ހިތަދޫ ސިޓީ ސްކެއާ ސަރަހައްދު. ފޮޓޯ/ އެޒް ނަޖް
28 މާޗް 2022 - 11:37
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި ހަ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި އެ ސިޓީން ނުވަ މީހަކު ހައްޔަރުކުރި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ހަ މީީހެއްގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ. ބާކީ ތިބި ތިން މީހުންގެ މުއްދަތު އިތުރުކުރަން އަދި ކޯޓަކަށް ހުށަހަޅައެއް ނާޅަ އެވެ.
އެ މައްސަލަ ތަހުގީގުކުރާތީ ފުލުހުން އިތުރު ތަފްސީލެއް ނުދެ އެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކުރިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ އެ ސިޓީގެ ހުރިހާ ރަށަކަށް ދަތުރު ކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy