އައިޖީއެމްއެޗުގައި ގާއިމްކުރި މެންޓަލް ހެލްތު ސެންޓަރު މާޗު، 2019 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުވައި ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
23 މާޗް 2022 - 10:01
މެންޓަލް ހެލްތު ސެންޓަރުގެ ކިއު ކުޑަކުރުމަށް އިތުރު ބަޔަކާ ގުޅިގެން ޖޮއިންޓް ވެންޗާއެއް ހެދުމަށް މަޝްވަރާކުރަން ފަށައިފި އެވެ.
ނަފުސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި މާޗު 2019 ގައި ހުޅުވި ސެންޓަރުގައި މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ވެއިޓްލިސްޓުގައި 3،276 މީހުން ތިއްބެވެ. މިއީ، އެ ހޮސްޕިޓަލްގެ ޑިޕާޓްމަންޓުތަކުގެ ތެރެއިން މި ވަގުތު އެންމެ ބޮޑު ކިއޫއެއް އޮތް ތަނެވެ.
އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ސިރާޖު ވިދާޅުވީ ކޮވިޑް-19 އަށް ފަހު ނަފުސާނީ އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުން ގިނަވެފައިވާ ކަމަށެވެ. އެ ސެންޓަރުން ހިދުމަތް ހޯދަން 3،000 އަށް ވުރެ ގިނަ މީހުން މަޑުކޮށްގެން ތިބުމަކީ ކަންބޮޑުވުމަކަށް ވާތީ، އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިތުރު އިންސްޓިޓިއުޓަކާ ގުޅިގެން ޖޮއިންޓް ވެންޗާގެ ގޮތުގައި މެންޓަލް ހެލްތު ސެންޓަރުގެ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ނަމަވެސް އެކަމަށް އަމަލުކުރަން ފަށާނެ ދުވަހެއް އަދި ނޭނގެ އެވެ.
"ވަރަށް ޕޮޒިޓިވްކޮށް މަޝްވަރާތައް ކުރިއަށް ދަނީ. ޑިމާންޑުބޮޑުވީމާ އެއާ އެއްވަރަށް ހިދުމަތް ވެސް ދޭން އެބަޖެހޭ،" ސިރާޖު ވިދާޅުވި އެވެ.
އިތުރު ބަޔަކާ ގުޅިގެން މެންޓަލް ހެލްތު ސެންޓަރުގެ ހިދުމަތްތައް ފުޅާކުރަން ނިންމިއިރު، އަންނަ ރޯދަ މަހަށް ފަހު އައިޖީއެމްއެޗްގައި ސައިކޭޓްރިސްޓްގެ ނުވަ އެނދުގެ ވޯޑު ބޭނުންކުރަން ފަށާނެ އެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި މެންޓަލް ހެލްޓު ސެންޓަރުގައި މިހާރު މަސައްކަތް ކުރަނީ ފަސް ސައިކޭޓްރިސްޓުންނާއި ހަ މެޑިކަލް އޮފިސަރުންނާއި ފަސް ސައިކޮލޮޖިސްޓުން އަދި ސޯޝަލް ދެ ވޯކަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލަމްއަސްލަމް
23 March 2022
ރާއްޖޭގަ މެންޓަލްހެލްތު މައްސަލަތައް ދިމާވާ އެންމެ ބޮޑު ސަބަބަކީ ބޯހިޔާވަހިކަމުގެ ދަތިކަން.
ރާއްޖެ
23 March 2022
ހުރިހާ ޑިޕާޓްމަންޓެއް އައިޖީއެމްއެޗަށް. “މޯސްޓް ލައިކްލީ ބޭރުގެ ބަޔަކާ” އެއް ނޫން. އިންޑިއާ ބަޔަކާ އޭ ބުނެބަލަ.
ކިމް
23 March 2022
ދެރަވެ އެކަނިވެރިވެ މާޔޫސްވެ އެންޒައިޓީވެ އެހެންމީހެއްގެ އެހީއަށް އެންމެ ބޭނުންވާ ވަގުތު ދަންވަރަކީ…ދެރަކަމަކީ އަދިވެސް ދިވެހިރާއްޖޭގަ 24 ގަޑިއިރު ގުޅޭނެ ހޮޓްލައިންއެއްވެސް ނެތްކަން.
އަބުދު.
23 March 2022
މީހައްތަހާވެސް މައްސަލައަކީ، މިކަން ހައްލުކުރަން ތިބޭ މީހުން ސިމްޓަމް ފަހަތުން ދުވަނީ، ހީކުރަނީ ކިއު ކުޑަކުރީމަ މައްސަލަ ހައްލުވީހެން. ނޫން. މިކަމުގެ އަސްލު އަސާސު ދެނެގަންނަންވީ. މިހެންވަނީ ކީއްވެތޯ ބަލާ މިކަމަށް މަގުފަހިވާ ކަންކަން ނައްތާލަން ގޮތް ހޯދަންވީ. ކީއްވެގެންތަ މެންޓަލް ހެލްތުގެ މައްސަލަ ހުރިމީޙުންގެ މައްސަލަ ވަކި އުސޫލެއްގެ މަތިން ބެލޭގޮތަށް ނެތި އެމީހަކާ އެމީހެއްކަމަށް އޮންނަންވީ ނަންބަރެއް ނުލިބިއްޖެއްޔާ މޮޔަވާން ދޫކުރެވެންވީ.
