މިހާރު ޑޮކްޓަރުން ބަލަމުން އަންނަނީ މިދިޔަ އަހަރު އެޕޮއިންޓްމަންޓް ހައްދާފައިވާ މީހުން އެކަނި
ނަފްސާނީ ބައްޔަށް ހާއްސަ ސެންޓަރު: މިއީ ނަފްސާނީ ބައްޔަށް ޒަމާނީ ފެންވަރެއްގައި ރާއްޖޭގައި ފަރުވާ ދޭން ފަށާ ފުރަތަމަ ފަހަރު-- ފޮޓޯ: ނިޝާން އަލީ/މިހާރު
23 މާޗް 2022 - 08:32
ނަފްސާނީ އެކި މައްސަލަތަކަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރުގެ ވެއިޓްލިސްޓުގައި 3،000 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗުން "މިހާރު" އަށް އިއްޔެ ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި އެކި ބަލިތަކަށް ފަރުވާ ހޯދަން ޑޮކްޓަރުންގެ ކިއުތަކުގައި 5،900 އަށްވުރެ ގިނަ މީހުން މިހާރު ވެސް އެބަ ތިއްބެވެ. އޭގެ ތެރެއިން އެންމެ ގިނައީ ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދަން ބޭނުންވާ މީހުންނެވެ.
ޑޮކްޓަރަށް ދައްކާ މީހުންގެ ކިއު 5،000 އާ ހަމައަށް ދަށްކޮށްފައި ވަނީ ކުރިން 10،000 އަށް ވުރެ މަތީގައި ހުއްޓާ ހޮސްޕިޓަލްގެ މަސައްކަތަށް ގެނައި ބައެއް ބަދަލުތަކާ އެކު އަވަހަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިގެންނެވެ.
އެކަމަކު ހޮސްޕިޓަލްގެ މެންޓަލް ހެލްތު ސެންޓަރުގެ ސައިކޭޓްރިސްޓުންނަށް ދެއްކުމަށް މި ވަގުތު ވެސް 3،276 މީހުން ވެއިޓްލިސްޓުގައި އެބަތިއްބެވެ. މިއީ ހޮސްޕިޓަލުގައި އެންމެ ކިއު ބޮޑު ޑިޕާޓްމަންޓެވެ.
މެންޓަލް ހެލްތު ސެންޓަރަށް މީގެ ދެތިން ދުވަސް ކުރިން ގުޅުމުން ބުނީ މިހާރު ޑޮކްޓަރުން ބަލަމުން އަންނަނީ މިދިޔަ އަހަރު އެޕޮއިންޓްމަންޓް ހައްދާފައިވާ މީހުން އެކަނި ކަމަށެވެ. މިހާރު އެޕޮއިންޓްމަންޓެއް ހެދިއަސް ޑޮކްޓަރަށް ދެއްކޭނެ ދުވަހެއް ނޭނގޭ ކަމަށް ވެސް ބުންޏެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި މެންޓަލް ހެލްޓު ސެންޓަރުގައި މިހާރު މަސައްކަތް ކުރަނީ ފަސް ސައިކޭޓްރިސްޓުންނާއި ހަ މެޑިކަލް އޮފިސަރުންނާއި ފަސް ސައިކޮލޮޖިސްޓުން އަދި ސޯޝަލް ދެ ވޯކަރުންނެވެ.
ނަފްސާނީ ކަންކަމަކީ ވީހާ ވެސް އަވަހަކަށް އެހީތެރިކަން ބޭނުންވާ މައްސަލައަކަށް ވާތީ މިހާރު ވަނީ އިތުރު ބަޔަކާ އެކު އެ ހިދުމަތް ފުޅާކުރަން މަޝްވަރާ ފަށައިފަ އެވެ.
އައިޖީއެމްއެޗުގައި ގާއިމްކުރި މެންޓަލް ހެލްތު ސެންޓަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުވައި ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ސިރާޖު ވިދާޅުވީ މެންޓަލް ހެލްތު ސެންޓަރަށް ދައްކަން ގިނަ ބަޔަކު އެޕޮއިންޓްމަންޓް ހަދަމުން އަންނަ އިރު ވެއިޓްލިސްޓުގައި މިހާރު ތިބި މީހުންގެ ތެރޭގައި ވެސް ފޮލޯއަޕް ހަދާ މީހުން ގިނަވާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ހިންގާ ބޮޑު ތިން ހޮސްޕިޓަލްގެ ތެރެއިން ސައިކޭޓްރިސްޓުގެ ހިދުމަތް ލިބެނީ އައިޖީއެމްއެޗުން އެކަންޏެވެ. އޭޑީކޭ ހޮސްޕިޓަލްގައި ސައިކޮލޮޖިސްޓެއް އަދި ސައިކޭޓްރިސްޓެއް ވެސް ނެތެވެ. ޓްރީޓޮޕުން ސައިކޮލޮޖިސްޓް ހިދުމަތް ލިބެ އެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާދޭ ސިއްހީ ހިދުމަތްތެރިން އުފެއްދުމަށް ސަރުކާރުން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ 46 ސްކޮލަޝިޕަށް ވެސް ހުޅުވާލައިފަ އެވެ.
ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭ މި ސްކޮލަޝިޕްތަކުގެ ތެރޭގައި މާސްޓާސް އިން ސައިކިއޭޓްރީއާ މާސްޓާސް އިން ލާނިން ޑިސްއެބިލިޓީސް އަދި މާސްޓާސް އިން ކައުންސެލިން / ސައިކޮތެރަޕީ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
23 March 2022
އާބާދީގެ 80 ޕަސެންޓް ނަފްސާނީ މައްސަލަ އެއްގަ އެވެ. ގިނަ ބަޔކު ކަރަންޓް ފެން އަދި ގޭގެ ކުލި ނުދެއްކިގެންނެވެ. ދިވެހީންނަށް ވަޒީފާ އެއް ނެތެވެ. ހުރި ކައުންޓާރު އެއްގަ ރަށުގަ ދަނޑުވެރިކަން ކުރަން އުޅުނު ބިދޭސީންނެވެ. އެމީހުން ވަތް ގަނޑުން ފައިސާ ވަގައްނަގާ ޑޮލަރަށް ހަދާފަ ބޭރު ކޮށްލަނީ އެވެ. މާލެ ތެރޭ އުޅުނު ލިޔެކިއުން ނެތް ބިދޭސީން ތައް ރިސޯޓް ތަކަށް ހިނގައްޖެއެވެ. އެމީހުންނަށް ޓިޕްސް އަށް މަހަކު 800 ޑޮލަރު ލިބެ އެވެ.
އެމްސް
23 March 2022
ނަފްސާނީ ބަލީގަ ކިއުގަ ނުޖެހޭ މީހުންގެ ޢަދަދު އަދި މާގިނަ!
120687
23 March 2022
ދިގު ކިއު ދިގު ވީމާ، ނަފުސާނީ ވެސް ދިގު ވާނެ ނޫންތޯ؟
ބޮޑުމީހާ
23 March 2022
ސިޔާސީ މީހުން ބޭނުންވަރަކަށް އިތުުރުކުރެވޭ. ޑޮކްޓަރެއް ނުހޯދޭ. ކިތައް އެކްޓިވިސްޓުންނަށް މަގާމްތައް ބަހާފަ. އިބޫ ސޯލިހު ވެރިކަމއް އެބަކުރޭ. ބޭކާރު 5 އަހަރު
ާއުނިމާ
23 March 2022
ނަފްސާނީ ބަލިޖެހި މީހާ ދުނިޔެއިން މޮޔަވާއިރުވެސް ފަރުވާއެއް ލިބޭކަށް ނެތްތާ
ދޮން ހަސަނު
23 March 2022
ތި ލިސްޓައް މަވެސް އިތުރު ކޮއްދީ. މަވެސް އަދި މިހިރީ މަޑުކޮއްގެން.
ސިޔާސީ ވަގުން
23 March 2022
މި ގައުމުގަ ވައްކަން ކުރާހިތުން ސިޔާސީ މައިދާނައް ވަންނަން ބޭނުންވެ، އެކަމު ޖާގަ ނެތިގެން އުޅޭ 20000 މީހުން އެބަ އުޅޭ! އެކަމައް ކަމެއް ކޮއްދެއްވާ!
ނޯޒް
23 March 2022
ބޭކަރު ކަމެއް ތި މީހުންނަށް ދެއްކުންވެސް. ނަފްސާނީ ބޭސްތަކަކީ ވަރަށް އެޑިކްޓިކް އަދި އެހާމެ ސައިޑް އިފެކްޓް ހުންނަ ބޭސްތަކެއް. ނެވާ ޓޭކް ދީޒް. ޓޭްކް އޯލްޓަނޭޓިން މެޑިސިން. އެކަމަކު ރާއްޖެއަކީ ތަަރައްގީނުވާ ބަޔަކަށް ވާތީ ރަނގަޅު ފަރުވާއެއް އަންނާނީ ކިހިނެއް؛
ޔެސް
23 March 2022
ވަރަށް ރަގަޅު ވާހަކައެއް. ވަރަށް ސޭފް ބޭހެކޭ ކިޔާފަ އެފަދަ ޑރން ދޭ ބޭސް ކުޑަކޮށް ސާރޗެއް ޖަހާލާއިރު އެ ބޭނުންކުރާ މީހުން ސުއިސަޑް ކުރުމަށް އެބަ ހުށަހެޅޭ. ދީނަށް އިސްކަންދީގެން އުޅެ ގުރުއާނަށްވުރެ މޮޅު ބޭހެއް މިހާތަނަށް ތަޖުރިބާ ނުކުރެވޭ. ރާއްޖެ ކިތަންމެ ތަރައްގީނުވިއަސް ބަލިތަކުގެ ޝިފާ އޮތީ ދެއްވާފައި.
ޑތފދދދދފ
23 March 2022
ޖެންޑާ މިނިސްޓަރު އިސްތިއުފާ.
އިބުރާ
23 March 2022
ތެރެޕިއުޓިކް ޚިދުމަތްތަކާއި ބެހޭ ގޮތުންވެސް ރިޕޯރޓެއް އެކުލަވައިލަދީ ބަލަ. އައިޖީއެމްއެޗްގައި ޚިދުމަތް ދޭ ގޮތާއި، ގަޑިއާއި، ކިއު އޮތް މިންވަރު ހިމަނައިގެން