ފެހެންދޫގެ ދަރިވަރުން ގޮއިދޫއަށް ކިޔަވަން ދަނީ: އެ ފަޅުގައި މިއަދު ވަނީ އެކްސިޑެންޓެއް ހިނގާފައި.--ފޮޓޯ:ފެހެންދޫ ކައުންސިލް
21 ޑިސެމްބަރ 2016 - 16:27
ބ. ފެހެންދޫ އާއި އެ އަތޮޅު ގޮއިދުއާ ދެމެދު ދަތުރުކުރި ޑިންގީއެއް ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓު ހިނގީ، ވެލި ނެގުމަށްޓަކައި ގޮއިދޫން ދަތުރުކުރި ޑިންގީއަކާއި ދެ ޓޫރިސްޓަކު ގޮވައިގެން ފެހެންދު އަށް ދިޔަ ޑިންގީއެއް ޖެހިގެންނެވެ.
ގޮއިދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ މި އެކްސިޑެންޓުގައި ޒަހަމްވީ ދެ ޑިންގީގައި ތިބި ހަތަރު ދިވެހިންނަށް އެކަނި ކަމަށެވެ.
ގޮއިދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް އެ ހަތަރު މީހުން މިހާރު މާލެ ފޮނުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސީރިއަސް އެއްވެސް ޒަހަމެއް ނެތް ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
"ސްކޭން ފަދަ ކަމެއް ކުރަން ޑޮކްޓަރުން ލަފާދެނީ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަޅަޅާ
21 December 2016
ސިއްހީދާއިރާކުރިއަށް އިނގިލީގަ އިންނައިސްތަށިވެސް އުފުރާލެވެނީ މާލެގެނާސްގެން
ކަދުރު ދައިތަ
21 December 2016
މާސީރިއަސް އެއްނޫން 4މީހުން.... އިތުރުފަރުވާދޭން ސަހަރާއައް ގެންދަންޖެހެނީ...
ކޮލޮމްބޯ
21 December 2016
ކައުންސިލުން އެބުނީ ވަރަށް ބޮޑު ތެދެކެވެ. އެކްސީޑެންޓްވީ ދެ ޑިންގީ ކައިރިވެގެންނެވެ. ލޮލް!
އަހުމަދު
21 December 2016
ފަރުވާ ކުޑަކަން..ވަށައިގެން ފެންނަން އޮވެ ދަތުރުކުރަން ޖާގަ އެހާ ބޮޑަށް އޮންނަ އިރު ބަލަންވާވަރަށް ނުބަލާތީ ވާގޮތް..