22 މާޗް 2022 - 15:52
ސަރުކާރުން ހިންގާ "ނޫ ރާއްޖެ" ޕްރޮގްރާމަށް، އެމެރިކާގެ މަޝްހޫރު ގޭޓްވޭ ކުންފުނީގެ ފައުންޑާ ޓެޑް ވެއިޓްގެ އިންސްޓިޓިއުޓަކުން އެހީތެރިވާން ފަށައިފި އެވެ.
ރައީސް އޮފީހުން ބުނީ ވެއިޓް ފައުންޑޭޝަނުން "ނޫ ރާއްޖެ" އަށް އެހީވުމުގެ މަސައްކަތް އެ ފައުންޑޭޝަންގެ ބޭފުޅުން ވަޑައިގެން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
ނޫ ރާއްޖެއަކީ ކަނޑުތަކުގެ ވަސީލަތްތައް ވަޒަންކޮށް ހިމާޔަތްކޮށްގެން ދިވެހި މުޖުތަމައަށާއި އިގްތިސާދަށާއި ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތައް ހިންގުމަށް ސަރުކާރުން އެކުލަވާލި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ކަނޑުތަކުގެ ވަސީލަތްތަކައި ގުޅޭ ގިނަ ޕްރޮޖްކެޓްތަކެއް ހިންގާނެ އެވެ.
ވެއިޓް މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މިކަމުގެ މައުލޫމާތު މަޖިލިސް މެންބަރުންނާ ހިއްސާކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މީގެ ކުރިން 2019 ވަނަ އަހަރު ވެސް ޓެޑް ވެއިޓް ވަނީ ރާއްޖެ ވަޑައިގެން ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެން "ނޫ ރާއްޖެ"ގެ ނަމުގައި ހާއްސަ ޕްރޮޖެކްޓެއް ފެށީ ޑިސެމްބަރު 2020 ގަ އެވެ. މި ޕްރޮގްރާމު ކުރިއަށްގެންދަނީ ފަސް އަހަރުގެ މުއްދަތަށެވެ.
ދިވެހި ކަނޑުތަކާ ގުޅޭ ސައިންސް ކުރިއެރުވުމަށްޓަކައި ދިރާސާކޮށް، ދާއިރާ އަށް ބޭނުންވާ މީހުން ބިނާކުރުމާއި އެހީވެވޭނެ އެވެ. ދިވެހި ސައިންސްވެރިންނާއި މަދަނީ ޖަމިއްޔާތަކާ އެކު ވެސް މަސައްކަތް ކުރަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅު އޮށެއް ގެމައްޗައް ސަވާރުވެގެން!
23 March 2022
މީގެން %5 ވެސް ގައުމުގެ ރަގަޅަކައް ހޭދަކޮއްފިއްޔާމުން އެވާނީ ކުރިއެރުމަކައް. ސިޔާސީ މީހުންގެ އަތުގާ ޖެހޭ ފައިސާ ބަހާލާ ގޮތްވެސް ނޭގޭނެ. އަދި އެ ފައިސާ ދިރުވާލާގެން ދެފުއްކެހެރި މަހުޖަނުން މި ފެލެނީ ގައުމޭ، މިނިވަންކަމޭ، ކަކުނި ބޮލޭ!
އަލިފ ހ
22 March 2022
އެދުމެއް ނެތި ވެދުމެއް ނުކުރާނެކަން ދަންނަން ވާނެ!
48343
22 March 2022
ތިހެންދޭއެހީ ޖީބަށްކަހާލާތީ މައްސަލައަކީ.
މައިކްރޯން
22 March 2022
ދިވެހި ސައިންވެރިންނޭ ތޯ !؟؟ ހެހެެހެ ދިވެހި އުޅޭނީ ރޯނު އެދުރުންނާ އެކްޓިވިސްޓް ކޯޑިނޭޓަރުން
ސަރުބީ
22 March 2022
އެދުމެއްނެތި ވެދުމެއް ކުރާނެތަ މިތިބަ މީހުން
ނަޖިސް
22 March 2022
އަނެއްކާ ވެސް ދިވެހިން ގެ ނަން ބޭނުން ކޮށްގެން އިތުރު ލާރިގަނޑެއް ބޮޑުންގެ އަމިއްލަ ބެންކް އެކައުންޓަށް ޖަމާ ކުރަން ތައްޔާރު ވަނީ.
ރަދީފްއޮފިޝަލް
22 March 2022
ފައިސާކޮޅު ޕަކަޅާ ކޮއްނުލައިފިނަމަ ރަނގަޅު.