ފިނޭންސްގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް އާސަންދަ ބަޖެޓުން 365 މިލިއަން ރުފިޔާ ހޭދަކޮށްފި. އާސަންދަ މި އަހަރުގެ ބަޖެޓަކީ 730 މިލިއަން ރުފިޔާ.
އާސަންދަ ހިދުމަތްދޭ ފާމަސީއެއް. އާސަންދައަށް 365 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައި--ފޮޓޯ:މިހާރު
24 މާޗް 2022 - 12:11
ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރާ އާސަންދަ ސްކީމަށް މި އަހަރު ކަނޑައެޅި ބަޖެޓުގެ ބޮޑު ބައި ފުރަތަމަ ތިން މަހުގެ ތެރޭގައި ހުސްވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް އާސަންދަ ބަޖެޓުން 365 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އާސަންދައަށް މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ޖުމްލައަކީ 730 މިލިއަން ރުފިޔާ އެވެ.
އާސަންދައަށް ދައުލަތުން ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ކުރެ އެވެ. އެއް އަހަރަށް ވުރެ އަނެއް އަހަރު މި ހޭދަ ދަނީ ބޮޑުވަމުންނެވެ.
އާސަންދައަށް ކަނޑައެޅި ބަޖެޓަށް ވުރެ ގާތްގަނޑަކަށް 40 ޕަސެންޓް އިތުރަށް މިދިޔަ އަހަރު ވެސް ހަރަދުކުރި އެވެ. މިދިޔަ އަހަރު އާސަންދައަށް 718 މިލިއަން ރުފިޔާ ބަޖެޓުން ކަނޑައެޅި އިރު އަހަރު ނިމުނު އިރު 1.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އާސަންދައަށް ކުރި ހޭދަ އެހާ ބޮޑުވީ އާސަންދައިގެ ކަންކަން އިސްލާހުކޮށް ބޭކާރުވެގެންދާ ހަރަދުތައް ކުޑަކުރުމަށް ހުށަހެޅި ސިޔާސަތުތައް ތަންފީޒުކުރުން މިދިޔަ އަހަރު ލަސްވެގެން ދިއުމުން ކަމަށް ފިނޭންސް މިނިސްޓްރީން މިއަހަރުގެ ބަޖެޓު ފޮތުގައި ބުނެފައިވެ އެވެ.
އާސަންދަ ނިޒާމުގައި ހުރި ހަރަދު ބޮޑު ގޮތްތަކަށް ހައްލެއް ހޯދުމަށް މި އަހަރުގެ ތެރޭގައި މަސައްކަތް ކުރަން ރާވައިފައިވީ ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.
އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަނީ ބޭހަށެވެ.
މި އަހަރުގެ ބަޖެޓު ފޮތުގައިވާ ގޮތުން 2014 ގައި 251 މިލިއަން ރުފިޔާ ބޭހަށް ހަރަދުކުރިއިރު 2020 ގައި މި އަދަދު ވަނީ 752 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި 2019 ވަނަ އަހަރު ބޭހަށް ކުރި ހަރަދު 58.4 އިންސައްތައިގައި ހުރިއިރު 2020 ވަނަ އަހަރު މި ނިސްބަތް ހުރީ 62.4 އިންސައްތައިގައި ކަމަށް ވެސް ބަޖެޓުގައިވެ އެވެ. މިގޮތަށް ހަރަދު އިތުރުވުމަކީ ބޭސް އިސްރާފުވާ މިންވަރު އިތުރުވާ ކަމެއް ކަމެއް ކަމަށް ވެސް ފިނޭންސުން ހުށަހެޅި މައުލޫމާތުގައިވެ އެވެ.
މި ހޭދަކުޑަކުރުމުގެ އެއް ފިޔަވަޅެއްގެ ގޮތުގައި ތަންފީޒުކުރަން ނިންމާފައި އޮތީ މި އަހަރުގެ ތެރޭގައި ބޭހަށް މެކްސިމަމް ރީޓެއިލް ޕްރައިސް ނުވަތަ އެންމެ މަތިން ވިއްކޭ އަގު ކަނޑައަޅައި ތަންފީޒުކުރަން ފެށުމެވެ. މިކަމަށް އަމަލުކުރަން އެންމެ ފުރަތަމަ ނިންމީ މި އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެންނެވެ. އެއަށް ފަހު އެކަން ފަސްކުރީ މި މަހުގެ 1 ވަނަ ދުވަހަށެވެ. ނަމަވެސް އެ އުސޫލަށް އަމަލުކުރަން އަދިވެސް ނުފަށަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަގު ކޮންޓްރޯލްކޮށް ގެންނަ ބަދަލުން ބޭހަށް ކުރާ ހޭދައިން 205 މިލިއަން ކުޑަކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބެ
25 March 2022
ރާއްޖޭން ބޭރުން ފަރުވާ ހޯދާ މީހުންނަށް އިންޑިޔާ ހޮސްޕިޓަލްތަކުން ބޭކާރު ޓެސްޓުތަކާއި ކުރަންނުޖެހޭ އޮޕްރޭޝަންތައް ކުރުވައިގެން އާސަންދައިން ކުރާ ވައްކަންތައް ކޮބާތޯ؟ ރާއްޖޭން އެމްއާރުއައި، ލެބް ޓެސްޓުތައް ހަދައިގެން އިންޑިޔާ ހޮސްޕިޓަލަށް ދާތަނުން އެތަނުން އެމްއާރުއައި އެޓެސްޓުތައް ރިޕީޓްކުރޭ. ހިޔެއްނުވޭ ހަފްތާއެއްގެ ތެރޭގައި ކަކުލުހުޅުގެ އެމްއާރުއައި ޓެސްޓެއް ރިޕީޓްކުރަންޖެހޭފަދަ ސަބަބެއް ވާނެކަމަކަށް.
