ޚަބަރު / އިދިކޮޅު ފަރާތްތައް

ޕީޕީއެމް ވަރުގަދަކޮށް އެނބުރި އައުމުގެ މަޝްވަރާކޮށްފި

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގެ ރިޔާސަތު ރައީސް ޔާމީން ބަލަހައްޓަވަނީ. -- ފޮޓޯ/ޕީޕީއެމް

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ވަރުގަދަކޮށް، މިހާރަށް ވުރެ އިދާރީ ހިންގުން ވެސް ހަރުދަނާކޮށް އެނބުރި އައުމުގެ މަޝްވަރާތައް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި ރޭ ކުރިއަށް ގެންގޮސްފި އެވެ.

މިއީ، ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފަހުކޮޅު އެ މަނިކުފާނު މިނިވަންކުރި ފަހުން ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ބައްދަލުވުމެވެ. ޕީޕީއެމާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ދެ ޕާޓީގެ އިސްވެރިންނާ އެކު ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ، އެ ބައްދަލުވުމުގައި މަޝްވަރާކުރީ އިދާރީ ގޮތުން ޕާޓީގެ ހިންގުން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ކަމަށެވެ. ރަށްރަށުގައި އުފައްދާފައިވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތަކާއެކު ހަރަކާތްތައް ވެސް ކުރިމަގުގައި އިތުރަށް ވަރުގަދަކުރަން ވާހަކަ ދެއްކި ކަން ހީނާ ފާހަގަކުރެއްވި އެވެ.

ޕީޕީއެމް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ޕާޓީގެ ކައުންސިލް ބައްދަލުުން ކުރިއަށް ދަނީ.

އޭނާ ވިދާޅުވި ގޮތުގައި ގައުމު މިހާރު އޮތް ހާލަތުން އަރައިގަތުމަށް އިދިކޮޅު ޕާޓީއެއްގެ ގޮތުން، ޕީޕީއެމްގެ ލީޑަޝިޕްގައި ވިސްނުންތަކެއް ގެންގުޅެ އެވެ. ޒިންމާދާރުކަމާއެކު އެ މަަސައްކަތް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ހިނގި ކަމަށް ހީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރޭ މަޝްވަރާކުރި ގޮތަށް ޕާޓީގެ އިދާރީ ދާއިރާތަކުގެ ހިންގުން ހަރުދަނާކޮށް، ޕާޓީގެ ހަރަކާތްތައް ހަރުދަނާކޮށް، ފުޅާކޮށް މާލެ އާއި ރަށްރަށުގައި ކުރިއަށް އޮތް ތަނުގައި ހިނގައިގަންނާނެ އެވެ. މި ވެރިކަން ފެށުމާއެކު މަނީ ލޯންޑްރިންގެ ކުށުގައި ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވުމުން ޕީޕީއެމްގެ ހަރަކާތްތައް މަޑުޖެހުނެވެ. އެ ހަރަކާތްތައް އަލުން ފަށައި ރަށްރަށަށް ދަތުރުފެށީ ޔާމީން މިނިވަންވުމުން އެ މަނިކުފާނާ އެކުގަ އެވެ. މުޅި ޕާޓީގެ އަމާޒު އޮތީ، އިންޑިއާގެ ސިފައިން ރާއްޖެ އިން ބޭލުމަށެވެ. އެކަމާ ދެކޮޅަށް ރަށްރަށުގައި ހަރަކާތްތައް ވެސް ވަނީ ފުޅާކޮށްފަ އެވެ.

32 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަސީމް

19 March 2022

ތިޔައުޅެނީ އަނެއްކާވެސް ވަށްކަން ކުރަން ޤައުމު ހިސޯރުކުރަން އަހަރުމެން އެފުސަތެއް ނުދޭނަން ކަލޭމެންނަކަށް ދެނެއް..

The name is already taken The name is available. Register?

ޢަރުތަ

17 March 2022

ހަތަރު ބަޔަށް ބައިބަހާލީމަ އޭރުން އަދި މާވަރުގަ ކޯލިޝަނަކަށް ވާނެނު، އޭރުން ހަތަރު ޕާޓީވީނު، ބަލަގަ ތީ ހަމަ އެއްމެ ޕާޓީއެކޭ، ތިނޫނީ ނެތޭ ފޭރިގަނެފަ އޮތް ޕާޓީއެއް.