ބޮޑުމީހާ
23 March 2022
ނަފްސާނީ ބައްޔާއި ދެންވެސް ހުރި ބައްޔެއް ނުޖެހޭގޮތަކަށް ނޫން މިތާގެ އިޖްތިމާއީ އަދާލަތު ރޭވިފައޮތީ. މުސާރަ 10000ރ ކުލި 12000ރ ފެންބިލް 3000ރ ކަރަންޓް 3000ރ ކާން 3000ރ މިވަރުން ނަފްސާނީ ނުވިއްޔާ ދެރައެއް ނުން
ސިންބާ ދަ ގްރޭ ކެޓް
23 March 2022
10،000ރ މުސާރަ ލިބޭ މީހަކު އޭސީ 16 އައް ވައްޓާލާފަ 3000ރ ކަރަންޓު ބިލައް އަރުވާލާފަ ހޫނުފެނުން ފެންވަރާލައިގެން ބިޓު ގޮވައިގެން ވައިބުރު ޖަހަން ދިޔައީމާ ބިލުވެސް ބޮޑުވާނެ ވޮލެޓްވެސް ކުޑަވާނެ ނަފްސާނީވެސް ވާނެ
ާއުނިމާ
23 March 2022
ނަފްސާނީ ބަލިޖެހި މީހާ ދުނިޔެއިން މޮޔަވާއިރުވެސް ފަރުވާއެއް ލިބޭކަށް ނެތްތާ! ޑިމާންޑް އެން ސަޕުލައި ކިޔާދޭންވީ މިވެރިންނަށް! ނަމްބަރެއް ލިބޭކަށްނެތް، ޕުރައިވެޓް ތަނަކުން އާސަންދައެއް ނުލިބޭ، މިކަމާ ކަންބޮޑުވެގެން ހެލްތް މިނިސްޓްރީ އަށް ގުޅީމާ ބުނީ، އައިޖީއެމް އެޗު ހިންގަނީ ހެލްތް މިނިސްޓްރީ އަކުންނެއް ނޫނޯ، ތިމަންނަމެންނަށް ކޮށްދެވެނޭނެ ކަމެއްނެތޭ، އާސަންދައިންބުނީ ތިމަންނަމެންގެ ކަމެއްނޫނޭ، ދެން މިކަމުގައި ޒިންމާނަގާނެ ބަޔަކުވެސް ނުވި
އެނީ
23 March 2022
ރައީސު އޮފީހުން ވިދާޅުވަނީ ކީކޭތޯ؟
ހެހެހެހެ
23 March 2022
އެނީ. ރައީސް އޮފީހުން ވިދާޅުވާނީ މިނިސްޓުރީއައް ގުޅާށޭ މި އޮފީހުގަ ޒިންމާ އެއްނޫނޭ.
ވިއު
23 March 2022
ރާއްޖޭގެ މެންޓަލް ހެލްތް ވ ބޮޑަށް ރަނގަޅުވެގެންދާނެ ބޯހިޔާވަހިކަންލިބޭނަމަ..
އައިޖީއެމްއެޗު
23 March 2022
އިންޑިއާ އާއެކީގަ ދެއްތޯ؟
ކަބީދު
23 March 2022
ޖަޒީރާ ގައުމަކަށްވުމުން ކުދި އާބާދީއެއް އޮންނައިރު ތިމާގެ މީހުންނާ ކާވެނިކުރީމަ އެކަމުން އުފެދޭ ނަފުސާނީ ބަލިތަކަށް މިހާ ދުވަސްވީއިރުވެސް ގައުމުއޮތީ ތައްޔާރު ވެފައެއްނުން. އޭގެ އިތުރަށް 90 ގެ މައިން ބައިންފައިންނަށް ދަރިން ރަގަޅަކަށް ތަރުބިއްޔަތެއް ނުކުރެވުނު، ވުމާއެކު ކޮންމެ ގެއަކު ޕާޓޭއެއް އެބަހުރި. އޭނަ އުޅޭގޮތުން މަންމަ ނަފުސާނީ ބަލިޖެހިފައި، ދެން ކިހިނެތްވާނެ. އުޅެނީ ކުޑަ ކޮޓަރިއެއްގައި މަންމަ ބައްފަ ދަރިން. ދެން ނަފުސާނީ ބަލި ނުޖެހޭނެތަ
ނަފްސާނީ.
23 March 2022
އެއްވެސް ވަސީލަތެއް އިތުރު ނުކޮށް ހަމަ ކުރިން ވެސް ތިބި ވަރަށް ޑޮކްޓަރުން ބައިތިއްބާފަ ބޮޑު ނަންބޯޑެއް ބޭރުގަ ހަރުކޮއްފަ ރިބަން ފަށް ކެނޑީމަ ވާނީ މިހެން.