ޚަބަރު / އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު

ފުލުހުން ގޯސްހަދާ ކަމުގެ ސުވާލަށް އިމްރާން ދެއްކެވީ ޑްރަގް ޑީލަރުންނަށް ފަހިކޮށް އޮތް ނިޒާމު

ޖުލައި 2020 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުލުހުންނާ ބައްދަލުކުރެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (ކ) ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ވާހަކަ ދައްކަވަމުން އަތުން އިޝާރާތެއް ކޮށްލައްވަނީ. --. ފޮޓޯ:ނިޝާން އަލީ/މިހާރު

ނިޒާމު ރަނގަޅަށް އެނގި ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސް ހަދާ މީހުން ފުލުހުންގެ ތެރޭގައި އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެފައި ވާތީ، އެކަމާ ބެހޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލުކުރުމުން ޑްރަގް ޓްރެފިކިން ހިންގާ މީހުންނަށް ނިޒާމުގެ ތެރޭގައި ފަހިކޮށް ހުރި މައްސަލަތައް ފާހަގަކުރައްވައި ބައެއް މިސާލުތައް ދައްކަވައިފި އެވެ.

ބަންޑާރަ ނައިބު ވިދާޅުވި ފަދަ ފުލުހުން އުޅޭތޯ އާއި އެފަދަ މީހަކާ މެދު ފިޔަވަޅު އަޅާފައިވޭތޯ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އިމްރާނަށް ލިޔުމުން ފޮނުއްވި ސުވާލަށް، ލިޔުމުން ދެއްވި ޖަވާބުގައި އިމްރާން ވިދާޅުވީ އެފަދަ މީހުން ދިވެހި ފުލުހުންގެ ތެރޭގައި ތިބިކަން މިހާތަނަށް ފާހަގަކުރެވިފައި ނުވާތީ، ބަންޑާރަ ނައިބާ ފުލުހުންގެ ހިދުމަތުން އަދި މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ، އިމްރާންގެ ސިޓީން މި ޖަވާބު އިއްވެވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ "ކޮންމެވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވަނީ" ކަމަށެވެ.

އިމްރާން ވިދާޅުވީ މައްސަލައެއްގައި ނުނިޔަތެއް ބާއްވައިގެން އެއްވެސް ކަމެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް މުވައްޒަފެއްގެ މައްޗަށް މިހާތަނަށް މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށް.

ހަސަން ލަތީފްގެ ސުވާލުގެ ދެ ވަނަ ބައިގައި، ގޯސް ހަދާ ފުލުހުން ތިބި ނަމަ ފިޔަވަޅު އެޅިންތޯ އާއި އެޅީ ކޮން ފިޔަވަޅެއްތޯ އޮތް ސުވާލަށް ޖަވާބު ދެއްވަމުން އިމްރާންގެ ސިޓީގައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ފުލުހުންނަކީ އެކަށޭނަ ތައުލީމާއި ތަމްރީން ލިބިގެން އިހްލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މަސައްކަތްކުރާ ގާބިލް މުވައްޒަފުން ކަމަށެވެ.

"ބަންޑާރަ ނައިބު އެ އިޝާރާތް ކުރައްވާ ފަދައިން ނުނިޔަތެއް ބާއްވައިގެން ގަސްދުގައި ގޯސް ހަދާ ބަޔަކު ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބި ކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑު ނުދެކެމެވެ." ސިޓީގައިވެ އެވެ.

އިމްރާން ވިދާޅުވެފައިވާ ގޮތުގައި ފުލުހުންނަށް ހުށަހަޅާ މައްސަލަތަކާއި ލިބޭ މައުލޫމާތުތަކާ ގުޅޭ ގޮތުން އޮޕަރޭޝަންތައް ހިންގުމާއި މައްސަލަތައް ތަހުގީގު ކުރުމާއި މައްސަލަތައް ތަހުގީގަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ މަސައްކަތްތަކީ ވަރަށް ގިނަ ވަގުތާއި ބުރަ މަސައްކަތް އެކުލެވޭ ކަންކަމެވެ. އޭނާ ވިދާޅުވީ މަސައްކަތުގެ ޕާފޯމަންސް ދަށްވެގެން ނުވަތަ ބޭނުންވާ އެކްސްޕެކްޓޭޝަނާ އެއްވަރަށް މަސައްކަތް ނުކުރެވޭތީ ބައެއް މުވައްޒަފުންނާ މެދު އިދާރީ ގޮތުން އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް އަޅާ ކަމަށެވެ.

