22 މާޗް 2022 - 12:44
އީރާންގެ މަދަދު ލިބިގެން ހަނގުރާމަކުރާ ޔަމަންގެ ހޫތީ ޖަމާއަތުން، ސައޫދީ އަރަބިއްޔާގެ ތެޔޮ ކާރުހާނާތަކަށް ދޭ ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ ތެލުގެ ބާޒާރަށް ތެޔޮ ނެރެވޭ މިންވަރު މަދުވިޔަސް، ސައޫދީ އަރަބިއްޔާ އިން އެކަމުގެ ޒިންމާ ނުނަގާނެ ކަމަށް އެ ގައުމުން އިއްޔެ ބުނެފި އެވެ.
ސައޫދީ އަރަބިއްޔާގެ ހާރިޖީ ވުޒާރާއާ ހަވާލާދީ، އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި ހޫތީ ޖަމާއަތުގެ ޑްރޯންތަކުން ސައޫދީގެ ތެޔޮ ކާރުހާނާތަކަށް ހަމަލާ ދިނުން އިތުރުވެފައިވާ އިރު، އެކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މާ ބޮޑު ކަމެއް ނުކުރެވެ އެވެ.
"ޓެރަރިސްޓް ހޫތީ ހަނގުރާމަވެރި ޖަމާއަތަށް، އީރާނުން ބެލިސްޓިކް މިސައިލްގެ ޓެކްނޮލޮޖީ އާއި ޒަމާނީ ޑްރޯންތައް ފޯރުކޮށްދިނުމުގެ ނުރައްކާތެރިކަން، ބައިނަލްއަގުވާމީ މުޖްތަމައުން މިހާރަށް ވުރެ ރަނގަޅަށް ދެނެގަންނަން އެބަޖެހޭ. ސައޫދީ އަރަބިއްޔާގެ ގޭހާއި ތެލުގެ ކާރުހާނަތަކަށާއި ތެޔޮ ސާފުކުރާ ތަންތަނަށް ހަމަލާ ދެމުން އެދަނީ އެ ހަތިޔާރުތައް ބޭނުންކޮށްގެން،" ސައުދީ ހާރިޖިއްޔާ އިން ނެރުނު ނޫސް ބަޔާނުގައިވެ އެވެ.
The Kingdom declares that it will not incur responsibility regarding any shortage of oil supply as its oil facilities are attacked by Houthi terrorist militias. pic.twitter.com/bfXYa5d8TH
— Foreign Ministry 🇸🇦 (@KSAmofaEN) March 21, 2022
ސައޫދީ އަރަބިއްޔާ އިން މި މޭރުމުން ބަޔާނެއް މި ނެރުނީ، އެ ގައުމުގެ ތެލާއި ގުދުރަތީ ގޭސް ސާފުކުރާ ކާރުހާނާއަކަށް، އޭގެ އެއް ދުވަސް ކުރިން، ހޫތީ ހަނގުރާމަވެރިން ސިލްސިލާ ހަމަލާތަކެއް ދީފައި ވަނިކޮށެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގައި، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އިއްޔެ ހުރީ 112 ޑޮލަރުގަ އެވެ.
ދުނިޔޭގެ ތެލުގެ ބާޒާރުގައި މުހިންމު ހިއްސާއެއްވާ ސައޫދީ އަރަބިއްޔާގެ ތެލުގެ އުފެއްދުންތަކަށް އަންނަ ކޮންމެ ބަދަލަކާ އެކު، ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތަކަށް ބަދަލު އާދެ އެވެ. ސައޫދީ އަރަބިއްޔާ އިން މި މޭރުމުން އިންޒާރު ދީފައިވާ އިރު، ރަޝިޔާ ސިފައިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ވަނީ ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފަ އެވެ.
