ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާ: މަޖިލިސް މެމްބަރުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި.-- ފައިލް ފޮޓޯ: މަޖިލިސް
17 މާޗް 2022 - 12:06
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއި މިހާރުގެ މެންބަރުންނާއި އަދި މިހާރުގެ މެންބަރުންގެ އާއިލާ އަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.
ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާއި، ފިނޭންސް އިން ކުރި އިއުލާނުގައި ބުނީ މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިން ކަމަށެވެ.
އެ ބީލަމުގައި ބައިވެރިވުމަށް 500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އެ ފައިސާ ބަލައިގަންނާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހު 29 ގެ ނިޔަލަށެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި 50,000ރ. ވެސް ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. ބީލަން ހުޅުވުން އޮންނާނީ މި މަހު 31 ގަ އެވެ.
ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކުރި އިރު، މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖަލިސް ޖަލްސާގައި ވަނީ އެ މަޖިލީހުގައި ކުރިން މެމްބަރުކަން ކުރެއްވި ބޭފުޅުންނަށް ގާނޫނުގައި ލާޒިމްކޮށްފައިވާ ފަދަ އިންޝުއަރެންސް ސްކީމެއް އެ ބޭފުޅުން ޕްރިމިއަމް ދައްކަވައިގެން ނަމަވެސް އަނބިން/ފިރިން އަދި 18 ނުފުރޭ ދަރިންނަށް ހަމަޖައްސައިދޭން އެދުނަސް، އެ ހުށަހެޅުން ފާސްނުކޮށްދީ މަޖިލީހުން ބޭރުކޮށްލައިފަ އެވެ.
ކުރީގެ މެމްބަރަކު ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން އާއްމު ކޮމިޓީން މަޝްވަރާކުރުމަށް ފަހު އެދުނީ އެކަމާ މެދު މަޖިލީހުން ގޮތެއް ނިންމެވުމަށެވެ. ބަހުސްގައި ގިނަ މެމްބަރުން ދެކޮޅު ހެއްދެވުމަށް ފަހު ވޯޓުގައި ނިންމީ ވެސް އެކަން އެގޮތަށް ކުރިއަށް ނުގެންދިއުމަށެވެ. އެގޮތަށް ފާސްވީ އެ ދުވަހު މަޖިލީހަށް ހާޒިރުވި 40 މެމްބަރުންގެ ތެރެއިން 26 މެމްބަރުން ވޯޓުންނެވެ.
މެމްބަރުކަން ކުރެއްވި 400 މެމްބަރުންނަށް މިހާރު ވެސް އިންޝުއަރެންސް ފޯރުކޮށްދެ އެވެ. މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ބާރުތަކުގެ ގާނޫނުގައި ވަނީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންވާނެ އެވެ. އެކަމަކު އޭގެ ތެރޭގައި އަނބިން/ފިރިން 18 އަހަރު ފުރޭ ދަރިން ނުހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
18 March 2022
އާސަންދަ ސްކީމު ރައްޔިތުންގެ މަޖްލިހަކަށް ކަމަކު ނުދޭ، ސިފައިންނާ ޕޮލިހުންނަށް ނުފުދޭ، ސަރުކާރުގެ ގިނަ ކުންފުނިތަކަށް ކަމަކު ނުދޭ ނުފުދޭ، ދޭން ކީއްވެބާ ސަރުކާރަށް ޤަބޫލު ނުކުރެވިގެން މިއުޅެނީ އާސަންދަޔަކުން ނުފުދޭކަން، އިސްލާހުކުރަންޖެހޭކަން،
ާއުނިމާ
18 March 2022
ތީގެން ދޭ ހަވަނީ އާސަންދަޔަކީ އިންޝުއަރެސްއަށް ބަލާއިރު އެއްވެސް އެއްޗެއްނޫންކަން، ހުރިހާ އެންމެނަށްވެސް އެއްހަމަޔަކުން ދޭންވާނީ، މަޖްލިސް މެންބަރުންނަށް އާސަންދައިން ނުފުދެންޏާ ނިކަމެތި ރައްޔިތުންނަށްވެސް އާސަންދައިން ނުފުދޭނެ
އެމްސް
18 March 2022
ތިޔަ މަޖިލިހަށް އާސަންދަ ނޯންނަނީ ތޯ؟ އެއްވެސް ބަޔަކަށް ޑަބަލްކޮށް ކަންކަން ކޮށްދޭން ޖެހޭ ތޯ؟ އާސަންދައިގެ ކުރީގެ ތިފަދަ އިންޝުއަރެންސްތައް، އާސަންދަ އައުމުން އުވެންޖެހޭނެ! ދައުލަތުގެ ފައިސާއިން އެއްވެސް ބަޔަކަށް ނާޖާއިޒް ނެގެން އޮވެގެނެއް ނުވާނެ!