ހަމް68
25 March 2022
މިއީ ދައުލަތް ލޫޓުވާ ސްކީމެއް. މިކަމުގެ ނާޖާއިޒު ފައިދާ ނުހުއްޓުވައިފިނަނަ މުޅި ސްކީމް ހުއްޓުމަކައް އަންނާނެ
ފެއިލްބޭ
25 March 2022
އާސަންދަ ބޭނުން ނުކުރާ މީހުންނައް ތި ފައިސާ ލިބޭގޮތައް ހަދަން ފެނޭ. ގިނަ މީހުންނަކީ އެއްވެސް ފައިސާއެއް ތީގެން ބޭނުންކުރާބައެއްނޫން.އެމީހުންގެ ހައްގު ކޮބާ
ހޫހު
25 March 2022
ދިރުވާލީ. އާސަންދައިގައި ބޮޑުންގެ ގޮތުގަ ތިބީ ހުސް މިބާވަތުގެ ވިޔަފާރިވެރިން
ދ32ދ3
25 March 2022
މީ އަސްލު ޕޮންޒީ...މިވާހަކަ ނުދައްކާނެތާ އެންމެން ގުޅިގެން ކަންޏާ..
ހުސެން
25 March 2022
ދުނިޔޭގެ ކޮންމެތާކުހުއްޓަސް އާސަންދަލިބެންޖެހޭތަ؟؟ ނުޖެހޭނެ! ތިމާމެނަށްވާނުވާ ނޭންގޭ ހިސާބުތަކަށް ކީއްކުރަންތޯ އާސަންދަދެނީ؟ އިންޑިޔާ އަދި ލަންކާގައި ދިރިއުޅޭމީހުނަށް އާސަންދަދޭންޖެހޭ ސަބަބެއްނުވިސްނޭ، ދިވެހިންވިޔަސް އެމީހުންގޮސް އެއުޅެނީ ދިވެހިރާއްޖޭންބޭރުގައި ރާއްޖޭގެ ގާނޫނު ނުފޯރާތަނެއްގައި، މިގޮތައް އާސަންދަދީގެން ތީގެންވައްކަންކުރުން ހުއްޓުވާކަށް ލާހިކެއްނޫން، އެނގިތިބެ ވައްކަންކުރަންވެގެން ރާވާފައިއޮތް އެއްޗެއް އާސަންދައަކީ
ރަސި
24 March 2022
މިދިޔަ އަހަރު ބިލިއަން އެރި އިރު މިއަހަރު ބަޖެޓް ހެދުމުގައި އެކަމަށް ވިސްނިތޯ؟ އަދަދު އެއަށް ވުރެ މަދު ކުރީ ކީއްވެތޯ؟
ދިރާސ
24 March 2022
ތިއުޅެނީ ތި ހުއްޓާލާނެ ގޮތެއް ނޭނގިގެން.... ފެށީވެސް ތިމީހުން ތިކަން ސިޔާސީ ބޭނުމަކަށް ނެތް ލާރިއަކު ފެށިއިރުވެސް އިނގޭ ވަކި ހިސާބަކުން ކޮންމެވެސް އެއްޗެކޭ ކިޔައިގަނެގެން ހުއްޓާލެވޭތޯ އުޅޭނެކަން.. އާސަންދަ އިންޝުއަރެންސް ސްކީމެއް ގޮތަށް ހިންގަން ފެނޭ ، ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލަކަށް 2000 ރުފިޔާގެ އެނުއަލް ޕްރިމިއަމެއް ނަގައިގެން ކޮންމެ ދިވެހި ރައްޔިތަކަށް 500000 ރުފިޔާގެ ކަވަރޭޖެއް ހަދަންވީ. ކޮންމެވެސް ލުއިކަމެއް ލިބޭނެ.
ުހސބަޖ
24 March 2022
އޯކޭތާ... ޕޮންޒީ ބައި އަޅުވައިގެން 10 ވަރަކަށް މީހުން ރިޗު ވެއްޖެ އެއްނު
ސިމްޕަލް
24 March 2022
ކޮންމެ މީހަކަށް އެމީހެއްގެ އާސަންދަ ބެލެންސް ފަސޭހައިން ބެލޭނެ ނިޒާމެއް ހަދަން އެބަޖެހޭ.
އާސަންދަ
28 March 2022
އެޕްލިކޭޝަނުން ބެލޭ