އިމްރާން ވިދާޅުވީ މައްސަލައެއްގައި ނުނިޔަތެއް ބާއްވައިގެން އެއްވެސް ކަމެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް މުވައްޒަފެއްގެ މައްޗަށް މިހާތަނަށް މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށެވެ.

ހަނދާން ނެތިގެން އިންވެންޓްރީ ނުދިން މައްސަލައެއް އެބަ ބަލާ

ސިޓީގައިވާ ގޮތުން ދާދި ފަހުން ހިންގި މަސްތުވާތަކެތީގެ މައްސަލައެއްގައި ބަލައި ފާސްކޮށް ހިފެހެއްޓި ތަކެތީގެ އިންވެންޓްރީ ހެދުމަށް ފަހު، މުވައްޒަފު ހަނދާން ނެތިގެން އިންވެންޓްރީ ނުދީ އޮތް މައްސަލައެއް ކުރިމަތިވި އެވެ. އެހެންވެ އެ މައްސަލަ ޖެނުއަރީ 26 ގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.

"އެކަމުގެ ސަބަބުން އެ ތަކެތި އެނަލައިޒް ކުރެވިފައި ނުވާތީ އެ ތަކެތިން ލިބިދާނެ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މުހިންމު ހެކިތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށް ބެލެވުނު މައްސަލައެއް ބަލައިދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން 26 ޖެނުއަރީ 2022 ގައި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅުއްވާފައިވާކަން ފާހަގަކުރެވެ އެވެ. މި މައްސަލާގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ތަހުގީގުގައި ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށްފައިވީ ނަމަވެސް މައްސަލާގައި އަދި ގޮތެއް ނިންމިފައި ނުވެ އެވެ."

ޑްރަގް ޓްރެފިކިންގެ މައްސަލަތަކާ ބެހޭ ގޮތުން ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދެނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އިމްރާން ވިދާޅުވީ މި މައްސަލާގައި ހިފެހެއްޓި ތަކެތިން ލިބިދާނެ ކަމަށް ބެލެވުނު މުހިންމު ހެކިތައް ނުލިބޭ ކަމަށާއި ނަމަވެސް މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތުކުރެވުނު މީހާގެ މައްޗަށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، މިއީ ފަޅުރަށަކާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލި 100 ކިލޯގެ ޑްރަގްގެ މައްސަލާގައި ދިމާވި ކަމެކެވެ.

އިމްރާންގެ ސިޓީގައިވާ ވިދާޅުވެފައިވާ ގޮތުގައި، މި މައްސަލާގައި ތުހުމަތު ކުރެވުނު މީހާގެ އަތުން ނެގީ އައިފޯނަކާއި ބިޒްނަސް ކާޑުތަކަކާއި އިއަޕޮޑެކެވެ.

ޑްރަގް ޓްރެފިކިން މައްސަލަތައް ކޯޓުގައި ލަސްކުރަނީ

އިމްރާން ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިފަހައްޓާ ފޯނުތައް ބަލައި ފާސްކުރުމުގެ އަމުރު 2021 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ކޯޓަކުން ނުދެ އެވެ. މި އަމުރުތައް ކޯޓުން ނުދިނުމުން އެ މައްސަލަތައް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި އެޕީލް ކޮށްދިނުމަށް އެދުމުން ވެސް އެކަން އެގޮތަށް ކޮށްފައި ނެތްކަން އިމްރާން ފާހަގަކުރެއްވި އެވެ. ދާދި ފަހުން އަތުލި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ކޯޓުން ފޯނު އެކްސްޓްރެކްޓު ކުރުމުގެ އަމުރު ނުދިނުމުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ވިދާޅުވި ގޮތަށް އަމަލުކޮށް ކޯޓަށް ފޮނުވުމުން ވެސް އެ އަމުރެއް ނުދިނުމެވެ.

މި މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ނިންމަވާފައި ވަނީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށެވެ.