އެދުން ބޮނޑި
17 March 2022
އަމިއްލައަށް މުސާރައާއި، ކޮއްތާއި، އިންޝޫރަންސްއާއި ދަތުރުފަތުރާއި ފާސް ކޮއްގެން ތިބި ލަދެއް ހަޔާތެއް ނެތް ބަޔެއް.
ޑޮކްޓާރ. ބަނާނާ
17 March 2022
މިގައުމުގައި އުމުރު ހުސްވަންދެން ކިޔަވާސެޓްފިކެޓް ހިފައި ގެން އައުމުން ވެސް މިއުޅެނީ އެކަށީގެންވާ މުސާރައެއް ލިބޭ ވަޒީފާ ގަޑެއް ނުލިބިގެން .. އެންމެކުޑާ މިނުން އިސްކުރެއްގެ ބޯ އަބުރާލަން ބޭނުންވާ ހުއްދައެއް ވެސް ބައެއް ބޭފުޅުން އަތުގައިނެތް އިރު ތިޔާހުރިހާ ބެނިފިޓެއް ހުރިހާ ބޭފުޅުން ނާއި އާއިލާ އަށް ލިބޭ ގޮތަށް ހެދުމުން މިގައުމުގައި މީހުން ތައުލީމް ހޯދުމުގެ ބޭނުމެއްނެތެއް ނޫންތޯ؟
ށަކީބް12
18 March 2022
މިއުޅެނީ މިހާރުވެސް ބޭސްފަރުވާ އަށް ސަލާމް ޖަހަމުން ވިއްޔާ..އަދި އެވަރުންވެސް މިމީހުނާއި އާއިލާ ގޭދޮށު އެން މެނަށް އުމުރު ދުވަހަށް އިންސޫރަންސް ދޭންޖެހޭ..
ފޫހި
17 March 2022
މެމްބަރުންނަށް ވެސް ލިބެންޖެހޭނީ އާސަންދަ. ކިހާ ބޮޑުކަމެއްމީދެން. ރައްޔިތުންނަށް ނުލިބޭ އެއްޗެެއް. މިމީހުންނަށް ލިބެންޖެހޭތަ?
ބަބީތާ
17 March 2022
ތީދެން ކޮން އުސޫލެއް، ކުރީގެ މެންބަރުންނަށް، އެމީހުންގެ ތިމާގެ މީހުންނަށް، އެމީހުންގެ ގޭގެ މަގުން ހިގާދިޔަމީހަކަށްވެސް އިންޝްރެންސް ލިބޭނަމަ މިގައުމަށް ހާދަ ބޮޑު ޚަރަދެކޭ! ހިތުހުރިގޮތަކަށް ރައްޔަތުންގެ ފައިސާ ޚަރަދުނުކުރެވޭނެދޯ
ރާއްޖެ
17 March 2022
އާސަންދައަކީ ނިކަމެތިންނަށް އޮތް ސަލާން ޖަހާ ސްކީމް. މި އިއްްޒަތްތެރިންނަށް މި ކަހަލަ އާދައިގެ ސްކީމެއް ކަމަކު ނުދާނެ. އަދި އިރެއްގަ މަޖިލީހުގެ ގޮނޑި ހޫނު ކުރި ކަމަށްޓަކާ ވެސް އެބަ ޖެހޭ މުޅި އުމުރު އިންޝޫރަންސް ދޭނެ. މިއީ ވާ އިއްޒަތްތެރި ބައެއްް.
ދޮން މަނިކު
17 March 2022
ހައްތާވެސް އަމިއްލަ އެދުން ކުރިޔަށް މި ނެރެނީ...
އިސްލޯން
17 March 2022
އައްދޭ. މިއީ ދޯ މާ ނޫންކަމަށް ހަދާފަ މި ހެދި ވަޑާމަކީ. އާއިލާ މީހުނަށް ނުދާނަމޭ ކިޔާފަ ސުރުހީ އަޅާފަ، ރައްޔިތުންނާ އެއް ފެންވަރޭ ކިޔާފަ ޖަރީކޮށްފަ.