ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ސްރީ ލަންކަން އެއާލައިނުގެ ބޯޓެއް ޕާކު ކޮށްފައި--
26 މާޗް 2022 - 10:25
ސްރީ ލަންކާގެ ކޮލަމްބޯއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީ ލަންކަން އެއާލައިންސުން ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.
އެ އެއާލައިންސުން ކުރި ޓްވީޓެއްގައި ބުނީ އަންނަ އަންގާރަ ދުވަހުން ފެށިގެން އައްޑު އަށް ހަފުތާއަކު ދެ ދަތުރު ކުރާނެ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ ހަފުތާއަކު ދަތުރެކެވެ.
މި ގެނައި ބަދަލާއެކު، ސްރީ ލަންކަން އެއާލައިންސުން ގަމަށް ދަތުރުކުރާ ފަސިންޖަރުންނަށް އިތުރު ލުޔެއް ލިބޭނެ ކަމަށް ވެސް އެ އެއާލައިންސުން ބުނެ އެވެ.
Travelling to Gan made easier with two flights a week. @flysrilankan now offers you added ease and convenience with two flights a week to Gan of Addu Atoll, The Maldives from Colombo, effective from 29th March 2022.
— SriLankan Airlines (@flysrilankan) March 24, 2022
Please contact 1979 or your travel agent for more information pic.twitter.com/wFOziMZS30
ދަތުރުތައް އިތުރު ކުރާކަން އިއުލާން ކޮށް ސްރީލަންކަން އިން ކުރި ޓްވީޓް---
ސްރީ ލަންކަން އިން އައްޑު އަށް އެންމެ ފުރަތަމަ ދަތުރުތަައް ފެށީ 2016 ވަނަ އަހަރު އެވެ. އޭރު ލަންކާ އިން ހަފުތާއަކު ތިން ފްލައިޓް ބޭއްވި އެވެ.
ލަންކާ އާއި އައްޑުއާ ދެމެދު ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ ކޮވިޑް-19އާ ގުޅިގެން ފެބްރުއަރީ 2020 ގަ އެވެ. އެ އެއާލައިނުން އަލުން ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ މޫސާ.
27 March 2022
މާލޭ މީހުން ވަރަށް ރުޅި އަންނާނެ. އެމީހުން ބުނަނީ އައްޑޫ އަކީ ޓްއަރިޒަމް ހިންގާން ކަމުދާ ޔަނެއް ނޫނޭ. އެހެންވީމާ އަނެއްކާ މާލޭސަރުކާރުން ތިކަން ނުހުއްޓުވާނެބާ ؟
އޮނަރަބްލް އަފީފު ދީދީ
26 March 2022
ކ.އަތޮޅު މާލެއަށް ދަތުރު ކުރުމުގައި މަންޓާ އެއަރ އަދި ގޭންއެއަރޕޯޓުން ބޭރުގެ މަންޒިލްތަކަށް ދަތުރު ކުރުމުގައި ސްރީލަންކަން ބޭނުން ކުރުމަކީ މިދެންނެވި ދެފަރާތުން ކޮށްދިން ހެޔޮކަމުގެ ބަދަލުގައި އަހަރުމެނަށް ކޮށްދެވިދާނެ ކަމެއް. # ސްރީލަންކަންގެ އިތުރުން ގޭންއެއަރޕޯޓަށް ބޭރުގެ އިތުރު ފްލައިޓެއް ގެނައުމަށް ކައުންސިލުން އިންޑިޔާގެ އެންމެބޮޑު ފްލީޓްއޮތް އިންޑިގޯ އާއި ވާހަކަ ދެއްކުން ރަނގަޅު. އިންޑިގޯ ފްލައިޓް ފައްޓައިފިނަމަ މިވަގުތަށް އައްޑުއަށްފުދޭނެ.
އަލިތަކުރު.
26 March 2022
ވަރަށް މޮޅު ބުއްދިވެރި ވާހަކައެއް. އައްޑޫ މީހުންގެ ސަޕޮޓް ދީގެން އެމީހުންނަށް ކ.އަތޮޅު މާލެއިން އައްޑުއަށް ދަތުރުކުރުން އެއީ މުހިންމު މަންޒިލެއްގެ ގޮތުގައި ކަޑައެޅެންދެން މަންތާއަށް އައްޑޫ މީހުންގެ ދަތުރުތައް ދިނުން ވަރަށް މުހިންމު. އެހެން ނޫނީ އަނެއްކާވެސް މާލޭ އެއަރލައިންގެ ބާރު އަހަރުމެންގެ މައްޗަށް ފޯރުވަން ފައްޓަފާނެ.
އޮނަރަބްލް އަފީފު ދީދީ
26 March 2022
ކުރިމަތިކުރި އެތައްހުރަސްތަކެއް ގިރާކުރުމަށްފަހު "އަމިއްލައަށް އިސްނަގައިގެން" ކޮލަންބޯ ގޭން ސެކްޓަރ ގެ ދަތުރުތަށް އެއަރލަންކާއިން އެސްޑަބްލިޝް ކޮށްފި. # މިކަމުން ފިލާވަޅުލިބިގެން މޭޔަރާއި ކައުންސިލުން ބަލާންވީ، އިންޑިޔާގެއެހީގައި އައްޑޫގައި އިމާރާޔްކޮށްދިން ޕޮލިސް ޢެކަޑެމީ ހުޅުވުމަށް އައްޑުއަށް މިއަދު ވަޑައިގަންނަވާ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރަށް ދަންނަވައިގެން އިންޑިގޯގެ ދަތުރު ފެއްޓޭނެ ގޮތެއްހޯދަން.
ހުސެންް
26 March 2022
ސުރީލަންކަން އިން ހިންދެމި ކުރިއަށްޖެހެނީ ރާއްޖޭގެ ފަތުރުވެރިކަމުން. ނަމަވެސް ރާއްޖޭގައިއުޅޭ ސުރީލަންކާގެ އޭޖެންޓުންގެ ކަމަކީ ރާއްޖެ ބަދުނާމުކޮށް ސުރީލަންކާ ކުރިއެރުވުން. މިރާއްޖޭގެ ގައުމީ އެއަރލައިން ވަނީކުރިއެރުވުނުން މަހުރޫމް ކުރުވާފަ. ގައުމީ އެއަރލައިނުން ލިބިގަންނަންޖެހޭ ޝަރަފް އެނަގަނީ ސުރީލަންކަންއިން. މިގައުމުގެ ސިޔާސީބޭފުޅުން ގަދަނިދީގަ.
ރަންނަ
26 March 2022
ހެޔޮނުވާނެ ތިކަން ހުއްޓުވަދީ. މާލޭ މީހުން ބަނޑަށް ޖެހިދާނެ. މިހުރިހާ ނުބައެއް މިހަދަނީ މަންތާ އިން. އެމީހުން ނުޖެހޭ ކަނެކްޓިވިޓީ ދޭކަށް ކޫއްޑޫ އަށް. (މީމިހާރު ބައެއްމީހުންގެ އިހުސާކަމަށް ވެދާނެ)