12 ކިލޯ ޑްރަގް މައްސަލާގައި ހައްޔަރުކުރި މީހުން --- ފޮޓޯ/މިހާރު
17 މާޗް 2022 - 18:55
މި ހަފުތާގައި ފުލުހުން އަތުލައިގަތް 12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ މައުލޫމާތު ފުލުހުން މިރޭ އާންމުކޮށްފި އެވެ.
ކަނޑުމަގުން ރާއްޖެ އެތެރެކުރި މަސްތުވާތަކެތިި ފުލުހުން އަތުލައިގަތީ ކަނޑުމައްޗާއި މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހޯމަ ދުވަހު އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ މީހަކާއި ބަންގަލްދޭޝްގެ މީހެއްގެ އިތުރުން ނ. ވެލިދޫ މަރިޔާޒް، މުހައްމަދު އަބްދުއްލަތީފެވެ.
އެ އޮޕަރޭޝަންގެ ތެރެއިން މާލޭގެ ގެއަކާއި ގެސްޓްހައުސްއެއް އަދި ލޯންޗެއް ބަލައި ފާސްކުރި އެވެ.
މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު އިންޑިއާ މީހާ އަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ އަދި މީގެކުރިން މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތަކުގައި ހައްޔަރުކުރި މީހެއް ކަމަށް ފުލުހުން ބުންޏެވެ. ކުރިން ހައްޔަރު ކުރުމުން އޭނާ ދޫކޮށްލީ ކޯޓުން ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން ބުނި ގޮތުގައި އަބްދުއްލަތީފަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.
މި ތިން މީޙުންގެ ތެރެއިން އަބްދުއްލަތީފްގެ ބަންދަށް 10 ދުވަސް އަދި ދެން ތިބި ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކޮށްދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަލިފުން
24 March 2022
ރެކޯޑެއް އޮތުމުން ކީއްތަ ކުރަނީ އެއޮތްދަނީ ރެކޯޑަކަށްފަހު ރެކޯޑެއް އާކުރަމުން.....
ޗޮއްޕަޓު
18 March 2022
ތިކަމުގެ އަޑީގައި ބޮހެއް ނެތްބާ
ޕީޖޭ
18 March 2022
ހުރިހާ މައްސަލަތަކެއްގައި ކުށް ތަކުރާރުކުރާ މީހުން.. ފުލުހުން އަތުލައިގަނެ އެތައް މަސައްކަތެއްކޮށްގެން ހުކުމަކާއި ހަމައަށް ދިޔައީމަ ކޮންމެވެސް ފުރުސަތެއް.. ޔައްޔިތުންނަށް ހުރިހާ އުދަނގުލެއް
ރިކޯ
18 March 2022
އަބްދުއްލަތީފް އެއި އޭނަ ބައްޕަގެ ނަން. އެއި މުހައްމަދު
މަބުނީ
17 March 2022
ތިޔާތަނުން އެބަ އިނގޭތަ އެގަހު ކޭލެއް މިގަހު ކޭލެއް.
ތުއްތު
17 March 2022
މިއިންޑިއާ މީހާ މިކަންކުރާތާ ވަރަށް ޒަމާން ވެއްޖެ. މަ ދަންނަ މީހެއްމީ
ޢަރުތަ
17 March 2022
ނަތީޖާއެއް ނުނިކުންނާނެތީވެ ކަމާބެހޭ ފަރާތްތަކަށް ނޭންގީދޯ.
ޓީޓީ
18 March 2022
އިންޑިޔާ މީހާ އުޅުއްވީ ދިވެހި ކަނބަލަކާ ކައިވެނި ބައްލަވައިގެން. މި އޮތީ އެދުވަސް އަތުވެފަ އަނެއްކާވެސް.
ސީޒަން ޖެކުހަން
17 March 2022
މިގައުމުގާ ކުއްވެރިންދޫކޮށްގެން ރެކޯޑުހެދުންނޫންކަމެއްކުރޭތަ؟
މައްސަލަކާ
17 March 2022
މަސްތުވާއެއްޗެހީގެ މައްސަލަތައް ފުލުހުން އެކަނި ބަލައި ހުކުން ކުރަން ގާނޫނު ބަދަލުކުރަން ވެއްޖެނުން . ފުލުހުންގެ ތެރޭގައި ފަޑިޔާރުން ބޭތިއްބިދާނެ އަމިއްލަޔަށް ހަދާ ގާނޫނު މައްސަލަތައް ހައްލުކުރެވޭގޮތަށްް ބައްޓަންކުރަންވާނެ
ދޫވާ
17 March 2022
އަހަހައް ދޫކޮއްލާ ހެޔޮނުވާނެ އަނެއްކާ އަނެއް 12 ކިލޯ އެތެރެކޮއްލަން ފުރުސަތު ދީ. ލާރިކޮޅެއް ދިނީމަ ދޫވާނެ. ރާއްޖެ ސިސްޓަމް
ކުށްހީ އަކަށް ވިޔަސް ހެޔޮ
17 March 2022
ތިޔަ އިންޑިޔާ މީހާ ދިވެހި މީހާ އާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅެނީ ތިޔަ ނުބައި ޢަމަލުތައް ކުރުމަށް މަގު ފަހިކުރުމަށް ކަނަށް ދުށުމުގެ ހީ އަޅުގަނޑު ކުރަން.
ާއަލިިި
17 March 2022
ތިޔަހީ އަޅުގަނޑު ބަލައިގެންފިން.