ޚަބަރު / މެމްބަރު މުހައްމަދު އަސްލަމް (ހިތަދޫ އުތުރު)

ސްރީ ލަންކަން އިން އަައްޑު އަަށް ކުރާ ދަތުރުތައް ނުހުއްޓޭނެ: އަސްލަމް

އައްޑޫގެ ތަރައްގީގެ ބައެއް ކަންކަމާ ގުޅޭ ގޮތުން، އެ ސިޓީގެ މަޖިލިސް މެމްބަރުން މިދިޔަ އަންގާރަ ދުވަހު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ބައްދަލުކުރައްވަނީ.---ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން އެއާލައިންސުން ކުރަމުން އައި ޝެޑިއުލް ދަތުރުތައް އެއްކޮށް ހުއްޓިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް، އެ ދަތުރުތައް އަލުން ފަށާނެ ކަމަށް، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މީގެ ތިން އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ ދަތުރުތައް ކޮވިޑް-19އާ ގުޅިގެން މެދުކަނޑާލާފައި ވާއިރު، އަލުން ފެށިދާނެ ކަމުގެ ޔަގީންކަން ކުޑަ އެވެ. އެ ދަތުރުތައް ފެށެން ނެތީ ހަމައެކަނި އައްޑު އަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ނަމަ އެއާލައިނަށް ގެއްލުން ވާތީ ކަމަށް، އެއާލައިންގެ ރާއްޖޭގެ އޮޕަރޭޓަރު ބުނެފައިވެ އެވެ.

އަލުން އެ ދަތުރުތައް ފަށަން ބޭނުން ނަމަ އައްޑު އާއި 13 ރިސޯޓު އޮންނަ ހުވަދު އަތޮޅާ ދެމެދު ޑޮމެސްޓިކް ދަތުރުތަކުން ގުޅުވައި ދިނުމަށް ސްރީލަންކަންއިން އެދެ އެވެ.

Adduge dhathuruthah Sri lankan in huttaalanee gellun vaathee: Firaq

Adduge dhathuruthah Sri lankan in huttaalanee gellun vaathee: Firaq

The most trusted news source in the Maldives

Mihaaru

އެ ދަތުރުތައް ހުއްޓާލަން ޖެހެނީ ގެއްލުންވާތީ ކަމަށް އެޖެންޓް ބުނުން

އެ ދަތުރުތައް ހުއްޓި އައްޑޫގެ އިގްތިސާދަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެތީ އެ ސިޓީގެ މަޖިލިސް މެމްބަރުން ވެސް ވަނީ މަސައްކަތް ފަށައިފަ އެވެ. އެކަމުގައި އިސްކޮށް އުޅުއްވާ އަސްލަމް "މިހާރު" އަށް ވިދާޅުވީ ދަތުރުތައް ނުހުއްޓޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ. އެ ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދެވެން އޮތީ ހުވަދު އަތޮޅާއި އައްޑޫއާ ދެމެދު ދަތުރުތައް ފެށިގެން ކަމަށް ވާއިރު އެކަމަށް ވާން ޖެހޭ ތައްޔާރީތައް މޯލްޑިވިއަނުން ވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އައިލެންޑް އޭވިއޭޝަނުން ޔަގީންކަން އެބަދޭ އެކަންކަން ހަމަޖެހޭނެ ކަމަށް. މޯލްޑިވިއަން އިން ސްރީލަންކަންއާ ވެސް އެބަ ވާހަކަ ދައްކާ. ސްރީލަންކަން ޖައްސާ ގަޑިއަށް ހުވަދުއަށް ފުރާ ފްލައިޓްތައް ބޭއްވުމަށް ވާހަކަ ދެކެވެމުން އަންނަނީ. މޯލްޑިވިއަންގެ ސީޕްލޭނެއް ވެސް އެކޮޅުގައި ބާއްވަން މަސައްކަތް އެބަ ކުރޭ،" އަސްލަމް ވިދާޅުވި އެވެ.

އެކަމަކު މޯލްޑިވިއަން އިން އެގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަކަށް، އެ އެއާލައިނުން އަދި މީޑިއާއަކަށް މައުލޫމާތެއް ނުދެ އެވެ.

