ޑްރަގްސް އުފުލީ މީގެ ކުރިން ވެސް ޑްރަގްސް އުފުލައިގެން ހިފެހެއްޓި ލޯންޗެއްގައި
ފުލުހުން ކުރިން ހިންގި އޮޕަރޭޝަނެއްގައި ޓެކްސީއެއްގެ ތެރެއިން ޑްރަގްސް ނަގައި މަގުމަތީ އަތުރާފައި
15 މާޗް 2022 - 22:51
ކަނޑުމަތީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 12 ކިލޯގެ ޑްރަގާ އެކު އަތުލައިގަތް މީހާ ހައްޔަރުކުރީ ޑްރަގްސް އަޅާފައި ހުރި ދަބަސް އެއްލައިލުމަށް ފަހު ލޯންޗުން ފައިބައިގެން ފިލަން އުޅެނިކޮށް ކަމަށް ފުލުހުން ބުނެފި އެވެ.
މީގެ ކުރިން ވެސް ޑްރަގްސްގެ މައްސަލައެއްގައި ދެ ފަހަރަކު ހައްޔަރުކޮށްފައިވާ އިންޑިއާގެ މީހެއް ކަމަށްވާ ސުމޭޝް ކޭއޭ ކްރިޝަނަން ކުޓީ، 37، ޑްރަގް ޓްރެފިކިން ތުހުމަތަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ހާޒިރުކޮށް ފުލުހުން ބުނީ ޑްރަގްސް ފެނުނީ ސްމޭޝްގެ ކޮނޑުގައި އޮތް ދަބަހުން ކަމަށެވެ. ޑްރަގް އުފުލި ލޯންޗުން އޭނާ ފައިބަން އުޅެނިކޮށް ފުލުހުން ފެނުމާ އެކު ދަބަސް އެއްލައިލީ އެވެ.
ސްމޭޝްގެ ބަންދަށް 15 ދުވަސް އިތުރުކޮށް ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި އެބަހުރި ކަމަށެވެ. އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓައި އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބް ނިންމެވީ އެވެ.
މި މައްސަލާގައި ދެން ހައްޔަރުކޮށްފައިވަނީ ބަންގްލާދޭޝްގެ މީހެއް ކަމަށްވާ ކަވްސަރު އަލަމް، 30، އާއި މުހައްމަދު އަބްދުއްލަތީފް، 30، އެވެ. މުހައްމަދަކީ ނ. ވެލިދޫ މީހެކެވެ.
ލޯންޗް ދުއްވި މީހާ ކަމަށްވާ މުހައްމަދުގެ ބަންދަށް 10 ދުވަސް އިތުރުކުރަން ގާޒީ ނިންމެވި ސަބަބުތަކުގެ ތެރޭގައި ލޯންޗުގައި އިން އިންޑިއާ މީހާގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާއި އެ ތަކެތި ފެނުމުން މުހައްމަދު ފިލާފައި ވުމުންނާއި ކުޑަކަމުދާ ތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވުން ހިމެނެ އެވެ.
ނަމަވެސް މުހައްމަދު ކޯޓުގައި ބުނީ އޭނާ އަކީ ލޯންޗް ދުއްވާ މީހެއް ކަމަށްވާ އޭގައި ދަތުރުކުރާ މީހުން ގެންދަނީ ކޯއްޗެއްކަން ނޭނގޭ ކަމަށެވެ.
ބަންގްލާދޭޝްގެ މީހާގެ ދަބަހުން ވަނީ ލޯންޗުން ދަތުރުކުރި މީހެއްގެ އައިޑީކާޑާއި ވޮލެޓް ވެސް ފެނިފަ އެވެ.
އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި އުފުލި ލޯންޗަކީ މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އުފުލި މައްސަލައެއްގައި ހިފެހެއްޓި ލޯންޗެކެވެ. މިފަހަރު ޑްރަގްސް އުފުލި މީހާ ހައްޔަރުކުރުމުން ލޯންޗުގެ ކައްޕި ފިލަން ގޮސް އޮއްވައި އަތުލައިގަތީ ލޯންޗުގެ ވެރިމީހާގެ ގެސްޓް ހައުސްއެއްގައި ހުއްޓާ ކަމަށް އެނގިފައިވެ އެވެ. މަސްތުވާތަކެއްޗާ އެކު އައި ލޯންޗް ހުޅުމާލެއަށް ގާތްކުރި އިރު އެތަނުގައި ވެސް ލޯންޗުގެ ވެރިމީހާ ހުއްޓެވެ. ފުލުހުން އޭނާ ހިފެހެއްޓި ނަމަވެސް ހައްޔަރު ނުކޮށް ދޫކޮށްލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިމާލް ވަރސަސް
17 March 2022
ކީއްވެތަ ސޮބާހުގެ ނަން ޖަހަން ނުކެރިގެން ތިއުޅެނީ، ގައިމު ޖުމައްޔަލުގެ ނަން ލިޔެ، އޭނާ ފަޟީޙަތްކޮށް އޭނާގެ މުޅި ކެރިއަރު އެވަނީ ދުއްވާލާފައި، ޑުރަގު ޓްރެފިކިންގ އަކީ ކުށެއް ނޫންބާ؟ ކުށަކީ އަންހެނަކު ގުރޫމްކޮށްގެން ފައިދާނެގުން އެކަނި ބާ؟ ޖުމައްޔަލުއާ ޞަބާގެ ތަފާތަކީ ކޮބައިބާ؟
އުމަރު.