The name is already taken The name is available. Register?

ބޮޑުމީހާ

16 March 2022

ޔާމިނުވަރަށް ދިވެހި ރާއްޖެ ތަރައްގީކުރި މީހަކު ނެތް. 13000 ފްލެޓް، ބްރިޖް، ރަންވޭ، އެއާޕޯޓް، މަހާޖައްރާފު، ސީޕްލޭންޓާރމިނަލް، މާލޭގެ ރިންގްރޯޑް މިކުޑަމިންވަރެެއް. މިސަރުކާރުން ކުރެވުނުކަމަކީ ދީބާޖާ، ނޫމަޑި، ބިގަށް ބަދަލުދިނުން

The name is already taken The name is available. Register?

ޢަރުތަ

17 March 2022

ނުރުހުމުގެ ލޮލަށް އައިބު ފެނުމާ، ރުހުމުގެ ލޮލަށް އައިބު ފެނުން އެއީ ތަބީޢީކަމެއް.

The name is already taken The name is available. Register?

އަލް އުސްތާޒު

15 March 2022

ބަޔަކަށް ވާާނުވާ ނޭގުނަސް ދިވެހިންނަށް މިތަނުން އައުޓްވާންވި އެތި ވަރަށް ސާފު. އިންޑިއާ ސިފައިންނާއެކު ހިންދޫ ވިސްނުމާއި އެމީހުންގެ ނުފޫޒުވެސް އައުޓް ވާންޖެހޭ. އެހެންވެ އިންޑިއާ އައުޓް އޭ މުޅި ރާއްޖެ އެ ގޮވަނީ. މޑޕ އަކީ ސްލޯ ގައުމުގެ ވެރިކަމަށް ކުފޫ ހަމަނުވާ ޕާޓީއެއްކަން މި މީހުން ކުރި ދެ ވެރިކަމުންވެސް އިނގޭ. މި މީހުންނަށް އިނގޭނީ ހަރުމުދާ ވިއްކާފަ އިންޑިޔާގެ ދޯނގިދަށަށް ވަދެ އޮންނަން.

The name is already taken The name is available. Register?

ޢަރުތަ

18 March 2022

އެހެންވެގެންދޯ ދިވެހި ރައްޔިތުން ވޯޓު އަޅައިގެން މިމީހުން ވެރިކަމަށް ހޮވާފަ މިތިބީ! އަނެއްކާ އިންޑިއާ މީހުނާ ބަންގްލަދޭޝް މީހުން ވޯޓު އަޅައިގެން ނޫންބާ!

The name is already taken The name is available. Register?

ްަގައުމު މިހާރު މިއޮތީ ރަނގަޅު ހާލަތުގަ

15 March 2022

ތިއުޅެނީ ގައުމުގެ ހާލަތު ރަނގަޅަށް އޮތީމައި ލަގޮނޑިއަށް ކެތްނުވެގެންނެވެ. އަލްޙަމްދުލިﷲ! މިހާރު ރައްޔިތުންނަށް ހަމަޖެހިލައިގެން ނިދާލެވެއެވެ. ގޭންގް ތަޅާފޮޅުން ތަކާއި، މީހުން ކަތިލުން %99 މަދުވެއްޖެ އެވެ. ޓުއަރިޒަމް މެކުހަށް ޖަހައިފިއެވެ. ކޮވިޑްގެ ބަލިމަޑުކަމުން މިންޖު ވެއްޖެ އެވެ. ތިލަމާލެ ބްރިޖް ގެ މަސައްކަތް ފަށައިފި އެވެ. މިހާރު ރާއްޖޭގައި އޮތީ ބޭރުދުނިޔޭގެ އިޙްތިރާމް ލިބިގެންވާ ސަރުކާރެކެވެ. ދިވެހިރާއްޖެ އޮތީ މިނިވަންކަން މަތީގަ އެވެ.

The name is already taken The name is available. Register?