ސްރީ ލަންކަންގެ ދަތުރުތަކަކީ އައްޑު އަށް ފައިދާއެއް

ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރު ވެސް ހުއްޓުމަކަށް އައުމުގެ ކުރިން ސްރީލަންކަންއިން އާންމުކޮށް ހަފްތާއަކު ތިން ފްލައިޓް ގަމަށް ބޭއްވި އެވެ. އަދި ބައެއް ފަހަރަށް ހަފުތާއަކު ފަސް ފްލައިޓް ވެސް ބާއްވަ އެވެ. ވިޔަފާރި އާއި ބޭސް ފަރުވާއަށް އައްޑު އާއި ފުވައްމުލަކުން ސީދާ ރާއްޖެއިން ބޭރަށް ދަތުރުކުރަން ބޭނުން މީހުންނަށް، އެ ފްލައިޓްތައް ވަރަށް މުހިންމެވެ. އެހެން ނޫން ނަމަ ފުރަތަމަ އަންނަން ޖެހޭނީ މާލެ އަށެވެ. މަތިން މާލެ އައުމަށާއި މާލޭގައި ތިބެން ކުރަން ޖެހޭ ހޭދަ، އެ ދަތުރުތަކުގެ ސަބަބުން، ސަލާމަތްކުރެވެ އެވެ. އެހެންކަމުން މީގެ ތިން އަހަރު ކުރިން ސްރީލަންކަންއިން އައްޑު އާއި ކޮލޮމްބޯއާ ދެމެދު ސީދާ ދަތުރުތައް ފެށުމުން އެ ސަރަހައްދުގެ ރައްޔިތުންނަށް ހަރަދު ކުޑަވެފައި ފަސޭހަވި އެވެ.

އައްޑޫގައި ދެ ރިސޯޓް ހިންގާއިރު އޭގެ ތެރެއިން އެއް ރިސޯޓް މިހާރު ވަނީ ބަންދުކުރަން ނިންމައިފަ އެވެ. އެހެންކަމުން ހަމައެކަނި އައްޑު އަތޮޅަށް އަމާޒުކޮށްގެން ސްރީލަންކަންގެ ސީދާ ދަތުރުތައް ބޭއްވޭކަށް ނެތެވެ. އެ ދަތުރުތަކަށް 180 މީހުންގެ ޖާގައިގެ ބޯޓެއް ބޭނުންކުރާއިރު ގިނަ ފަހަރަށް ވަރަށް މަދު ބަޔަކާ އެކު ދަތުރުކުރެ އެވެ. އެހެންކަމުން ވޭތުވެދިޔަ ތިން އަހަރު އެއާލައިނަށް އެ ސެކްޓަރުން ގެއްލުވެފައިވާ ކަމަށް، ބުނެފައިވެ އެވެ.

ސްރީލަންކަންގެ ފްލައިޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި: އެ ދަތުރުތައް އަލުން ފެށޭނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށް މެމްބަރު އަސްލަމް ވިދާޅުވޭ-- ފޮޓޯ: މިހާރު

އައްޑޫގެ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު ބުޝްރީ ވިދާޅުވި ގޮތުގައި ސްރީލަންކަންގެ ސަބަބުން މުދަލާއި ޓޫރިސްޓުން އައްޑުއަށް ގެންނަން ހަރަދު ކުޑަވެފައި ފަސޭހަ އެވެ. ހާއްސަކޮށް ތަރުކާރީ ފަދަ ތަކެތި ތާޒާކަމާ އެކު ގެންނަން ފަސޭހަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްރީލަންކަން ފެށި ފަހުން މާލެއަކަށް ނުދަން. އޭގެން މުޅިން މުދާ ބަލައި މިދަނީ. ގަމުން ސީދާ ކޮލޮމްބޯއަށް. ދެން ކޮލޮމްބޯއަށް ދެވުނީމަ ދުނިޔޭގެ ހުރިހާ ތަނަކަށް ވެސް ދެވޭނެ. އެ ހެޔޮ ލަންޑަނަށް ވިޔަސް ،ބެންކޮކަށް ވިޔަސް،" އަންނައުނުގެ ވިޔަފާރި ކުރަމުން އަންނަ ބުޝްރީ ވިދާޅުވި އެވެ.