"އެހެންވެ ނުނިޔަތެއް އޮވެގެން މަސައްކަތެއް ކުރުމަށް ވުރެ، މަސްތުވާތަކެތީގެ ތަހުގީގުތަކުގައި ފެންނަނީ ކަމާ ގުޅުން ހުރި މުއައްސަސާތަކުން ދޭންޖެހޭ ސަމާލުކަން ދީގެން މި މަސައްކަތް އަދިވެސް ކުރަންވާ އެންމެ ރަނގަޅު ގޮތުގައި ނުކުރެވޭ ކަމެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ފަހިވާ ގޮތަށް ހުރި ކަންކަން ބަދަލުކުރުމަށް ކުރަން ހުރި ކަންކަން އަދިވެސް ނުކުރެވި ހުރި ކަމެވެ،" އިމްރާން ވިދާޅުވި އެވެ.

ސިޓީގައިވާ ގޮތުން މަސްތުވާތަކެއްޗާ ގުޅުން ހުރި ޓްރެފިކިންގެ ގިނަ މައްސަލަތަކެއް ކޯޓަށް ފޮނުވާފައި ވިޔަސް ބަންދު ރިވިއުކުރުން ފިޔަވައި އެހެން ކަމެއް ކުރިއަށް ނުދާ އެތައް މައްސަލައެއް ކޯޓުގައި އެބަހުއްޓެވެ. ކަން ހިނގާ ގޮތް ކިޔައި ދެއްވަމުން އިމްރާންގެ ސިޓީގައިވަނީ ޖުމްލަ 10 ފަހަރަށް ބަންދު ރިވިއުކުރި އިރު އިބްތިދާއީ މަރުހަލާގައި ހުރި މަސައްކަތްތައް އެބަހުއްޓެވެ. އިމްރާން ވިދާޅުވީ އެކަމުގެ ނަތީޖާއަކަށްވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތުގައި ހައްޔަރުކޮށްފައިވާ މީހުން ތަފާތު އުޒުރުތަކާއި ސިއްހީ ސަބަބުތައް ދައްކައި ބަންދުން ދޫވުން ކަމަށެވެ.

ނުނިޔަތެއް އޮވެގެން، ސިސްޓަމްގައިވާ ލޫޕްހޯލްތައް އެނގިގެން ކަންކަން ގޯސްކޮށް ކުރާކަން އެނގޭ ނަމަ އެފަދަ މައްސަލަތައް ހުށަހަޅައި އެކަން ބަލައި، އެފަދަ ފަރާތްތަކާ މެދު ސިސްޓަމްގެ ތެރެއިން ފިޔަވަޅު އެޅޭނެ އުސޫލުތައް މުއައްސަސާގައި ގާއިމްވެފައިވާ ކަމަށާއި މިދިޔަ ތިން އަހަރު ހުށަހެޅި މައްސަލަތަކުގެ އޮޑިޓެއް ހަދަމުން ގެންދާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި އޮޑިޓް ނިމުމުން ތަހުގީގާއި ޕްރޮސިކިއުޝަން އަދި ކޯޓުގައި މައްސަލަތަކަށް ދިމާވެފައިވާ ގޮތް އެނގޭނެ ކަމަށް ވިދާޅުވި އެވެ.

12 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 75%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުދުހޭ

16 March 2022

ފޮޓޯގައި ހަމީދު އިމްރާނަށް އުޑުން ތަރިދައްކަނީތަ؟

The name is already taken The name is available. Register?

ސަދޫމު ސިޓީ

16 March 2022

މަށްސަލަޔަކީ ކޯޓުތަކާ ކޮރަޕްޓު ފަނޑިޔާރުންނާ ގާޒީން މިމީހުން މަރުވާނެކަމެތް ހަނދާނެތް ނުވޭ

The name is already taken The name is available. Register?

ޖަހަންގީރު

15 March 2022

އާޓިކަލްގެ ފީޗަރ ފޮޓޯގެ ކެޕްޝަން: "ސީޕީ ޙަމީދު، ހޯމް މިނިސްޓަރު އިމްރާނަށް މެންދުރުގެ އުޑުން ތަރި ދައްކަވަނީ" އިމްރާނަށާއި އަދާލަތު ޕާޓީގެ އެތައް ވެރިންނަކަށް ތިޔަގޮތަށް އެމްޑީއެންއާއި އެމްޑީޕީގެ ވެރިން މެންދުރު އުޑުން ތަރިދައްކާ ގަހަށްލާފިއެވެ، އެގޮތުގައި، އެޕާޓީގެ ކުރިއެރުމަށާއި މެންބަރުންގެ މަޞްލަޙަތަށް އެއްވެސް ކަމެއްނުކޮށް މިދައުރު މިނިންމާލަނީ، ދެން އޮންނަ ރިޔާސީ ދައުރެއްގައި އަދާލަތު ޕާޓީއަށް ބޯކިބަލުގެ އެއްފަޅި ލިބޭނެ ކަމަށް ހީކޮށްބާއެވެ.