16 March 2022
ދިވެހިޒުވާނުންގެ މުޅި ދިރިއުޅުން ފުނޑުފުނޑުކޮއް އެތައް މައިންބަފައިން ރެޔާދުވާލު ބުރަމަސަތްކަތުން ހޭހަންކުރި ދެލޮލުގެ ނޫރުފަދަ ޒުވާނުންނައް މިފަދަ އަނިޔާދޭ ޑުރަގްގެނެޓްވޯރކު ތަކައް ހާއްސަ ގާނޫނެއް ފާސްކޮއް ހަރުކަށި އަދަބުލިބޭނެ ގޮތައް ހެކިހޯދާގޮތާ އެއްލާލާ ދަބަހުން ރެކިނުގަނެވޭނެ ގޮތައް އިސްލާހު ގެންނަންޖެހޭ އަދި ކުޑަކަމުދާ އެއްޗެހި އެއީ ޕެނަޑޯލް ކައިގެން ވީގޮތެކޭ ނުބުނެވޭ ގޮތައް ގާނޫނު ހަރުކަށި ކުރަންޖެހޭ އެފަދަ މީހުންގެ ބަންދުގެ މުއްދަތު ޝަރީ
ކަކުނިބޯ
16 March 2022
ޢިންޑިޔާ އައުޓް އަދި ވެސްގެންނާނެ ސަރުކަރު ކަޑަކަކޫޖަހާގެން އިންނަންޖެހޭނީ
ލަތީފާ
16 March 2022
މީގެ ކުރިން ވެސް ޑްރަގްސްގެ މައްސަލައެއްގައި ދެ ފަހަރަކު ހައްޔަރުކޮށްފައިވާ އިންޑިއާގެ މީހެއް ކަމަށްވާ ސުމޭޝް ކޭއޭ ކްރިޝަނަން ކުޓީ، 37، " އެމް ޑީ ޕީ އަށް މަޖިލީހުގެ މެޖޯރިޓީދިނީމައި ވީކަމެއްބުނެބަލަ
އެޑްމުންޑޯ
16 March 2022
ލޯންޗްގެވެރިމީހާ އެތަނަށް ގޮސް އެހުރީ އެދަބަސް ބަލާ ކަމަށް ވާނީ ،
ސ ބ ހ
16 March 2022
ނޫން. އިއްތިފާގަކުން މަށަށް ދެވުނީ.
ބަސަހުއްޓުން
16 March 2022
ދެން ކިޔާ ނޫނެއްގައި ލޯންޗުގެ ވެރިމީހާގެ ނަމާއި ފޮޓޯޖަހާފަހުރީ? މިލިޔުންކިޔާލުމުން ލޯންޗު ވެރިމީހާގެ މައްސަލައެއް އޮތްމަކަށް ފާހަގަ ނުކުރެވޭއެނގިފައިވާގޮތުގަ އެލޯންޗަކީ ދަތުރުތަޢްކުރުމަށަ ރެންޓަށްދޫކުރާ ލޯންޗެއް.ގިނަފަހަރަށް ލޯންޗު ރެންޓަށް ނަގައިގެން މިފަދަ ޖަރީމާހިންގަނީ.
ސައިޚް
16 March 2022
ލޯންޗް ވެރިމީހާއަކީ ކާކު.؟ ތީނު ކަމުގެ އެއްމެ ބޮޑު މީހަކީ، ވެރިމީހާ ފުރަތަމަ ހައްޔަރުކުރަން ޖެހެނީ،
އައް ސައިިޚް
19 March 2022
ސައިިޚް ދަންނަމުތަ ފިލްމުކުޅޭ ސޮބާއޭ މީހުން ކިޔާ މީހަކު. އެއީތިލޯންޗްގެ ވެރިޔާ.
ށަވިޔަނި
16 March 2022
ކުރިންވެސް.... މިއީ ނުވިސްނޭ ވާހަކައެއް.
ދިއްދޫމީހާ
16 March 2022
އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި އުފުލި ލޯންޗަކީ މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އުފުލި ލޯންޗެއް މާރީމާރީގެ މައްސަލާގަ ހައްޔަރު ކުރީ މީގެކުރިން ވެސް ހައްޔަރުކުރި، މިހާރު ދިވެހިބަހުން މީގެކުރިން މިބަަސް ނައްތާލަންވީ…
މޯޑޭ
16 March 2022
ލޯއްޗު ވެރިމީހާގެ އަތެއް ތިކަމުގަ ވާނެކަށް ކަށަވަރު. އޭނަ މިހާރު އުޅެނި ވަރައް މުންސަދި ދިރިއުޅުމެއް. ތިޔަ ލޯއްޗުގަ ސަފާރީތަކުން ބަގުރާވެސް ސަފްލައިކުރާ ކަމަށް ވޭ.