އައްޑޫގައި "ޑީޑީ ޗޮއިސް" ފިހާރަ ހިންގަވާ އަހުމަދު ދީދީ ވިދާޅުވި ގޮތުގައި މީގެ ކުރިން އައްޑުއަށް މުދާ ގެންނަން ޖެހެނީ މާލެ ގެނެސް އަނެއްކާ ކަނޑު ބޯޓެއް ނުވަތަ ފްލައިޓެއްގަ އެވެ. އޭގެ ސަބަބުން މުދާ ލިބުން ލަސްވެ މުދަލުގެ އަގު ވެސް ބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަން އެެއާޕޯޓްގެ ޓާމިނަލް: ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް އައްޑު އަށް ހުއްޓާލުމަކީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ.

އެކަމަކު ސްރީލަންކަންގެ ދަތުރުތަކުގައި "ގަޑިއެއް، ދޮޅު ގަޑިއިރު ޓްރާންސްޝިޓް ވެފައި ބެންކޮކަށް ދެވޭ. މާލެ ދަންޏާ ހަރަދު ވަރަށް ބޮޑު. ވަގުތު އެހާ ދޭ. އެހެންވީމާ މުދަލުގެ އަގު ވެސް ބޮޑުވާނެ. ދަތުރު ހަރަދު ވެސް ހިމެނޭނެތާ މުދަލުގެ ތެރޭގައި،" ދީދީ ވިދާޅުވި އެވެ.

"މާލެއަށް މުދާ ގެނެސް ކްލިއާކޮށްގެން އަނެއްކާ ބޯޓަކަށް ލައިގެން މިގެންދަން ޖެހެނީ. [ކަނޑު] ބޯޓުން ގެއްލެން ވެސް ގެއްލޭ. ޒިންމާއެއް ނުވޭ. ފްލައިޓް ވީމާ ނުއެއް ގެއްލޭނެ."

ސްރީލަންކަންއިން މުދާ އުފުލަން ނަގާ ނާލު ވެސް މާ ބޮޑުތަން ގުހެޔޮ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބެންކޮކުން އެއާ ޕްރައިޓުން ގެނައުމަށް ވުރެ ކަނޑު ބޯޓުން މާލެއިން ގެނައުން އަގު ބޮޑު. މިސާލަކަށް 33 އިންޗީގެ ޓީވީއަކަށް އެބަ ނަގާ 350ރ. ފްލައިޓުން ވެއްޖެއްޔާ ކިލޯއެއް ބެންކޮކުން ގެނެވޭ 2.5 ޑޮލަރަށް. އެހެންވީމަ މާ ބޮޑުތަން ވެސް އަގު ހެޔޮ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އަލުން މި ފަސޭހަ އައްޑު އާއި ފުވައްމުލަކުގެ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ލިބޭނީ، ސްރީލަންކަން އިން އެދޭ ގޮތަށް، ހުވަދު އަތޮޅާއި ގަމާ ދެމެދު އެތެރޭގެ އުދުހުންތަކުން ގުޅާލައިގެންނެވެ. އެމަކަށް ކުރިންސުރެ މަސައްކަތްކުރަމުން އަޔަސް އަދި ހަމަޖެހޭ ގޮތެއް ނުވެ އެވެ.

24 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 5%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެޖެންޓާ 19

29 June 2020

ތިޔަށް ކިޔާނީ "އެސްފީނާއަށް ފެންޖެހުން " ރައްޔިތުން ގެ އުދާސްތަކާއި ކޮންފްލިކްޝަން ބޮޑުވީމަ ކޮމެޓީއެއްގައި ސައްލާކުރެއްވިއަކަސް އަދި ވީކީއެއްނޫން ! އައްޑު އަތޮޅު ރައްޔިތުން ހަނާވަނީ ! މަ ޖިލިސް ހުރިހާ ގޮނޑި ދިނީމަވެސް ރައްޔިތުމީހާގެ އަރުތެރޭގައި ދެނީ ހިތި ރަހަ ! ޔާމީނު ވާ ފޭދުއަށް ބިންކޮޅެއްވެސް އިތުރުކޮށްދީފި ތާ؟ އޯގާތެރި ސަރުކާރު ގެ ނަން ބޯޑް އަޅުވައިގެން ހުރެ ހުރެ ރައްޔިތުމީހާގެ ބޯ ނުރަވަނީ ! ވާކަމެއް ހަރާމް !