The name is already taken The name is available. Register?

ޕުރިއޯރިޓީ

16 March 2022

މަށަށް ހީވަނީ ހުރިހާ ރައްޔިތުން ހިމެނޭ ގޮތަށް އޮންނަ ވަޒީފާގެ މައްސޫލިއްޔަތުހެން އަދާކުރަން ޖެހޭނީ ފުރަތަމަ ކަމަކަށް. ދެން ކަންނޭނގެ އޮންނާނީ ޕާޓި ކުދިންނަށް ހާއްސަކޮށް އަމާޒުވާހެން އޮންނަ މަސްއޫލިއްޔަތު

The name is already taken The name is available. Register?

ދިއްދޫމީހާ

15 March 2022

މީނާ ދައްކާ ވާހަކަ ޖެހޭނީ 100ން 99.99 ކަނޑަން، މީނާ ގާތު އަހާބަލަ މޭޑޭގަ ދެއްކި ހެއްކިތައް ކޮބާތޯ؟؟ މިހާރު ދިވެހި ރައްޔިތުންނަށް ވިސްނަން ވެއްޖެ މިސިޔާސީ މީހުން ކުޅޭ ކުޅިގަނޑު، މީނާ މިނިސްޓަރަކަށް، ޤަސިމްގެ ނަހޫ މިނިސްޓަރަކަށް، މައުމޫންގެ މަންޒެއް މިނިސްޓަރަކަށް…

The name is already taken The name is available. Register?

ސީޒަން ޖެކުހަން

15 March 2022

އިމްރާނަކީ ވަރަށް ފީކަޅާމީހެއް.

The name is already taken The name is available. Register?

ރާއްޖެ

15 March 2022

ކޮބާ ހޭ ކިތާބީ ހެކި؟ އެ ވީ ތަނެއް އަހާބަލަ އޭނަ ކައިރީގަ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

15 March 2022

އިމްރާން؟؟ ނުދަންނަން.އަދި އަލަށް މިއަޑުއެހީ މިހެންކިޔާ މިނިސްޓަރެއް ހުންނަކަން ވެސް. ހެހެހެހެހެ

The name is already taken The name is available. Register?

ކުޗީ

15 March 2022

ކާކުހޭ މީނަ މިމަގާމަށް ލީ ... ވާހަކަ ހުރި ގޮތުން ބުނާކަހަލަ މީއަހަންނާ ބެހޭ ކަމެއް ނޫނޭ.

The name is already taken The name is available. Register?

1828

15 March 2022

ކޯޓްތަކުގެ ހުކުމްތަކުގައި އެބައޮވޭ ޤާނޫނާ ޚިލާފަށް ހެކި ހޯދުމުގެ ސަބަބުން މައްސަލަ ޝަރިއަތަށް ސާބިތުނުވާ ވާހަކަ. އެހެން ކަމަށްވާނަމަ ޤާނޫނާ ޚިލާފަށް ހެކި ހޯދި ފުލުހުންގެ މައްސަލަ ނުބަލަނީ ކީއްވެ ތޯ؟ އެފަދަ މައްސަލަތައް ނުބާލާތީ، ތަކުރާރުކޮށް ޤާނޫނާ ޚިލާފަށް ހެކި ހޯދުމުގެ ސަބަބުން އެތަކެއް މައްސަލަ ސާބިތުނުވާކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައި އެބަހުރި. އެކަމުން ދަލީލުކޮށްދެނީ އެއީ ރޭވިގެން އަދި ރާއްވައިގެން ފުލުހުން ހިންގާ ޖަރީމާކަން.

The name is already taken The name is available. Register?

ސަސި

15 March 2022

އިމްރާނު އަބަދުވެެސް ހުންނާނީ ހައްޤު މަގުގަ. އޭނަ ބުނާގޮތުން އަބަދުވެސް ގޯސްހަދާނީ އެހެން މީހުން

The name is already taken The name is available. Register?

ރާއްޖެ

15 March 2022

ހައްގު މަގު އެއީ އޭނާއަށް އެކަނި އެނގޭ މަގެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454