އިދިކޮޅު ކޯލިޝަނުން މިދިޔަ ޖެނުއަރީ މަހު ބޭއްވި އެއްވުމެއްގައި ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
24 މާޗް 2022 - 12:09
އެއްވެ އުޅުމުގެ ގާނޫނުން ލިބޭ ހައްގުތައް ހަނި ނުކުރަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ރޭ ގޮވާލައިފި އެވެ.
އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީން މާދަމާ ބާއްވާ ބޮޑު އެއްވުމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނަށް ރައްދުދީ، މި ސަރުކާރުގެ އެއް ޕާޓްނަރު، އެމްއާރުއެމްއިން ކުރި ޓްވީޓްގައި ބުނީ މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވެ، އާއްމު މަސްލަހަތު ގެއްލޭ ގޮތަށް ސިޔާސީ އެއްވެސް ހަރަކާތެއް ހިންގުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި ވެސް އެވެ.
ނަމަވެސް އެއްވެ އުޅުމުގެ ގާނޫނުން ލިބިދޭ ހައްގުތައް ހަނިކޮށް، ކުރީގެ ސަރުކާރުން 2016 ވަނަ އަހަރު ގާނޫނަށް ގެނައި ބަދަލު އުވާލުމަކީ މި ކޯލިޝަން ސަރުކާރު އެއްބަސްވެ، ރައްޔިތުންނަށް ވެފައިވާ ވައުދަކަށްވާތީ އެކަން އަވަސްކުރުމަށް މަޖިލީހަށް ގޮވާލާފައިވެ އެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނީ "ނޭވާ ހޮޅިއަށް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުމަށް ރަށްރަށުން ގިނަ ބަޔަކު ގެންނަ ކަމަށާއި އަދި ދުއްވާތަކެތި ބޭނުންކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކުކޮށް، ރައްޔިތުންނާއި އާންމުންގެ ދަތުރުފަތުރުގެ ހިދުމަތައް ހުރަސް އަޅަން ވެސް ރާވާފައިވާ ކަމަށެވެ.
"...މިފަދަ އެއްވުމުގެ ސަބަބުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އެރުމުގެ ފުރުސަތު ބޮޑުވުމުގެ ސަބަބުން މި އެއްވުން ނުބޭއްވުމަށް މި ހިދުމަތުން އެ ޕާޓީ އަށް [ޕީޕީއެމް/ޕީއެންސީ އަށް] ވަނީ އަންގާފައި،" ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެއްވުމުގައި އެއްވެސް މީހަކު ބައިވެރިނުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެ އެއްވުމުގައި ބައިވެރިވެ ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހި ކުރުވާ ކަމަށް ތުހުމަތު ކުރެވޭ އެއްގަމު އުޅަނދުފަހަރުތަކާއި ކަނޑު އުޅަނދުތައް ބަލައި ފާސް ކުރާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސީ
24 March 2022
ރޯދަމަހަށް އަގުބޮޑުވާނެ.. އެއީ ދެން އާކަމެއްނޫނެނު.
ހާމިދު ޝާހިދު
24 March 2022
މައުމޫނު އެއީ، އަހަރުމެންގެ އެންމެ އިސް ލީޑަރު. ރާއްޖެއަށް ގެނެސްފައިވާ ރިފޯމުގެ އަސްލު މޭސްތިރި އަކީ މައުމޫނުް. އެހެންވެ، އެމަނިކުފާނު މިހެން ވިދާޅުވުމުން އެބަ އިނގިގެންދޭ. ކަންތައްތައް ގޮސްވެއްޖެކަން. މައުމޫނު ވިދާޅުވިފަދައިން އެއްވެ އުޅުމުގެ މިނިވަންކަން އެމްޑީޕީ ސަރުކާރަކުން ހަނިކުރުމަކީ ހުޅަނގުންވެސް ބަލައިގަންނާނެކަމެއް ނޫން. "އިންޑިއާ އައުޓޭ" ވެސް ކިޔެންވާނެ. ހަޖަމް ކުރަން ދަސް ކުރަމާ.
ދަނޑިފަން މަހައްތިޔާ
24 March 2022
ފަހަތަށް ސަތޭކަ ފިޔަވަޅު އަޅަންޖެހުނަސް ހެޔޮ ކަމަށް ވަރިހަމަކޮށްފަ ސިޔާސީ ޕާޓީތަކާ، ނަމުގަ މިނިވަން މުއައްސަސާތައް އުވާލުމަކީ މިވަގުތު ޤައުމާ ރައްޔިތުންގެ ހެވާ ލާބައަށްޓަކައި ކުރަން އޮތް އެންމެ މުހިންމުކަން.
ސެޕަޓަން
24 March 2022
ޔާމީނު ފާސްކުރި ގާނޫނުގެ ފޮނިމީރުކަން ޔާމީނަށް ލިބޭނީ ތިގާނޫނު ތިއޮތްގޮތަށް ބޭއްވީމަ ތިއުވާލީމަ ޔާމީނުވެސް ދެރަވާނެދޯ
ރަދީފްއޮފިޝަލް
24 March 2022
ފުލުހުން އެއީ ކޮންބައެއް؟؟ ނުދަންނަން.
ތުއްތުބޭ
24 March 2022
އެއީ މޯލްޑިވުސް ޕޮލިސް ސާރވީސް އެނގިއްޖެތަ؟
ތެރޮޕިންސް
24 March 2022
ވަގުންނާ އާއްމުކޮށް ކުށަށް އަރައިގަންނަ މީހުން ފުލުހުންދެކެ ވަރަށް ރުޅިއަންނާނެ އެއީ ދުނިޔެވީ އާދަ