ރަޝިޔާގެ ތެލާއި ގޭސް ގަތުން ހުއްޓައިލުމަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ވިސްނަމުން ދާއިރު، އޭގެ ބަދަލުގައި އެހެން ގައުމުތަކުން އުފައްދާ ތެލާއި ގޭސް ދުނިޔޭގެ ބާޒާރަށް މިހާރަށް ވުރެ ގިނައިން ނެރުމަށް، އެމެރިކާ އިން ވަނީ ގޮވާލައިފަ އެވެ. އަދި އެކަމަށްޓަކައި މެދުއިރުމަތީގެ ގައުމުތަކާ އެކު އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ސައުދީ އަރަބިއްޔާ އިން ދެކޭ ގޮތުގައި ބައިނަލްއަގުވާމީ މުޖްތަމައުގެ މަސްލަހަތާ ގުޅިފައިވާ މުހިންމު ވިޔަފާރިއަކަށް، ޓެރަރިސްޓުންގެ ނުރައްކާތައް ކުރިމަތިވަމުންދާ އިރު، އެ ވިޔަފާރި ހިމާޔަތްކޮށް ރައްކާތެރި ކޮށްދިނުމަކީ ބައިނަލްއަގުވާމީ މުޖްތަމައުން ކުރަންޖެހޭނެ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
23 March 2022
ކޮބައިތޯ އެމެރިކާއާއި ޔޫރަޕުން އެތައްބިލިއަން ޑޮލަރެއް ދީފައި ތިގަންނަ މޮޅެތި ނަންނަން ކިޔާ ޑިފެންސާއި އޮފެންސް ސިސްޓަމުގެ ބޭނުން. ހަތިޔާރުގެ މާހިރުން ބުނާގޮތުން އެމެރިކާއިން ތައްޔާރުކޮށްފައިވާ އެންމެމޮޅު ޑިފެންސް ސިސްޓަމް "ތާރޑް" އަށްވެސް ހޫތީން އެފޮނުވާމިސައިލާއި ޑްރޯން އިން މަދު އެއްޗެކޭ އަތުލައިގަނެވެނީ. ޔަމަނަށް ވައިގެމަގުންނާއި ކަނޑުމަގުން ކާއެއްޗެއް ނުވަތަ ބޭހެއްވެސް ނުވެއްދޭގޮތަށް ސައޫދީން ހިސާރަކޮށްފައިވާއިރު ދެން އީރާނަށް ކޯއްޗެއްދެވޭނީ
އަޙްމަދު
22 March 2022
އެމެރިކާ މީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ އަމާތަ؟
ރަދީފްއޮފިޝަލް
22 March 2022
ތިބެބަލަ ކަލޭމެން.ހައްޖު ފައިސާކޮޅު ވެސް ނަގައިގެން ތިތިބެނީ ގަނޑުވަރުތަކަށް ވަދެ ފިލާއެއްނު.
މިސްކިން
23 March 2022
އެއީ އެމީހުންގެ ޓޫރިޒަމް އޭ. މި ގައުމުގެ މަހުޖަނުންވެސް އުޅެނީ ހަމަ އެހެންނު!
ހިލާލީ
22 March 2022
ކުލީސިފައިން ބޭނުންކޮށްގެން ސައުދީ އަރަބިޔާއަށް ހަމަލަތައް ދެމުންގެންދަނީ އެމެރިކާއިންކަން ސައުދީ ވެރިންނަށް ވެސް މިހާރު ވަރަށް ސާފުކޮށް އެގޭ. އަދި އެމެރިކާއިން މިކަން ކުރަނީ އިރާނާއި ، އިރާގާއި އަދި ސައުދީ އަރަބިޔާއާއި މިތިން ގައުމުމެދުގައި ޝައްކާއި ވަސްވާސް ދުޝްމަންކަން އުފައްދާފަ ބޭއްވުމުގެ ބޭނުމުގައިކަން ވެސް މިހާރު ސައުދީއަށް އެގިއްޖެ. އަދި އަރަބި ގައުމުތަކަށް އެމެރިކާގެ ހަތިޔާރުތައް ވިއްކުމުގެ ބޭނުމުގައިކަން ވެސް ސައުދީއަށް ސާފުވެއްޖެ.
ޢަހުމަދުއަފްރާސިޔާބު
23 March 2022
ޙަތިޔާރު ނުގަނޭ ކީއްކުރަނީ
ބީރުބޮލު ވަޒީރު.
22 March 2022
ދުނިޔެއަށް ރަނގަޅަށް އެނގޭ ހޫތީންނާ ދެކޮޅަށް ހަނގުރާމަ ފެށީ ސައުދީންކަން. ސަޢުދީ ހީކުރީ ހޫތީންގެ ޒަމާން ދުއްވާލެވިދާނޭ. އެކަމަކު އެންމެފަހުން ސަޢޫދީގެ މަރުބައްޔަކަށްވެސް ވަނީ ހޫތީން.
ޑިމޮކްރަސީ
22 March 2022
ފުރަތަމަ ސަޢޫދީގެ ވެރިކަމާ ޤަވްމުގެ މުއްސަދިކަން ތިމާމެންގެ އަމިއްލމުދާގަޑަކަށް ހަދައިގެން ކަމުން ކަމުންގޮސް ބޮޑެތި މަލްޓި މިލިޔުނަރުންނަށްވެފައިވާ ރަސްކަމުގެ ކޮއިލްތެރޭގަ ބައިގަޑު އެފައިސާތަކާ މުދާ ހޯދިގޮތް ދުނިޔެއިންބަލަންވީ އެޤަވްމުގެ ރައްޔިތުންނަށް އިންސާފްހޯދާދޭންވި ރަސްކަމުގެ ކޮއިލްތެރެއިން ކޮލިލާމީހުންނެއްނޫން ސަލާމްތްކުރަންވީ
ބިލް ކުލިންޓަން
22 March 2022
ހޫންތީން ކީއްކޮށްގެން ސައުދީން އެމީހުންބޮލަށް މިސައިލުޖެހީ.