އަލީ އަސްފާގު

15 March 2022

ޔާމީނުވެރިކަމަށް ގެނެސްފިނަމަ އަނިޔާވެރިކަން އިތުރުވާނެ. އަދީބު ކަހަލަ މީހުން އިތުރުވާނެ. މިހާރަށްވުރެ ކޮރަޕުސަން އިތުރުވެ ގޭންގުތަށް އިތުރުވާނެ. އިދިކޮލު ސިޔާސީ ހުރިހާމީހުން ޖަލަށް ލާނެ. ޕާކިންސުލޮޓު މަދުކޮށް ރައްޔިތުން ޖޫރިމަނާކޮށް އަދި މާލޭގެ މުހިއްމު މަގުތަށް ބަންދުކޮށް މާލޭގައިއުޅޭ މީހުނަށް ޖެއްސުން ކުރާނެ. ޖީބަށް ބައެއްނާޅާގޮތަށް އެއްވެސް ޕުރޮޖެކުޓެއް ނުހިންންގާނެ. އިންޑިޔާ ރާއްޖޭގެ ގުޅުންގޯސްވެ ބާޒާރުގައި ތަކެތީގެއަގު އިންތިހާއަށްބޮޑުވާނެ

The name is already taken The name is available. Register?

އަމީތު

15 March 2022

އަޅެ މިހާރު ނޫހުން ޕޯލެއް ހަދައިދީބަލަ ރައްޔިތުންގެ ޚިޔާލު ހުރި ގޮތެއް ބަލަން. ޕޯލު ހަދާނީ ރާއްޖޭގައި ޕާޓީ ނިޒާމު ކުރިއަށް ގެންދަން ފެނޭތޯ ނުފެނޭތޯ ބެލުމަށް. އޭރަށް ކޮންމެވެސް ވަރަކަށް ރައްޔިތުންގެ އިހުސާސްތަކާއި ވިންދު ހުރިގޮތް އެނގޭނެ.

The name is already taken The name is available. Register?

ޢަރުތަ

18 March 2022

ބޭކާރު ކަމެއް، ރައްޔިތުންގެ އިހުސާސުތަކާ ވިންދު ހުރިނެތް ގޮތެއް ބަލައިުގެންބާ ޕާޓީ ސިސްޓަމް ވުޖޫދަށް ގެނައީ! ދެން އެހެން ނޫނަސް ރައްޔިތުންގެ އިހުސާސުތަކާ ވިންދަށް ބަލައިގެން ވެރިކަން ކުރާ މީހަކު ނެތްތަނެއްގަ ކީއްކުރަން ބަލާ ވިންދެއް.

The name is already taken The name is available. Register?

ހާމިދު ޝާހިދު

15 March 2022

ރައީސް ޔާމީން އުޅުއްވާނަމަ ތިކަން ވާނެ. މާދަން ޖަލަށް ގެންދެވިނަމަވެސް އިދިކޮޅުގައި ހަމަ އޮތީ ޕީޕީއެމް އެކަނި. އެހެންވީރު، މި ނާގާބިލް ސަރުކާރުގެ މައްޗަށް މާ ރީތިކޮށްވެސް ކުރި ހޯދޭނެ. ވޯޓުން މަކަރު ނުހެދޭވަރަށް ވޯޓް ފޮށިތައް ފުރާލަންވީ އިދިކޮޅަށް ދޭ ވޯޓުން.

The name is already taken The name is available. Register?

ކެޓީވެސް އުޅެއުޅެ އޮއްވަނު

16 March 2022

ރައީސް ކަމުން ކެޓީވެސް އުޅެއުޅެ އޮއްވައެވެ. ކޯޓަށްވެސް ދިޔައެވެ. ވީކަމެއް ހަރާމެވެ.

The name is already taken The name is available. Register?

ޢަރުތަ

18 March 2022

އިދިކޮޅަށްދޭ ހުރިހާ ވޯޓެއްގެ ފާހަގަ އަނެއްގޮޅިއަށް ވެއްޓޭތީ މައްސަލައަކީ، އެހެން ނުވާނެ ގޮތެއް ހަދައިގެން ކާމިޔާބު ވާންއޮތީ، އެއީ ކިހިނެއް ގެނެސްގެން އުޅޭ ތިއަރީއެއްތޯ ފުރަތަމަ ބަލަންވީ.

