އުއްތަމަ ފަނޑިޔާރު މުއުތަސިމް: ކޮވިޑް-19 ގެ ހާލަތު ނިމުނަސް އޮންލައިންކޮށް ޝަރީއަތް ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
15 މާޗް 2022 - 15:17
ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިޔަސް، އޮންލައިންކޮށް ޝަރީއަތްތައް ކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ޝަރީއަތްތައް ކުރަން ފެށީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 2020 ވަނަ އަހަރު އިއުލާން ކުރުމުންނެވެ. އެ ބަދަލާ އެކު ގިނަ ވަގުތުތަކެއް ސަލާމަތްވެ، ގިނަ ޚަރަދުތަކެއް ސަލާމަތް ކުރެވުނެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މި ހަފުތާގައި ވަނީ ނިމުމަކަށް ގެނެސްފަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ ވީޑިއޯ އަދި އޯޑިއޯ މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމުން މައްސަލަތައް އަވަހަށް ނިންމަން މަގުފަހިވެފައިވާ ކަމަށެވެ. އެހެންވެ، އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ގާނޫނުގައި ބުނާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި ވީޑިއޯ އަދި އޯޑިއޯ މެދުވެރިކޮށް ޝަރީއަތް ކުރިއަަށް ގެންދިއުމުގެ ބާރު ފަނޑިޔާރުންނަށް އޮންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސޮއިކުރައްވައި، ނެރުއްވި ޑައިރެކްޝަންގައިވެ އެވެ.
ވީޑިއޯ އަދި އޯޑިއޯކޮށް ކުރިއަށް ނުގެންދެވޭނީ ޖިނާއީ މައްސަލަތަކުގައި ކުށަށް އިއުތިރާފްވާ މީހުންގެ މައްސަލަތަކެވެ.
އޮންލައިންކޮށް ޝަރީއަތް ކުރަން ފެށުމާ އެކު، ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް ޝަރީއަތްތައް ލައިވްކޮށް ދައްކަން ފެށި އެވެ. ސުޕްރީމް ކޯޓުގެ ޓްވިޓާ އާއި ޔޫޓިއުބް މެދުވެރިކޮށް އެ ކޯޓުގެ ހުރިހާ ޝަރީއަތްތަކެއް މިހާރު ލައިވްކޮށް ދައްކަ އެވެ. ހައި ކޯޓުން ވެސް މުހިންމު ޝަރީއަތްތައް ލައިވްކޮށް ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދެއާދެ
16 March 2022
ވާން އޮތް ގޮތަކަށް މައްސަލަތައް އަވަހަށް ނިމޭނެ ގޮތެއް ވަރަށް މުހިއްމު. އަސްލު ކުށްވެރިނުވާ މީހުން ހުކުމެއް ނެތި އެމީހުންގެ ހަޔާތުގެ އެތައް އަހަރެއް އެބަ ވޭތުކުރޭ ބަންދުގައި. ކުށެއްނެތި މިނިވަންވިއަސް އެމީހުންނަށް އެ ފާއިތުވި ދުވަސްތަކުގެ ބަދަލެއްވެސް ނުލިބޭ. އެކަމަށް ޒިންމާ ނަގާނެ ބަޔަކު ނުތިބޭ.
އެމްކިއު އޭގެ ޒިކުރާ
16 March 2022
އެޑިއުކޭޝަން މިނިސްޓްރީ އާއި އެމް ކިއު އޭގެ މަގާމުތަކުގައި ތިބި މީހުނަށްވެސް ދުނިޔެ ބަދަލުވެއްޖެކަން ވިސްނޭނެނަމަ ރަނގަޅު.
ޜާމީ
15 March 2022
ތި ބަދަލާ އެކު ވަގުތު ސަލާމަތްވީ މައްސަލައިގެ ޚަސްމުންނަށާއި، ކޯޓުތަކުގައި ނުހިންގި ގިނަދުވަސް ކޯޓުގައި މަޑުޖެހުނި
ށަވިޔަނި
15 March 2022
ވަރަށް ބަރާބަރު