ކަނޑުމަގުން ގެނެސް ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ މީގެ ކުރިން އަތުލައިގަތް ގިނަ އަދަދެއްގެ ޑްރަގްސް ނަގަނީ. -- ފައިލް ފޮޓޯ: ޕޮލިސް
15 މާޗް 2022 - 19:02
ކަނޑުމަތީގައި ފުލުހުން ރޭ ހިނގި އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ ޑްރަގްސް އަތުލައިގަތީ ޑްރަގް އެންފޯސްމެންޓާއި އިންޓެލިޖެންސް ގުޅިގެން ކަނޑުމަތީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގަ އެވެ. މި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ އުމުރުން 37 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދިވެހި މީހާގެ ބަންދަށް 10 ދުވަސް އަދި ބޭރު ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފަ އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އިންޑިއާ މީހާއަކީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ޑްރަގް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ. އެކަމަކު އޭނާ ދޫވީ ކިހިނެއް ކަމެއް ފުލުހުން ނުބުނެ އެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އެ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި ދައުލަތް
16 March 2022
ބިދޭސީއަކު ތަކުރާރުކޮށް ކުށްކުރާއިރު މިގައުމުގައި މިނިވަންކަމާއެކު އުޅެވެނީ ކީއްވެތޯ؟މިގައުމުގެ ތަންފީޒީ އިދާރާތަކުން ރައްޔިތުންގެ ބައިތުލްމާލުން ބޮޑެތި މުސާރަ ނަގައިގެން ކުރަނީ ކޮންކަމެއްތޯ؟މަޖިލީހުންނާއި އިދާރާތަކުން ނަންނަމުގައި ޤާނޫނުތަކާއި ޤަވައުދުތައް ހެދުމުގެ ބޭނުމަކީ ކޮބައިތޯ؟ރާއްޖެއިން ބޭރުގައި ދިވެއްސަކު ކުށެއް ކޮއްފަ މިގޮތައް އުޅެވޭތޯ؟މިނޫނިއްޔާ ނެތް ގައުމެއް މިއުޑިދަށުގައި ބިދޭސީން ޕާސްޕޯޓް އުކާލައިފައި މިނިވަންކަމާއެކު އުޅޭ ގައުމެއް
ޝަފީރު
15 March 2022
ފުލުހުން ކުރިން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އިންޑިއާ މީހާއަކީ މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ޑްރަގް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ. އެކަމަކު އޭނާ ދޫވީ ކިހިނެއް ކަމެއް ފުލުހުން ނުބުނެ އެވެ. އިންޑިޔާިލިޓަރީ އައުޓް.
ހާމިދު ޝާޙިދު
15 March 2022
އިންޑިއާ އައުޓު. އެމީހުން މިތަނަށް މި މަސްތުވާތަކެތި ގެނެސް ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުން މިކުރަނީ.
ޢަރުތަ
16 March 2022
އިންޑިއާ އެކަނިތަ އައުޓްވާންވީ! ބަންގަލަދޭޝް މީހުން އެތެރެކުރާ ޑްރަގްމަދީތަ، އިންޑިއާވެސް ބަންގްލަދޭޝްވެސް އައުޓް.
ކެކެ
15 March 2022
ތީސީދާ މިސަރުކާރުގެ ބޮޑުންގެ ޝިޕްމެންޓެއް. ދޫކޮށްލާނެ
އައްޓަމަސް
15 March 2022
1، 2، 3، 4 ފަހަރުވެސް ހައްޔަރު ފިޔަވަޅެއްނޭޅޭ މީއަޖައިބެއްނުދޯ؟ މީެމީހުންގެ ގަވްމެއްވެސްނޫން މިތަނުގެ ކޯޓުތަކުންދޫވެ މުޖުތަމައުހަލާކުކުރަން އުޅޭކަށް؟! މީރައްޔިތުންގެ ފާޑުތައް ކޯޓުތަކަށް ރައްދުކުރެވޭ ސަބަބަކީ އެމީހުން ކީއްވެޑިޕޯރޓު ނުކުރެވެންވީ؟! ގަވާއިދާއި ޚިލާފަށް އުޅޭމީހަކު ކޯރޓަށް ގެންދިޔައީމައި ކޯޓުން އަންގަނީ ފުލުހުންނަށް އޭނަދޫކޮއްލަން ކީއްވެ އޭނަ ޑިޕޯރޓުކުރަންނާންގަނީ ކޯޓޭކިޔާފައި މީހަކު އެއްޗެއް ބުނާއިރަށް އެމީހަކު ހުރުމަތްކަޑައިގެން
ބޭބެ
15 March 2022
ތިބުނާ އިންޑިޔާ މީހާވެސް ތިންހަތަރު ފަހަރު ހަށްޔަރު ކޮށްފި. ދޫ ވާގޮތެއް ނޭގެ. ދެންވެސް ދޫކުރާނެ ކަށް ކަށަވަރު. އެކަމް އިމްރާނު ބުނާނެ ....
ހަސީބު
15 March 2022
ޑްރާމާ ހުސް ޑްރާމާ . ދޫވި ގޮތް ބުނެއެއް ނުދެވޭ. ގުޅިގެން ހިންގާ ކަމެއް ތީ
ޢަރުތަ
16 March 2022
ތީ އަބަދުވެސް ތިކަންކަން ހިނގާގޮތް، ކުރިންވެސް މިހާރުވެސް އަދި ފަހުންވެސް ތިނޫން ގޮތެއް ނުވާނެ، ތީހަމަ ބަރާބަރަށް ގުޅިގެން ހިންގާ ވިޔަފާރިއެއް.
މޯޑް
15 March 2022
ތި މަންސަލައިގަ ހަށްޔަރު ކުރި ފިލުމީތަރިއަކީ ހުޅުމާލޭ ގެސްޓްހައުސް ހިންގާ އެތަނުން ރަލާއެއްޗެހި ވެސް ވިއްކާ މީހެއް ކަމަށް ހަބަރު ލިބޭ. އޭނަގެ އަމިންލަ ލޯއްޗުގަ ސަފާރީތަކަށް ގޮސް ރާ ގެނެސް ވަރައް ފުޅާދާއިރާއެއްގަ އެކަން ކުރާމީހެކޯ. ތިވަރު މީހަކު ހަށްޔަރު ކުރަށް ލަސްވެއްޖެ