The name is already taken The name is available. Register?

ހެސްކިޔާފަ

15 March 2022

ޔާމީނަކީ ޤައުމަށް އޮތް ޗޮއިސްއެއްނޫން. ވިސްނާލާ އިންޑިއާއިން ދިވެހިންނަށް ނޫނެކޭ ބުނާނެވަރު. ދެން އަނގައެއް އޮތީމަ ބުނެފާނެ ޗައިނާއިން ރާއްޖެ ޔޫރަފު ފެންވަރަށް ތަޜައްޤީ ކޮށްދޭނޭ!! ދެން ބަލާ ކޮމަންވެލްތު, ޤަތަރު ފަދަ ތަންތަން. ޔާމީނަކީ ގުރޭޑު 10 ގަ އުޅޭ ކުއްޖަކަށްވެސް އެނގޭވަރަށް ފޮރިން ޕޮލިސީއާ ޑިޕޮލޮމަސީ ދަންނަ ފަރާތެއްނޫން. ދެން ކިހިނެތް ޤައުމު ހިންގާނީ. ރައްޔިތުންނޭ , ޔާމީނުގެ " ކަޓުނެގުމުގެ" ތަރައްޤީގައި ނަމަނަމަ ނުޖެހޭތި. ފަހުން ވާނެ ގެއްލުން ވިސްނާލާ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

15 March 2022

ފޮރިން ޕޮލިސީ މަނިކްފާނަށް އެނގެނީ ކޮންމިންވަރަކަށް ތޯ އަހާލަން ބޭނުން.!! ގްރޭޑް 2 ގެ ކުއްޖަކަށް އެނގޭވަރުތަ؟/ ނޫނީ ހޭޅިފަށުން ޑިގްރީ ނެގި މީހުންގެ ލެވެލްތަ؟؟ މިކަން ސާފްކޮށްލަދިނުން އެދެން.ވ.ވ.ވެދުން

The name is already taken The name is available. Register?

ބޮޑުމީހާ

16 March 2022

ދެން މިހާރު މިއޮތީ ޗޮއިސްތަ. ފްލެޓެއް ނޭޅުނު، އިންސާފެއް ނުގެނެވުނު، ކޮރަޕްޝަނެއް ނުހުއްޓުވުނު، ވަގުން ގިނަވީ، ބަޖެޓް ބެހީ ގާތް ކުންފުނިތަކަށް. އެމްއެމްޕީއާރުސީގެ ވައްކަމާ އެއްވަރަށް ކޮވިޑްތެރޭ ވައްކަންކޮށްފި

The name is already taken The name is available. Register?

ޕީއޭގަ ތިބީ 1500

15 March 2022

ދެޕާރޓީއޭތޯ އެއްޕާރޓީ އަކީ މީހަކު ނުވެސް ނެތް ޕާރޓީއެއް ޔާމީނުގެ ފެންވަރަކީ 1500

The name is already taken The name is available. Register?

ޢަރުތަ

18 March 2022

ބޮޑުމީހާ، ޔާމީނު ވެރިކަމުން ބާލަން ޖެހުނީވެސް އިންސާފު މުޅިން ގެއްލި ހުރިހާ ސިޔާސީ ލީޑަރުންނާ ފަނޑިޔާރުން ހައްޔަރުކޮށް، ކޮރަޕްޝަން އިންތިހާއަށް ބޮޑުވެ ވައްކަމާ ވަގުން ގިނަވެ ގާތްކުންފުނިތަކާ ގާތް އައުވާނުންނަށް ބަޖެޓުބަހާ، ނުވިތާކަށް ރައްޔިތުންގެ ބޭތުލްމާލު ދަވާލީމަ، މިހާރުވެސް ކުރަނީ ހަމަ އެކަން، އެހެންވީމަ ޔާމީނަކީވެސް ޗޮއިސްއެއް ނޫން، ޔާމީނުގެ ސަބަބުން އެމީހުން އިބޫ ވެރިކަމަށް ނެރެން ޖެހުނީވެސް، އެހެން ނޫންނަމަ........

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454