The name is already taken The name is available. Register?

ރާއްޖެ

28 June 2020

ކީއްވެތަ މޯލްޑިވިއަން ކޮލޮމްބޯއަށް ދަތުރު ނުކުރަނީ؟

The name is already taken The name is available. Register?

ޟު ނޮ

29 June 2020

ކެޕޭސިޓީނެތީ އަދިއެމާކެޓުވެސް ނެތީ ސިރިލަން ކަން ކުރިޔަސް ނުކުރެވޭނެ.

The name is already taken The name is available. Register?

ޖަޒީރާރާއްޖެއަކީހުވަފެނެއް

28 June 2020

"ނުހުއްޓޭނެ" "ކުރާނަން" "ވާނެ" 'އުއްމީދު" "ޔަގީންކުރައްވާ" "ލިބޭނެ" "ގެނެސްދޭނަން" "ކުރެވޭނެ" މިބަސްތަކުން އައްޑޫއަށް ކުރިއެރުމެއް ލިބޭނެ ނަމަ މިހާރު މިއަތޮޅު ހޯދާ ނުފެންނާނެ/ މިފަސް އަހަރުވެސް ނިމިގެން ދާނީ ކޮވިޑްވެގެން އެއްކަމެއްވެސް ނުކުރެވި ކުރާނެ ކުރެވޭނެ ލަވަ ކިޔާލަކިޔާލަ ތިބެ.

The name is already taken The name is available. Register?

ޖދހދ

28 June 2020

ސަރުކާރުން ސަބުސިޑީ ދީގެންވެސް ތިކަން ހުއްޓުނަ ނުދީ ގެއްލުމުގަވެސް ކުރިޔަށްގެންދަންވާނެ... އެހެން ހިސާބެއްގައި ތިކަން ވިޔަދޭނެ ކަމެއްނެތް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 June 2020

ސިޓީ ގެ މޭޔަރަކަށް އަހަރުމެން ހޮވި މީހާއާއި ޤާނޫނު ހަދާ މަޖިލީހަށް ހޮވި މީހުނާއި މަސްއޫލީއްޔަތު އޮޅުވާލުމަކީ ވެސް ވަރަށް ބޮޑު ގޯހެއް. # އައްޑުއާއި ސަރަހައްދުގައި ހިގާ އިޤުތިސޯދީ ހަރަކާތް ފުޅާކޮށް އެކަންކަން ހުއްޓުމެއްނެތި ކުރިއަށް ދާނެގޮތް ހޯދުމާއި ޕްރޮމޯޓް ކުރުމަކީ މަޤާމްގެ މަސްއޫލީއްޔަތުގެ ތެރެއިން ހިމެނޭ ކަމެއް. # ޤާނޫނުހަދާ މަޖިލީހުން ކުރާންޖެހޭ އެއްވެސް ކަމެއް އަސްލަމް އަށާއި ދެންތިބިމީހުނަކަށް ނުކުރެވޭ. އެހެންވެ ތިކަންކަމާއި ކުރިމަތިވަނީ.

The name is already taken The name is available. Register?

ތެދެއް.

28 June 2020

މޭޔަރަކީ ތިއިން އެއްވެސް ކަމެއް ކުރާން ކެރޭ މީހެއްނޫން. ކީއްވެ އޭނާ އެއަރލައިން މީހުނާއި ބައްދަލު ނުކުރާންވީ ؟؟

The name is already taken The name is available. Register?

ކަންނެލި ރާޖާ

28 June 2020

އހަރުމެންގެ މޭޔަރަށް ބާބެކިއު ހަދާފަ ތިކަންކަން ކުރާކަށް ވަގުތެއްނެތް. ސްރީލަންކަން އެއަރ ލައިނާއި ގަމުގެ ކަންކަން ހައްލު ކުރާން އުޅެވޭނީ ވަގުތެއްވެގެންދޯ ؟؟

The name is already taken The name is available. Register?

ގާޑި އައްލާ.

28 June 2020

ސޯބެ މެން ތަންކޮޅެއް އެކްޓިވް ވާން ވެއްޖެއެއްނު. މުޅި އައްޑޫ ވީރާނާވެގެންދާއިރުވެސް މާލޭ ސަރުކާރުން ކަމެއްކޮށްދީފީއްޔާ ރަނގަޅުކަމަށް ދެއަތް އުރާލައިގެން ހުންނަނީ.

