޮވިޑް-19 އާ ގުޅިގެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ މިންވަރަށް ބަލީގެ ހާލަތު ބަލަހައްޓަމުން ގެންދިއުމަށް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، ރާއްޖޭގައި ފެތުރެނީ ކޮވިޑް ޖައްސާ ކޮން ބާވަތެއްގެ ވައިރަހެއް ދެނެގަތުމަށް ގަވައިދުން ޖެނެޓިކް ސީކުއެންސް ޓެސްޓް ހަދާނެ ނިޒާމެއް މިހާރު ވަނީ ގާއިމުކޮށްފަ އެވެ.

ރައީސް ވިދާޅުވީ، ގިނަ ގައުމުތަކުން އަދިވެސް ބަލަނީ ކޮވިޑަކީ ވަބާއެއްގެ ގޮތުގައި ކަމަށާއި އެހެންވެ، ބަލީގެ އާ ވައިރަހެއް އުފެދިއްޖެ ނަމަ އެ ކަމަށް ރިއާޔަތްކޮށް ފިޔަވަޅު އަޅަން ތައްޔާރަށް ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އެގޮތުން ކުރިމަގުގައި ކޮވިޑް-19 އަށް އިޖާބަ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ނޭޝަނަލް ސްޓްރެޓެޖީ އާއި އެކްޝަން ޕްލޭނެއް މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

16 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 0%
icon angry icon angry 19%
icon wow icon wow 4%
icon inlove icon inlove 38%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

202323

13 March 2022

ފެށުނީ 200 ވެންޓިލޭޓަރާއެކު.. ނިމުނީ 200 ވެންޓިލޭޓަރާއެކު.. ވ ވެދުން…

The name is already taken The name is available. Register?

އުދުހޭ

13 March 2022

ވެންޓިލޭޓަރު ގަންނަން ދިން ފައިސާކޮޅު އަދިވެސް ނުލިބޭދޯ؟ އެކަމާ އަޅައެއް ނުލަމު ދޯ؟

The name is already taken The name is available. Register?

ކޮވިދު

13 March 2022

މިޔޮއް ހުރިހާ ދުވަހަކު މިހޭވުނީ މޮޔަކަމަށް އިއުތިރާފު ވެވުނީ

The name is already taken The name is available. Register?

ހމމމ

13 March 2022

ވެސްޓުން ދެން ހަނގުރާމައަށް ފޯކަސް ކުރަން ކޮވިޑް ރިކްސްޓްރިކްޝަން ނަގަން އެންގީ ދޯ؟

The name is already taken The name is available. Register?

ހަޖަމު

13 March 2022

އެހެންވީމާ މިރޭ "މަޑިސީލަ" ޕްރޮގްރާމް އަންނާނެދޯ؟

The name is already taken The name is available. Register?

ޢިބޫ

13 March 2022

ދެން ވެންޓިލޭޓަރ މައްސަލަވެސް ނިމުނީތޯ؟

The name is already taken The name is available. Register?

ހިބިރިންބެއްޔާގެ ކުޑަސޮރު

13 March 2022

މަހީކުރީ މިމީހުން މިގޮތުގާ 2023ގެ ވޯޓާޖެހެންދެން ހިފާއްޓާލާނެކަމަށް. އަބަދަކު ކަސްތޮޅުއަޅުވައިގެން ނުގެންގުޅެވޭނެތާ!

The name is already taken The name is available. Register?

ޙިތޯބު

13 March 2022

ދެން މިނޫން އެއްޗެކޭ ނުކިޔާތަ؟

The name is already taken The name is available. Register?

2022

13 March 2022

ދެން ނުޖެހޭނެދޯ ވެކްސިންޖަހާކަށް މާސްކްއަޅާކަށް

The name is already taken The name is available. Register?

1828

13 March 2022

2023ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަކަށް ވޯޓެއް ނުދޭނަން. އަހަރެމެންނަށް ވަރަށް އަނިޔާ ދީފި މިދިޔަ 04 އަހަރު ތެރޭގައި. މާފެއް ނުކުރެވޭނެ.

The name is already taken The name is available. Register?

ތެދެކޭ

13 March 2022

ނުކުރެވޭނެ ނުކުރެވޭނެ. ކޮވިޑޭ ކިޔާ ދިން އަނިޔާއިން އަދިވެސް މިއުޅެނީ އަރައިނުގަނެވިގެން!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454