The name is already taken The name is available. Register?

ލަތީފް

28 June 2020

ގަމުގައި މޯލްޑިވިއަންގެ 50 ސީޓްގެ ފްލައިޓެއް ބާއްވައިގެން އެތެރޭގެ ދަތުރު ތައް ކުރަންވީ ނު. އަސްލަމް މެންގެ ސަރުކާރުން މޯލްޑިވިއަން އަށް އެހީތެރިކަން ދީގެން ކީއްވެ މިކަން ނުކުރުވަންވީ ؟

The name is already taken The name is available. Register?

ދައްމާނު

28 June 2020

އަސްލަމް އާއި ސޯބެވެސް ޙަޤީގަތުގައި ތިކަންކޮށްގެން އައްޑުއަށް ތަރައްޤީ ގެންނާކަށް މަސައްކަތެއް ނުކުރޭ. އެމީހުން ވެސް ބޭނުން ވަނީ އައްޑޫ މީހުން އެމީހުންގެ ކާރިއަށް ސަލާންޖަހަން. އެމީހުންގެ ކާރިން ވަޒީފާއެއް ލިބޭތޯ އާދޭސް ކުރަން ތިބުން.

The name is already taken The name is available. Register?

ޚިޔާލު

28 June 2020

މޯލްޑިވިއަންގެ ހިންގުން ހަރުދަނާކުރުމަށް ބޭރުގެ އެމްޑީއަކު އައްޔަންކުރަން ޖެހޭ

The name is already taken The name is available. Register?

އެއްކަލަ މީހާ ދޯ

28 June 2020

ސްރީލަންކަން އެއާ ލައިންސް ގަމަށް ކުރާ ދަތުރު މެދުކަނޑާލީ ދުނިޔޭގެ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފަ އޮތުމުންނާއި އަދި މި ދުވަސްވަރު މީހުންނަށް ދަތުރު ނުކުރެވޭތީ. މި ކަންކަމާއި ދިމާކޮށް ދަތުރު ހުއްޓާލާނީ އޭ ބުނެ ބިރުދައްކަނީ ސަރުކާރަށް ޕްރެޝަރ ކޮށް އެއަރ ޕޯޓް ޗާޖް އަދި އެހެނިހެން ފީތައް ކުޑަ ކުރުވާ ލިބޭ ފައިދާ ދެގުނަ ކުރުމުގެ ބޭނުމުގަ. އެކަން ވަރަށް ރަނގަޅަށް އިނގޭނެ ސީސަން ދުވަސްވަރު މާލެ ކޮލަމްބޯ ޓިކެޓް ވިއްކަނީ 600 ޑޮލަރަށް!!

The name is already taken The name is available. Register?

ޕިކްސް

28 June 2020

ތިގޮތަށް މޯލްޑިވިއަންއިން ކަނެކްޓިން ފްލައިޓްތަށް އިންޓަނޭޝަނަލް ފްލައިޓްތަކާ ދިމާވާގޮތަށް ހަމަޖައްސަން ފަށައިފިނަމަ ގިނަ އެއާލއަިންތަކެއް އައްޑުއަށް ދަތުރު ކުރުން އެކަށީގެންވޭ. އަދި އައްޑޫގެ އިގްތިސާދަށް މިކަމުން ބޮޑުކުރެއެރުމެއް އަންނާނެ. އަދި ފަތުރުވެރިން ގިނައިން މޮގޮތަށް ކަނެކްޓިން ފްލައިޓްތަކުގަ ދަތުރު ކުރަން ފެށުމުން ޓިކެޓްގެ އަގުހެޔޮވެ ދިވެހިންނަށް ވެސް އޭގެ ފައިދާވާންފަށާނެ.

The name is already taken The name is available. Register?

އަފުން

28 June 2020

ހާދަ ގައިދުރުކޮށް މި ތިބީ

The name is already taken The name is available. Register?

އަނބިމީހާގެފިރިމީހާ

28 June 2020

އައްޑޫމީހުންނަށް އައްޑޫމީހުން ދައްކަނީ ހުވަފެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!